މާލީ ތަނަވަސްކަން ހުރި ބޭރުގެ މީހުންނަށް ރާއްޖޭގެ ރަށްވެހިކަން ދިނުމުގެ ވިސްނުން ރަނގަޅު ކަމަށް ވިދާޅުވެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ދެއްކެވި ވާހަކައާ ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަރުގަދަ އިންޒާރެއް ރޭ ދެއްވައިފިއެވެ.

އުމަރު ނަސީރުގެ ފޭސްބުކް ޕޭޖްގައި ވިދާޅުވީ ދިވެހިންނަށް ލިބިފައިވާ އެންމެ ހާއްސަ ތިން ނިއުމަތަކީ އެންމެން އެއް ދީނެއްގައި ތިބުމާއި އެއް ބަހަކުން ވާހަކަ ދެއްކުމާއި އެއް ނަސްލަކަށް ނިސްބަތްވުން ކަމަށެވެ. އެ ތިން ސިފައިގެ ސަބަބުން ދިވެހިންގެ ތެރޭގައި ދީނީ، ނަސްލީ ތަޅާފޮޅުމެއް ނެތި ސުލްހަ ވެރިކަމާއެކު އަމާން ކަންމަތީ ތިބުމުގެ ނަސީބު ދިވެހިންނަށް ލިބިފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ.

މި ތިން ސިފައިގެ ތެރެއިން އެއްވެސް ސިފައެއް ބުރޫ އަރުވާލަން އުޅުނު ހުރިހާ ވެރިކަމެއް ނެތި ދިޔައީ ހިތި ގޮތަކަށް ކަމަށް އުމަރު ވިދާޅުވިއެވެ.

މި ހާއްސަ ތިން ސިފައިގެ ސަބަބުން ދިވެހިން ގެތެރޭގައި ދީނީ، ނަސްލީ ތަޅާފޮޅުމެއް ނެތި ސުލްހަ މަސްލަހަތު ރައްކާތެރިވެ އަމާން ކަންމަތީ ތިބުމުގެ ނަސީބު ދިވެހިންނަށް ލިބިފައިވޭ. މިތަނުން އެއްވެސް ކަމަކަށް ބުރޫ އަރުވާލަން އުޅުނު ހުރިހާ ވެރިކަމެއް ނެތި ދިޔައީ ހިތި ގޮތަކަށް." ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅާ އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ނަޝީދުގެ ވެރިކަން ވެއްޓުނީ ވެސް އެކަމުގެ ސަބަބުން ކަމަށެވެ.

"އަދިވެސް އެ މަގުން ހިގައިފި ވެރިކަމެއްގެ ނިމުން ހިތިކޮށް އަންނާނެ." އުމަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. ސީދާ ސާދާ

    ސިޔާސީ އުރައްޕެއް ނެތް މީހުންދޭ އިންޒާރު ތަކަކަށް ކޮމެންޓު ނުކުރަމެވެ

    17
    229
    • ޒިޔާ

      ކޮމެންޓް ކޮށްލާފައި ދޯ؟ އުރަތްޕެއް ނެތް މީހާ ވ ސާފު.

