މާލޭ ކޮޅުން ބުރިޖުގެ ހުރިހާ ތަނބެއް ގުޅާލާފައި – މިނިސްޓަރ މުއިއްޒު
މާލޭ އާއި ހުޅުލެ އާއި ދެމެދު އަޅަމުންދާ ބުރިޖު – މިނިސްޓަރ މުއިއްޒު

މާލެ އާއި ހުޅުލެ އާއި ދެމެދު އަޅާ ބުރިޖުގެ މާލެ އާއި ވީކޮޅުން ހުރިހާ ތަނެއް ގުޅުވާލައިފިއެވެ.

ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބުރިޖުގެ މައި ތަނބުތަކާއި ހަމައަށް މާލޭ ކޮޅުން ހުރިހާ ތަނބެއް ކޮންކްރީޓް ބުރިޖު ޑެކް އަޅައި ގުޅުވަައި ނިމިފައިވާ ކަމަށެވެ. ގުޅުވާލާފައި ވަނީ މާލޭ ކޮޅުން 540 މީޓަރުގެ ދިގުމިނުގެ ރާސްތާއެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު ކުރިއަށް ދަނީ ބުރިޖުގެ ބޮކްސް ގާޑާ ބީމްތައް ހަރުކުރުމުގެ މަސައްކަތެވެ. ބުރިޖުގެ ބޮޑެތި މަސައްކަތްތައް ޖުލައި މަހުގެ 09 ވަނަ ދުވަހަށް ނިމޭނެ ކަމަށް މިނިސްޓަރު މުއިއްޒު ކުރިން ވަނީ ވިދާޅުވެފައެވެ. އެއަށް ފަހު ދެން އޮންނާނީ ދިއްލުންތައް ހަރުކުރުން ފަދަ ކުދިކުދި މަސައްކަތްތަކެވެ.

ބުރިޖުގެ މަސައްކަތް ނިންމަން ސީސީސީސީއާ އެކު އެއްބަސްވެފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށެވެ. ނަމަވެސް އޭގެ ކުރިން ބުރިޖު ނިންމައި، ޖުލައި 26 ގައި ހުޅުވުމަކީ ސަރުކާރުގެ އަމާޒެކެވެ.

ބުރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާ އިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.

ބުރިޖުގެ މަސައްކަތް ނިމުމަކާއި ގާތް ވެފައިވާއިރު ބުރިޖާއި ގުޅޭ މަގުތައް ފުޅާކޮށް މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. 2018 ޥެސް 20123 ވެސް ޔާމީން އިންޝާﷲ

  2. ތަރައްގީގެ މަޝްރޫއުތަކަށް ކުޑަ އިންޓަރެސްޓް ރޭޓްގެ ލޯނު ހޯދަން އޭޑީބީއާއެކު މަޝްވަރާކޮށްފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. އޭޑީބީ އަދި ޖޭބިކް އަދި އޯސީޑީއޭ އަދި ޗައިނާގެ ބޭންކްސް ތަކުން ލޯން ނެގުމުގައި ކުޑަ ވެސް ފަސް ޖެހުމެއް ހުރެގެން ނުވާނެއޭ ސަރުކާރުން އެކަމަކު އެލޯން ނަގައިގެން އެފައިސާ އިން ފުރަތަމަ ކުރަން ޖެހޭނީ މާލެ ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތޭ މިކަން ކަން ކުރާނެ ކަމަށޭ މަމެން އުއްމީދު ކުރަނީ. އޯއް އޯއް އޯއް ބެޓަރ މޭކް އަޕް ޔުއަރ މައިންޑް ވަޓް ޑޫ ޔޫ މީން.

  3. ބްރިޖުގެ މާލެކޮޅުގެ ތަނބުތައް ސުޕަސްޓްރަކްޗާއިން ގުޅުވާލައިފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ ތަމެން ނުނިމޭނެއޭ ބުނި ބްރިޖް އެޅި މިހާރު ނިމެނީއޭ އޯއް އައި ރިއަލީ ވޮނާ ނޯ ވަޓް ޑޫ ޔޫ ސޭ އޯއް އޯއް ވަޓް ޑޫ ޔޫ ސޭ..

  4. ތަރައްގީގެ މަޝްރޫއު ތަކަށް އޭޑީބީގެ ލޯން ނަގައިގެން މިހާތަނަށް ދިވެހި ސަރުކާރުން ކުރި ކަމެއް ސުއްދާނު ހިފިފައި ނެތޭ ކަން މިހެން ހުރުމުން މިކަން ކަން ރިވައިސް ކުރުމަށް ފަހު މިކަން ޖެހޭނެއޭ އަވަސް ކުރަން. އޭޑީބީ ބުނާ ގޮަތަށް ދިވެހި ސަރުކާރުން ހަދަން ނުޖެހޭނެއޭ ދިވެހި ސަރުކާރުން ބުނާ ގޮތަށޭ އޭޑީބީ އިން ހަދަން ޖެހޭނީ ބިކޮޒް މަމެންނޭ ލޯން ރިޕޭ ކުރަނީ އެގޮތުގެ މަތިން ގުޅި ފަޅު ހިއްކާ އަދި ތިލަފުށި ހިއްކުމަށް ފަހު އެތަނުގައި އިންޑަސްޓްރިއަލް ޕާރކްސް ހެދުމަށް ޓަކައި ކޮންކްރީޓް ސްޓްރަކްޗަރ އަދި ކޮންކްރީޓް ސްލެބްސް ތައް އަޅާ އަދި ސިމެންޓް މޯޓަރ ވޯލް ލައިގެން ގުޅި ފަޅާއި އަދި ތިލަފުށީގައި 25 ބުރި އަށް އިމާރާތް ކުރަންވީއޭ އެއީ މާލެ ސަރަހައްދުގައި ހުރި އަމިއްލަ ކުންފުނި ތަކުގެ އޮފީހާއި ސްޓޯރޭޖް އާއި އަދި މުވައްޒަފުންގެ އެކޮމެޑޭޝަންސް ތައް ދިނުމަށޭ އެއިރުން ވިސާ ވެސް ދޭނީ އެތަނުގައި އެކޮމެޑޭޝަން ހުންނަ ކުންފުނި ތަކަށޭ. މިއުސޫލުން މިކަން ކުރަން 10 ބިލިއަން ޑޮލަރުގެ ލޯނެއް ނަގަންވީ އޭޑީބީން.

  5. މިގައުމައް ބޭނުން ވަނީ އިހްލާސް ތެރި ރައީސް އެއް. ދިގު ބްރިޖް އެއް ނޫން.

    • މިހާރު މިހިރަ ރައީސައްވުރެ ވަކި އިޚްލާޞްތެރި ރައީސެއް ލާހިކު ކުޅަދާނައެއް ނޫން ހޯދާކަށް. ބަލަގަ ދިގުބުރިޖު އެއަޅަނީ ހަމަ ދިވެހިރައްޔިތުންގެ ހެވާ ލާބަޔަށް ކަމެއް ނޭނގޭތަ ގަމާރާ.

  6. މިއީ ކެރަފާ ނަޝީދު ނޭޅޭނެޔޭ ގޮވި ބުރިޖު. ދެން ދިވެހިރައްޔިތުން ވިސްނަވާ. ކެރަފާ ނަޝީދުތޯ މިގައުމަށް ބޭނުންތެރީ ރައީސް ޔާމީން ތޯ މިގައުމަށް ބޭނުންތެރީ.