ޗައިނާ ކުންފުންޏަކުން ރާއްޖެއަށް ދެލައްކަ މާސްކު ހަދިޔާކޮށްފިއެވެ.

މިކަން ހާމަކޮށް މިނިސްޓްރީ އޮފް ފޮރެން އެފެއާޒް އިން ވިދާޅުވެފައި ވަނީ މި މާސްކުތައް ހަދިޔާކޮށްފައި ވަނީ ޗައިނާގެ ޓެލްހައު އިންޓަނޭޝަނަލް އިންޖިނިއަރިން އެންޑް ކޮންޓްރެކްޓިން ކޮމްޕެނީން ކަމަށެވެ. އަދި މިހާރު ރާއްޖެއަށް މި މާސްކުތައް ގެނެސްފައިވާ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ޗައިނާގެ ޓެލްހައު އިންޓަނޭޝަނަލް އިންޖިނިއަރިން އެންޑް ކޮންޓްރެކްޓިން ކޮމްޕެނީން ރާއްޖެއަށް ދެލައްކަ މާސްކު ހަދިޔާކޮށްފައި ވާއިރު، މީގެ ކުރިން އެޤައުމުގެ ސަރުކާރާއި ކުންފުނިތައް ހިމެނޭހެން ޖުމްލަ ނުވަ ފަރާތަކުން ރާއްޖެއަށް އެހީގެ ތަކެތި ފޮނުވާފައޮ ވެއެވެ. އޭގެތެރޭގައި މާސްކާއި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އާއި ވެންޓިލޭޓަރާއި އެނޫންވެސް ގިނަ ތަކެތި ހިމެނެއެވެ.

ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި މާސްކު - ފޮޓޯ: ފޮރިން މިނިސްޓްރީ

ޗައިނާގެ ކުންފުނިތަކާއި އެޤައުމުގެ ސަރުކާރުން، މި ދަނޑިވަޅުގައި ރާއްޖެއަށް ގިނަ އެހީތަކެއް ވެދެމުން އަންނައިރު، ރާއްޖޭގައި ތިބި ޗައިނާގެ ކޮންސްޓްރަކްޝަން ކުންފުނިތަކުން އަންނަނީ ރާއްޖޭގައި ގާއިމް ކުރާ ކަރަންޓީން ފެސިލިޓީތައް ގާއިމް ކުރުމުގައި ވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޗައިނާ އިން ރާއްޖެއަށް އެހީތެރިވެދެމުންދާ ދިއުމާއިގުޅިގެން އެޤައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޖަންގް ލިޖޮންގް މީގެ ކުރިން ވިދާޅުވެފައި ވަނީ، ރާއްޖެއަކީ އަބަދުވެސް އެޤައުމާއި ގާތް ގުޅުމެއް އޮންނަ ޤައުމެއް ކަމަށާއި، އެހެންކަމުން ދިވެހިންނަށް އެހީވުމަށް ޗައިނާ އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކާފަބޭ2020

  ގޯދީރާޖާއަށްފެނޭތަ! އަދިވެސްޗައިނާއޭކިޔައިގެން ފުއްޕާފަހަޅޭއްލަވާތި! އެއްޗެއްދިނިއްޔާމިދެނީހަމައެޗައިނާއިން މިފަހަރުލަދުންހުރެނަމަވެސްއެވާހަކަބުނެފިތާ ނޫނީއިގޭނީ ޗައިނާނޫހެއްގައެވާހަކައެއްލިޔުނީމަ ހުރިހާކަމެއްވެސްއޮޅުވާލެވޭތޯ ލަދުންވެންޓިލޭޓަރެއްވެސްދޭށޭބުނަން ނުކެރެނީ ގޯދީރާޖާދެކެ ގަންނަބިރެއްގެބޮޑުތޯ؟

 2. ކާފަރ

  ޗައިނާ ، ޗައިނާ ، ޗައިނާ ، ޗައިނާ ،
  އިންޑިއާ ކުންފުންޏަކުން ނޫނީ މީހަކު ދިވެއްސަކަށް ނޫނީ ރާއްޖެއަށް އެއްޗެއް ދިއްކޮށްލައިފިތަ؟ ނޫނީ ކަމެއް ކޮށްދީފިތަ؟ ގައިމު އިންޑިއާ ކުންފުނިތަކާ މުއްސަދިންވެސް ރާއްޖޭގަ އެބަތިބިތާދޯ. އިންޑިއާގަވެސް އުޅޭނެތަދޯ

  1
  1
 3. އޮން

  ސުކުރިއްޔާ ގެރިމޯދީ ނަސީދު...

  1
  1