      150
      2
    • ޙައްގުބަސް

      ކަލޯ ނޭނގޭ ވާހަކަ ނުދައްކާނީ!! ސިޔާސީ އުރައްޕެއް ނެތްކަން އެނގޭނީ ކަލޭމެން ތިކުރާ ވައްކަންތަކާއި، ހިންގާ ބޮޑެތި ޚިޔާނާތްތަކާއި، ދީނާއި ދެކޮޅަށް ތިނެރޭ ރިޕޯޓުތަކާއި، ބަންގާޅުން އެތެރެކޮށް ކަލޭމެންގެ ބޮޑުންވެސް އަޑީގައި ތިބެގެން ތިހިންގާ ހިއުމަން ޓްރެފިކިންގްނާއި، ޖޭއެސްއީއޭ ކިޔާ ކަލޭމެންގެ ގޮތެއް ފޮތެއްނެތް ގޮތްޕެއް އުފައްދައިގެން ކޯޓްތައް އަތަށް އޮޅާލައިގެން ތިބެ ތިހިންގާ ބޮޑެތި ޖަރީމާތަކާއި، ކަލޭމެންގެ ބޮޑުންނާއި މުއައްސަސާތަކުގެ ބައެއް ވެރިން ފާޅުގައި ބަންގުރާ ބޯން ހަދާފައި ހުންނަ ތަންތަނަށް ވަދެ ބަނގުރާ ބޯންތިބި ބައެއް ދިވެހިންގެތެރޭ ހުރެ ނަށާ ނާޗަރަންގީ ކުޅެ މުޅި ދިވެހި ގައުމު ފަސާދަކުރަމުން އެދާ ދިއުން ހުއްޓުމަށްޓަކައި ދިވެހި ރައްޔިތުން ގޮވައިގެން މަގުމައްޗަށް ނިކުންނަ ދުވަހަކުން!! ދައުލަތް ދަވާލާ މަޖްލިސްކުރާގެ ވަކަރުގެއަކަށް ހަދައިގެން ތިބެ މުއައްސަސާތަކަށާ އާންމު ރައްޔިތުންނަށް ދައްކަމުން ތިގެންދާ ބިރު ފަހަނައަޅާ ނިކުންނާނެ ރައްޔިތުން!! އެދުވަހު ކުރީ ސަފުން އުމަރު ފެނުނީމާ އޭނާ އޮބިއަޅުވަން ތެޅިގަންނަ ތެޅިގަތުމުން އޭގެނޭ ކަލެއަށް އުރަތްޕެއް ނެތްކަން!! މިރާއްޖެއަށް އެއްވެސް ތަރައްގީއެއް ނުގެނެވުނުތާ ދައުލަތުގެ މާލިއްޔާ ދަވާ ހުސްކޮށްފި!! އިންޑިޔާގެ އުނގަށް ވެއްޓި ރާއްޖޭގެ ޚާރިޖީ ސިޔާސަތުވެސް ކަލޭމެން ތިވަނީ ގެރި މޯދީއަށް ވިއްކާލާފަ!! ކޮވިޑްގެ ލޮކްޑައުން ނިމުނީމަ ރައްޔިތުން ކަލޭމެނާއި ދެކޮޅަށް ނިކުމެ މަގުތައް ފުރާލާނެ!! އޭރުން ފުލުހުންނާ ސިފައިން ނެރެގެން ރައްޔިތުންނަށް އަނިޔާކުރަން ކަލޭވެސް މަސައްކަތް ނުކުރާތި!! ވަރަށް ސަލާމް!!

