ކުރިއަށް އޮތް ރިޔާސީ އިންހާބަށް ތައްޔާރުވުމުގެ ގޮތުން ކެންޕެއިން މެކުހަށްޖަހާފައިވާ ވެރިކަންކުރާ ޕާޓީ އިން "ހެސްކިޔާފަ" ނަމުގައި ބޮޑު ޖަލްސާއެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

މިއަދު ޕީޕީއެމް އޮޕީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ޕީޕީއެމް އިން ބޮޑު ޖަލްސާއެއް މެއި 10 ގައި މާލޭގައި ބާއްވަން ނިންމާފައިވާކަމަށެވެ.

"10 މޭގައި ޕީޕީއެމްގެ ވަރަށް ހާއްސަ ބޮޑު ޖަލްސާއެއް ކާނިވާ ސަރަހައްދުގައި އޮންނާނެ މި ޖަލްސާގައި ޕީޕީއެމް ލީޑަރު އަދި މުސްތަޝާރު ރައީސް ޔާމީން ބައިވެރިވާނެ" އަދުރޭ ވިދާޅުވިއެވެ.

ނޫސްވެރިނާއި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ޕީޕީއެމްގެ ރަސްމީ މަަސައްކަތްތައް ރޯދަމަހަށް މަޑު ޖައްސާލަން ނިންމާފައިވާކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ އިވެންޓް ކޮމެޓީން ވިދާޅުވީ މި ޖަލްސާއަކީ އެކެއް ފެބްރުއަަރީގެ ފަހުން އަދި ރޯދަމަހުގެ ކުރިން ޕީޕީއެމްއިން ބާއްވާނެ އެންމެ ބޮޑު ޖަލްސާ ކަމަށާއި މި ޖަލްސާ އޮންނާނީ 10 މޭ ގައި ކާނިވާ ސަރަހައްދުގައި ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ސެކެޓަރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޑރ.އަބްދުﷲ ހަލީލް ވިދާޅުވީ ޕީޕީއެމް އިން ބޮޑު ހަރަކާތެއް ހިންގަން ތައްޔާރު ވާއިރު އެހެން ޕާޓީތަކުން މި ފެންނަނީ ގައުމު ހަލަބޮލި ކޮށްލަން އުޅޭ މަންޒަރާއި ޒުވާނުން ހަލާކު ކޮށްލަން އުޅޭ މަންޒަރު ކަމަށެވެ.

"ގައުމު ބިނާ ކުރަން ބޭނުން ނަމަ ރައީސް ޔާމީން އާއި އެއްކޮޅަށް ރައްޔިތުން ނިކުންނަން ޖެހޭ" ހަލީލް ވިދާޅުވިއެވެ.

ޕީޕއެމް އިން ބޮޑު ޖަލްސާއެއް ބާއްވަން ތައްޔާރު ވާއިރު ރައްޔިތުންގެ ޙާލު ބެއްލެވުމަށް މެޑަމް ފާތުން ފުވަމުލަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާދަމާ ރޭ، އެ ސިޓީ ޒުވާނުންގެ މަރުކަޒުގައި ވަނީ ހާއްސަ ޖަލްސާއެއް ބާއްވަން ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ވަޓްޑޫޔޫ

    ޕީޕީއެމްގެ ހަރަކާތްތައް ރޯދަމަހަށް މެދުކަނޑާލި ނަމަވެސް ސަރުކާރުން ރައްޔިތުންގެ ތަރައްގީ އަށް ބޭނުންވާ ކަންކަން ކުރުމުގައި ސަރުކާރު ރޯދަ މަހު އަދި ސްޕީޑް ޖެހޭނީ އެކްސެލެރޭޓް ކުރަންއޭ އެގޮތުން މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ ހުރިހާ އަމިއްލަ ކުންފުނި ތަކަށާއި އަދި ސަރުކާރުގެ ހުރިހާ ކުންފުނި ތަކަށް ގުޅި ފަޅުން ނާއި ތިލަފުށިން އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް 100 އަހަރު ދުވަސް ވަންދެން ދައްކާ ގޮތަށް ހަދާ އެދެ ފަޅު ހިއްކާ އެތަނުން ބިންތައް ކުއްޔަށް ދޭނެ ކަން ސަރުކާރުން އިއުލާން ކޮށްލާ އެމްޓީސީސީ އަށް ދީގެން މިދެ ފަޅު ހިއްކާލަންވީއޭ. އެއިރުން ނޭ މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ މީހުންގެ އަދަދު އިތުރުވެ ރާއްޖޭގެ އިގްތިސާދު ފުޅާވެގެން ދާނީ. އޯއް އޯއް އޯއް ޑޯންޓް ބީ ސޯ އިންޑިސައިސިވް މޭކް ފާރމް ޑިސިޝަން އެން މޫވާ ފާސްޓް ވަޓް ޑޫ ޔޫ މީން އޯއް އޯއް އޯއް ވަޓް ޑޫ ޔޫ މީން..

