ގައުމަށް ހަމަޖެހުން އައުމަށް ވުރެ ވަކިން ބޮޑު ތަރައްގީއެއް ނެތް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

މިއަދު ޕީޕީއެމް އޮޕީީހުގައި ބޭއްވި ނޫސްވެރުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ރާއްޖޭގައި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ކުރިޔަަށް ގެންގޮސްފައިވާ ކަމަށެވެ.

އަދުރޭ ވިދާޅުވީ ހަމައެކަނި ލޮލަށް މިފެންނަނީ ބްރިޖާ އެއާޕޯޓާއި 25 ބުރީގެ އިމާރާތް ނުވަތަ އަތޮޅުތަކު ތެރޭ ހަދަމުންދާ ބަނދަރާއި ހިއްކަމުންދާ ބިންތަކާއި ފްލެޓުތައް، ނަމަވެސް ލޮލަށް ނުފެންނަ ތަރައްގީ އަދި މާ ބޮޑު ކަމަށެވެ.

"ލޮލަށް ނުފެންނަ އެތަށް ތަރައްގީތަކެއް ވެސް އެމަނިކުފާނު ގެނެސްދީފައިވާ ވޭ, މާލޭ މަގުތައް އަމާންވެ ކުރިން އާންމުންނަށާއި ސިޔާސީ މީހުންނަށް އޮތް ބިރު ފިލައިގޮސް އަމާންތަނަކަށް ވެއްޖެ" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީން ގެނެސްދެއްވި ނުފެންނަ ތަރައްގީތައް ރައްޔިތުން ބަލައިގެންފައިވާ ކަން އެނގެނީ މި މަހު ފުރަތަމަ ދުވަހު "މޭޑޭ މުޒާހަރާ" އަށް އެއްވެސް ބަޔަކު ނުނިކުތުން ކަމަށެވެ.

"އެމްޑީޕީގެ ވެރިކަމުގައި އަޅުގަނޑުމެން އިދިކޮޅުގައި ތިބި އިރު ކައިރީގައި ސެކިއުރިޓީ ބަހައްޓައިގެން ނޫނީ ނުކެރޭ ނުކުމެލާކަށް، މިއީ އެންމެ ބޮޑު އެއް ތަރައްގީ، ގައުމަށް ހަމަޖެހުން އައުމަށް ވުރެ ވަކިން ބޮޑު ތަރައްގީއެއް ހިޔެއް ނުވެ އޮންނާނެހެން" އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވަޓްޑޫޔޫ

    ގެނެސްދީފައިވާ ނުފެންނަ ތަރައްގީ މާ އިތުރު ކަމަށް ޕީޕީއެމް ގެ ނައިބް ރައީސް ވިދާޅުވާނަމަ އިގްތިސާދީ ގޮތުން މިސަރުކާރު ވެސް ވަނީ ފެއިލް ވެފައޭ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބަންގާޅީން ހޯދާ ރަށަށް ފޮނުވާލުމުގައި. މީގެ ކުރިން މާލޭގެ ހޮޓާ ތަކުގައި ރެއިޑް ޖައްސައިގެން މީހުން ހޯދަން މިދިޔަ އަހަރު ކުރި ގޮތަށް އިމިގްރޭޝަން އާއި ޕޮލިހުންނާއި ގުޅިގެން މިހާރު ނުކުރެއޭ މިކަން ކޮންޓިނިއަސް ޕްރޮސެސް އެއްގައި މުޅި ރާއްޖޭގައި ލާރޖް ސްކޭލް ގައި ކުރަން އެބަޖެހެއޭ ދިވެހިރާއްޖެ މިނިވަން ކަން މަތީ ދެމި އޮންނަން ބޭނުން ނަމަ. ރާއްޖެ އަކީ އެއީ ގަވާއިދާއި ޚިލާފަށް އުޅޭ 20 ހާސް ބަންގާޅު މީހުން މަސައްކަތް ކުރާ ގައުމަކަށް ލޭބަލް ވެފައި އޮތުން އެއީ ފުލުހުންނާއި އަދި އިމިގްރޭޝަންގެ ފަރުވާ ކުޑަ ކަމުން ވެފައިވާ ކަމެއް ކަން އެއީ މަމެންނަށް ޔަގީންވެ ކަށަވަރުވާ ކަމެކޭ ވަޓް ޑޫ ޔޫ ސޭ އޮން ދިސް ވަޓް ޑޫ ޔޫ ސޭ..