      65
      4
  2. ވިސްނާލުމަށް އެދެމޭ

    އުމަރުގެ ބަހަކީ ފޮރޮޅުނެތް ހުސް އޮނިގަޑަކަށްވެއްޖެ....ނިކަން ކެރިހުރެ ކުރީސަފަށް ނުކުމެބަލަ...އިހުއުޅުނުފަދަ ހިއްވަރެ ދައްކަބަލަ...އިދިކޮޅުގަ އެތިބަ ހިތްވަރުގަދަ ފަހުލަވާނުންގެ ސަފުގެ ކޮމާންޑަރަކަށްވެބަލަ...ތިހުރި ޒާތީގޮތް ދޫކޮއްލަބަލަ..މިގައުމުގަ ރޔާމީންގެ ފިކުރެ ދެނެނުފޮހެވޭނެ...ދެން މޑޕ ނޫން ކޮއްމެ ބަޔަކު ވެރިކަމަށް އަންނަންވިޔަސް ރޔާމީންގެ ސަޕޯޓާނުލާ ނުވާނެ..މިއީ ފިކުރެ އުއްމީދީއިތުބާރެ ދިރުމެ....ވީމާ އުމަރަކަށްވެސް ގާސިމަކަސް މައުމޫނަކަށްވެސް ރޔާމީންގެ ތާއީދު ބޭނުންވާނެ...ފައިސާ އެކަންޏެނޫން ބާރުގަދައީ...ފިކުރު މިއީ ވަރުގަދަ ހަތިޔާރެ..މީގެން ފައިސާއިން ނުލިބޭ ހިއްވަރާ ބާރު ތެދުވެރިކަންލިބޭނެ..އެހެންވީމަ އުމަރު ވެރިކަމުގެ ހުވަފެންދެކެންޏާ ޕޕމގެކޯލިޝަނާ ގުޅުމަށްއަވަސްވޭ..ވެރިކަމަށްއައުމަށް ތާރީހެއް ކަޑައެޅުމުގެބަދަލުގަ މެމްބަރުންގެ އިތުބާރުހޯދާ....ސަފުގެމެދު ފަޅާނުލާ ސަފު ސީދާކޮށް ނަންބަރު ޖެހެންދެން ކެތްތެރިވެބަލަ..ފާރިސްއާ އުމަރަށް ކެތެނުކުރެވޭ ސަފުފަޅާލާފަ ގޮނޑިޔަށް ތިރިވުމަށް އަވަސްވެގަތީމަ ނަތީޖާ ފެނިއްޖެނުން....ރައްޔިތުންގެ އިތުބާރުގެއްލި ލޯބިގެއްލުނީ..އޭގެ ބަދަލުގަ ދެކިބަލަ ގައްސާނު..ކެތްތެރި ހިކުމަތްތެރިކަމާއެކު މެމްބަރުންގެ ލޯތްބާ އިތުބާރު ހޯދަމުންއެދަނީ ގައްސާނުގެ މާބޮޑު މަސައްކަތަކާނުލާ..ދެވަނަ ރޔާމީން... ގައްސާނު....

    31
    9
  3. އަސްލަމް

    ދިވެހި ރާއްޖޭގަ އުޅޭ ހަކުރުވިޔަފާރިކުރާ އިންޑިޔާގެ ގެރި ތަކައް ރައްވެހިކަން ނުދެވިގެން އެތެޅެނީ

    158
    3
  4. އެކްޓަރ

    ކަލޯ އުމަރަށް ކެރޭނެ .. އުމަރު ނުކުންނާނެ..އަދި ފަސްނުޖެހި ޤައުމު ސަލާމަތްކުރުމުގެ ޖިހާދުގެ ކުރީ ސަފުގައި ހުންނާނެ... ބަލަ..މައުމޫނާއި، ނަޝީދާއި، ގުޅުނުނީ ބޮޑިބަންނަން ނޫންތަ... 2008 ގައި . މައުމޫނާއި ދެކޮޅަށް ، ޤާސިމްބެ އަދި ވަގު ދާލަތު އަދި އެހެން ސިޔާސީ މީހުން ނުކުތީ ޑީއާރޕީ އާއި ދެކޮޅަށް އެޕާޓީގެ ތަރިންނަކީ މައުމޫނު ، އަބުދުﷲ ޝާހިދު، ތަސްމީނު، އަލީ އާޒިމް، ރޮޒައިނާ، އަދިވެސް މިހާރު އެމްޑީޕީގެ ކުރީގެ ސަފުގައި މިއަދު ބޮޑިބަދެ ދައުލަތު ދަވާލާ ހީލަތި ފަހުލަވާނުން... އަންބައަކީ ޤައުމު ދީން... މިއަދު ޤައުމު އަޅުވެތިކަމަށްދާން ދޫކޮށްތިބީ މިބޭފުޅުން...އުމަރުވެސް ނުކުންނާނެ...އަދި މިހާރު އެންމެ ވިދާ ތަރި ޑރ ޖަމީލުވެސް ހިމޭންވެ ނުހުންނާނެ ﷲ އިރާދަފުޅުން ރ.ޔާމިން ޖަލުން ނެރެ ވަރުގަދަ ސިޔާސީގޮތުން ޤައުމީ ދީނީ ޖިހާދެއް މިޤައުމުގައި ހިނގާނެ...ދިވެހި ދަރިން ނުތިބޭނެ ..ބަލާކަށް..މަގެ ދީނާއި މަގެ ޤައުމާއި ނުކުޅެއްޗޭ.. ސާފުތޯ...އަޅާ ކޮންމެ ރިހަޔެއް ކާލަން ދިވެހި ސިފައިންގެ ހީވާގި ދަރިންނަށާއި ދިވެހި ފުލުހުންގެ ހީވާގި ދަރިންނަށް އޯކޭ ނުވާނެ....

