މިހާރު ދިމާވެފައިވާ ކޮވިޑް-19 އާއި ގުޅިގެން ޕެންޝަން ފަންޑުން ފައިސާ ނެގުމަށް އާންމުން ގޮވާލަމުން ދިޔަކަމުގައި ވީނަމަވެސް، ވަކި ވަކި މީހުންގެ އެކައުންޓްގައި އެވަރަށް ފައިސާ ނުހުންނާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، މިހާރު ކަނޑައަޅާފައިވާ ލޯނުތަކުގެ އެހީގައި ވިޔަފާރިތަކަށް އެހީވުމައި، ވަޒީފާ ނެތް މީހުންނަށް ހަމަޖައްސައިދޭ އެލަވަންސްތަކުގެ އެހީގައި މިހާލަތުގައި ދިމާވާ މާލީ ދަތިކަމަށް ލުޔެއް ލިބޭނެއެވެ.

އެހެންނަމަވެސް ޕެންޝަން ފަންޑަށް ޖަމާ ކުރާ ފައިސާގެ ތެރޭގައި، ސަރުކާރާއި އަމިއްލަ ކުންފުނިތަކުން ޖަމާ ކުރާ ފައިސާ ހުރި އިރު، އެ ފައިސާއަކީ އެހެނިހެން ކަންކަމުގައި އިންވެސްޓްވެސް ކުރާ ފައިސާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

" ޕެންޝަން ފަޑުން އެ ބޭފުޅުންވެސް އެ ޕޭކުރާނެ. މިސާލަކަށް ޕެންޝަންގެ ގޮތުގައި އެ މީހަކަށް ފައިސާ ދޭނެ ދުވަހަކާއި އެއްޗެހި ޕްލޭނެއް ހެދިފައި އިންނާނީ. އެއާއެކޮށް ޕެންޝަން ފަންޑުން ފައިސާ އިންވެސްޓްކުރަމުންދާނެ ގަވަމެންޓް ސެކިއުރިޓީޒް އާއި އެހެނިހެން ސެކިއުރިޓީޒްތަކުގައި އިންވެސްޓްކުރަމުންދާނެ. އެހެންވީމަ ސީދާ ލިކުއިޑް ކޭޝްއެއް ނުހުންނާނެ ޕެންޝަން ފަނޑުގައި. އަޅުގަނޑަށް އެނގޭ އެވާހަކަ އެންމެ ބޮޑަށް ދައްކާ މީހުންނަށް އެނގޭނެ ކިހިނަކުން ހިނގާއެއްޗެއްކަން ޕެންޝަން ފަންޑަކީ." އޭނާ ވިދާޅުވިއެވެ.

ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތް ހެދުމަށާއި ރައްޔިތުންނަށް ބޭނުންވެފައި އެތައް ކަމެއް ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ބިލް މަޖިލިހަށް ބަލައިގަނެވެން ނެތް ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

އަދި ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ މާލީ ހާލަތު މި ދަނޑިވަޅުގައި ކިތަންމެ ދަށްވެފައިވީ ނަމަވެސް ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުން ކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް ފިނޭންސް މިނިސްޓަރު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ޕެންޝަން ފަންޑުގައި ހުރި ފައިސާތައް މިހާރުވެސް ހުންނާނީ އެކިއެކި ކަންކަމުގައި އިންވެސްޓު ކުރެވިފައި ކަމަށެވެ. އަދި އެ ފައިސާއަކީ ދިވެހި ރައްޔިތުންގެ ހައްގެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ޕެންޝަން ފަންޑުގައި ހުރި ފައިސާއަކީ ސަރުކާރުން ހަމަ ބޭނުންވާ އިރަށް ބޭނުން ކުރަން ހުންނަ އެއްޗެއް ނޫން ކަމަށާއި ބޭނުންވާއިރަށް އެ ފައިސާ ބޭނުން ނުވެސް ކުރެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

69 ކޮމެންޓް

 1. މުފާސާ

  "އަދި ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ މާލީ ހާލަތު މި ދަނޑިވަޅުގައި ކިތަންމެ ދަށްވެފައިވީ ނަމަވެސް ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުން ކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް ފިނޭންސް މިނިސްޓަރު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ."

  "އެހެންވީމަ ސީދާ ލިކުއިޑް ކޭޝްއެއް ނުހުންނާނެ ޕެންޝަން ފަނޑުގައި"

  އެހެހެންވީމާ ވިސްނުމެއް ނެތީއެއް ނޫނެއްނޫންތޯ.. ފައިސާ ނެތީ ނޫންތޯ.

  40
  1
 2. ކޮރަލް

  ތިވާހަކައިގެ ތަރުޖަމާ އެނގޭނީ އަންނި އާ ޒަރިޔަންދު އަށެވެ. އެމީހުން.ތަރުޖަމާ ކުރީމަ އެހެން މާނަ އެއް ވެސް ނުކުމެ ދާނެ އެވެ.

