ކޮވިޑް-19 އިން އަރައިގަތުމަށް އިގްތިސާދީ ގޮތުން ރާއްޖެއަށް ވެދެވޭނެ އެހީތެރިކަމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގައުމީ ސަލާމަތާ ބެހޭ ކަންކަމުގެ އެސިސްޓަންޓް ރޮބާޓް ކޯބްރައިންއާ މަޝްވަރާކުރައްވައިފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެ އާއި އެމެރިކާ ގުޅިގެން ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
އަދި އެމެރިކާއިން ރާއްޖެއަށް ވަމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި ކަމަށް ވެސް އެމަނިކުފާނުގެ ޓުވީޓުގައި ވިދާޅުވިއެވެ.
Was a pleasure to speak to Ambassador @robertcobrien and discuss efforts to combat #Covid19 in both Maldives and the US. We thank the US for its support in this regard. Global solidarity and cooperation are paramount to overcome challenges brought about by the pandemic. https://t.co/vZs0Vf2Ocu
— Ibrahim Mohamed Solih (@ibusolih) May 18, 2020
އެމެރިކާގެ އެއްބާރުލުމާއެކު މި ހާލަތުން އަރައިގަތުމަށް ދެ ގައުމުގުޅިގެން މަސައްކަތްކޮށް، މި ބަލިމަޑުކަމުން އަރައިގަނެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ސާވިސްއިން ކުރެއްވި ޓުވީޓެއްގައި ވަނީ މި ހާލަތުން އަރައިގަނެ، އިގްތިސާދު އާރާސްތުކުރުމާ ގުޅޭ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މަޝްވަރާކުރައްވާފައި ވާކަމަށެވެ.
ރާއްޖޭގައި ކޮވިޑް-19 އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމަށް ދިވެހި ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން އެންމެ ބޮޑު އެއް ފިޔަވަޅަކީ އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލުމެވެ. ސަރުކާރުގެ އެ ނިންމުމާ ގުޅިގެން ފަތުރުވެރިން ރާއްޖެ އައުން އެއްކޮށް ވަނީ މަޑުޖެހިފައެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި އާމްދަނީ ލިބޭނެ ގިނަ ދޮރުތަކެއް ވަނީ ބަންދުވެފައެވެ.
ރާއްޖެ އަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ދިވެހި ސަރުކާރުން މީގެކުރިން ވަނީ އެހީތެރިކަމަށް އެދިފައެވެ. އޭގެތެރޭގައި ދެކުނު ކޮރެއާ އާއި ރަޝިއާ އާއި ތުރުކީ ފަދަ ގައުމުތައް ހިމެނެއެވެ.
ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް ރާއްޖެއިން އެހީ ފޯރުކޮށް ދިނީ ޗައިނާ އާއި އިންޑިއާގެ އިތުރުން ބަންގްލަދޭޝް އިންނެވެ. އަދި ބޭރުގެ ބޮޑެތި ބޭންކްތަކުން ރާއްޖެ އަށް މާލީ ގޮތުން އެހީތެރިވާން މިހާރު ވަނީ ނިންމައިފައެވެ.
ހޯދާ ހުރިހައިފައިސާއެއް ކިނބޫ ކާލާނެއެވެ.
ސައުދީ އަށް ޗައުނާ އަށް ޕާކިސްތާނައް މެލޭޝިޔާއަށް ގަތަރައް އެހީހޯދަން ނުގުޅަނީ ކީއްވެ. އެމެރިކާއިން ޑަބްލިޔު އެޗްއޯއަށްވެސް އެހީ އެއްދެނީކީ އެއްނޫން. ސައުތު ކޮރެޔާ ކަހަލަ މިކަމުގައި ކާމިޔާބު ހޯދާފައި ތިބި ގައުމުތަކުން އެހީއަށް އެދިބަލަ. އެމެރިކާ އިޓަލީ ސުޕޭން ބުރެޒިލް ޔޫކޭ ވަނީ މި ބަލީގެ ކަންކަމުގައި ފޭލިވެފަ ކަކޫބިމުގަ ޖެހިފަ.
އެމީހުން އެއްޗެއްދީފިތަ އިތުރުސެކިއުތިޓީ ބަޔަކު ރާއްޖޭގަބައިތިއްބަން ސަރުތުކުރާނެ މިހާރެވެސް ވީއައިއޭގަ އެހެރީ މީހަކުބަހައްޓާފަ
ތިބުނީ؟..އަނެއް ކާ ކިތައް މަނަވަރު، ކިތައް ސަބްމެރީން، ކިތައް ޖެޓްފައޓަރ ގަންނީ..