    45
  5. ޤައުމް

    ދީނާ ، މަގެ ގައުމާ، މަގެ އަމްނާ ނުކުޅެއްޗޭ، ތާރީހް ބަލާ އެނގިތިބެ ގައްދާރު ނުވައްޗޭ.
    ދޭނޭ ދިވެހިން ޖާން، ވާނޭ ކެރި ގްރުބާން އީމާންކަން މަތީ، އީމާންކަން މަތީ .

    186
    5
  6. Anonymous

    ރެސިޑެންސީ ދިނުމާ ރައްޔިތެއްކަންވިޔަ ދިނުމަކީ މުޅިން ދެކަމެއް. މެލޭޝިޔާގައި އޮންނަ ކަހަލަ ސެކަންޑް ހޯމް ކޮންސެޕްޓަކީ ރާއްޖެ އަށް ކަމު ގޮސްފާނެ ކަމެއް. މީގެ އިތުރުން ސިލޯނުގައި މިދާކަށް ދުވަހަކު ހުއްދަ ދިންގޮތަށް ބޭރުގެ މީހުންނަށް ބޭންކު އެކައުންޓް ހުޅުވުމުގެ ފުރުސަތު ދިނުން ވެސް އެންމެ ރަގަޅު . ދުނިޔެ ބަދަލުވާގޮތަށް ރާއްޖެ ވެސް ބަދަލުވާންޖެހޭނެ. ދިވެހިން އެއް ދީނެއްގައި އެއްބައެއްގެ ގޮތަށް ތިއްބަސް ދިވެހިންގެ އުޅުމާ އަހްލާޤްގެ ވާހަކަ ނުދެއްކިއްޔާ ރަގަޅުވާނީ.

    6
    19
  7. ތާއީދު

    ބަރާބަރު ވާހަކައެއް! މައްސަލައަކީ އެއްބަޔަކު ގައުމު ވިއްކާލަންހިފާލިއިރުވެސް ހަމަ ކަހާތާ ހިރުވާވެސް ނުލާ! ގައްދާރުން މިހާރު ވެސް މި އުޅެނީ އެމަސައްކަތް ކުރަން! އެކަމަކު މިއަދު ހޭލައިފި! މިއީ މައްސަލައެއް! އެކަމަކު މަވެސް ހަމަ އުމަރަށް ތާއީދު

    31
  8. ގއ

    އޭނަ ދޭނީ އިންޒާރު. އަނިޔާވެރި ކަމަށް ވަރަށް ލޯބިކުރައްވާނެ. އޭގެ ތެރޭގައި ކޯސްޓު ދަޅުހިމެނޭ. ތިޔައި ފަސްމީރު ކުރިރުކެކޭ. ކޮމާންޑަރު ހަރުގަނޑު. މީނާ ވެރިކަމަށް ވަޑައިގެން ފިއްޔާ ދިވެހުންގެ ޙާލަކީ ކޮބައި ކަން ﷲ މޮޅަށް ދެންވޮޑިގެން ވާނީ. މި ކޮމެންޓު ޖަހައިދޭނޭ ބާ؟

    2
    35
    • ހޯނު

      އެއޮތީ ކޮމެންޓު ޖަހައިދީފަ. ޑިސްލައިކުތައް ގިނައީ.