  97
  1
  • Anonymous

   ކަލޭމެން ވަގަށް ކެއީ އަހަރުމެންގެ ފައިސާކޮޅު

   37
   1
  • ކެކެކެކެ

   "އިންވެސްޓް" ކުރެވިފަ ދޯ! ފައިސާފޮއްޗެއް ނެތް ދޯ! އެނގޭ ތިކަން.

   32
  • ޙައްގުބަސް

   ފަންޑުގައި ހުރި ފައިސާއިން އިންވެސްޓުކުރި ދާއިރާތަކާ އިންވެސްޓުކުރި ޢަދަދު ހާމަ ކުރޭ؟ ތިހެން ބުނެގެން އަދި ފަރުޖައްސާ ލެވޭކަށް ނޮއޮންނާނެ!! ފަންޑުގައި 6 ބިލިއަނަށްވުރެ ގިނަ ފައިސާހުންނާނެ!!

   24
 3. މާލެ

  ޥަގުން. ރައްޔިތުންގެ ލާރި ކާލީ. ތީގަ ހުއްނަނީ މީހުން ބުރަ މަސައްކަތުން ހޯދާފަ ހުއްނަ ލާރި. ކަލޭމެން އިންވެސްޓު ކުރާކައްނޫން. އިންވެސްޓެއް ނުވެސް ކުރޭ. ޙަމަ ވަގުން ކާލީ. ޢިސްތިއުފާދީ ކަލޭމެން އެންމެން.

  107
  4
 4. Magey Haggu

  Magey haggagun invest koffa ein faaidhaa nagamun dhaairu mashakah hama reykaavess nulaa keehve invest kohfa faaidhaa inn mashah hissaa nuvanee ؟؟

  58
  4
 5. ބާރީ

  ފުލެޓް ގަންނަން ދެމޭބުނި ކު ރިން ... ޢޭ ރު އިންވެސް ނުކު ރޭތަ ... ނޫނީ ކޮ ރޯނާ ބޮއެ ހުސްވީތަ؟

  83
  3
 6. އަހުމަދު

  ..ކަލޭ ލާރިގަޑު ކާލާފަ ކޮންވާހަކައެއް..ގަވައިދާ ހިލާފައް މީހުންނަށް ލޯނުދީ ޑިލްހެދީ ކަލޭ. ޢެންސިސް އަށް ވެސް ވަނީ ގަވައިދާ ހިލާފަށް ލާރިދީފަ ލޯނުގެ ގޮތުގަ

  82
  2
 7. އާދަމުގެދަރި

  ބަލަ އިންވެސްޓް ނުކޮށް އެތާނގައި އެބަހުރި ކަމަށް އެބަ ދައްކާ ތިޔަ ބުނާ އެޕެއް ބެލީމާ. އިންވެސްޓް ކުރި އަދަދާއި ނުކުރާ އަދަދު އެބަ ފެނޭ. އެ އެޕަށް ދޮގު މައުލޫމާތު އަޅައިގެން އުޅެނީތަ؟ ފައްކާ އެމްޑީޕީ މީހަކު ވިއްޔާ ތެދެއް ހަދައިގެން ނުވާނެ. ތެދެއް ހަދަންޖެހޭ ހާލަތުގައިވެސް ދޮގެއް ހަދާފައި ނޫނީ ތެދެއް ނަހަދާތި.

  58
 8. މޫސަ

  ދެން ކަލޭމެންބުނާނެ ޔާމީން އެފައިސާ ކާލީއޭ. ކޮބާތަ މިސަރުކާރުގެވެރިންތައް

  96
  3
  • ދޮގެއް؟

   ހުރިހާ އެއްޗިހިން ތިބީ ފިލާ. މަގުމަތީ ދާހިއްލާ ފޯވެގެން ފުލުހުންނާ ތަޅަން އުޅުނު މަސް ފަލަ ގޮލައަކު ފޫބެއްދޭތޯ ހިތްވަރު ކުރޭ އެބަ. މިހާރު ގޮވެނީވެސް ކަނޑުކޮސް.

   11
 9. ޔާމިން

  ޕެންޝަން ފަންޑުގައި ހު ރި ރުފިޔާކޮޅުވެސް ކާލީ ދޯ މިހާ ރު. ބަލަ ކަލޭމެން ތަޅާ ބު ރުވަންހު ރި ރުފިޔާއެއްނޫނޭއެ އީބަލަ.

