ކޮވިޑް-19 އާއި ގުޅިގެން ކުރާ މަސައްކަތްތަކުގައި އެހީތެރިވުމުގެ ގޮތުން ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ހޯދުމަށްޓަކައި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ) ގެ ފަރާތުން އިމަޖެންސީ ފައިނޭންސިންގ ގެގޮތުގައި 15 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް އެސްޓީއޯ އަށް ހަމަޖައްސައިދީފިއެވެ.

އެސްޓީއޯއިން ބުނީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެއްޗާއެކު، ކޮވިޑް-19 އާ އާދެކޮޅަށް ކުރާ މަސައްކަތުގައި، ކުރީ ސަފުގައި މަސައްކަތްކުރާ މީހުން ބޭނުންކުރާ މެޑިކަލް އިކިއުޕްޓެމެންޓް ހޯދުމަށްޓަކައި މާލީ އެހީތެރިކަން (ގްރާންޓް) ވެސް އައި.ޓީ.އެފް.ސީ އިން ފޯރުކޮށްދޭނެ ކަމަށެވެ.

އައި.ޓީ.އެފް.ސީ އިން މިދެވޭ ލޯނާއި ހިލޭ އެހީ އަކީ، އެކުންފުނިން ކޮވިޑް-19 އާއިދެކޮޅަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން އެކުންފުނީގެ މެމްބަރު ޤައުމުތަކަށް އެހީވުމުގެ ގޮތުން ކުރުމަށް ރާވާފައިވާ ކަމެކެވެ.

އެސްޓީއޯ ގެ ފަރާތުން އެކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސެން އަމްރު މުޙައްމަދު ރަޝާދު ވިދާޅުވީ، ކޮވިޑް-19 ގެ އައުޓްބްރޭކް އަކަށް ދިވެހިރާއްޖެ އައީ ވަރަށް ކުރިން ތައްޔާރުވަމުން ކަމަށާ، މިކަމަށްޓަކައި ރިސްކް އެސެސްމަންޓްތައް ހެދި، ނޭޝަނަލް ރެސްޕޯންސް ގައިޑްލައިން އާއިއެކު ހެލްތް އިމަޖަންސީ ކޯޑިނޭޝަން ކޮމިޓީ އެއް ޤާއިމްކުރެވި، ރާއްޖޭގައި ވައިރަސް އަށް ޓެސްޓް ކުރެވޭނެ ގޮތްތައް ހަމަޖެއްސުމަށްޓަކައި ޓެސްޓް ކިޓްތައް ހޯދުމުގެ މަސައްކަތްތައްވެސް ބާރަށް ކުރިއަށްގެންދެވިފައިވާ ކަމަށެވެ.

އަދި އައި.ޓީ.އެފް.ސީ އިން އެސްޓީއޯ އަށް ފޯރުކޮށްދީފައިވާ ގްރާންޓްގެ ސަބަބުން، ރިސްކްތައް ދެނެގަތުމަށާ، ސްކްރީން ކުރުމާ، ކޮންޓެކްޓް ޓްރޭސިންގ ހެދުމާ، ބައްޔަށް ޝައްކު ކުރެވޭ އަދި ބަލިޖެހިފައިވާ ފަރާތްތައް ޓެސްޓް ކުރުމަށްޓަކާ ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަވެ، ހަރުދަނާ ވާނެ ކަމަށްވެސް އަމްރު ވިދާޅުވިއެވެ.

މީގެ އިތުރުން، މިފަންޑިންގ ގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތައްވެސް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ތިރިބެ

    ލޯނުނަގަނީ ނުފުދިގެން އުޅޭ މީހުން ނުވަތަ ކުންފުނިތައް ކަމައްކުރިންހީކުރެވިފަ އޮތީ މިހާރު ފެސަނަކަންވެސް ލޯނުނަގަނީތަ ، މިހެންމިބުނީ އިންޔެ ނޫސްތަކުގެ ފަލަސުރުހީގަ އޮތީ -/124 މިލިޔަން ރުފިޔާ ސާފު ފައިދާލިބުނުކަމައް ފުރަތަމަ ކުއާޓާގަ . ާމިވެސްއިކޮނަމިސްތުންނޯ ލޮލޮ

    • ޙައްގުބަސް

      އަނހަ މިނީ ކިހިނެތް؟ ޔާމީން ސަރުކާރުން ލޯނުނެގީމަ މިމީހުން އޭރުހީވީ މޮޔަވެގެން އުޅުނުހެން!! ތިމަންމެން ސަރުކާރުން ލޯނުނުނަގާނަމޭ ބުނެ އައިސް މި ދޮޅު އަހަރުތެރޭ. މިސަރުކާރުން ޔާމީންގެ ފަސް އަހަރުތެރޭ ނުނަގާވަރަށް ލޯނު ނަގައިފ!! ދޮގުވެރި މަކަރުވެރި ނުލަފާބައެއް!

