ކޮވިޑް-19 އާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކެނެޑާ ސަރުކާރުން ރާއްޖެއަށް 1 މިލިއަން ރުފިޔާގެ ހިލޭ އެހީ ދެއްވައިފިއެވެ.

މިއަދު މެންދުރުފަހު ބޭއްވި ވަރޗުއަލް ސެރެމަނީއެއްގައި އެހީގެ މި އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ.

އެ އެެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެވެ. އަދި ކެނެޑާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކެނެޑާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް މެކިނަން އެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ހާލުގައި ޖެހިފައިވާ ފަރާތްތައް ތިބޭނެ ވަގުތީ ހިޔާއެއް ގާއިމްކުރުމުގެ އިތުރުން ބޭނުންވާ އިތުރު އެހީތައް ދިނުމަށް ހިންގާ މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްގެންދާނީ ޖެންޑާ މިނިސްޓްރީން ކަމަށެވެ.

މި ޕްރޮޖެކްޓްގެ ދަށުން އެހީތެރިކަން ބޭނުންވާ 400 އެއްހާ ފަރާތަށް ބޭނުންވާ އެހީތެރިކަން ފޯރުވައިދެވޭނެއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ކެނެޑާގެ ޚާރިޖީ ވަޒީރު ފްރާންސްވާ ފިލިޕް ޝެމްޕޭންއަށާއި، އެގައުމުގެ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރ ކެރީނާ ގޫލްޑްއަށް ރާއްޖެއަށް ދެއްވީ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، ކެނެޑާއިންވެސް ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައި ރާއްޖެއަށް މިދިން އެހީތެރިކަމަކީ ބޭނުމެއް ޖެހިފައިވާ ފަރާތްތަކަށް ކެނެޑާއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮންނަ ކަމުގެ މިސާލެއްކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކެނެޑާ ސަފީރު ވަނީ، ތަފާތުކުރުމެއް ނެތި ހާލުގައި ޖެހޭ ހުރިހާ ފަރާތްތަކަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް ތައުރީފްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ނަކަސް

  ކޮބާ އަނގަ ފޭކޮށްގެން އޮންނާތި ، ލާރިގަނޑު ލިބޭ އިރަށް ވާނެ ބަނޑު އެޅޭލަން

  39
  1
 2. Anonymous

  1 މިލިއަން ރުފިޔާ މާމަދު. ކިހިނެއްތޯވާނީ ޖޫރިމަނާއަށް ނެގި 4މިލިއަން ރުފިޔާ ރައްޔިތުންނަށްޓަކައި ހޭދަކުރިއްޔާ؟ 4 މިލިއަން ރުފިޔާވެސް މިދަނީ މުއްސަދިންގެ ޖީބަށް. ނޫނީ އިންޑިޔާ ލޯނުތަކުގެ އިންޓަރެސްޓަށް.

  35
  1
 3. ޭލާރިބަނޑު

  ތިރުފިޔާތައް ދައުލަތުގެ މާލިއްޔާއަށް ވައްދަބަލަ. ފިނޭންސްގެ މީހަކުނެތް ފެންނާކަށް. މީހަކު ދެއްކިއެއްޗެއް ފެންނަށް މިއޮންނަނީ. ތީ އިތުބާރުކުރެވޭ މީހެއްނޫން ފައިސާ ހަވާލުކުރަން. ގައުމަކުން ރާއްޖެއަށްދިން ކާޕެޓް ގެއަށްގެންދިޔަމީހެއް އެއީ. ނަދުރުބުނަށް ކަދުރު ރުކަށްއެރިމީހާއަށްވީވަރު އޭނައަށްވީ. ލިބޭ އެހީތައް ގެއަށް އެއަށްފަހު ބައިތުލްމާލަށް ބައިކުޅަބައި.

  27
  1
 4. ޝެހޭ

  ތިޔަހެންވިއްޔާ ތި ރުފިޔާތައް ބޭނުން ކުރާނީ ސަރުކާރުގެ އިސްވެރިން..