  9. އެނޯ

    އުމަރު ހާމަކުރެއްވީ ހަގީގަތް. އިންޒާރެއް ކަމަށް ދެކޭނީ އިދިކީލި ފިކުރުގެ މީހުން. ނަސޭހަތެއްގެ ގޮތުގައި ބަލައިގެންފިނަމަ އޭގެ މަންފާ މުޅި ގައުމަށް ކުރާނެ إنشاءالله

    42
  10. ބުމަރު

    ޢުރަތްޕެއްނެތް މިޙުން ކޮސްނުގޮވާ!!!?

    3
    31
  11. ޒުވާނާ.

    އެމީހަކު ބުނާނެ ގެރިޔެއް ބައިންދާނެ ފައްޅި ޒިނޭކުރާނެނާސިގެ ކުލަބެއް ރާބޯނެބާއެއް ޖުވާކުޅޭނެ ކެސިނޯއެއް ދެންހުރިހާ ދީނެއް ގެންނަން ދެންބަންގި ގޮވާތީ އުނދަގޫވެގެން އުޅޭނެ ދެން އެކަމާ ދެކޮޅުމީހުން ހަރުކަށި ފިކުރައްވެ މަރާނެ ދެންއިންޑިޔާ ރުޕީސް ރާއްޖޭގެ ރުފިޔާ އުވޭނެ ދެންއޮތީ މުސްލިމު ދިވެހިންގެ ރައްވެހިކަން ބާތިލުކުރުން އިޒުރޭލު ބަޔަކު ފަލަސްތީނައް ދިޔައީ ވަރައް ލޯބިންކަމައްހެދި ދަނޑުވެރިކަން ދަސްކޮއްދިނުމައް ނަމަވެސް ކޮބާހާލު

    32
  12. ހުސޭނުބޭ

    އެ އުޅެޏި އެމީހުގެ ޖީބަށް ބަރުވާގޮތަށް ރާއްޖެ އެހެން މީހުންނަށް ވިއްކާލަން!

    30
  13. ޣޮފި

    Notwelcometoagenda19

  14. އެމް ޝަމް

    ސަރުކާރު ސައިޒް ކުރަން އުމަރު ނަސީރު ވެއްޖެ އިދިކޮޅު ޓީމް ގޮވައިގެން ނިކުންނަށް.

    36
    1
  15. އަހުމަދު

    މިހައްސާސް ދަނޑިވަޅުގައި ޤައުމުގެ ދިފާއުގައި ތިފަދަމޭރުމަކުން ވާހަދައްކާލަން ކެރޭ ތިބީ ދެތިން މީހެއް އެހެން އެންމެން އެއުޅެނީ ކޯލިޝަން ހަދައިގެން ސަރުކާރު ކޯލިޝަން ރޫޅިދާނެތީ އަންގައިންވެސް ބުނަން ނުކެރިގެން. ޔާ ﷲ އަޅަމެން މިފަދަ މުސީބާތްތެއްފަދަ ވެރިކަމުން މިންޖުކޮށްދެއްވާންދޭވެ. ޢާމީން

    25
  16. އެދުރު

    ޢުމަރު ތިބުނީ ރަގަޅު ވާހަކައެއް. އެޕްޑީޕީގެ ޚާއިނުންނަށް ވެރިކަން ލިބޭ އިރަށް ދިވެހިރާއްޖެ ފަސާދަކުރުމުގެ ނުބައި މަޝްރޫޢުތައް ފަށާނެ