  79
  2
 10. ހަބީބުސމީދޫ

  ރައްޔިތުންނޭ މިބުނަނީ ބޭނުންވީމަ ދޭށޭ ބަންގާޅިންނެއްނޫނޭ އަދިވެސް ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގި އަރާބަރަހަނާވޭ

  76
  3
 11. ިސީމާ

  "ނަޝީދު ބުނީ ޕެންޝަން ފަންޑުގައި އަތްލައިފިއްޔާ މާޒީ ދިޔައީކަމަށް."
  ނަޝީދު ދޮގު ހެދީ. ނެތް އެއްޗެއްގަ އަތްލާނެ ގޮތެއް އޮންނާނެތަ؟
  ސަރުކާރުން ކުރިން ވާހަކަ ދައްކަމުން ދިޔާއިރު އެއީ ނެތް އެއްޗެއް ގޮތުގައި ނުބުނެ އުޅުނީ. މުވައްޒަފުންގެ މުސާރައިން ވިޔަފާރި ކުރަނީ. ނޭގެ ކުރާނީ ކޮން ކަހަލަ ވިޔަފާރިއެއް ކަމެއްވެސް. ޢަހަރެން ތިޔަ ޕެންޝަން ބޭނުމެއް ނޫން.

  40
 12. ހަބީބުސމީދޫ.

  ރައްޔިތުންނޭ މިބުނަނީ ބޭނުންވީމަ ދޭށޭ ބަންގާޅިންނެއްނޫނޭ އަދިވެސް ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގި އަރާބަރަހަނާވޭ.

  49
  1
 13. މަހުދީ

  ޕެންޝަން ފަންޑުގެ ފައިސާ ވަނީ އިންވެސްޓު ކުރެވިފައި، ބަހާނެ ފައިސާއެއް ނެތްނަމަ ވަރަށް ރަގަޅަށް ތިކަންތައްތައް ތަހުޤީޤުކޮށް، އެފައިސާ ވީތަނެއް އެބަޖެހޭ ކަށަވަރު ކުރަން؟

  81
  1
 14. ޖުލައި

  ޔާމީނު ނަންވާނީ. ހަމަ ތިޖޫރި އަތަށްއެރީ ކައި ހުސްކޮށްލީ.

  83
 15. މުޙައްމަދު

  ޕެންޝަން ފަންޑުގައި އަތްލަން ހެޔޮ ނުވާނެއޭ ބުނި ހިސާބުންވެސް އެނގިއްޖެއޭ އޭގައި އެއްވެސް ފައިސާއެއް ނެތީކަން!

  89
 16. ޖިދޫ

  އެކަމަކު ބުނި އަތެއް ނުލާނަމޯ....

  74
 17. ނަގޫބަލު

  ޢެވެސް ދަވާލީ ދެން ކިހާދެރަކަމެއް އިންވެސްޓް ކުރީ ލައިފްތައްމްށްތަ

  61
  • ދޮގެއް؟

   ހމ ސަންދޮއް ޖަހަން

 18. މާލެ

  އަހަރެން މިއުޅެނީ ތިއުފެއްދި ފަހު އަބަދުވެސް ވަޒީފާގަ އަހަރެން އެކައުންޓުގަވެސް މިހާރު ލައްކަ އެއްހާ ފައިސާޖަމާވެފަ އެބަހުރި އެއީކީ ސަރުކަރުގަ ތިބި ބޮޑުން ކާނއހުރިއެއްޗެއްނޫން އެއީ އަހަރެންގެ ހައްގެއް އަހަރެންގެހައްގު އެހައްނައް ގެނޭ އަހަރެން ބޭނުމެއްނޫން ތިބަހައްޓކައް ހަމަމިހާރު އަހަރެން އެކައުންޓައް ޖަމާކޮއްދީ

  70
 19. ޙަލޯ

  މަގޭލާރިކޮޅު އިންވެސްޓު ކުރިއިރު މަށަކައްނޭނގެ އެ ފައިސާ އިންވެސްޓް ކުރީ ކޮންކަމަކަށް ކަމައްވެސް ؟

  66
  1
 20. ރޯދަ މުބާރިކް

  14% ފައިސާ އެފަންޑަށް ޖަމާވަނީ އަޅުގަނޑުމެންގެ ބުރަ މަސައްކަތުން! ގޭގައި ތިއްބާ އަމިއްލަ ކުންފުނި ތަކުން އަދި ސަރުކާރުންވެސް ސަދަގާތުގެ ގޮތުގައި ދެނީ އެއް ނޫން! ވީމާ ތިހެން ވިދާޅު ނުވޭ! ޔަގީނުންވެސް %7 އަކީ އަޅުގަނޑުމެންގެ މުސާރައިން ކަނޑާ ބައި! ވީ މާ ބަސްމަގު ރަންގަޅު ކުރަށްވާ!

