މާފުށީ ޖަލުގައި ހުރި ޤައިދީއަކަށް ފުޅަ އަޅާފައިހުރި ކާއެއްޗެހި ދިންކަމަށްބުނެ މީސް މީޑިޔާގައި ފަތުރާ ވީޑިޔޯއަކީ، ގޮޅިތެރޭގައި ކާއެއްޗެހި ކުނިވަންދެން ފޮރުވައިގެން ގެންގުޅުމަށްފަހު ނަގާފައިވާ ވީޑިއޯއް ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ހޯމް މިނިސްޓްރީން މިކަމާއި ގުޅޭގޮތުން ބުނެފައިވަނީ، މިފަދަ މައްސަލައަކާއި ގުޅިގެން މިހާތަނަށް އެއްވެސް ގައިދީއެއްގެ ފަރާތުން ޝަކުވާއެއް ލިބިފައިނުވާ ކަމަށެވެ.

"ގައިދީންނަށް ފުޅައަޅާފައިވާ ކާނާ ދޭކަމަށް ބުނެ މީޑިއާގައި ފަތުރާ ވީޑިއޯ އަކީ މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި ގޮޅިތެރޭގައި ކާއެއްޗެހި ކުނިވަންދެން ގިނަދުވަހު ފޮރުވައިގެން ނަގާފައިވާ ވީޑިއޯއެއް." ހޯމް މިނިސްޓްރީން މިރޭ ކޮށްފައިވާ ޓްވީޓުގައި ބުނެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން ހޯމް މިނިސްޓްރީން އިތުރަށް ބުނީ މިކަމާއި ގުޅޭގޮތުން ގައިދީންނާއި ސުވާލުވެސް ކޮށްފައިވާ ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގިކަމުގެ މައުލޫމާތު ލިބިފައެއް ނުވާ ކަމަށެވެ.

މީގެ އިތުރުން އެފަދަ ކަމެއް ހިނގިތޯ އިތުރަށް ކަށަވަރު ކުރުމަށްޓަކައި ބެލުންތައް ބެލުމަށް ހިއުމަންރައިޓްސް ކޮމިޝަނުގައި ހޯމް މިނިސްޓްރީން އެދިފައިވާ ކަމަށްވެސް އެ ޓްވީޓުގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ނިކަމެތި ދިވެހި ރައްޔިތުމީހާ / ފަޤީރު ކޮއެ

    ޝޭޚް ޢިމްރާނޫ. މިއޮތްފަދަ މައްސަރުގެ ފަހުދިހަޔަކަށް އެޅުނީމާ ކޮންހާ އޮޅުވާލުމެއް. ސަރުކާރެއް ފެއިލްވެ ނޭވާހޮޅިއަށް އެޅެމުންދާއިރު ވެސް އަދިވެސް ޚުޝާމަދު ކުރުމާއި މޮޅުކަން ދެއްކުމުގައި ހައްދުން ނެއްޓިފައި. އަހަރެމެންނަކީ ވެސް ތިޔަ ޖަލުގައި ހިންގާ ކަންކަން ތަޖުރިބާ ކޮށްފައި ތިބި ބަޔަކިން. ޖަލުގައި ޤައިދީންނަށް ކުރާ ޖެއްސުންތަކާއި ކާންދޭ މިންވަރާއި ތަޅާ ރޯނާ ގަންނަވާލާ މިންވަރު ނޭގޭ ދިވެއްސެއް މިއުޑު ދަށުގައި ނުހުންނާނެ.

    3
    1
  2. ޖަހާންގީރު

    ސަރުކާރުގަ ވެސް ފުޅަ އަޅާފަ އޮތީ ކޮން ގޮޅިއަކަށް ވައްދާފަ ފޮރުވާފަ ބެހެއްޓީމަތަ ޖެހިގެން އޮތް ކަރައެއްގެ ފައްޅިއެއްގަ އުތަ

    2
    1
  3. ޔެ އަންދާ ޤާނޫނުހެ އަންދާ ޤާނޫނުހޭ

    ޝޭޚް ޢިމްރާނޫ. މިއޮތްފަދަ މައްސަރުގެ ފަހުދިހަޔަކަށް އެޅުނީމާ ކޮންހާ އޮޅުވާލުމެއް. ސަރުކާރެއް ފެއިލްވެ ނޭވާހޮޅިއަށް އެޅެމުންދާއިރު ވެސް އަދިވެސް ޚުޝާމަދު ކުރުމާއި މޮޅުކަން ދެއްކުމުގައި ހައްދުން ނެއްޓިފައި. އަހަރެމެންނަކީ ވެސް ތިޔަ ޖަލުގައި ހިންގާ ކަންކަން ތަޖުރިބާ ކޮށްފައި ތިބި ބަޔަކިން. ޖަލުގައި ޤައިދީންނަށް ކުރާ ޖެއްސުންތަކާއި ކާންދޭ މިންވަރާއި ތަޅާ ރޯނާ ގަންނަވާލާ މިންވަރު ނޭގޭ ދިވެއްސެއް މިއުޑު ދަށުގައި ނުހުންނާނެ.

