ދައުލަތުގެ އެކި އިދާރާތަކުގެ މުވައްޒަފުންގެ ތެރެއިން އެންމެ ބޮޑު އާމްދަނީ އެއް ނުވަތަ މުސާރައެއް މަހެއްގެ މައްޗަށް ލިބޭ މީހަކަށްވެސް މީގެފަހުން ދެން ގެއަށް ގެންދިއުމަށް މަހެއްގެ މައްޗަށް ލިބިގެން ދާނީ 70،000 ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން ފިނޭންސް މިނިސްޓްރީން ވަނީ މުވައްޒަފުންގެ މުސާރަ އަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައެވެ. މުވައްޒަފުންގެ މުސާރައަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާކަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އިއުލާން ކުރެއްވީ މި މަހުގެ ހަތްވަނަ ދުވަހު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ މިނިސްޓްރީން ރޭ އާއްމު ކޮށްފައިވާ ސާކިއުލާއެއްގައި ބުނީ 80،000 ރުފިޔާއަށް ވުރެ މަތިން މުސާރަ ލިބޭ މުވައްޒަފުން ގެއަށް ގެންދިއުމަށް ދެން ލިބޭނީ 70،000 ރުފިޔާއެވެ. 25،000 ރުފިޔާއާ 30،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް މުސާރަ ލިބޭ މީހުން ގެއަށް ގެންދިއުމަށް ލިބޭނީ 45،000 ރުފިޔާ ކަމަށެވެ. އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާއާ 40،000 ރުފިޔާއާ ދެމެދު ލިބޭ މުވައްޒަފުން ގެއަށް ގެންދަން ލިބޭނީ 50،000 ރުފިޔާއެވެ.

އަސާސީ މުސާރައިގެ ގޮތުގައި 60،000 ރުފިޔާއާ 80،000 ރުފިޔާއާ ދެމެދު ލިބޭ މުވައްޒަފުންނަށް ގެއަށް ގެންދިއުމަށް 65،000 ރުފިޔާ ލިބޭނެ ކަމަށް ސާކިއުލާގައި ބުނެފައިވާއިރު އަސާސީ މުސާރައިގެ ގޮތުގައި 40،000 ރުފިޔާއާ 50،000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭ މުވައްޒަފުންނަށް ގެއަށް ގެންދަން ލިބޭނީ 55،000 ރުފިޔާ ކަމަށް ސާކިއުލާގައި ބުނެފައިވާއިރު 50،000 ރުފިޔާއާ 60،000 ރުފިޔާއާ ދެމެދުގެ އަސާސީ މުސާރަ ލިބޭ މުވައްޒަފުން ގެއަށް ގެންދިއުމަށް 60،000 ރުފިޔާ ލިބޭނެ ކަމަށް ފިނޭންސްގެ ސާކިއުލާގައި ބުނެފައިވެއެވެ.

ފިނޭންސުން ރޭ އާއްމު ކޮށްފައިވާ ސާކިއުލާގައި ވަނީ އަސާސީ މުސާރައިގެ ގޮތުގައި 60،000 ރުފިޔާ އަށްވުރެ މަތިން މުސާރަ ލިބޭ މުވައްޒަފުންގެ އަސާސީ މުސާރައިން 35 ޕަސެންޓު އުނިކޮށްފައިވާ ކަމަށެވެ. އަސާސީ މުސާރައިގެ ގޮތުގައި 30،000 ރުފިޔާއާ 60،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް މުސާރަ ލިބޭ މީހުންނަށް 30 ޕަސެންޓު އުނިކޮށްފައިވާއިރު 20،000 ރުފިޔާއަށް ވުރެ ދަށުން އަސާސީ މުސާރަ ލިބޭ އެއްވެސް މުވައްޒަފެއްގެ މުސާރަ އުންޏެއް ނުކުރާނެއެވެ. އަދި 20،000 ރުފިޔާއާ 30،000 ރުފިޔާއާ ދެމެދުގެ މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައިން 20 ޕަސެންޓު އުނިކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަޅު

    މުސާރަތައް ހާދަހާވާ ބޮޑެއްޗޭ ސްޓިލް ކުޑަ ކުރީމަވެސް. ހާލުގާ ޖެހޭ ގަޑީގައިވެސް އެއްބަޔަކު އާހުގައި އަރާތިބޭ ވަރަށް މުސާރަތައް ކުޑަކޮށްފަ ތިހުރީ

  2. އަޅޭ

    ތިކުޑަކުރީ ކަމަކަށް ގަބޫލެއް ނުކަރަމެވެ.

  3. އެންދެރި

    ގެއަށް ގެންދާ ބައި އިތުރު ވީއެވެ. މަލާމާތެކެވެ.

  4. ރައްޔަތު މީހާ

    އަދިވެސް އާންމުންވަޒީފާތައް މި ކަތިލަނީ ކޮންމެ ފަހަރަކު ލޯނު ހޯދަން ވީމަ، ޝަރުޡު ފުރިހމަ ކުރަނީ ދައުލަތުގެ މުވައްޒަފުން ގެ މުސާރަ ކަތިލާލައިގެން.

    ކީއްވާނީ ފެޓް ފަލަ މުސާރަ ލިބޭ މަޖިލީހުގެ މުސާރަ 100،000 އިން 30،000 ހާހަށް ބަދަލު ކުރިއްޔާ

    ބޮޑު ސޭވިންގް އެއް ދޯ.. ޕޮލިޓިކަލް އެޕޮއިންޓީސް ތަކުގެ މުސާރަ 15،000 ހަށް ދައްކޮށް މަޖިލީހުގެ ކޮއްތު ކަނޑާލާ

    އޭރުން ބޭނުންވާ ވަރުގެ ސޭވިންގ އެއް ލިބޭނެ..

    މިކަން ނުކޮށް އަބަދުވެސް ދައުލަށް ހިންގާ އޮނިގަނޑު މުވައްޒަފުން ކަތިލަނީ..
    މީ ތޯ ރައިޔަތުންނަށް ޓަކައި ގުރުބާން ވާ އަންނި މަޖިލިސް ހިންގާ ގޮތަކީ..؟

  5. މޫސަ

    މުސާރަ ކުޑަކުރީމަ މުސާރައަށްވުރެ ގެ އަށް ގެންގާބައި ބޮޑު ވުމަކީ އަޞްލު މުސާރަ ކުޑަ ކުރުމެއްނޫން. އެއީ ދަށްމުސާރަ ލިބޭ ފަރާތްތަކަށް ކުރި މަލާމާތެއް.

  6. Anonymous

    ނަޝީދުގެ އިހްލާސްތެރިކަން. މުސާރަކުޱަކުރަން ހިތައްނާރާ. ސިޔާސީ މީހުންގެ މުސާރަ ދުނިޔޭގެ ނިސްބަތުން ވެސް ބޮޑު. ދައުލަތް

  7. ޖަލާލް

    އަޅުގަޑުގެ ބޭސިކް ސެލަރީއަކީ 16600ރުފިޔާ އެކަމަކު އެޕްރީލް މަހު އޮތީ 15000 ލިބިފައި ބޭސިކް ސެލަރީ ތިޔާ ވިދާޅުވާ ގޮތަކާ ދިމާނުވޭ ގޭގައި ތިބޭތީ ބިލްތައްވަނީ ބޮޑު

  8. މާމީ

    މަޖިލިހުގެ ވާހަކަނުދައްކާ އެއީ ފެމުނުތަކެއް ..