  63
 21. ކެޔޮޅު

  ސަރުކާރުން ކުރިންބުނަމުން އައީ ޕެންސަން ފަންޑުގަ އަދި ޖެހޭކައް ނުވެޔޭ މިހާރު މިސްޓަރ އެވިދާޅުވީ އެފައިސާ އެއް ނުހުންނާނެއޭ އެވަނީ އިންވެސްޓް ކޮއަފަވޯ!!!

  58
 22. ޒީނާ

  ކޮބައިތަ ހީވޭ ކަމެއްހެން. މިހާރު މި ދިވެހިރާއްޖޭގެ ބައިތުލްމާލުގައިވެސް އެންމެ ލޯ ލާރިއެއްވެސް ނޯންނާނެ. މިދައުރު ނިމޭއިރު މިދިވެހިރާއްޖެ ވެސް ވިއްކާލާނެ. ???

  69
 23. ކެޔޮޅު

  ޒީރޯ ޓޮލަރެންސް؟؟؟؟؟؟؟

  65
 24. މުހަންމަދު

  ޕެންޝަނުގެ ފައިސާއިން އިންވެސްޓުކުރަން އެފައިސާގެވެރީން ހުއްދަ ދިނީ އެ ފަންޑުގައި ވާއަދަދުގެ ވަކި މިންވަރެއް.. ވީނާ އެކައްޗެއްވެސް ނެތޭ ބުނާކަމުގައިވާނަމަ މިކަމާއި މެދު އަވަސް ތަހުގީގެއް ފައްޓަވައިދިނުމައް ގޮވާލަން..

  69
 25. އަލިބެ

  ކައި ހުސްކޮށްފި

  60
 26. މަރިޔަނބު

  ބައެއްފަހަރު ބުނާނެލާރީގައަތެއްނުލަމޭއަނެއްބައިފަހަރުނަގްދުފައިސާއެއްނެތޭ ވަކިދުވަހަކުންނޭދޭނި ކަލޭމެންގެ ސަރުކާރުގެ ހިއްސާކަނޑާގެން ބާކީއެތިކޮޅުގެނޭ. އެއީއަހަރެމެންގެހައްގެއް ސަންދޯކަކައްނުލެވޭނެ މިއަދުމިތިބީކާނެއެއްޗެއްނެތިފަ

  53
 27. ާައަހުމަދު

  އޭރުވެސް ބުނިން މިހާރަކު ތިފައިސާއެއް ނުހުންނާނެޔޭ.

  31
 28. ނަައީމް

  ޒަރިޔަންދުމެންކަހަލަގެ ގަމާރުން މަޖިލީހަށްލީމާ ވާލަ ހާއެއްޗެއް ތިޔަވަނީ ތިބޭ އަދިވެސް ރީދޫވެފަ ބިރަކާނެތި މަޖާކޮށްބަލަ

  25
 29. ހުސޭނުބޭ

  އިންވެސްޓްކޮށްފައިހުރީ ކަލޭމެންގް ގޮހޮރުގައި! އޭތި ބަނޑަށްފިތައިގެން ނެރޭނެ ކޮޅެއް ހޯދަންވީ!

  32
 30. ހަކީމު

  އެ ލާރިވެސް މަޅާލީ

  30
  1
 31. ޑިމޮކްރަޓިސްޓް،ރ.ވާދޫ

  ހުރިހާއެއްޗެއް ޔާމީނު ދިރުވާލީ. ކަޅެމެން ދިރުވާލާވަރޯ؟ ކޮބާ ޔާމީނު ވެރިކަމުން ފޭބިހިސާބުން މިވީހާދުވަހު ތިފަންޑަށް ލިބުނުހާ ލާރި؟ އެވެސް އެޑުވާންސުކޮށް ދިރުވާލައިގެން ދިޔެއް؟

  28
 32. ާބޭކާރު

  ސަރުކާރުން އެކިޔާ އިންވެސްޓަކީ ޓީ ބިލް ވިއްކާފަ ދަވްލަތަށް ނެގި ދަރަނި ދަވްލަތް މިހާރު ވަނީ ބަގުރޫޓް ވެފާ ވީމަ މިފައިސާ ލިބޭނެ ގޮތެއް ނެތް

  30
 33. އެޑްމުންޑޯ

  ތިމީހުން ވެރިކަމާއި ހަވާލުވި ހިސާބުން އެގެޔޭ އެއްވެސް ފައިސާ އެއް ފަހަށް ނުހުންނާނެކަން ، އެއީ ނޭގޭ ކަމެއްނޫން .

