ރާއްޖެއަށްވެސް ކޮވިޑް-19ގެ ހާލަތު ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ރާއްޖޭގެ މުވާސަލާތީ ނިޒާމު އެދެވޭ ފެންވަރެއްގައި ޤާއިމް ވެފައި އޮތުމަކީ ވަރަށްވެސް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށާއި، މި ހާލަތުގައި ރާއްޖޭގެ މުވާސަލާތީ ކުންފުނިތަކުން، ރަނގަޅު ފެންވަރެއްގައި ޚިދުމަތްތައް ދެމުން އަންނަ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ވިދާޅުވެއްޖެއެވެ.

މަލީހް މިހެން ވިދާޅުވީ، ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހާއި ގުޅުވައިގެން ދެއްވި ހިތާބުގައެވެ.

މަލީހް ވިދާޅުވީ، މި ދުވަސް މި ފާހަގަ ކުރެވެނީ މުޅި ދުނިޔެ އަދި ރާއްޖެވެސް، ނުރައްކާތެރި ޞިއްޙީ ބަލިމަޑުކަމަކާ ހަނގުރާމަ ކުރަމުންދާ ދަނޑިވަޅުއްގައި ކަމަށެވެ. އަދި ކޮވިޑް-19ގެ ވަބާގެ ސަބަބުން މުޅި ދުނިޔެ އެފުށް މިފުށަށްޖެހި، އިންސާނުންގެ ދިރިއުޅުމަށް އެތައް ބަދަލުތަކެއް ގެންނަން މަޖްބޫރު ވެފައިވާކަމަށް އޭނާގެ ހިތާބުގައި ވެއެވެ.

މަލީހް ވިދާޅުވީ، ކޮވިޑް-19 އާ ހެދި އައިސީޓީ ހިދުމަތްތަކަށް ބޮޑަށް ބަރޯސާވާން ޖެހިފައިވާ ކަމަށާއި، އެ ހަނގުރާމާގައި އެންމެ ބޮޑު ދިފާއީ ހަތިޔާރަކަށް ބޭނުން މިކުރެވެނީ އެކަކު އަނެކަކާ ބައްދަލު ނުވެ ގައިދުރުކޮށް ތިބުން ކަމަށެވެ.

"ދުނިޔޭގެ ގިނަ ޤައުމުތަކެކޭ އެއްފަދައިން މުޅިރާއްޖެވެސް މިއޮތީ ހުއްޓުމަކަށް އައިސް ފުރަބަންދު ހާލެއްގައި. ހުރިހާ މުއާމަލާތެއް ކުރުމުގައި ވެސް، އިންޓަރނެޓް އާއި އެހެނިހެން އައި.ސީ.ޓީ ވަސީލަތްތަކުގެ ބޭނުން މިވަނީ ނުހަނު ބޮޑުވެފައި ޖަލްސާތަކާއި އޮފީސްތަކުގެ އެންމެހާ މަސައްކަތްތައް ކުރެވެނީ އިންޓަރނެޓް މެދުވެރިކޮށް އޮންލައިން ޒަރިއްޔާއިން. އަދި، ހަމައެހެންމެ، މި ނުރައްކާތެރި ރޯގާ ކޮންޓްރޯލް ކުރުމުގައި ކުރަންޖެހޭ ގިނަ މަސައްކަތްތައްވެސް ކުރަނީ މިގޮތަށް އެހެން ގިނަ ޤައުމުތަކެކޭ އެއްފަދައިން، ރާއްޖޭގައިވެސް މިހާރު ވަނީ އޮންލައިން ކޮށް ޞިއްޙީ އަދި، ތަޢްލީމީ ޚިދްމަތްތައްވެސް ފޯރުކޮށްދޭން ފަށާފައި".މަލީހް ވިދާޅުވިއެވެ.

