މާލޭގައި ރޭ ބިދޭސީންގެ މެދުގައި ހިނގި މާރާމާރީއަކާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ، ޗާންދަނީ މަގުގައި ބިދޭސީން ދިރިއުޅޭ އިމާރާތެއްގައި މާރާމާރީއެއް ހިނގައިގެން އުޅޭ ކަމަށް ރޭ ދަންވަރު 1:54 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައި ވާ ކަމަށެވެ.

އަދި މި މާރާމާރީ އާ ގުޅިގެން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެެވެ.

އަދި މި މާރާމާރީގައި ތޫނު އެއްޗަކުން ބޮލަށް ހަމަލާދީފައިވާ ބިދޭސީއަކު އެގެއިން ނުކުމެގެން ހިނގާފައި ދަނިކޮށް އަނބުރައިގެން ބިން މައްޗަށް ވެއްޓިގެން ފުލުހުންގެ ވެހިކަލްގައި އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އިންސާފު

    ދިވެހިއެކަނި ދޯ ޖުރުމައިނާ ކުރަނީ؟ ބިދޭސިން ނުކުރަންޖެހޭ ސަބަބަކީ ކޮބާތޯ؟

    23
    • ޙައްގުބަސް

      ގަވާޢިދާއި ޚިލާފަށް މިގައުމުގައި އުޅޭ ބިދޭސީން ބޭރުކުރާށޭ!! ބަންގާޅީން ބޭރުކުރާށޭ!! ދިވެހި ފަސްގަނޑުގައި ތިބެގެން ބަންގާޅީން އެތެރެކޮށް ހިއުމަންޓްރެފިކިންގްގެ ނުބައި ޢަމަލު ހިންގައިގެން މިލިއަނުން ފައިސާ ނަގަމުންދާ ދިވެހި އެޖެންޓުންތަކާ އެފަދަ ޓްރެވެލް އެޖެންޓުންނާ ދެތެރޭ ހަރުކަށި ފިޔަވަޅު އަޅާ ޖަލަށްލާ ބޮޑެތި ޢަދަދުން ޖޫރިމަނާ ކުރާށޭ މިިކިޔަނީ!! އަދި މިކަން ކުރުމުގައި ބައިވެރިވާކަމަށް ތުހުމަތުކުރެވޭ އިމިގްރޭޝަން އޮފިސަރުންނާ އިކޮނޮމިކް މިނިސްޓްރީގެ މުވައްޒަގުންނާ ދޭތެރޭ ހަރުކަށި ފިޔަވަޅު އަޅާ ވަޒީފާއިން ވަކުކުރާށޭ މިކިޔަނީ!! މިއެންމެންނާ ގުޅިގެން ބަންގާޅީން ގެނައުމުގައި އެހީތެރިކަން ފޯރުކޮށް ދެމުންދާ މިގައުމުގައި ތިބި ބަންގާޅު ބޮޑުންނާދޭތެރޭ ފިޔަވަޅު އަޅާށޭ މިކިޔަނީ!! މިކަމުގައި ބަންގާޅު އެންބަސީގެ ބައެއް މުވައްޒަފުންވެސް ބައިވެރިވާކަމަށް ތިހުމަތުކުރެވޭ ކަންތައްތައް ކުރާގޮތުން!! މިގައުމުގެ ރައްޔިތުން ދައުލަތަށް ދައްކާ ޓެކްސް ފައިސާއިން އެމީހުންނަށް މިހާރު މިކޮވިޑް ކަންތަކާ ގުޅިގެން މިލިޔަނުން ޚަރަދުކުރަން ސަރުކާރަށް ޖެހެނީ މިކަން ކަމާ ދޭތެރޭ ސަރުކާރުން ހަމަ އެއްވެސް ހަރުދަނާ ފިޔަވަޅެއް މީގެ ކުރިން އަޅާފައިނުވާތީ!! މިހާރުވެސް އެމީހުން ބައިތިއްބަން ގުޅިފަޅުގައި ތަންތަންހަދާ ޖަގަހަ ހަދަމުން ސަރުކާރުން އެގެންދަނީ ދައުލަތުގެ މާލިއްޔާއިން ބޮޑު ހޭދައެއް ކޮށްގެން!! މިކަން ކުރާކަާޤ ނުޖެހޭ!! ހުރިހާ އެންމެން ބޭރުކުރާށޭ!! މިކަންކަން ޙައްލުނުކޮށް ތިބެންޏާ މިލޮކްޑައުން ފިލާއިރަށް ސަރުކާރު ޖަވާބުދާރީ ކުރުވަން ހުރިހާ ދިވެހި ރައްޔިތުން މަގުމައްޗަށް ނިކުންނާނެ!! އޭރުން ފުލުހުންނާ ސިފައިން ނެރެގެން ދިވެހި ރައްޔިތުންގެ ގައިގާ ތަޅާ ޕެޕަރ ސްޕްރޭއި ޖަހާ އަނިޔާކުރަން ނަހަދާތި!!

