ޖުމްހޫރީ ޕާޓީން ޑިނާރ ނައިޓެއް ބާއްވަން ނިންމައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ޑިނާރ ނައިޓް ބާއްވާ ދުވަހެއް އަދި ހާމަކޮށްފައިނުވާއިރު އެ ޕާޓީން ބުނީ ޑިނަރ ނައިޓުގެ ޓިކެޓް މިހާރު ވިކި ހުސްވެފައިވާ ކަމަށެވެ.

ޖޭޕީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ސަމީރު ވިދާޅުވީ ޖުމުހޫރީ ޕާޓީގެ ޑިނާރ ނައިޓް ކުނޫޒުގައި އޮތް ޖާގައަށް ބަލައި 300 ޓިކެޓް ވިއްކާފައިވާ ކަމަށެވެ.

ސަމީރު ވިދާޅުވީ ގިނަ ބަޔަކު ޓިކެޓަށް އެދެމުންދާތީ ކުނޫޒު ކުރިމަތީގައި އޮތް ޖާގަ އަށް އެދުމުން ޖާގަ ލިބޭނެ ގޮތެއް ހަމަނުޖެހުމުން އިތުރަށް ޓިކެޓް ވިއްކެން މިފަހަރު ނެތް ކަމަށެވެ.

"މިހާރުވެސް ގިނަ ބަޔަކު ޓިކެޓް ގަންނަން ބޭނުންވެގެން ޓިކެޓަށް ދަނީ އެދެމުން. ޑިނަރ ނައިޓުގެ ތެރެއިން ބައިވެރިންނަށް ބައެއް "ސަޕްރައިޒް" ތައް ލިބިގެންދިއުމަކީ އެކަށީގެންވާ ކަމެއް" ސަމީރު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު ޢަބްދުﷲ ކަމާލުއްދީން ވިދާޅުވީ ޑިނަރ ނައިޓެއް ބޭއްވުމުގެ ބޭނުމަކީ ޕާޓީގެ ހަރަކާތްތައް ހިންގަން ބޭނުންވާ މާލީ އެހީތެރިކަން ހޯދުމާއި އަދި މެންބަރުންނާއި މެންބަރުންގެ އާއިލާތަކާއިއެކު ގުޅުން ބަދަހިކުރުން ކަމަށެވެ.

އިދިކޮޅުން ރިޔާސީ އިންތިހާބަށް ތައްޔާރުވަމުން އަންނައިރު ޖުމްހޫރީ ޕާޓީ އިން ވެސް އަންނަނީ އެއް ކެންޑިޑޭޓެއްގެ ސަރުކާރަކަށް ހުށަހެޅުމަށް މެނިފެސްޓޯއެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

ޖޭޕީއިން ވަކިން މެނިފެސްޓޯ ހަދަމުންދާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅުން އެއް ކެންޑިޑޭޓް ކަޑައަޅާނީ ވަކި ޕާޓީ ތަކުގެ ޕްރައިމަރީއަކަށް ފަހު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަފްލާ

    ޑިނަރއެއް ބޭއްވިދާނެ ސަރުކާރަށް ދައްކަން ޖެހުނު ލާރި ވެސް ޕްރީމް ކޯރޓުން ބާތިލު ކުރީމަ