ރާއްޖޭގެ ރަށްތަކުގެ ތެރެއިން ކޮވިޑް-19 ފެނިފައި ނުވާ ރަށްރަށުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ގޮވާލައިފިއެވެ.

ޕީޕީއެމް/ޕީއެންސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާ ގުޅިގެން ރޯދަ މަހު ސުންނަތް ނަމާދުކޮށްލުމުގެ ފުރުސަތު ނެތުމަކީ އެ ކޯލިޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވީ ހިނދު، އެއްވެސް މިސްކިތެއްގެ ޖަމާއަތުގައި ނަމާދުކުރެވެން ނެތުމަކީ ރައްޔިތުން ވެސް އެކަމާ ކަންބޮޑުވާ ކަމެއް ކަމަށާއި ކޮވިޑް-19 ގެ އެއްވެސް އަސަރެއް ކޮށްފައި ނުވާ ރަށްރަށުގައި ޖަމާއަތުގައި ނަމާދު ނުކުރެވެންވީ ސަބަބެއް ނުފެންނަ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އަދި ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތައް ފެށިގެން އަންނަ އިރު، ކޮވިޑް-19 ނެތް ރަށްރަށުގައި ޖަމާއަތުގައި ތަރާވީސް ނަމާދުތަކާއި، ދަމު ނަމާދުތައް ޖަމާއަތުގައި ކުރެވެން ނެތުމަކީ ރާއްޖޭގައި ތިބި ދީނަށް ލޯބިކުރާ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން، އެ ބަޔާނުގައި ވަނީ މިހާރުން މިހާރަށް ސަރުކާރުން މިކަމާ މެދު ވިސްނައި ހަރުދަނާ ފިޔަވަޅުތަކަކާއި އެކު ކޮވިޑް-19 ނެތް ރަށްރަށުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް ގޮވާލައިފައެވެ.

ރާއްޖޭގެ ހުރިހައި ރަށެއްގައި ޖަމާއަތު ނަމާދުކުރުން ސަރުކާރުން ވަނީ މަނާކޮށްފައެވެ. ނަމަވެސް ހުރިހާ މިސްކިތެއްގައި ވެސް ދަނީ ބަރާބަރަށް ބަންގި ގޮވަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކާފަ

    ޥައިރަސް ނެތްކަމެއް އެނގެނީ ކިހިނެތްތޯއެވެ؟

    9
    5
  2. ޢަލީ

    އަޅުގަނޑު ތިޔަކަމައް ވަރައްބޮޑައް ތާއީދު ކުރަން

    8
    2
  3. ުއުނދުޅި

    މިފަދަ ދަނޑިވަޅުގަ ފިތުނައުފައްދަން އުޅޭ ސައިތޯނު ގުރޫޕު ފާޅުވީ

    9
    6
  4. އަލްޖިބްރާ

    ކަންތައްތަކަށް ހުއްދަ ދޭން ކަލޭމެނަކަށް ނޭންގޭނެ ! މަޑުން ތިބޭ !

    9
    2
  5. ޢަލީ

    ވ.ރަގަޅު

    5
    1
  6. މޮޔަ

    އާރާއި ބަރު ހުރި އިރު ތިބޭފުޅުންހެ ފަރާތުން ލިބުނީ ގޮއްމުށާއި މުލައްދަނޑި އަދި ދަތްދޮޅީގެ ހަދިޔާ. ސަރުކާރުން ނިންމާ ގޮތަކައް މއތރވ!

    5
    1
  7. ޢލަި

    ނަމާ ދަކީވެސް އިދިކޮޅުމީހުން މިހާރު އަތިޔާރަކައް ހަދައިގެން އުޅޭ އެއްޗެއް. މިގޮތައް ޕްރެސާ ކުރުމަކީ ގިނަރައްޔިތުން ތަކެއް މިބަލި ޖެހި އަދި ގިނަބަޔަކު ފުރާނަ މަރައް ހުށަހެޅުމައް އިދި ކޮޅުން ކުރާކަމެއް އެރުން އަނެއްކާ އިދިކޮޅުން ދެކޭނެ ގިނަވާހަކަ ހޯދޭނެ މިކަމަކީ ކުރަން ހެޔޮނުވާވަރުކަމެއް. ސަރުކާރައްވެސް އިދިކޮޅުން ދައްކާ ވާހަކަ އަޑުނޭޙުން އެދެން.

  8. ރާކަނި

    މިއީ މިހާރު އޮންލައިންކޮށް ބޭއްވެމުންދާ ޓާސްކް ފޯހުގެ ބައްދަލުވުމުގައި އީދަށް މިސްކިތްތައް ހުޅުވާލުށް ރައީސް އެންގެވުމުން މެޑެލް ކެހުމަށް ކުރިއާލާ ކުރިކަމެއް އަދި ކިރިޔާ މިގުނީ. މިމީހުންގެ މަކަރުވެރިކަން ވިސްނާލާ