މިއަދު އިރުއޮއްސުނު ވަގުތު ހއ.އިހަވަންދޫ ގައި ފިހާރައެއް ފަޅާލައިގެން 25000 ރުފިޔާ ވަގަށް ނަގައިފިއެވެ.

ފުލުހުން ވިދާޅުވީ އިހަވަންދޫ ފިހާރައެއް ފަޅާލައި ވައްކަން ކޮށްފައިވާ މައްސަލައެއް މިރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

"މިހާތަނަށް ބެލި ބެލުމުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެފިހާރައިން 25000 ދިވެހި ރުފިޔާ ވަގަށް ނަގާފައިވޭ." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އެމައްސަލަ އާއި ގުޅިގެން މިހާތަނަށް މިހާރު ހައްޔަރު ކޮށްފައި ނުވާ ކަމަށާއި، މަައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

ފިހާރައިގެ ވެރިފަރާތުން "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ފިހާރަ އިން ވައްކަން ކޮށްފައި ވަނީ ވަރަށް ބޮޑަށް ރޭވިގެން ކަމަށް ބެލެވޭ ކަމަށެވެ.

"ދޮރު ހަލާކު ކޮށްލައިގެން ވައްކަން ކޮށްފައި ވަނީ. ވަރަށް ބޮޑަށް ރޭވިގެން ކޮށްފައިވާ ވައްކަމެއް ކަމަށް ބެލެވެނީ." އޭނާ ބުންޏެވެ.

އޭނާ ބުނީ ފިހާރައިގައި ހުރި ފައިސާގެ އިތުރުން އިތުރު އެއްޗެއް ވަގަށް ނެގި ކަމަށް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސަލާ

    ވައްކަން ކުރާ މީހާ އަތްކަނޑާބަލަ. އެއިރުން ތިކަހަލަ ކަންކަން މިގައުމުންނެތިގެން ހިނގައިދާނެ. މާތްﷲ ގެ ޝަރީއަތާއި ހުކުމް އެކަލާންގެ ބާވައިލައްވާފައިވަނީ އަމާންކަން ގާއިމްކުރުމަށް. އެޝަރީއަތް ކަމުނުގޮސްގެން ރޯއޮރިޔާމުން ތިބޭ އަންހެނުންނާއި ކާފަރުންގެ ކޮންސަލްޓެންސީ ހޯދައިގެން ހަދާ ގާނޫނާއި ގަވާއިދުގެ ސަބަބުން މިގައުމުގައި އަމާންކަންގެއްލި، ހަރުކަށި ފިކުރުއުފެދި، ވެރިންގެ އަނިޔާ ރައްޔިތުންނަށް ބޮޑުވެގެން މިއުޅެނީ.

  2. ދަރަނި ދަންތުރަ

    ތިޔަ ހިފާލީ 1000 ރޯދަ އެމީހަކު މިއަދު ހެވިފައި މާދަމާ އަލިފާނުގައި

    14
  3. މާމިގިލީ މީހާ

    ތިވާނީ ތިފިހާރައިގަ އުޅޭ ބަންގާޅީ ކާޅަކަށް.

    2
    8
  4. ޢަބްދުލް ޤާދިރު މުބާރިކް ޖީލާނީ

    މިއީ ކަނޑައެޅިގެން ވަކިބަޔަކު ރާވައިގެން ހިންގާ ޖަރީމާތަކެއް. މިދިވެހި ރާއްޖޭގައި އުޅޭ އިސްލާމްދީނާއި ދެކޮޅަށް އުޅޭ ލާދީނީ ބައިގަނޑުގެ އަތްދަށުން މިދިވެހި ރާއްޖެ ސަލާމަތްވި ދުވަހަކުން މެނުވީ ތިޔަފަދަ ވިޔާނުދާ ނޭއްގާނީ ޢަމަލުތައް މިޤައުމުން ނުހުއްޓުވޭނެ. ޤައުމުގެ ސަލާމަތީ ބާރުތަގެ ސަފުތައް ހަރުދަނާ ގޮތެއްގައި ރުކުރުވާލަން ވެއްޖެ ނޫންތޯ މިދިވެހި އުއްމަތަށްޓަކައި. ޤައުމު މިއޮތްދަނީ ފުނޑުފުނޑު ވަމުން. އެންމެން މިތިބީ އަޅާލެވޭނެ ގޮތެއްނެތި މަރަށްތެޅެން ދޫކޮށްލެވިފައި.

    10
    1
  5. ޑައެލޯގް

    ހުރިހައި ދިމާލަކުން ސަރުކާރު ފެއިލް އެހެންތާވާނީ ކޮމިޝަނަރު ރާފުޅިހިފައިގެން ކްލަބުތެރޭގައި ދެންވައްކަން ގިނަވާނެނޫން

  6. ޙަސަން

    ހުރިހައި ދިމާލަކުން ސަރުކާރު ފެއިލް އެހެންތާވާނީ ކޮމިޝަނަރު ރާފުޅިހިފައިގެން ކްލަބުތެރޭގައި ދެންވައްކަން ގިނަވާނެނޫން ދެން އެމް.އެމްޕީއާރުސީއޭކިޔާ އެވާހަކަ ދައްކާ