    26
  17. ހާމިދު ޝާހިދު

    އުމަރު ދައްކަނީ ރަނގަޅު ވާހަކަ. އެކަމަކު މިއޮއްހާ ކަންތައް ވަމުން ދިޔައިރު، އެއްވެސް އެއްޗެއް ވިދާޅުނުވެ ހަމަހިމޭނުން ހުންނެވީ ކީއްވެ. ދަމަކުން ބަޑިއެއް ޖަހާހެން މިހާރު ތިޔަ ވަޑައިގަންނަވަނީ. ކިތަންމެ ވަރެއް ކުރިއަސް ވެރިކަން ކުރުމުގެ ފުރުޞަތު ލިބޭނެ ޖާގަ އާދަޔާ ހިލާފަށް ހަނި. މިސަރުކާރު ޖަވާބުދާރީ ކުރުވަންޏާ، ޝަރުތަކާ ނުލާ އިދިކޮޅު ފަރާތްތަކާ ގުޅޭ. އެހެންނޫނީ، ވަރަށް އެކަނިވެރި އިންޒާރުދޭ މީހާއަށްވެ، އާރެއްބާރެއް ނެތް ފިނޑި އިންޒާރުތަކެއް ދެވިގެންދާނީ...!

    17
  18. ަައަބޯ

    ސިޔާސީ އުރައްޕެއްނެތް މީހުންދޭ އިންޒާރުތަކަށް ކޮމެންޓުނުކުރަމޭ ލިޔުމަކީވެސް ކޮމެންތެއް.

    9
    13
  19. ަައަބޯ

    ދީނާ ، މަގެ ގައުމާ، މަގެ އަމްނާ ނުކުޅެއްޗޭ، ތާރީހް ބަލާ އެނގިތިބެ ގައްދާރު ނުވައްޗޭ.
    ދޭނޭ ދިވެހިން ޖާން، ވާނޭ ކެރި ގްރުބާން އީމާންކަން މަތީ، އީމާންކަން މަތީ .
    މަތީގައި އެވާ ޢިބާރާތްކޮޅު ވަރަށް ފަރުވާތެރިކަމާއެކު ކިއުމަށް އަސްލަމަށް ގޮވާލަން

    20
  20. Anonymous

    ރުފިޔާ ފައިސާގެ ދަހިވެތި ކަމުގައި ގައުމު ވިއްކާލަށް ތިޔަ ދިމާކުރަނީ. މީގަ އެބަ އޮތް އެހެން އެޖެންޑާއެއް. މުސްލިމުނޫން މީހުންނަށް މިގައުމުގެ ރައްވެހިކަން ދީ މިތާގަ އެހެން ދީންތައް ފަތުރަން ތިޔަ ދިމާކުރަނީ. ތިޔަ ކަމެއް ނުވާނެ.

    18
    2
  21. ޔާސިރު

    އުމަރުގެ ވާހަކަފުޅައް ފުރިހަމައަށް ތާއީދުކުރަން..
    ޤައުމު ވިއްކާލުމާއި ދިވެހިން ދެކޮޅު.

    24
  22. ކާނިވާއިން

    ސާބަހޭ އުމަރު. އުމަރަކީ ބަޠަލެއް.

    25
  23. Anonymous

    ޢުމަރު ބުންޏަސް ކާސިންމްބޭ ބުންޏަސް ރަގަޅު ވާހަކައެއް. އަދު މިސަރުކާރުން ގެންނަން ވޯޓުދިން އެތައް ރައްޔިތުންނޭ ސުޕަ މެޖޯރިޓީ ރައްޔިތުން މިސަރުކާރަށް ތާޢީދެއް ނުކުރެ. ވެރިކަން ކުރާކަށް ނޭނގުނު. ގޮތްނިންމަން ވެރިމީހާއކަށް ނޭނގެ. މަޖިލިސް ރައީސްއާ ވެރިމީހާވެސް ގޭގައި މަޑުކޮށްލުން އެންމެ ރަގަޅީ.