      • ބޭބެ

        ލޯނު ނަގާ ގޮތަށް ފެންފޮދަކާނުލާ ދިރުވާލަނީ!! މިރަމަޟާންމަހުވެސް ހަމަ ދިރުވަނީ!! މީ ލޯނު ހަބޭސް ދިިރުވާލުން ހަބޭސް ސަރުކާރު!! ކުރާ މަސައްކަތެއް މިނޫނީ!! އިންޑިޔާއިން ކުރެޑިޓް ފެސިލިޓީއޭ ކިޔާ 800 މިލިޔަން ޑޮލަރު އަދި ފައިސާ ބަދަލުކޮށްގެން (މަނީސްވޮޕް) 300 މިލިޔަން ޑޮލަރު ނަގައިފި!! އައިޓީއެފްސީއިން 15 މިލިޔަން ޑޮލަރު!! ދައުލަތް ދަރުވާލައިފި!! ވައްކަން އިންތިހާއަށް ބޮޑު!!

  2. ސަންތިމަރިޔަބު

    ލޯނު ނަގާތީ ކަންބޮޑުވެގެން ދެފާއި އެއްތާކުނުޖަހާ ދުވުނު މީހުން މިހާރު ލޯނާއި ތަތްތެޅި ލާމެހި އެއިން ފެންވަރާ ހިނާތާހިރު ވާދަރަޖަޔަށް ދިޔައީމާ މަމެން ގާތައް އަންނަނީ ހިނި ލޯނޭ ނުކިޔާންވެގެން ގްރާޓޭ ހިލޭ އެހީޔޭ ފާފަޅޮލޭ ކިޔަސް “ރިބާ” ވާނީ ހަމަ ރިބާޔަށް ތިޔާބޭފުޅުން ލުއި ލޯނޭ ކިޔަސް ﷲ ސުބްހާނަހޫ ވަތައާލާގެ ހަސްރަތުގާއި “ރިބާ “ ވަނީ ރިބާޔަށް
    އޭ އެންމެހާ ލޮބުވެތި ދިވެހި މުސްލިމް އަހުންނާއި އުހްތުންނޭވެ ރިބާގެ ދަންތުރާއިގާއި ޖައްސަންކުރާމަސައްކަތް ތަކާއި ދުރުވެ ވަޑާއި ގަންނަވާ މާދަމާ ﷲ ގެހަސްރަތުގާއި ދައްކާނީ ކޮންމޫނެއްތޯ ؟ މަހުޝަރު ދުވަހުގާއި ކަށްވަޅުތަކުން ނުކުމެގެންދާއިރު ޖިނިމޮޔަވެފާވާފަދައިން ދާބަޔަކުފަދައިން ވާންބޭނުންފުޅުތޯ؟

  3. ލޯނުބެ

    ތަން އެއްކޮށް ދަވާލީމަ ތަން ހިންގޭނީ ލޯނު ނަގައިގެންނުން.