  31
 34. ބިޖޫ

  ޕެންސަންފަންޑުގެފައެސާތައްވެސް ފެނާނުލާ ދިރުވާލީދޯ ނޫނޭވާ މީހެޔޮސަރުކާރެއް އަދިވެސް ބަލާތި 2023ގައި މިވެރިންނައް ވޯޓްދީގެން ވެރިކަމައްގެނެވޭތޯ ރައްޔިތުމީހާ ފެލާގެންވެސް ބަޑުފުރޭތޯބަލާތި މި ސަރުކާރަކީ ބަލާވެރިކަމެއް ހެޔޮވެރިކަމެއްނޫން

  31
 35. ހުސެން

  ބަލަ މަރަމޯލާ އެއި އެތަށް ދިވެހިންނެއް ނުގަބޫލުގަ ނަގަމުން އަންނަ ފައިސާއެއް އަދި ވަޒީފާ ދިން ތަނުންވެސް ޖެހޭ އިތުރަށް ކޮންޓްރިބިއުޓް ކުރަންވެސް އެހެންވީމަާ މުވައްޒަފުންނާއި ވިޔަފާރި ތަކުގެ އިޒުނައެކު އިންވެސްޓް ކުރެވޭނީ.

  31
 36. މޫސަ

  އެކަމަކު ބޮއްޅަބޭ ބުނި ފައިސާ އެބަހުއްޓޭ

  28
 37. ޒުބޭދާ

  މިހާރުވެސް ތި ޕެންޗަނަކުން މެއިލް ކުރަނީ މިއޮތީ ކޮވިޑް ޖެހިފައޭ ބޭންކް ބަންދޭ ޓްރާާންފަރ ކުރާޝޯ .. މި ބީތާތަކަށް ނޭގެ ގިނަ ކުދި ވިޔަފާރި ތަށް ބަނގުރޫޓް ވާތީ ބަންދު ކަމެއްވެސް.

  22
 38. ޑެއިލް

  އަންނިބުނި އެފައިސާގަ އަތްލާކަށްނުވާނެޔޯ. އަތްނުލާ ދިރުވާލީ. ކިހާދެރަކަމެއް. އެއިރުވެސް އިނގޭ އެހުރިހާ ވާހަކައެއް ދެއްކީ އެފައިސާ ނެތިގެން ފަޅާ އަރާފާނެތީކަން. ކޮވިޑާ ގުޅިގެން ލައްކަގިނަ ކަންކަން ފަޅާއަރާއެބަ.

  28
 39. އައްޑޫ މީހާ

  ވަޒީފާ އަދާކުރާ ފަރާތުގެ މުސާރައިން ކަނޑާ ފައިސާއިން ވިޔާފާރި ނުވަތަ އިންވެސްޓްކޮށްގެން އެފައިސާއިން އެތައްގުނަ ފައިދާ ހޯދައިގެން އެއަށް ދައުލަތުން މިންވަރެއް އެއްކުރަނީ އެކަމަކު ތިޔަ ވިދާޅުވާގޮތުން އެއީހަމަ ދައުލަތުގެ މިލްކެއްތޯ؟ ދެން މީހަކު ރިޓަޔަރ ކުރާ އުމުރުގެ ކުރިން ވަޒީފާއިން ވަކިވެއްޖެ ނަމަވެސް އެމީހެއްގެ މުސާރައިން ކަނޑާފައިވާ ފައިސާ ލިބޭނެ އެއްވެސް ގޮތެއް ނޯވޭ އެފައިސާ ސަރުކާރުން ފްރީކޮށް ދިރުވާލަނީ ބަލަ އެއީ ސަރުކާރަކާ ބެހެވޭ އެއްޗެއްނޫނޭ އެފައިސާ ދޭންޖެހޭނެ އެއީ ވަޒީފާގައި އެމީހަކު ދެމިހުރިހާ ދުވަހަކު އެމީހެއްގެ މުސާރައިން ކަނޑާ އެއްޗެކޭ ދައުލަތުން އޭގެން ވިޔާފާރި ކޮށްގެން ހޯދާ ފައިދާ ނުދިނަސް މައްސަލައެނެތް އެކަމަކު އެމީހާގެ ހައްގަށް އަރައިގެން ނުވާނެ އެފައިސާ ލިބެންޖެހޭނެ އެއްވެސް އިންސާފެއްނޫން

  31
 40. ޢައްޗި

  ތިޔަށްވުރެ ބޮޑު ހިޔާނާތެއްކޮބާ ، ހުރިހާވެރިން އިސްތިއުފާދީ ، ކޮބާ އެންޓިކޮރަޕްޝަން ކޮމިޝަން ، ކޮބާ ހިޔުމަންރައިޓް ، މިމައްސަލަބަލާ ، ބލއއނ

  31
 41. ރައްޔިތުން

  ތިކަމަށް ޕްލޭން ހެދިދާނެ އަދި ލިބޭ ހިލޭ އެހީގެ ތެރެއިންވެސް އިންވެސްޓްމަންޓް ސެކިއުރިޓީ އެއް ބަހައްޓާފަ މުވައްޒަފުން ގެ ބައިން ނެގިދާނެ.