    2
    1
  4. ދެފުށްކެހެރި

    ކަލޭ ދައްކާވާހަކަ އެއީ ތެދެއްކަމެއް ނޫނީ ދޮގެއް ކަމެއް ކިހިނެތް އެނގެނީ!

    49
    5
    • އެއްފުއްކެހެރި

      ތިބޭފުޅާ ދައްކާވާހަކަ އެއީ ތެދެއްކަމެއް ނޫނީ ދޮގެއް ކަމެއްވެސް ކިހިނެތް އެނގޭނީ!

  5. ކިނބޫ

    އެޖެންޑާ ފުޅަ 19 ތަފާތުވާނެ

    52
    5
    • ލިނބޯ

      ކޮންމެ ކަމެއް ސިޔާސީ ވާނެ މި ޤަެއުމުގެ ހައްލަކީ ހުރިހާކަމެއް ސިޔާސީ ކޮށްލުން ދޯ ލިބޭވަރު މަދީތޯ މިހާރު ވެސް.

  6. ކައްޓަލަ

    މި ނުބައި އެޖެންޑާ 19 ރައްުޔިތުންނަށް އަނިޔާކުރަނީ.. ރައީސް ޔާމީން ފަދަ ރަނގަޅު ބޭފުޅެއް ނެތުމުން ވާގޮތް

    58
    7
    • އޮޅު އަލަ

      ކަމެއް ވާއިރަށް ރައީސް ޔާމީންއެ އެބަ ކިޔާ، މި ގްރޫޕް މަރުވާއިރުވެސް ހީވަނީ ރައީސް ޔާމީން އަންނާނެ ހެން ލޮލް ލޮލް އެހެންނެއްނު ވާނީ ރައީސް ޔާމީން ފަހަތުން ކުރި ހުރިހާ ކަމެއް ބަލަމުން ދުވީމަ ރަނގަޅު ވަރު އިނގޭނެތާ ހީވާ ކަހަލަ މީ ދެން މާ ދަންނަ ބައެކޭ..

  7. ޢަލިފް

    ތޫފާން "އެމްފަން" އުފެދިއްޖެ، ނުރައްކާ ވަރަށް ބޮޑު

  8. ޖަޒީރާ ފުޅަ

    އެ އޯކޭވާނެ. ނުލާހިކު ޖަޒީރާވަންތަ ގޮތެއް މީ. ބޯހަލާކު

  9. އައްޑޫ މީހާ

    ގޮޅި ބަލަހައްޓާ ފަރާތުގެ ނާގާބިލުކަން ދެއްތޯ ގޮޅީގައި ކާއެއްޗެތި ކުނިވާއިރު ނޭގުމަކީ ބެލެހެއްޓޭވަރު އެނގިގެންދާ ކަމެއް ގޮޅީގައިތިބި ބަޔަކަށް ގޮޅިތެރެ ވީޑިއޯ ކުރުމަކީ އަރަތެއް

  10. ނަައީމް

    މީނާ ނުގޮވަނީ ކީކޭ ނަސީދުއަށް އެހީތެރިވާ ކޮންމެ މީހަކީ ކާފަރެކޭ ކިޔާފަ އަންނި ދިފާއު މިކުރަނީ މީނަ މީވެސް އިބުރަތެއް މިސަރުކާރުގަ ތިޔަ އުޅޭ ކޮންމެ މީހަކަށްވެސް ބޮޑު އިބުރަތެއް ސީދާ އެމީހުންގެ ވެރިކަމުގަ އެމީހުން ބުނިބަސް ހަމަ އެމީހުނަށް

  11. އެމީހާ

    އިމުރާން ހާދަ ފޫ ނުހިފޭ ވާހަކަ ދައްކަވައޭދޯ

    ޖަލު ގޮޅަށް ކާތަކެތި ވައްދާފަ އެތަކެތި އަންބޮޑިއަށް ލާފަ ފޮރުވާފަ ބަހައްޓަންވެސް ހުއްދަދެނީ ހަމަ ޖަލު ބަލަހައްޓާމީހޫން ނޫންތޯ
    ޖަލު ގޮޅިން އެބަ ފެނޭ މޯބައިލް ،ޓީވީ، ވީސިއަރ، ޑީވީޑީ ޕުލޭޔަރ ، ދެން ބުނަންވީ އެތަކެތި އުފައްދާތީއޭ އެތަކެތި ހުރީ