މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ލ. އިސްދޫ ސްކޫލަށާއި ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އިސްދޫ ސްކޫލްގެ މުވައްޒަފަކު ވިދާޅުވީ ސްކޫލް ކައިރީގައި ހުންނަ ފިތުރޯނު ގަހެއް ވެއްޓުމުގެ ސަބަބުން އެ ސްކޫލްގެ ވަށައިފާރުން ބައެއް ވެއްޓިފައިވާ ކަމަށެެވެ. އަދި ސްކޫލަށް އިތުރު ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި، މިހާރު ދަނީ ކައުންސިލާއި ވާހަކަދައްކައިގެން ވެއްޓިފައި އޮތް ގަސް ނެގުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

އިސްދޫގެ ވަރަށް ގިނަ ދަނޑުބިންތަކަކަށް ވެސް މި ވިއްސާރައިގައި ގެއްލުން ލިބިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. "ވަގުތު" އަށް މައުލޫމާތު ދެމުން އެރަށު މީހަކު ބުނީ އިސްދޫގެ މިރުސް ދަނޑުތަކަށާއި، ގިނަ ބައެއް އެހެނިހެން ދަނޑުބިންތަކަށް ވެސް ވަރަށް ބޮޑަށް ވިއްސާރައިގެ ސަބަބުން ގެއްލުން ލިބިފައި ކަމަށެވެ.

"ވަގުތު" އިން ތަކުރާރުކޮށް މަސައްކަތް ކުރުމުންވެސް އިސްދޫ ކައުންސިލްގެ ބަހެއް މިކަމަށް ލިބެ ގޮތް ވަނީ ނުވެފައެވެ.

މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރަ އަކީ ހުޅަަނގު މޫސުމުގެ ވިއްސާރައެވެ. އަދި ގަދަ ވަޔާއި އެކު ވިއްސާރަކުރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު މިހާރުވެސް ވަނީނެރެފައެވެ.

މި ވިއްސާރައިގައި ރާއްޖޭގެ ގިނަ ރަށްތަކަކަށް ގެއްލުން ވަމުންދާކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ގޭގެއަށް ލިބެމުންދާ ގެއްލުންތަކުގެ އިތުރުން ގަސް ވެއްޓުން ފަދަ ކަންކަން މި ވިއްސާރައާއި ގުޅިގެން ދަނީ ކުރިމަތިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އިސްދޫ މީހާ

    ކައުންސިލް ބަހެއް ލިބޭނީ އަތިތީގޭ އިއްބެ (ކައުންސިލް ރައީސް)އައް ގެއިން ނިކުމެވިގެނެއްނު

    6
    16
    • ކަނު މީހާ

      ބަލަ އިސްދޫ މީހާ ކަލޭ ގޭގަ އޮތީމަ ނޫނީ ކަލޭ ކަނު ވީމަ ތަ ނުފެންނަނީ އިސްދޫ ކައުންސިލް ރައީސް ވެހޭ ވާރޭގަ ނިކުމެ ރަށުގެ ގެއްލުންވި ގެތަކާއި ތަންތަނުގެ މައުލޫމާތު ހޯދާ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރާތަން ނުފެންނަނީ. އިސްދޫ ކައުންސިލް ރައީސް އާ ޒާތީ ވެގެން ޖައްސާލައިގެން އުޅޭ އިސްދޫ ދެފުށް ކެހެރި އަދި އިސްދޫ ރައްޔިތުންވެސް ބަލައި ނުގަންނަ އައިލާ އެއްގެ ބަޔަކު އަދި ތިގޮތަށް ފާޑު ފާޑުގެ ކޮމެންޓް ކުރިޔަސް އިސްދޫ ރައްޔިތުންނަށް އިނގޭނެ އިސްދޫ ކައުންސިލް ރައީސް ކުރާ ބުރަ މަސައްކަތާ ހުރިހާ ހަގީގަތެއް. އެކަމަކު ޒާތީ ވެގެން އުޅޭ ކަނު މީހުންނަކަށް ނުފެންނާނެ އަދި ނޭނގޭނެ.

      8
      3
      • އިސްދޫ މީހާ

        ޙަމަ އެހާވަރުގަދަ??

    • މުޙައްމަދު

      ކަލޭ ބޭރު އުޅޭ މީހާ ދެން ވަގުތު ނޫހަށް މަޢުލޫމާތު ހިއްސާކުރިނަމަ.
      ދިވެހި ބަހުން ލިޔަން ކިޔަން ނޭންގެންޏާ ދެންވެސް އަނގަ ނާވާ ހުރޭ!

