އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ކިޑްނީ ޑައިލެސިސް ހަދަން ދިޔަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އޭނާ ކޮވިޑް-19 އަށް ފައްސިވިކަން އެނގުނީ އިއްޔެއެވެ.

އެންއޯސީގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވަނީ ޑައިލިސިސް ހަދަން އައިޖީއެޗަށް ދިޔަ މީހަކު ފައްސިވިކަން ކަށަވަރު ކޮށްދީފައެވެ.

ބަލި މީހާއަށް ފަރުވާދިން ނަރުހުން ތިބީ ޕީޕީއީގައި ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

ކޮވިޑް-19 ގެ އަލާމާތްތައް ނުފެނުނު ނަމަވެސް މިދުވަސްވަރު އައިޖީއެމްއެޗް އިން ޚިދުމަތް ހޯދާ މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރެއެވެ. މިގޮތައް ކުރި ޓެސްޓްތަކުން މީގެ ކުރިން ވެސް ބައެއް މީހުން ވަނީ އަލާމާތްތައް ނުފެނި ކޮވިޑް-19 އަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަސަދު

    މިހާރު ވާއެއްނުވާއެއް އެޗު.ޕީ.އޭ އަކަށް ނޭގެ. އޮބިނޯންނަ ވަރަށް ސްޕްރެޑް ވެއްޖެ. ކޮންޓުރޯލް ކުރަނަ ކުރި މަސައްކަތް ފެއިލް. އަދިވެސް ޕުރެސް ކޮންފަރަންސް ބޭއްވުން ކަމަކީ.

    24
    4
  2. ކަ

    ކަލޭމެން ގާތު މާކުރިން ވެސް ބުނަން ފަށައިފި ގޭގަ ހިމޭނުނުން ތިބޭށޭ... ކަލޭމެން ކަލޭމެންގެ ގޮތުގަ.. އެޗް.ޕީ.އޭ ވަކި ކުރުވޭނެ ކަމެއް އެބަ އޮތް ތަ މި އުޅެނީ ދުނިޔޭގެ އެންމެ މޮޅެތި ސައިންސްވެރިންނަންވެސް މިކަން ނުވެގެން... ދެންވެސް ތި އަނގަވާ ކަލޭގެ ޒިންމާ އަދާ ކުރެވޭތޯބަލާ..

  3. ޕަރީ

    އަޅެ މި މަދު މީސްކޮޅު އެކީގައި ޓެސްޓު ކުރެބަލަ. ޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭ އޭރުން ކޮންޓުރޯލް ކުރެވޭނީ.

  4. ދިވެހިން

    އަޖީ.އެމް.އެޗަށްދާ މީހުން ޕޮސިޓިއުވާލެއްމަދު. އެތާގަތިބޭ ނަރުހުން ބަލިމީހުންނަށް ފަރުވާދިނުމުގައި ވަރަށް ފަރުވާކުޑަ. އެއީ އެކަކުގައިގަ އަތްހަކަހާކާފަ އެނެއް ބަލިމީހާއަށް އެޓެންޑުވާ ގަޑީގަ އަތެއްސާފެންނުކުރޭ. މީސްމީހުންގެ ކަންގަތާއި ނޭފަތުގަ އަތަލާފަ އަތްސާފުނުކޮށް ދާހުރިހާ މީހުންނަށް ހިދުމަތްދެނީ. ދެންކިހާ އަވަހަކަށް ވައިރަސް ޓުރާންސްފާ ވާނެ.!