  2. ވަޓްޑޫޔޫ

    މަމެން އެންމެ ކަން ބޮޑު ވަނީ އެއީ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ކެޕިޓަލް މާލެ އޭރިޔާ ގައި އުޅޭ ކަން އެނގި ތިބެ ޕޮލިހުން މިކަމަށް ބީރު ކަންފަތެއް ދޭތީއޭ މަޖީދީީމަގު ޒިކްރާ މިސްކިތް ކައިރީގައި ހެދުނު 7 ޖަހާއިރު 1000 ގަވާއިދާއި ޚިލާފަށް އުޅޭ ބަންގާޅީން ސަފު ހަދާ މަސައްކަތް ކުރުވަން މީހުން އަންނަން ދެން ތިބޭ އިރު އެތަން ހަމަ ޕޮލިހުންނަށް ނުފެންނަނީ ތޭ ނުވަތަ އިމިގްރޭޝަން އަށް ނުފެންނަނީ ތޭ މިކަމަކީ މީ އިމިގްރޭޝަން އަށް ވެސް އެގިގެން އަދި ފުލުހުންނަށް ވެސް އެގިގެން ކުރާ ކަންކަމޭ. މަމެން ޓެކްސް ޕޭޔަރ މަނީން ފުލުހުންނަށާއި އަދި އިމިގްރޭޝަނަށް ފައިސާ ދެނީ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅޭ 20 ހާސް ބިދޭސީން އޯޕަން ކޮށް މަސައްކަތް ކުރަން ނޫނޭ އެކަން ހުއްޓުވާ ދޭށޭ ޕީޕީއެމް އިން ބާރު އަޅައިގެން ނަމަވެސް. މީ މިސަރުކާރަށް ވެސް ކުރަން އުޅެ ނުވެ ސަރުކާރު އެކަމަކުން ފެއިލް ވި ކަމެއް ކަން މަމެން ނަށް އިނގެއޭ.

  3. ބަލާތި

    ޕީޕީއެމްގެ ހަރަކާތްތައް ރޯދަމަހަށް މެދުކަނޑާލަނީ ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ. މިރޯދަ މަސް ފެށެންވާއިރަށް ސަރުކާރުން އެބަޖެހެއޭ މުޅި ރާއްޖޭގައި އެއީ ރާއްޖެތެރޭގެ 200 ރަށުގައި އާއި އަދި މާލޭގައި އާއި އަދި ރާއްޖޭގައި ހުރި އޮޕަރޭޓް ކުރަމުން ގެންދާ ހުރިހާ ރިސޯރޓްސް ތަކާއި އަދި އަލަށް ހަދަމުން ދާ ރިސޯރޓްސް ތަކުގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ތައް ހޯދާ އެހުރިހާ އެންމެން ދޫނިދޫ ގައި ބައިތިއްބައިގެން ނަމަވެސް އެމެން ރާއްޖޭން ފޮނުވާލަން. މިހާރު މިކަން މީ ވަރަށް ޑެޑް ސީރިއަސް ކަމެއްގެ ގޮތުގައި ކުރަން ވެއްޖެކަމެކޭ. ރާއްޖޭގެ އިގްތިސާދު ކުރިއަށް ދާން ޖެހޭނީ ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބަންގާޅީންގެ އަދަދު އެއް ލައްކަ އަށް މަމެންގެ ވެރިކަމުގައި އަރުވައިގެން ނޫނޭ ބްރިޖް އެޅުުމުގެ މަސައްކަތުގައި އާއި އަދި ހުޅުމާލޭގައި ފްލެޓްސް ތައް ހެދުމުގެ މަސައްކަތުގައި ވެސް ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ބޭނުން ކުރާ ކަން މީ އެންމެން ދަންނަ ބޮޑު ސިއްރެކޭ. މިކަން ކަން ރަނގަޅު ކުރަންވީއޭ.

  4. ހަރީފު

    އަދުރޭ ހަމަ ތިބުނީ ސަތޭކައިގެ ވާހަކައެއް އަހަރެމެންއަމިއްލަގައުމުގައި ސުލްހަވެރި ކަމާއިއެކު ހަމަޖެހިލައިގެން ތިބެވޭތީ ވަރަށްއުފާކުރަން ދުނިޔޭގެ މުސްލިމްގައުމުތަކުގައި މީހުންއުޅޭހާލު އަހަރެމެންނަށް 24 ގަޑިއުރުއެބަފެނޭ ތަޅާފޮޅުމމާޢި މީހުންމަރާތތަން "މާދިގުކޮށްނުލިޔެކުރުކޮށްލާނަން"