މަލީހް ވިދާޅުވީ، ކޮވިޑް-19ގެ ހާލަތު ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާއިރު، ރާއްޖޭގެ މުވާސަލާތީ ނިޒާމު އެދެވޭ ފެންވަރެއްގައި ޤާއިމް ވެފައި އޮތުމަކީ ވަރަށްވެސް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. އަދި މުވާސަލާތީ ޚިދްމަތްތައް ބޭނުންކުރާ މިންވަރު އެތައްގުނައަކަށް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ސަރުކާރުގެ އެދުމާއި އެއްގޮތަށް، ރާއްޖޭގެ މުވާސަލާތީ ކުންފުނިތަކުން، ރަނގަޅު ފެންވަރެއްގައި ޚިދުމަތްތައް ދީ އަދި ދަމަހަށްޓަން ކުރަމުން ގެންދާ ބުރަ މަސައްކަތްތަކަށް ޝަކުރު އަދާ ކުރާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މަލީހް ވިދާޅުވީ، ރާއްޖޭގެ އައި.ސީ.ޓީ މާޙައުލަށް ބަލާލާއިރު އެކަށީގެންވާ މިންވަރަކަށް ޚިދުމަތާއި އިންފްރާ ސްޓަރަކްޗަރ ތަރައްޤީ ކުރެވިފައިވާ ކަަމަށެވެ.

"ރާއްޖެއާއި ބޭރުދުނިޔެއާއި ސަބްމެރީން ފައިބަރ އޮޕްޓިކް ކޭބަލުން ގުޅާލުމުގެ އިރުތުން، ރާއްޖޭގެ އެތެރޭގައިވެސް މިވަނީ ފައިބަރ ނެޓްވަރކްތައް ޤާއިމްކުރެވިފައި. އަދި ދުވަހުން ދުވަހަށް ފައިބަރ ނެޓްވާރކާ ގުޅާލެވޭ ރަށްތައް އިތުރުވެ މިހާރު ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ފައިބަރ ނެޓްވާރކް މެދުވެރިކޮށް ބްރޯޑްބޭންޑް އިންޓަރނެޓް ޚިދްމަތް ލިބޭކަން އުފަލާއެކު ފާހަގަކުރަން. ރާއްޖޭގެ އެންމެހާ ކަންކޮޅުތަކަށް މޯބައިލް ފޯނާއި 4ޖީ ގެ ޚިދްމަތް ފޯރާފައި ވާއިރު، އެންމެ ފަހުގެ 5ޖީ ޓެކްނޮލޮޖީގެ ޚިދްމަތްވެސް ރާއްޖޭގެ ފޯރުކޮށްދޭން ވަނީ ފަށާފައި.". މަލީހް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ހުޅުލޭ ބޮޑުމީހާ

    އެންމެ ކަމެއްނުވާ މިނިސްޓަރު.

    30
    • Anonymous

      މަލިކު ޖަމާލު އެންވެތޯ ގޭގެ ކޮޓަރި އަށް މޯބައިލް ރޭންޖު ނުލިބެނީ.

      12
      • Anonymous

        މާލީހު މި ރޯދަމަހު އަހަރުމެން ލައްވާ ހަޔާތަށް ގޮވަން ނޫޅޭތި

  2. ޢަބްދުލް ޤާދިރު މުބާރިކް ޖީލާނީ

    ރާއްޖޭގެ މުވާޞަލާތީ ކުންފުނިތަކުން، ރަނގަޅު ފެންވަރެއްގައި ޚިދުމަތްތައް ދެމުން އަންނަ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހު ވިދާޅުވިޔަސް ތިޔައީ ރޯ ބުހުތާނު ދޮގެއްކަން ދިވެހިންނަށް އެނގޭނެއެވެ. މުވާޞަލާތީ ޚިދްމަތްދޭ ދެކުންފުނިން ވެސް ދިވެހިންނަށް ދަނީ އޮޅުވާލަމުންނެވެ. ކޮވިޑް - 19 އާއި ގުޅިގެން ނޭގުމެއްގެ ތެރެއިން އިންޓަރނެޓް ބިލްތައް ވެސް އިންތިހާއަށް ބޮޑުވައިވެފައިވެއެވެ. މިކަން ކަމުގެ މަތިޖަހަން ޗަރުކޭސް ކުޅޭނެ ކަމެއް ނެތެވެ. ތިޔައީ ބޮޑުތަނުން ފެއިލް ވެފައިވާ ނާޤާބިލް ބޭފުޅެކެވެ. ކޮންމެ ސަރުކާރެއްގެ ވެސް ވަޒީރުކަމަށް ފޫގަޅާފައި ހުންނަވާ ބޭފުޅެކެވެ.