      26
  2. ކޮވިޑް ފޭލް

    100 އަށްވު ރެ ގިނަ ބިދޭސީން ތޮށްޖެހިގެން އުޅޭ ބިދޭސީ ހާއްޔެއް. ސަ ރުކާ ރުން މޮނީޓާއެއް ނުކު ރޭ.

    33
    1
  3. ސަމާ މާލެ

    ރައިސް ސޯލިހު ނޫޅޭ ބަންގާޅިން ބޭރުކުރާކައް.

    21
  4. އާބިދާގެ ބުއްާޅަ ދައްޖާލު

    ބަންގާޅުން ބޭރު ކުރާށޭ ކިނބުލާ މި ބަންގާޅީންތަެއް ބޭރުކުރާށެ

    11
  5. ތެރީޝާ

    އަދިވެސް ނުވޭތޯ އިމިގްރޭޝަން ގާނޫނު ހިންގަން ވިސާނެތި ގަވާއިދާ ޙިލާފައް އުޅޭ އެންމެން މިގައުމު މިހީވަނީ ދުނިޔޭގެ ކުށުގެ ރެކޯޑް ހޯދަން މަސައް ކަތް ކުރާ ގައުމެއްހެން ޓީވީގެ ޙަބަރެއް އަޑުއިވުނަސް ދަނީ ސިއްސައިގެން މިވެނި މީހަކު އަތުލައިގެނއފިޔޭ މީނާޔަކީ ކުށުގެ ރުކޯޑް އޮންނަމީހެކޭ އެމީހާގެ އުމުރައްވުރެ ގިނަ ކޮއްފަހުންނަކުއް މިއުޅެނީ ވޯޑް ރިކޯޑް ހޯދަންތޯ މީހަކު ކުށެއް ކުރީމާ އެކުށަކައް އަދަބު ނުދެވުމުގެ ހިތިނަތީޖާ މިފެންނަނީ މާތް ﷲ އާވަކީލް މިއޮތީ ގައުމެއް ސަހަރޯ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯ އަނިޔާ ވެރިންގެ ކިބައިން މިނިކަމެތި ގައުމު ސަލާމަތް ކޮއްދެއްފާންދޭވެ އާމީން

  6. ައަހުމަދު

    ތީ މިޤައުމުގެ އުޅޭ އަމިއްލައެދުން ބޮޑުބައެއްގެ ސަބަބުން މިޤައުމަށް ދިމާވެފައި އޮތް ބޮޑު މުސީބާތެއް ، އަދިވެސް ހައްލުކުރެވޭނެ އުޅެފިއްޔާމުން އެކަމަކު ހައްލުކުރަން އުޅޭތަނެއް ނުފެނޭ ވަރަށް ދެރަ ކަމެއް މީގެހިތިރަހަ ފެންނަލެއް ގިނަވާނެ ދުވަސްވާ ވަރަކަށް. ވ.ސަލާމް