  16
 42. ކުޑަބެ

  އިންވެސްޓް ކުރަނީ ރިބާ އެކުލެވޭ ކަންކަމަށް. ޢަހަރެމެންގެ އިޒުނައަކާނުލާ މިކަން ކުރަނީ. ވަގުތު ނޫހުން މިކަން އޮޅުން ފިލުވަިދިނުން އެދެން. ޢަދި ޕެންޝަން ހައްގުވާ އުމުރު ހަމަ ނުވަނީސް މަރުވެއްޖެނަމަ އެ ރުފިޔާއަށް ވާ ގޮތެއްވެސް ބައްލަވަިދެއްވުން އެދެން. ޕްލީޒް

  23
 43. އެސޮރު

  ކަލޯ ނުބުންޏަސް އެނގޭ ތިލާރިކޮޅުކަމުންދާކަން ، މިއަހަރު ބަޖެއްޓުވެސް ކައި ހުސްކޮއްފިކަން ، މިހާރުކަންކަން ކުރަމުން ތިޔަދަނީ މީހުންދެމުންދާ ލޯނުތަކުކަން.

  20
 44. އެމަންޖެ

  ކަލޭމެން ތިޔަ އިންވެސްޓްކުރާ އެއްވެސް ކަމެއް ދިވެހި ރައްޔިތަކައް އިނގޭބާ އެނެއްކަ...؟؟؟

  17
 45. ހަސަދު

  އިންވެސްޓު ކުރެވިފައިތޯ ނުވަތަ ކާލާފަތޯ. ކޮންމެ މަހެއްގެ މުސާރަ އިން ފަހަށް ރައްކާކުރާށޭ ކިޔާފާ ނެގި ފައިސާ ކޮޅުވެސް ގެއްލުނީ.

  13
  • މަގޭ

   ކޮންމެ މަހަކު _/700 މުސާރައިން އެބަކަނޑާ ޕެންސަން ފަންޑޭ ކިޔާފަ. ޢެމްޕީއޭއޯ ޢިން ޗެކްކޮށްްލާއިރު އެބަ އިދޭ ތިންލައްކަ ވަރަކަށް ރުފިޔާ ޕެންްސަންގަ ހުރިކަމަށް އެކަމް މީހާރު އެނގިއްޖެ އެއީ ލިޔުމުން އިންނަ އަދަދެއްކަން، އެއީ މިބައިމީހުން އިންވެސްޓް ކުރާނެ ކަމަކަށް އިންވެސްޓް ކުރަން މުސާރައިން ނަގާ ފައިސާކަން

 46. އަސީ

  2008 ގަވެރިކަމައްއަރާކާލީ ރައްކުރިއަރުވާކޮމިޓީތަކާ ތަންތާގަހުރި ފައިސާ މިފަހަރު ޕެންސަންފަންޑުގަހުރި ލާރިކޮޅު ފެންފޮދަކާނުލާ ދިރުވާލީ

  10
 47. ނުރަބޯ

  ދެން މާލޭ ބޭފުޅުންނަށް ޑައުންޕޭމަންޓް ދައްކަން ލިބެނީ ކޮން އުސޫލަކުން

 48. އަހްމީމް

  ޕެންޝަން ފަންޑައް ދެން އެއްވެސް ރައްޔިތަކު ލާރި ލާނެކަމެއް ނެތް.. އެއީ ބުލެކް ހޯލް އެއްކަން އެއޮތީ މިނިސްޓަރައް އޮޅިގެން ވިޔަސް ހާމަ ކުރެވިފަ. އެ ފަންޑުގަ ނިހާރު އިސްތައްޓެއްވެސް ނެތް.. ހަމަ އެކަނިލިޔެކިޔުމުން ފެންނަން ހުރި އެއްޗެއް އޮތީ.. ސަރުކާރު ހަތަރު އުދަރެސް ފެނުޖެހިގެން އެއޮތީ އެމްއެމް އޭއިން އޯވާ ޑުރޯކޮއްފަ.. ދެން އެހެންވީމާ ޕެންޝަނުގަ ލާރިޔެއް ނޯންނާނެ.. އަދި އެލާރި ޔަގީނެއްވެސް ނޫން މިވަގުތަކު..އަދި މުސްތަގުބަލުގައިވެސް އެފައިސާ ކިބޭނެކަމުގެ ޔަގީންކަމެއް ނެތް.

 49. އެޑިޓް

  އެންމެ ފަހުން .. ދުނިޔޭގެ ލެއްވި ހުރިހާ އައުގުރާނެ އެއް ގޮވާފަ.. އެފައިސާކޮޅުވެސް ބަނޑުއަޅާލީ..

