މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ދޯނި އަޑިއަށް ހިނގައްޖެއެވެ.

މި ދޯނި އަޑިއަށް ގޮސްފައިވަނީ މިއަދު ހަވީރު 16:35 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

މިއަދު މި ހާދިސާ ހިނގުމާއި އެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްގެ ސިފައިން ވަނީ ވަގުތުން އެ ސަރަޙައްދަށް ގޮސް ޙަރަކާތްތެރިވެފައެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާން ރޯވިއިރު ދޯނީގައި ތިބީ ދެ ބިދޭސީންނާއި ދިވެއްސެކެވެ. ނަމަވެސް މި ހާދިސާގައި އެއިން އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ.

ރީތި ބީޗް ރިސޯޓުގެ މި ދޯނީގައި އަލިފާން ރޯވީ، އެ ރިސޯޓުން ކުނި ހިފައިގެން ތިލަފުއްޓަށް ދަތުރުކުރަމުން ދަނިކޮށެވެ.