މާލެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން ފިލައިގެން އުޅުނު މީހުންގެ ތެރެއިން ދެ މީހަކު އަދިވެސް ނުފެންނަ ކަމަށް ކޮވިޑް-19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ އެ ދެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ ދެ މީހުން ފެނިފައި ނުވާ ކަމަށެވެ.

މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ހަތް ބިދޭސީއަކާއި ގުޅޭނެ ގޮތް ނުވެގެން އެމީހުންގެ މައުލޫމާތު ފުލުހުންނާއި ހިއްސާކުރި ކަމަށެވެ. އޭގެތެރެއިން ފަސް މީހަކު މިހާރު ވަނީ ހޯދާފައެވެ.

"ސާމްޕަލް ނެގުމަށް ފަހު ބަޔަކު ޕޮޒިޓިވްވީ ފަހުން ހަތް މީހަކު ވަނީ ފިލައިފައި. އޭގެ ތެރޭގައި ހިމެނެނީ ސައިޓްތަކުން ނެގި ސާމްޕަލްތަކުގެ ތެރޭގައި ހިމެނޭ ހަތަރު މީހަކާއި އެހެން ތިން މީހަކު،" މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވިއެވެ.

އެމީހުން ނުފެނިއްޖެނަމަ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދީފައިވާ ބާރުގެ ދަށުން އެމީހުންގެ ޒާތީ މައުލޫމާތު ހާމަ ކުރާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ސަމީ

  އެމީހުން ނުފެނިއްޖެ ނަމަ ޑިރެކްޓަރު ޖެނެރަލް އޮފް ޕބަލްިކް ހެލްތަށް ލިބިދީފައިވާ ބާރުގެ ދަށުން އެމީހުންގެ ޒާތީ މައުލޫމާތު ހާމަ ކުރާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

  ނުފެނިއްޖެ ކަމަށް ބަލަނީ ކިތައް ހަފްތާވީމަތޯ. އެމީހާ އަކީ ކާކު ކަން އަންގާނީ ވާނެ އެއްޗެއް ވީމަތޯ ސާބަސް ތިޔަ މަސައްކަތަށް

  49
 2. އުސައިދު

  ލަސް ނުކޮށް އަވަހަށް ޒާތީ މައުލޫމާތު ހާމަކުރަންޖެހޭ.

  36
 3. na

  Konmeh kameh vx kuraani vaguthu faaithu v ma kihaa dhera kameh mee dhiveh saku kameh nukofa hunaani bodu kon post jahan than thaa

  29
 4. ދިވެހިން

  ބަލިފަތުރަމުން ދުވާއިރުވެސް މައުލޫމާތު ހާމަނުކުރަން. ކަލޭމެން ފެއިލްވެއްޖެ ކަމަށް ގަބުލުކުރަނީ ކޮންއިރަކު؟ ފިލިމީހުންވެސް ނުހޯދުނު. ކަލޭމެން އިސްތިއުފާދީފަ ގެއަށްދޭ!

 5. ޒިމްޒިމް

  އެމީހުންގެ ފަރާތުން ކިތައްމީހުންނަށް ތިބަލި ޖެހޭނެ.. ތިބަޔަކު ބާޒާރުމަތީ ރައްޔިތުންގެ ތެރޭގައިވެސް އުޅެދާނެ.. މީ ނުރައްކާތެރިކަން ބޮޑުކަމެއް.. ވަގުތުން ވަގުތަށް ޒާތީ މައުލޫމާތު ހާމަކޮށް އެބަޔަކު ހޯދަންޖެހޭނެ.. އެކަމް މަބްރޫކްމެންނަށް މީ އެއްވެސް ކަމަކަށްނުވޭ..

 6. ސީމާ

  ހުރިހާ ވެންޓިލޭޓަރތައް ބަލައިފިންތަ؟
  މީހުން ވަޅުލީރު ވަޅުލެވިފަ ނުވޭބާ. ވަރަށް ދެރަ. އެންމެ ފަހުން ފެނުނީ ކޮންތާކުންކަަން އެނގޭތަ؟ ދެން އެންމެ ރަނގަޅު. ހޯދި މީހަކަށް ކޯއްޗެއް ދޭނީ؟ މަ މިވަގުތު އެންމެ ބޭނުމީ ބަބުކެޔޮ ގަހެއް.