 50. ޓިނު

  ސަރުކާރުން ބޭނުން ވާ އިރަށް އަތެއް ނުލެވެޔޯ
  އެކަމަކު އެ ފައިސާ ހުރީ އެކިކަންކަމަށް އިންވެސްޓް ކުރެވިފަޔޯ
  ތިވަރުގެ މިނިސްޓަރެއް އަދިނުދެކެން

 51. ާައަހުމަދު

  އެފައިސާ އިންވެސްޓް ކުރިތަނެއް ބުނެދީ އެއީ ރައްޔަތުންގެ ފައިސާ. އަޑުތަށް އިވޭ ގޮތުގަ %20 ކަމިޝަން ލިބޭގޮތަށް ލޯނު ދިނިއްޔޯ އެއީ ތެދެއްތޯ؟

 52. އެޑިޓް

  އެންމެ ފަހުން .. ދުނިޔޭގެ ލެއްވި ހުރިހާ އައުގުރާނެ އެއް ގޮވާފަ.. އެފައިސާކޮޅުވެސް ބަނޑުއަޅާލީ....! ( ދެދުނިޔޭގަ ވެސް އަޒާބް ހައްޤް ވާނެ )

 53. ޖަމަލުފޮޑި

  ސަ ރުކާ ރުން ވިޔަފާ ރިކު ރަންނަގާއެއްޗެއްދޯއެއީ؟؟ އަހަރ ރެމެން ނަގާފަހު ރި ލޯނުދައްކަން ތިދިނައްޔާ މާ ރަގަޅު، ޕެންސަންފަންޑް ވަ ރަށްތަފާތުވާނެ، އެޖެންޑާ ނަވާ ރަ ތިއޮތީ ތަފާތުކަން ފެންނާން، ރާކަނިމަސް ކެވިއްޖެ، އަހަ ރެމެންގެ ހަލާލް ފައިސާ ވިއްކާގެން މިޔޮއްފަދަމަހުގަވެސް ސަ ރުކާ ރުގެވެ ރިން ތިއުޅެނީ، އުފަލުންް އަހަ ރެމެން ނުކާނުބޮއި ވެ ރިންގެ ބަނޑު ބޮނޑުވަނީ. ސޯލިހްސަ ރުކާ ރެއް

 54. Anonymous

  މީގެކުރިންވެސްވެރިކަން ލިބުނީމަ މުޅިގައުމުދަރުވާލާފަ ނުވީތާކްށް ރައްޔިތުންގެ ފައިސާއިން ބިނާކޮށްފަހުރި ދަައުލަތުގެ މުއައްސަސާތަކުގަ ހުޅުޖަހާ އަންދާއަޅިއަށް ހަދާލި ބަޔަކު މިއަދުވަކީން ރައްޔިތުންނައް ކޮށްދެވޭނީކޮންހެޔޮވެރިކަމެއްތަ؟ ބޮލުރޮދިކެނޑިގެން އެމީހުންވެރިކްމައް ގެނައުމައް ވޯޓުދިން ބަޔަކަށް ވަރަށްސަލާން. ރ ޔާމީން ގައުމުއާ ރާސްތުކޮށްދެއްވާ އެތައްމިލިއަން ޑޮލަރެއްގެ ދަރަނިން ގައުމުސަލާމަތްކޮށްދެއްވީމަ ބަދަލުގަކޮޅުފައިންޖަހާ ޖަލައްގަޅާލުމުގެ އުފާ ލިބެމުންދަތީ ކޮންފަދަހިތަގައިމުތޯ؟ ފަހަަ ރިއަށްވެސް ސަލާން.

 55. އާދަމުގެދަރި

  ތެދެއް ހަދަންޖެހޭ ތަނެއްގައި ދޮގެއް ނޫނީ ނަހަދާތި. ދޮގު ހެދުމަކީ ތި ޕާޓީގެ މައިގަނޑު މޮޓޯ. އެކަން ހުއްޓާލައިފިއްޔާ ތިރީނދު ޕާޓީވަންތަކަމުން އެއްކިބާވެފައި ހުރި މީހަކަށްވާނީ.

 56. ނަކަސް

  ކޮނަކަމަކަަށްތޯ އޭގެ ތަފްޞީލް ދެއްވާ

 57. ނަކަސް

  ޢެމް ޑީ ޕީ ސަރުކާރަށް ވަރަށް އާދޭހާއިއެކު ދަންނަވަން. ކިތައްމެ މާތް މަޤްޞަދެއްގައި ކުރިމަތި ލިޔަސް އެބައެއްގެ ނެތް ޤާބިލުކަމެއް ނުދެއްކޭނެ، އެކަމުހައިި ތިބޭފުޅުންގެ މައްޗަށް އެއްވެސް ހިތްބުރަކަމެއް ނުބާއްވާނަން. ނަމަވެސް ތިމަންނަމެންނަކަށް މިކަމެއް ނުކުރެވޭނެޔޭ ބުނަން ނުކެރި ތިއްބާ ރައްޔިތުން އުފުލަންޖެހޭ ބުރަ ނުވަތަ ގެއްލުން ބުނަން ނޭގޭހާ ބޮޑުވެދާނެ، މިހާރުވެސް ކޮޅުމަތި ފެންނަން ފަށައިފި