      6
      1
      • ޢިސްދޫ މީހާ

        ޢެބުނާހެން ދޯ?? ކަނު މީހަ ޖަހަ އިގެން އަދި އިއއ އްބެ އާއ އެއ އްކޮށް އަލީ ހަމީދު ހޮވާން އުޅުނު މީހެކޭ މީ??

        1
        1
    • ރަށު މީހާ

      ރަގަޅަށް ބަލާފަ ކޮމެއްޓު ކުރޭ. މިއަދުގެ ހުރިހާ ވަގުތަކުވެސް ރައީސް
      ޢުޅުނީ ގޭގެއަށް އެހީތެރި ވުމުގަ.

      8
      2
      • ޢިސްދޫ މީހާ

        ޢެބުނާހެން ދޯ?? ކަނު މީހަ ޖަހަ އިގެން އަދި އިއއ އްބެ އާއ އެއ އްކޮށް އަލީ ހަމީދު ހޮވާން އުޅުނު މީހެކޭ މީ??

        1
        1
  2. މީވެސް އިސްދޫ މީހެއް.

    އިސްދޫ މީހާ ވާނުވާ އެނގިގެން ވާހަކަ ދައްކާބަލަ ޒާތީނުވެ

    9
    4
  3. އިސްދޫ މީހާ

    މާލޭ ލޮރީ ޑުރައިވަރުނަށް އިގޭނީ މާލޭގެ ހާލަތު އިސްދޫގެ ހާލަތެއް ނޭގޭނެ

    1
    6
  4. އިސްދޫ ކައުންސިލްގެ ރައީސް

    އަޅުގަނޑު އެވަގުތުގައި އުޅުނީ ރައްޔިތުންގެ ހިދުމަތުގައި އަވަދިނެތި. ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމުގައި އެހީތެރިކަން ފޯރުކޮށް ދިނުމުގައި..އެހެންކަމުން ގުޅާ ކޮންމެ ގަޑިއަކު ފޯނުު ނުނެގުންވެސް އެކަށީގެންވޭ.. ތެދު މައުލޫމާތު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދެއްވުން ރަނގަޅުވާނީ.. މައުލޫމާތު ފޯރުކޮށް ދިނުމުގައި ޒާތީ ނުވުން އެދެން..

    7
    3
  5. ވާރޭ

    ރައީސް އެކަނި ދޯ މަސައްކަތް ކުރާ މީހަކީ

    2
    4
  6. ތޫފާން

    ވާރޭ ،މިދައްކާ ވާާހަކަ ރަނގަޅަށް ކިޔާބަލަ ކައުންސިލް ރައީސްއާ ކަަަަަަަަަަަައުންސިލުގެ އެހެން މެމްބަރުންްްްްްވެސް އެކުއެކީނގަ މިހިތްދަތި ވަގުތުގަ ހިދުމަތުުުުގަ މިއުޅެނީ ރަައްްޔިިތުުންްނާާ ގުޅިގެން ،ވާރެ ބުނަންތަ ރަނގަޅު ވާހަކަ އެއް ރައީސް އެކަނި ކިހިނެއް މަސައްކަތް ކުރާނި މިވެހޭހާ ވާރޭއެއްގަ ރައްޔިތުންގެ އެހީއާ ނުލާ !!!

    4
    1
  7. އިސްދޫޒުވާނުން...

    އިސްދޫޒުވާނުން މިހާރުހޭލެވިއްޖެ ދޮންތިކަމާނޫޅެ...އިސްދޫގެހަލާކުކައުންސިލަކީ.މުޅިންވެސްޖަރީމާހިންގަނީ ޒުވާނުންނައްވިސްނިޖެ.

    2
    4
  8. ލޯއަދިއަލި

    އިސްދޫރައްޔަތުން ތިބީހޭލަފައި ކޮންކަމެއްކޮށްދިނީ...
    ގޭގައިނިދާފައިއޮތީ...

    1
    4
    • ލޯކަނު

      ކާކުތޯ ގޭގަ ނިދާފަ އޮތީ؟ ތިދައްކާ ވާހަކަ އިސްދޫ އެހެން ރައްޔިތުންނަށް އެނގޭހެން ބުނެބަލަ !

      2
      2
  9. އިސްދޫ މީހާ

    "މާޔާ އި އްބެ" މަގާތަ އް އެންޓް ކަމިންގ???

    1
    1