    35
  3. ދަބަރޭ

    ދިވެހިރާއްޖޭގާއި މުޢާސަލާތީ ހިދުމަތް ދޭ ދެ ކުންފުންޏަކީ ވެސް މުޅި ދުނިޠެއިން 1 ވަނައެވެ ދިވެހިންގެ ލޭބޯ ދެކުންފުނި

    11
  4. ކިޔުންތެރިޔާ

    މިއިން ބޭފުޅަކާ ދިމާލަށް އެއްޗެކޭ ބުނެފިއްޔާ މިހާރު މި އޮންނަ ގޮތުން ކިޔަކީ "ފިތުނަ އުފެއްދުން". އެހެޔޮ ކުޑަކުއްޖަކާ ބެހިގެން ޖަލުން މިނިވަންކޮށްފަހުރި މީހަކާއި ދިމާލަށް އެއްޗެކޭ ބުންޏަސް. އެވާނީ ހަމަ ފިތުނަ އުފެއްދުމަށް. ވަރިހަމަ ދައުލަތުގެ ރައުސުލްމާލު ނޮޅާ ބޭރުގެ ހިލޭ އެހީ ދިރުވާލިޔަސް. ހަމަ ވާނީ ފިތުނަ އުފެއްދުމަށް.

  5. މޫސަ

    ރަނގަޅު ފެންވަ ރެއްގައި ރައްޔިތުން ފޭ ރެމުން ދާވާހަކަ ބުނިނަަމަ މާ ރަނގަޅުވީސް

    10
  6. އެޖެންޑާ ފުޅަ19

    މިސޮރު ބޮލުގަވެސް ފުޅައެޅީ ކަމަށްވާނީ

  7. ާައދ

    މަލީހުއައް ވަޒީފާގެ ދަހިވެތި ކަމުގައި ދެއްކޭ ނުދެއްކޭ ވާހަކައެއްވެސް ނުައެގޭ ހަމަސާބަސް

  8. ައަހުމަދު

    މި ބޭފުޅާ ކުރިން ދުވަހު މަޖިލިސް މީޓިންގު ގައި އިންދާ ކޮމީޓިން ކުރިޔަށް ގެންދަން އުޅުނު މީޓިންގް ކުރިޔަށް ގެންދަން އުނދަގޫވީ އިންޓިރނެޓް ސްލޯވެ ފްރީޒް ވާތީ އެ ދުވަހު ބުނީ އިންޓަރނެޓް ޚިދުމަތް ރަނގަޅަށް ނުދެވޭ ވާހަކަ ، މިއަދު މިކިޔަނީ ރަނގަޅޭ ، މިކަހަލަމީހުން މިނިސްޓަރުން ނަށް ލައިގެން ވާނެ އެއްވެސް ކަމެއް ނޯންނާނެ ގެނެވޭނެ އެއްވެސް ތަރައްޤީއެއް ނޯނާނެ މިމީން ޖެހޭނީ ވަގުތުން ވަގުތަށް މަޤާމުން ދުރުކުރަން ، މީހަމަ ހުސްއަނގަ ތަޅާ މީހެއް.

  9. ކެނެރީ

    މީ ތަނެއްގަ ހުރި ގަމާރެއް މީނަ ދައްކާވާހަކަ ޤބޫލުކުރާނީވެސް ގަމާރުން

  10. އަހްމަދު

    މަލީހް ކޯއްޗެއްބަލާފަބާ ތިޔަހެންތިބުނީ އަހަރުމެންމީ އާރުއޯއެލް އަށް /1470 ރުފިޔާދައްކައިގެން އުޅޭމީހެއް ނޫހެއްކިޔާލަންވިއަސް ބޮލުގަރިހުމަކަށްވަނި އެއްޗެއް ޑައުންލޯޑުކުރަންޖެއްސިއަސް މިކަހަލހާލެއްގަ މިއުޅެނީ ދެންކޮންރަނގަޅުހިދުމަތެއްގެވާހަކަތިދައްކަނީ ދިރާގު ޕެކޭޖެއްލައިގެން ބޮލުގަރިހުމަކަށްވެގެން ބަދަލުކުރީ ލިބުނުކުރިއެރުމެއްނެތް ޖެހުނީހަމައެއްތަނެއްގަ

  11. Anonymous

    ތިހެން ބުނަން އެގޭނެ މަސައްވެސް މިނިސްޓަރ ގެބޭނުމަކީ އަގު ހެޔޮކޮއް ތިކަން ރައްއިތުންނައް ފޯރުކޮއްދިނުން

  12. ނަސީދު

    ތިހެން ބުނަން އެގޭނެ މަށައްވެސް މިނިސްޓަރ ގެބޭނުމަކީ އަގު ހެޔޮކޮއް ތިކަން ރައްއިތުންނައް ފޯރުކޮއްދިނުން