  4. ރަތްމަސް

    800 މިލިއަންގެ ކުރެޑިޓް ފެސިލިޓީއެ ކޯ..ދެން 500މިލިޔަނުގެ އައްޑޫގެ ބޮޑުބިޔަ ތަރައްގީ، 600މިލިޔަން ލޮޑަރުގެ ބުރިޖް، ދެން މިހެންގޮސް ކިޔާނެ ކަމެއްނެއް..މިހުރިޙާ އަދަދުތައް އެބަހުރި ހަނދާނުގަ.އަދިވެސް މިލިޔަނުން ހިލޭއެހީއާއި ލޯނުއެހީ އޮހެނީ.. ރައްޔަތުން ދަރަނިވެރިވެސްނުވޭ.ގައުމެއްގެ އުގައްވެސްނުވެއްޓޭ.ހޭލާއިރު މިފެންނަނީ ހަމަ އަދިވެސް އެއް ކަލަ 25 ބުރީގެ ދުންހޮޅިއޭ ކީތަނާއި،އެއް ކަލަ ފީ ބުރިޖުގަޑާއި ، ހޅ މާލެ 2ވަނަ ފިޔަވައްސާއި، ޕާ ކުތަ ކާއި، ފުރޭތަ އެރި ރަސްފަންނާއި، ކަނޑު ހިއްކައިގެން ހެދި ކުނިގޮނޑާއި، މިހެންގޮސް ލިޔާނުނިމޭނެ...ހައްހައް...ދެން ކޮބާ ތަރައްގީ...ތަރައްގީއަ ކީ ޖީބުއެއްކޮށް ހުސްވެ ސޯޓްބޭލުން..ހިއްހިއް

    5
    1
  5. ޢާދޭސް

    ތިއުޅެނީ އޯޑިޓްއަންނާނީ ކަމެެއް ފޮރުވާލަންދޯ

  6. ކިނބިލާ

    އެސްޓީއޯ އަޑިއަޅާލަނީ. އެސްޓީއޯ އަކީ ފައިދާވާ ކުންފުންޏެއް ކަމަށް މީގެކުރިން ބުނި. ފުރަތަމަ ކުއާޓަރުގައި 124 މިލިޔަން ރުފިޔާގެ ފައިދާއެއް އެސްޓީއޯ އަށް ލިބުނު ކަމަށް އަޑުފެތުރިފައި އޮއްވާ 15 މިލިޔަން ޑޮލަރުގެ ލޯނެއް ނަގާކަށް ނުޖެހެއެވެ. މިކަމުން އަންގައިދެނީ ލާދީނީ ބައިގަނޑު ވެއްޓެން ކައިރިވީމާ ލާރިގަނޑު މަޅާލައިގެން ބައިއެޅުމުގެ ބޭނުންތާއެވެ. ވެއްޓެނީ! ވެއްޓެނީ! ދެން ނުހިފެހެއްޓޭނެ. ﷲ ގެ ރަޙްމަތްފުޅާއި ބަރަކާތްފުޅުން މިފަނާވަނިވި ވެރިކަމާއި ކޮވިޑް - 19 ގެ ވަބާއިން މިޤައުމު ސަލާމަތް ކުރައްވާނދޭވެ! އާމީން

  7. ވަގުތީ ދުނިޔެ

    ހުޅުމާލޭގައި ހަދާފައި އެހުރި އެސްޓީއޯގެ ބޮޑު ބިޔަ ހޮޓާ ނުހުޅުވި ކުންފުންޏަށް މިލިޔަނުން ގެއްލުން ވަމުންދާއިރު، އަދި އެތަން ހުޅުވޭނެ ދުވަހެއް ނޭގި ތަން ބޮލަށް ވެއްޓެން ދެން ބަހައްޓާފައި ވާއިރު، އަދިވެސް ޢަމްރު މިލިޔަނުން ލޯނުހޭ ނަގަންވީ. މިހާރު ނަތީޖާއަކީ އެސްޓީއޯ ވެސް ތިޔަވަނީ ފުނޑިފައި. ހުރިހާ ކުންފުނިތަކުގައި ހުރިނަމަ ހުރި ލާރިއެއްވެސް ކައިހުސްވީ. އަޑިނުބައި ސަރުކާރަށް ގޮތްހުސްވެ ނޭވާހޮޅިއަށް އެޅުނީ.

  8. ޗާލު

    ކަރާވަޒީރު. ދަނޑުވެރިން ހައްދާ ހުރިހާ އެއްޗެއް ގަންނާނަމޭ ކިޔާފަ ކަރާ ނުހިމެނެޔޯ މޭވާތެރޭގަ ކިޔާފަ ކެހދިން އިބިލީސްމީ.

  9. علي وحيد

    މިކުވާޓާގަ އެންމެ ބޮޑު ފައިދާއެއްވީ އެސްޓީއޯ އަށް ކަމަށެވެ ސަރުކާރުން ހާމަކުރި ދެން ކީއްކުރާ ލޯނެއް މުޅިން ވެސް ދަޅަދެއްކުން