    17
    1
  24. Anonymous

    ޢުމަރު ބުންޏަސް ކާސިންމްބޭ ބުންޏަސް ރަގަޅު ވާހަކައެއް. އަދު މިސަރުކާރުން ގެންނަން ވޯޓުދިން އެތައް ރައްޔިތުންނޭ ސުޕަ މެޖޯރިޓީ ރައްޔިތުން މިސަރުކާރަށް ތާޢީދެއް ނުކުރެ. ވެރިކަން ކުރާކަށް ނޭނގުނު. ގޮތްނިންމަން ވެރިމީހާއކަށް ނޭނގެ. މަޖިލިސް ރައީސްއާ ވެރިމީހާވެސް ގޭގައި މަޑުކޮށްލުން އެންމެ ރަގަޅީ. އެހެން ބަޔަކާ ތިކަން ހަވާލުކުރޭ

    18
    1
  25. ދަރަނި ދަންތުރަ

    ބަޔަކު ކިތަށްމެ ސިއްރު ސިއްރުން ވިޔާނުދާ ކަންތަކެއް ރޭވިޔަސް ، ހުރިހާ ކަމެއް އެއްމެ މޮޅަށް ދެނެވޮޑިގެންވަނީ ގަދަކީރިތިވަންތަ ﷲ ސުބުހާނަހޫ ވަތައާލާ ، އަސްލަމް ރީދޫ ގުރޫޕު ބޭނުންހާ ގޮތެއްނުހެދޭނެ

    24
  26. އަހްމަދު

    ޔާމީނުގެ ސަރުކާރުން ކުރަން އުޅުނީމަ ފުއްޕާފައި އުޅުނުމީހުން މިހާރު މިއުޅެނީ ކޮންލާރިގަނޑެއް ނުކެވިގެންބާ! ހުސް ވަގުން! ލާރިކޮޅެއް ލިބޭނެ މޮޅުގިތެއް ހޯދަން ތިއުޅެނީ!

  27. ހައްގާއި ބާތިލު

    ހައްގާއި ބާތިލަކީ އަބަދުވެސް އޮންނާނެ އެއްޗެއް. ވިސްނާ ފިކުރުކޮށްބަލަ. ދޮގުހަދައިގެން މަކަރުހަދައިގެން ވެރިކަމަށް އައިމާ ވާގޮތް. ފުރަތަމަ ފަހަރުވެސް ވެރިކަން ހޯދީ އޮޅުވާލައިގެން މަކަރު ހަދައިގެން ދޮގު ހަދައިގެން. ދެވަނަ ފަހަރުވެސް އެހެން. ކޮންމެ ފަހަރަކުވެސް ކޮންމެވެސް ކަމެއް މެދުވެރިކުރައްވައި އެތައް ދަތިކަމަކާއި އެތައް އުނދަގޫތަކެއް އެތައް ގޮތަކުން ކުރިމަތިވެ އެބުނާ ވައުދުތައް ބިލާހަކަށްވެ އެބުނާ އޯގާތެރިކަމެއް ބޮޑުވެގެންވާ އަނިޔާއަކަށްވެ ރައްޔިތު މީހާގެ ޖީބަށް ވައްދަން ބުނާ ޑޮލަރުބޮޑު ނުވަދެ، ރައްޔިތު މީހާ އިތުރަށް ބިކަވެ ހާލުގައި ޖެހި ހަފުސްވެގެން ގޮސް އެންމެފަހުން އެބުނާ އެއްވެސް ކަމެއް ނުކުރެވި ދައުލަތް ބަގުރޫޓުވެ ދަރިންގެ ދަރިންނަށް ދާންދެން ދަރުވާލާފައި ގައުމުގެ ހަރުމުދާ ވިއްކާލަނީ. މިފަހަރުވެސް ވާނީ މިހެން ބަލަން ތިބޭތި. އަދި މިފަހަރު ދާނީ ކުރީފަހަރު ދިޔަވަރަށްވުރެ ދަށުން ކަމަށް ފެންނަމުން މިދާ މަންޒަރުތަކަށް ބަލާފައި ލަފާކުރެވެނީ.

  28. ޙަަރުން

    ޢަސްލަމް ނަނާ ހުވަފެން ނުދެކެއްޗޭ....ތިޔަހެން 2008 ގަ ވެސް ޕްލޭން ތަކެއް ހެދި އާހިރު ނަތީޖާ އަމިއްލަޔަށް ވަޒަން ކޮށްލާފަ ފެއަށް ޖެހިލާ...