  2. ނަމަ

    ހެސްކިޔާފަ ކާ ޖަލުސާއެއް ބާއްވަންވީނު

  3. ވޮނާނޯ

    އަލިފުދާލުން ގޮވާނީ ކަނޑުކޮހޭ އަބަދުވެސް ނިއުކްލިއަރ އެއްބަސް ވުން ޖެހޭނީ އޮޅާލަން ބޮޑު ދެބާރުގެ ދެމެދުގައި މިލިޓަރީ ހަނގުރާމަ އެއް ފެށިއްޖެނަމަ. ނިއުކްލިއަރ ހަތިޔާރު އެމެރިކާ ގައި ހުއްޓާ ދޯ އެމެރިކާގެ ޓްވިން ޓަވަރު ނޯޒް ޑައުން ކޮށް އައިސް ދެ ބާރޑްގެ ތުން ހަރާލުމުން އެ ދެ ބިލްޑިންގް ބިމާއި ހަމަވީ. މިޒަމާނުގައި ނިއުކްލިއަރ ހަތިޔާރަށް ވުރެން ބާރު ދެރަ ނޫން މާސް ޑިސްޓްރަކްޓިވް ވެޕަންސް އެބަހުއްޓޭ ޗައިނާ ގައި ވެސް ރަޝިޔާ ގައި ވެސް އަދި އެމެރިކާ ގައި ވެސް އަދި އިޒްރޭލުގައި ވެސް. އދ. ތިޔާ ހެން ކަނޑުކޮސް ގޮވާލަ ގޮވާލަ ތިބެން ޖެހޭނީ. ކުރެވޭނެ ކުރާނެ އެއް ކަމެއް ވެސް ނޯންނާނެއޭ ވޮނާ ނޯ އަދަރ އޮޕްޝަންސް ރާދަރ ދޭން ގިވިންގް އަ ވޯރނިންގް ދޯ.

  4. އަލީ

    ރައީސް ޔާމީން ވެރިކަމުގަ ހުރުމަކީ މިވަގުތު އެންމެ އެދޭ ކަންތައް.

  5. ވޮނާނޯ

    ޕީޕީއެމްގެ ހަރަކާތްތައް ރޯދަމަހަށް މެދުކަނޑާލަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. ސަރުކާރުން މިހާރު މިއަހަރު ރައްޔިތުންނަށް ކޮށްދޭން ފަށާ ޕްރޮޖެކްޓްްސް ތަކެއް ވެސް މިއަހަރު އެއްގޮތަކަށް ވެސް ފެނިގެން ނުދެއޭ މިހަފްތާ ވެސް ނިމިގެން ދިޔައިރު ސަރުކާރުން ރައްޔިތުންނަށް ފަހިވާގޮތަށް ކޮށްދޭނެ ކަމެއް އެއްވެސް މިނިސްޓްރީ އަކުން މިނިސްޓަރަކު ކީ ތަނެއް އަދި ސޮއި ކުރި އެއްބަސްވުމެއް ފެނިގެން ނުދެއޭ. މިއަހަރު ގެ ބަޖެޓް އިން ކުރާ ކެޕިޓަލް އިންވެސްޓްމެންޓް އެއްގެ މައުލޫމާތެއް އަދި އެއް ރައްޔިތުންނަށް ތިލަ ވެގެން ނާދެއޭ. ކޮބާތޭ ތިލަފުށި މިހަފްތާގައި ހިއްކަން ފަށާނަމޭ އެމްޓީސީސީން ބުނުމަށް ފަހު އެކަން ވެސް ނުފަށައޭ އެމްޓީސީސީ އަކީ ސަރުކާރުގެ ކުންފުންނަކަށް ވާއިރު ކޮންޓިންޖެންސީ ބަޖެޓުން ފައިސާ ދީގެން ނަމަވެސް ތިލަފުށި ހިއްކާލަންވީއޭ އެއިރުން ޔަގީނޭ އެހިއްކާ ބިން ތަކުގެ އަދަދު 40 ބިލިއަން އަކަފޫޓަށް ވެއްޖެނަމަ 20 ބިލިއަން އަކަފޫޓް ކުއްޔަށް ދިނީމާ މަހަކު 20 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ސަރުކާރަށް..

  6. ދިސްއިޒް

    ޕީޕީއެމްގެ ހަރަކާތްތައް ރޯދަމަހަށް މެދުކަނޑާލަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. މަމެން އުއްމީދު ކުރަމޭ ގްރޭންޑް ނުވަތަ ލާރޖް ސްކޭލް ގައި ޕީޕީއެމް ގެ ސިޔާސީ ހަރަކާތް ތައް ނުހިންގިނަމަ ވެސް ބިހައިންޑް ދަ ސީންގައި ސިޔާސީ ހަރަކާތް ތައް ސަރުކާރުން ލާރޖް ކޮށް ޖައްސާނެ ކަމަށް. އެގޮތުން ރޯދަ މަހުގެ ކޮންމެ ދުވަަހަކީ އެއީ މާލެ ސަރަހައްދުގައި ބިމުގެ ދަތި ކަމާއި ހުރެ ވިޔަފާރި ކުރިއަށް ނުގެންދެވި ހުރި ކަންކަން ބަލާ ދިރާސާ ކުރުމަށް ފަހު މާލެ ސަރަހައްދުގައި ވިޔަފާރި ކުރުމަށް ޓަކައި ގުޅި ފަޅުން ބިން ތައް ކުޑަ ކުއްޔަކަށް ދޫކޮށްލާނެ ގޮތުގެ ޕްލޭނެއް އެކުލަވާލާ ސަރުކާރަށް މާލެ ސަރަހައްދުގައި ހުންނަ ބިން ތައް ކުއްޔަށް ދީގެން މަހަކު 100 ބިލިއަން ރުފިޔާ ލިބޭނެ އުސޫލުން މާލެ ސަރަހައްދުން 100 ބިލިއަން އަކަފޫޓް ކުއްޔަށް ދޫކޮށްލާނެ ކަމަށް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް. އެއިރުން ޖީއެސްޓީ އުވާލާ ހަމައެކަނި ކަސްޓަމްްސް ޑިއުޓީ %5 ގައި ނެގިދާނެ ނޫންތޭ އެތެރެ ކުރާ ހުރިހާ މުދަލުން...