  13
 5. ޢަލީ

  ހާލުގައި ޖެހިފަ ތިބީ މަޖިލިސްމެމްބަރުން ސަރުކާރުގެ މިނިސްޓަރުން އަދި ވިޔަފާރިވެރިން ރައްޔިތުންގެ ތިބީ ވަރައް ބަދަހިކަމާއިއެކު ެއްބައިވަތްތަކމުގަ އަތާއަޔް ގުޅާލައި އަނގަޔާއި އަތްދިމާނުވާގޮތައް ހިފާގެން މީ މިސަރުކާރުގެ ބޮޑުން ކާން ފޮނުވާލާރި ވަރައްސާފު

 6. ޢަބްދުލް ޤާދިރު މުބާރިކް ޖީލާނީ

  ބޭރު ޤައުމުތަކުން ދިވެހިން ވިއްކައިގެން ތިޔަ ހޯއްދަވާ ފައިސާތައް ވަންނަނީ ކޮންތާކަށް ބާވައެވެ؟ ތިޔަ ބޭފުޅުންގެ ޖީބުތަކަށް ދެއްތޯއެވެ؟ ބޭރުޤައުމުތަކުން ކިހާ ފައިސާއެއް މިނުރައްކާތެރި ކޮވިޑް - 19 ރާއްޖޭގެ ރައްޔިތުންނަށް ޖައްސާ މަރަން ދޫކޮށްލުމަށްފަހު، ތިޔަ ހޯއްދަވަނީތާއެވެ! މިދައުރު ނިމެންދެން ނޫނީ ތިޔަބޭފުޅުންގެ ވެރިކަން ދިވެހިރައްޔިތުން ނިކުމެ ނިމުކަމަށް ގެންނަން ދެން ޤައުމު ލޫޓުވުމުގައި ދެމިތިއްބަވާށެވެ! ޝުކުރިއްޔާ!

  10
 7. ހާދިބެ

  ޑިމޮކްރަސީގެ ބައްޕަމެންނަށް މިދެވެނީ މިވަރު

  11
  • ގަމާރުމޯލްޑިވިއަން

   ނޯ ރތު ކޮ ރެއާއިން ދިން ތަ؟؟؟؟؟؟

 8. މަމީމޫން ކައެ

  އަމިއްލަ އެދުމާއިގެން ފޯވެފަހުރި ލާމަސީލު ދިވެހިދަރިއެއް.

  13
 9. ހުސޭނުބޭ

  ފޮޓޯގަނޑުގައި ބޯ ތަލަކޮށް އެ ފެންނަނީ ހާލުަގައި ޖެހިފައި އިން މީހެއް! އެހެން މީހަކަށް އެއްޗެއް ލިބޭނީ އެ ބޭ ދަތްދަށުން ސަލާމަތްވިއްޔާ!

  14
 10. ލޮލީ ޖާބިރު..

  ނިޝާންކާޕެޓް ކާޕެޓް އެޖެންޓް އެންޑް ރާއްޖެއެހީ ބަނޑުއަޅާ ކައިހުސްކުރާ އެޖެންޓް
  ރާއްޖެއަށް ދޭ އެހީއަކީ ޝާާހިދު ގެއަށްގެންދާ ހަރުމުދާ ވިއްޔާ

  12
 11. ބޭޗާރާ

  މީ ދިވެހި ރައްޔިތުންނަށް ދުނިޔޭގެ މުއްސަނދި ގައުމަކުން ކޮށްފައި އޮތް މަލާމާތެއް. ލަދުހަޔާތުގެ ކަންފުޅެއް ހުރިނަމަވެސް މި ވަރުގެ ދޭންވެސް ނުކެރޭނެ.

 12. މިގްދާރު

  ހާދަ ބައިވަރި މުއްސަނދި ޑިކޮކްރަސީގެ ބައްޕަ ކެނެޑާއިން މި ދިނީ. ޝުކުރިއްޔާ

  • ގަމާރުމޯލްޑިވިއަން

   ސައުދީން ނޯ ރތު ކޮ ރެއާއިން ދިންތަ؟؟؟

 13. މުއުނީ

  64850 ޑޮލަރު ދޯ. ދެން ރީތި ކޮށްލަން މިލިއަނަށް ބަދަލު ކޮށްލީ. ޝާހިދު މޮޅު.

 14. ކޮތަރު

  މިވަގުތު އެއްމެ ނިކަމެތި ހާލުގައި ތިބީ މަޖިލީހުގައި ތިއްބެވި ޢިއްޒަތްތެރި ދޫވިހަ މެމްބަރުން. އެމީހުންނަށް ތިޔަ އެތިކޮޅު ބަހާލާ.

 15. ކެނެރީ

  އަނެއްކާވެސް ކާލާނެ ލާރިގަޑެއްތިލިބުނީ ހިއެއްނުވޭ ތީގެން އެއްމެ ރުފިޔާއެއްވެސް ދިވެހި ރައްޔަތަކަން ލިބޭނެހެނެއް ތިސޮރުކާ ހުސްކުރާނެ ކާޕެޓު ވަގު