    11
  29. ައަހުމަދު

    އަހަންނަކީ އުމަރަށް ސަޕޯރޓު ކުރާ މީހެއްނޫން ، އެކަމަކު ސަޕޯރޓު ނުކުރިޔަސް ރަނގަޅުވާހަކައެއް މީހަކު ދެއްކިއްޔާ އެޤަބޫލް ކުރަންޖެހޭނެ ، މިޤައުމު މިހާރު މިއުޅޭ ބައެއް ބދޭސީންގެ އުދަޤޫ އެހާބޮޑު ، ވީއިރު މިޤައުމުގެ ރައްޔިތުކަން ބޭރުމީހުންނަށް ދޭންފަށާފިއްޔާ މިޤައުމުގެ ދުވަސްތިޔައީ ، ތިކަހަލަ މިހުން މިނިސްޓަރ ކަން ދީފަ ބޭތިއްބީމަ ހުރިހާ ކަމެއް ހަމަވީ ކަމެއް ނުކުރެވޭތާ ޙިޔާލެއް ފާޅުކުރިޔަސް މިކުރެވެނީ ފަނާކުރަނިވި ޚިޔާލު.

  30. Anonymous

    އަހަންނަކީ އުމަރަށް ސަޕޯރޓު ކުރާ މީހެއްނޫން ، އެކަމަކު ސަޕޯރޓު ނުކުރިޔަސް ރަނގަޅުވާހަކައެއް މީހަކު ދެއްކިއްޔާ އެޤަބޫލް ކުރަންޖެހޭނެ ، މިޤައުމު މިހާރު މިއުޅޭ ބައެއް ބދޭސީންގެ އުދަޤޫ އެހާބޮޑު ، ވީއިރު މިޤައުމުގެ ރައްޔިތުކަން ބޭރުމީހުންނަށް ދޭންފަށާފިއްޔާ މިޤައުމުގެ ދުވަސްތިޔައީ ، ތިކަހަލަ މިހުން މިނިސްޓަރ ކަން ދީފަ ބޭތިއްބީމަ ހުރިހާ ކަމެއް ހަމަވީ ކަމެއް ނުކުރެވޭތާ ޙިޔާލެއް ފާޅުކުރިޔަސް މިކުރެވެނީ ފަނާކުރަނިވި ޚިޔާލު.

    5
    1
  31. ކޮހުން

    ހުސްކޮހުން. އަސްލަމްވެސް ގޮވަނީ ކޮސް އުމަރުވެސް ގޮވަނީ ކޮސް ޔާމިނު މިކޮހުން ގޮވާހާ ކޮހެއް މިތާލިުނީމަ މިކިޔާ ބަޔަކުވެސް ވަނީ ކޮސް.

  32. ޝޯލާ ސިސްޓަމް

    އުމަރައްވެރިކަންލިބިއްޖެއްޔާދިވެހިން
    ހީނުކުރާވަރުގެރަނގަޅުކަންތައްތައް
    މިގައުމައްގެނެސްދޭނެ.މިހާރުމިއޮތްދޯހަޅި
    ސިޔާސަތުބަދަލްކޮއްގައުމުއަމާންތަނަކައް
    ހަދާދޭނެ އިންސާއައްލާހް
    ހުރިހާބޭފުޅުންވިސްނާލަބަލަ ފެސުނީއްސުރެ
    އުމަރުދައްކާވާހަކަ ގައުމުސަލާމތްކުރުން
    މާތްވެގެންވާއިސްލާމްދީންހިމާޔަތްކުރުން
    ނޫންތަ؟ ހަމަގައިމުވެސް އަންނިޖަހާހާބެރަކައް
    ނަސަންތިހިރަ އިބުރާހީމައްވުރެމާރަނގަޅުވާނެ
    ސާބަހޭ އުމަރު......