ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެންބަރުން ވަކި ކުރުމުގެ މައްސަލަ ދިރާސާކޮށް ކުރިއަށް ގެންދިއުމަށްޓަކާ ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެޗްއާރުސީއެމް މެންބަރުން ވަކިކުރުމަށް ކުރަން ޖެހޭ ކަންކަން ކުރިއަށް ގެންދިއުމަށް އެދި ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދު އެމަނިކުފާނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެ މައްސަލަ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން މުއައްސަސާއެއްގެ މެންބަރުން ވަކިކުރަން ކޮމިޓީއަކަށް ފެނިއްޖެނަމަ ވަކިކުރުގެ އިޖުރާއަތްތައް ފުރިހަމަކުރުމުގެ ކުރިން އެކަން މަޖިލީހުގެ ރިޔާސަރަށް އަންގަންވާނެއެވެ. އަދި މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ޖަލްސާއެއްގައި އެކަން އިޢުލާންކުރައްވަން ވާނެއެވެ.

" މިއީ ވަރަށް އަޅުގަނޑާއި ކުރިމަތިވެފައި އޮތް ބޮޑު މައްސަލައެއްގެ ގޮތުގައި ދެކެނީ. ހިއުމަން ރައިޓްސް ކޮމިޝަންގެ ބޭފުުން މަޤާމުން ވަކިކުުރުމުގެ މައްސަލަ މަޖިލީހުގެ ޤަވާއިދުގެ 210ވަނަ މާއްދާގެ ށ ގައި ވާގޮތުގެ މަތިން މަޖިލީހުގެ ޖެންޑަރ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން އެބަވޭ އަޅުގަނޑަށް ފޮނުވާފައި އަޅުގަޏޑުގެ އުފަންދުވަހުގެ ތާރީހުގައި. އެ ސިޓީގައި ވިދާޅުވަނީ ކޮމިޝަނުގެ މެމްބަރުންނާއި މެދު މިތަނުގައި ދިރާސާކުރުމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

އެޗްއާރުސީއެމްގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް ކުރުމުގެ މަސައްކަތް ފަށާފައި ވާއިރު އެ ކޮމިޝަންގެ މަސައްކަތްތަކަށް 19 ވަނަ މަޖިލީހުގެ މެމްބަރުން އައީ ތަކުރާރުކޮށް ފާޑު ކިޔަމުންނެވެ.

ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކާއި އާންމު ފަރުދުންގެ އާމްދަނީ އާއި މާލީ ހާލަތު ދަށްވާތީ ސަރުކާރުން ފަށާ މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުން ލަފާ ދިނުމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލަ އެ ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓުގައި، ކޮވިޑް-19 ގެ ހާލަތުގައިވެސް އެޗްއާރުސީއެމްގެ މެންބަރުން ރަނގަޅު މަސައްކަތްތަކެއް ނުކުރާކަމަށް ހިއުމަން ރައިޓްސް ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައިވެ އެވެ.

އެޗްއާރުސީއެމްގައި މިހާރު ތިއްބެވި ފަސް މެންބަރުންނަކީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮމިޝަނަށް އައްޔަން ކޮށްފައިވާ މެންބަރުންނެވެ.

އެޗްއާރުސީއެމްގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ކޮމިޝަންގެ ރައީސް އައިމިނަތު އީނާސް އާއި ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ޒާހިދު އާއި، މެންބަރު މޫސާ އަލީ ކަލޭފާނާއި މެންބަރު ނައިވީން އަބްދުﷲ ގެ އިތުރުން މެންބަރު އާއިޝަތު އަފްރީން މުހައްމަދެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަައީމް

    ތީ ތިޔަވީގޮތަކީ ޔާމީން ރައީސް އައްޔަންކުރިމީހުނަށްވާތީ ކަނޑާއުކާނުލެވިގެން ނިދިނައިސްގެން ހަމަ ކަނޑާލެވޭއިރަށް އަލުން ނަގަންޖެހޭނެ ބަލަ އެހެނެއްނޫންތޯ ހެދީ ރަށްފުށުގެ ވަޒީފާތަކުގަ ހަމަޖެހިލައިގެން އުޅުނު އެމްއާރް ޑީސީ އޭ ކިޔާ ބަޔަކަށްވެސް ހަމަ ބޭނުންނެތް ކުންފުންޏެކޭކިޔާފަ އެންމެން އެއްފަހަރާ ކަނޑާލީ މިހާރު އޮތީ އަނެއްކާ ކުންފުނީގެ ނަން އެމް ކަނޑާލާފަ ޑީސީގެނަމަށް ބަދަލްކޮށްފަ ވަޒީފާތަކަށް އިއުލާންކޮށްފަ މީ މިމީހުންގެ ކަމަކީ ދެން .....ވިސްނާ...........

  2. ދުންތަރި

    މި ހާސްކަމުގެ ތެރޭގަވެސް އަމިއްލަ ބޮނޑި ބޮޑުކުރެވޭތޯބަލާ ޕާޓީ ކުދިންނަށް ތިޔަ މަޤާމުތައް ނުދެވިގެން ބަޔަކު ލޮލަށް ނިދި ނާދޭ އަވަހަށް ޕާޓީކުދިންކޮޅަކަށް މަޤާމުތައް ދި ނިންމާލަ އޭރުން ޔިޔަ ކޮމިޝާނުގެ އުނދަގުލެއް ސަރުކާރަކަށް އަދި އެމްޑީޕީއަކަށްނުޖެހޭނެ ބުނިހާ ގޮތަކަށް ކަންކޮށްނިންމާލަދޭނެ ކޮރަޕްޝަނޭ ކިޔާ އަޑުވެސް ނީވޭނެ ކޮރަޕްޝަން ހިނގާ މަގަކުންވެސް ނުދާނެ

  3. ާއަބޫ

    ހިންނަވަ ރު މަހުމޫދުމެން ލަދުހަޔާތުގެ ކަންފުޅެއް ހު ރިއްޔާ އެކޮމިޝަނުގެ މެމްބަ ރަކަށް ހުޜެ ތޮލްމެން އެންމެން ހިންގި ޖަ ރީމާ ތަކާއި ކުޅުނު ނާޗަ ރަންގީ ތަކާއި މެދު އެއްޗެއް ބުނެލަބަލަ. ދައު ރު ނިމުނު އި ރު ކުޑަވެގެން ޔައުމިއްޔާ ވެސް ނިންމާ ނުލެވޭ. ހުށަހެޅި ނުނިންމި ހު ރި މައްސަލަ ތަކުގެ އަދަދު ބަލާލަބަލަ. ތަނުގެ ތެ ރޭގައި އޮތީ ޕިކުނިކެއްގައި އުޅޭފަދަ މާހައުލެއް. އަހަރުމެން މިތިބީ ބަލަން.