ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފިޔަވައި ދިވެހި ގައުމުގެ ހައްގުގައި ބަސްބުނަން ކެރޭ އަދި ބަސްބުނަން ކެރުނު ވެރިޔަކު ނެތްކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މާމިގިލީ ޕޯޓް ހުޅުުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، ރައީސް ޔާމީނަކީ ކިތަންމެ ބޮޑު ނުރައްކަލެއް ކުރިމަތިވިނަމަވެސް ރައްޔިތުންނާއި ގައުމުގެ ހައްގުގައި ބަސްބުނަން ކެރޭ އަދި ކެރުނު ވެރިޔާ ކަމަށެވެ.

"ދެން އަޅުގަނޑުމެންނަކަށް ފެންނާކަށް ނެތް ގައުމުގެ ހައްގުގައި ބަސްބުނަން ކެރުނު އަދި ކެރޭ ވެރިއެއްވެސް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ސައީދު ވިދާޅުވީ، މި ސަރުކާރަކީ ރާއްޖެއަށް ދިމާވާ ކޮންމެ މައްސަލައަކަށް ހައްލު ހޯދާ ދެއްވުމަށް މަސައްކަތް ކުރަމުން އަންނަ ސަރުކާރެއް ކަމަށާއި، އަދި ރައީސް އަބްދުﷲ ޔާމިންއަކީ ދިވެހި ރާއްޖޭގެ ލާބަޔާ މަންފާއަށް ކުރައްވަން ޖެހޭ ކޮންމެ ކަމެއް ކުރައްވާނެ ރައީސެއް ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަލިއަޅުވާލާ ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ 2018 މިހާރު ބައްދަލުކޮށްފައިވާކަމަށާއި، މި އަހަރަކީ މުހިންމު ނިންމުމެއް ނިންމަން ޖެހޭ އަހަރެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ދިވެހި ތާރީހުގައި އެފުއް މިފުށަށް ބެލިކަމުގައި ވީ ނަމަވެސް ދިވެހިރާއްޖެ ތަރައްގީ ކުރުމުގައި ކާމިޔާބު މުއްސަނދި ގައުމަކަށް ދިވެހިރާއްޖެ ފުރޮޅާލައި ދިވެހިރާއްޖޭގެ އަހުންނާއި އުހުތުންނަކީ ވަޒީފާ ބޭނުންވީމަ ވަޒީފާ ލިބޭ ތަނަކަށްވެ ވިޔަފާރި ކުރުމުގައި ފަސޭހަތަނަކަށްވެ ބޮޑެތި މަޝްރޫއުތައް ހިންގޭ ތަނަކަށް ހެދުމަކީ ކުރީގެ ސަރުކާރުތަކުން މާބޮޑަށް ކުރިކަމެއް ނޫންކަން ދިވެހި ތާރީހުން ހެކިދޭ". ސައީދު ވިދާޅުވިއެވެ.

އެހެންކަމުން ރައީސް ޔާމީނަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދިނުމަކީ ގައުމީ ވާޖިބެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެއްމެން

    ވެލާނާގޭ އިބްރާހީމް ނާސިރު މިތަނަށް އަރައިގެން އުޅުނު އިނގިރޭސީން ޒައިޒް ކުރި. އެނޫނިއްޔާ ދެން އެ ހިޔަޅު އިނގިރޭސީން ސައިޒު ކުރަން އެނގުނު އަދި ކުރި ވެރިޔަކީ ހަމައެކަނި ޔާމީނު. މިކަމަށް އެއްބަސް ވާންޖެހުނީ އިނގިރޭސީން ދުނިޔޭގެ މައްޗަށް ހަންފަތުރަން ހަދާފަ އޮންނަ ކޮމަންވެލްތު ކިޔާ ދަންތުރައިން ސަލާމަތް ވާންވީ އިރުވަރު ދެނެގަނެ އެކަން ވަރަށް ފުރިހަމަ އަށް ކުރީތީ. އައްނި އަވާގަ ޖެހިފަތިބޭ އެއްބައިމީހުން ހީކުރަނީ ކޮމަންވެލްތުގެ ދަށުގަ ނެތިއްޔާ ތިމަންނަމެންގެ ދުވަސް ދިޔައީއޭ. އެހެންތާ ވާނީ އަންނި އަކީ ކަލާނގެ ކުޅަދުންވަންތަ ކަމާމެދު ޝައްކުކޮށް އޭނަގެ އަވައިގެ މީހުންޖެހިފަ ތިބި މީހުންގެ ހިތުގާވެސް އެޝައްކު އެފައްދާފަ ހުރި ޝައިތާނު ވިއްޔާ! ބަލަގަ އިންގިރޭސީންނަކަށް ނޭގޭނެ ސީދާ ހެޔޮމަގު. އެބައިމީހުންގެ މަގުން ދަންޏާ ހަލާކުވާނީ ނިކަން ރީތިކޮށް.