 7. ޢަބްދުއްލަޠީފު

  ތިފެންނަނީ ކަލޭމެންގެ ދޯދިޔާ ސިޔާސަތު. ގެއްލިއްޖެނު. ހޯދާނެ ކަމެއްނެތް. މައްސަލައެއް ނެތެއްނު؟ ބަލަ ތިޔަ މީހުން ހޯދުމަށްޓަކާ ފޮޓޯ ވަގުތުން ޢާންމު ކުރަން ޖެހޭނެ. އެއީ ފިލީމަ. ފިލުމަކީ ކުށެއް. ކޮންމެސް ބަންގާޅު ކޮއްޓެއްގަ ތިޔަ ދެމީހުން ފޮރުވާފަ ތިބޭނެ. ހޯދާފަ އެންމެނަށް ޓެރަރިޒަމްގެ ދައުވާ އުފުލަން ޖެހޭނީ.

 8. Anonymous

  ޓެސްޓް ކުރާ އެންމެން ފޮޓޯނަގަން ވީ.
  ފޮޓޯ ޢާއްމު ކުރީމަ ހޯދޭނީ

 9. އަލިބެއްޔާ

  އެމީހުން ދުނިޔޭގައި އެބަ ތިބި ތޯއެވެ.

 10. ނީމް

  ބަންގުލާދީޕް ގެ ސަރުކާރުތަކުން އެއްމެ އަޅާލާ އެއްމެ ލޯބިވާ ބަންގާޅިން ފިލި އަސް ނުހޯދާނެ! .. މި ބަންގުލާދީޕް އަކީ މީގެ ސާޅިސް އަހަރު ކުރިން ހުސް 'ދިވެހިން' މި ކިޔާ ބަޔަކު މަސައްކަތް ކޮށްގެން އުޅުނު ގައުމެކެވެ. ވެއިޓަރުން ނަށް ވެސް ތިބީ ދިވެހިންނެވެ. ބޯ ކޮށަން ވެސް ތިބީ ދިވެހިންނެވެ. 'ބޯކޮށާ އަހުނަދު ކިޔާ ވ މަސްހޫރު މީހަކު ވެސް ބާޒާރު މަތީ ސެލޫނެއް ހުޅުވާގެން އުޅުނެވެ. އެކަމަކު 1985 ކުން ފެށިގެން ބަންގާޅުން މީހުން ގެނެސް މިތަނުގަ ވަޒަންވެރި ކުރުވާ ދިވެހިން ބޭކާރު ކޮށްލީއެވެ! ބަންގާޅިން އަމިއްލަ އށް ވެސް އެމީހުންގެ މީހުން ގެނެސް ވ ފަސޭހަ ކޮށް އުޅެމުން އައީ ގާނޫނު މި މީހުންނަށް ނުހިގާތީ އެވެެ. މައަދު މި ގައުމަށް މި ކިޔަނީ ބަންގުލާދީޕް އެވެ. އެމީހުންގެ އާބާދީ ދިވެހިންނަށް ވުރެން ގިނައެވެ. ބަންގަކު ފިލި އަސް ނުހޯދާނެވެ. ދިވެއްސެއް ވިއޔާ ހިފާ ހައްޔަރު ކުރާނެއެވެ! ލޮލް ދެން

 11. ޙސަންނާ

  މިހާރު ކިތައްދުވަސް ދިބެއްސެނަމަ މިހާރު ހުނނާނެ ފޯރި ޓިވީއަށްއަރާ އެ ތިވަރުގޮވާނެ އަދިވެސް މައލޫމާ ތު ކުރާކަ ތް ނުވޭތ ތަ

 12. ާައަހުމަދު

  ވެންޓިލޭޓަރުތަށް ބަލައިފިބާ؟

 13. ޝްރޭ

  ފަރުވާ ނުލިބި އެހެން ފިލައިގެން އުޅެވޭތަ..ފަރުވާ ނުލިބިއްޖެ ނަމަ ފުރާނައަަށް ނުރައްކާވާއިރު ކިހިނެއްބާ އެވަނީ އަނެއްކާ