 58. ނިކަމެތި ދިވެހި ރައްޔިތުމީހާ / ފަޤީރު ކޮއެ

  ޕެންޝަން ފަންޑު ދޮވެލައިފި. ދެން އޭގެ ވާހަކަ ފޮތެއްގައި ވެސް ނެތް މިހާރަކު. ދިވެހިން މިތިބީ ތިޔަ ގަންނަ ގަނޑު ބަލަން. ދިވެހިން ފިސާރި ތިބީ ދޫދޭ ގޮތަކަށް ނޫން ތިޔަ ޚިޔާނާތަށް.

 59. ޝަތަރެެ

  ވަގަށްކައިހުސްވިިއަހަރުމެންގެހައްގުގެނޭއެފައިސާބޭނުންކުރިބަޔަކަށްބޮޑުމިސީބާތެއްޖަށްސަވާންދޭވެ

 60. ކައިފި

  ކައި ހުސްކޮއްފި

 61. ޞސބ

  ގާނޫނުގަ ހަމަ އޮންނަ ގޮަތްބާ؟؟؟ ނޭގެތީ އަހާލީ.. ޕެންޝަންގަހުންނަ ފައިސާ ހައްގުވެރިޔާއަަށް ލިބެނީ 65އހރ ވީމަ. އެކަމު މިމީހުން ޢެލާރި ނަގަންވީމަ ހަމަ ނަގަންވީ..

 62. ރަނާ

  އިންވެސްޓް ކުރީއޭ، އެއީ އަހަރެމެންގެ މުސާރައިން އަހަރެމެންގެ ނުޤަބޫލުގަ ޕެންޝަން ފަންޑޭ ކިޔައިގެން ފޭރިގަނެގެން އުޅޭ ފައިސާއެއް. އެއީ އަހަރެމެންގެ އަމިއްލަ ފައިސާ، ، އިންވެސްޓް ކުރާނީ ޓޫރިޒަމްއާ ، އެހެން ގޮތްގޮތުން ލިބޭ ފައިސާ، މި ޤައުމަކީ ހެސްކިޔާފަ ފައިސާ ލިބޭ ޤައުމެއް، ތަންތަނުން އެހީއަށްވެސް ބޮޑެތި ޢަދަދުތަކުން ފައިސާ ލިބޭ، އިންވެސްޓް ކުރާނީ އެފައިސާއިން ، ކަލޭމެން ކަމަކީ ރައްޔިތުން ފެލުން، މުސާރައިން ކަނޑާލާފަ ، ބާކީ ލާރިކޮޅުން ޓެކްސް ނަގާފަ، ދެން ހުރިބައި ފެނާ ކަރަންޓަށް ހަމަ ސަރުކާރަށް ދައްކާފަ، އިތުރު މަސައްކަތް ބުރަކަށި ބިންދައިގެން ދަންދެން ކޮށްފަ ގޭ ކުލިދައްކާފަ ބޮޑު ހަނޑުލު ބަތަށް، ،ގަރުދިޔަކޮޅެއް އަޅައިގެން ކައިގެން ބާ އަންނައުނު ލައިގެން ރައްޔިތުން މި ދިރި އުޅެނީ، އަހަރެމެންގެ ލާރިން ކަލޭމެން ފެންވަރަނީ، ރައްޔިތުންގެ ލާރިކޮޅުވެސް ކާލީ، ތަނަކުން އެހީއަށް ދިން ލާރިއެއްވިއަސް ކާލީ، ބަޖެޓްގެ ހުރިހާލާރިއެއްވެސް ކާލީ ، ލާރިއެއް ފެނެއްޖިއްޔާ ހައްޓަކު ހެއެއް ނުހުރޭ، އަހަރެންގެ ޕެންޝަން ފަންޑުގަ ދެލައްކަ ރުފިޔާ ހުންނާނެ، ހަމަމިހާރުން މިހާރަށް އަހަރެންގެ އެކައުންޓަށް އަހައެންގެ ފައިސާ ޖަމާކޮށްދީ، އަހަރެންގެ ޕެންޝަން ފައިސާ ބަހައްޓާނީ އަހަރެންގެ އަތުގަ، މިހާރު ކަލޭމެންގެ ކަންތައް ތި ދިޔައީ މާ މައްޗަށް،
  ރައްޔިތުންގެ މި ޙައްޤު ހޯދަން ރައްޔިތުން އެބަޖެހޭ ނުކުންނަން.

 63. ވަގު

  ވަގު ވަގު ވަގު. ބޮޑު ވަގުން ހަމަ