ފުލުހުންނާއި އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންޑަކްޓެޑް އިލެކްޓްރިކް ވެޕަން (ސީއީޑަބްލިއު) ނަމަކަށް ކިޔާ ހަތިޔާރެއް ބޭނުން ކުރަން ފަށަން ތައްޔާރު ވެއްޖެއެވެ.

މިއީ ފުލުހުންނަށް ނުކިޔަމަންތެރިވާ މީހުންނަށް ކަރަންޓް ޝޮކެއް ދިނުމަށް ބޭނުން ކުރާ ހަތިޔާރެކެވެ. މިހަތިޔާރުން މީހަކަށް ޝޮކެއް ދިނުމުން ކުޑަ ވަގުތު ކޮޅަކަށް މީހުންގެ ހަރަކާތް ހުއްޓެއެވެ. ނަމަވެސް އިތުރު އަނިޔާއެއް މި ހަތިޔާރުގެ ސަބަބުން ނުލިބޭނެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހަތިޔާރު ބޭނުން ކުރުމަށް މިހާރު ޓްރިއަލްއެއް ފަށާފައިވާ ކަމަށެވެ.

https://twitter.com/M_Hameedh/status/1262633809725407233

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މި ހަތިހާރު ވެސް ބޭނުން ކުރާނީ އެހެން ހަތިޔާރުތައް ވެސް ބޭނުން ކުރާ އުސޫލުން، ރަނގަޅަށް ބެލެހެއްޓޭނެ ނިޒާމެއްގެ ދަށުން ކަމަށެވެ. އަދި ފުލުހުން އެންމެ ފުރިހަމަ އަށް ޒިންމާދާރު ކުރުވުމުގެ ގޮތުން ފުލުހުންގެ ހަށިގަނޑުގައި ކެމެރާ ވެސް ހަރުކޮށްފައި ހުންނާނެ ކަމަށް ކޮމިޝަނަ ވިދާޅުވިއެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް މި ހަތިޔާރު ފުލުހުން ބޭނުން ކުރެއެވެ. ނަމަވެސް އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައި މި ހަތިޔާރު ބޭނުން ކުރެވެނީ ވަކި ޑިވިޝަނެއްގެ ފުލުހުންނަށް އެކަންޏެވެ. އެ ފުލުހުންނަކީ ވަކި ހާއްސަ ތަމްރީންތަކެއް ފުރިހަމަ ކޮށްފައި ތިބޭ ބަޔަކަށް ވުން ވެސް އޮސްޓްރޭލިއާގައި މަޖުބޫރެވެ. ކެނެޑާގައި ވެސް މި ހަތިޔާރު ފުލުހުންނަށް ބޭނުން ކުރެވެނީ ވަކި ހާއްސަ ހުއްދައެއް ނަގައިގެންނެވެ.

ރާއްޖޭގައި އާއްމުކޮށް ފުލުހުންނަށް ނުކިޔަމަންތެރިވާ މީހުން ހައްޔަރު ކުރަން ފުލުހުން ބޭނުން ކުރަނީ މުގުރެވެ. ފުލުހުން މުގުރު ބޭނުން ކުރުމުން ބައެއް ފަހަރު މީހުންނަށް ބޮޑެތި އަނިޔާތައް ވެސް ވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

  1. ލުޓޭރުންގެ ސަރުކާރު

    ދިހަވަރަކަށް މީހުން މަރުވީމަ ހުއްޓާލާނެ...މުޒާހަރާ ކޮއްފާނެތީ ބިރުގަންނަވާލަނީ..ތިޔަ ހަތިޔާރެ ބޭނުމެނުކުރާނެ ގޭންގްތަކަށް މަސްތުވާތެކެތި އޮޕަރޭޝަންތަކަށް..ތިއީ ސީދާ އިދިކޮޅުން މުޒާހަރާ ކޮއްފާނެތީ އިންޒާރުދެނީ...

    110
    16
  2. ކޮމެންޓު

    ސީޕީ ގަޔަށް ތި ޖަހާފަ ހައްުަރު ކުރޭ އަވަހަށް. ދެން މަޖިލީހުގެ ރައީސް އޭރުން ގައުމު އަމާންވީ

    100
    1
  3. މުހަންމަދު

    ޓޭސާރ ބޭނުން ކިރާ ހިސާބައް ރާއްޖެ އަދިއެއް ނުދޭ. އެއީ ހަ ތިޔާރު އުފުލުން ހުއްދަ ގައުމު ތަކުގަ ބޭނުން ކުރަން ރަނގަޅު އެއްޗެއް.

    76
    9
  4. މުހަންމަދު

    ތއިސްލާމް ދީން ހުއްދަ ކިރާ ހަ ތިތޔާރެއް ތޯ ބެލިން ތަ.؟

    74
    3
  5. ގަންޖާބޯ

    ކަލޯ ހަމީދު ހެޔޮ ނުވާނެ ތިކަހަލަ ހަތިޔާރު އަހަރެމެންނާ ދެކޮޅަށް ބޭނުން ކުރަން. ރާއްޖޭގެ ރައްޔިތުން ޓެކުހުގެ ގޮތުގަ ދައްކާ ފައިސާތައް ތިގޮތަށް ރައްޔިތުންނަށް އަނިޔާކުރަން އެއްޗިހި ގަންނަ އެއްޗަކަށް ނުހަދަން ގޮވާލަން. ކެނަޑާ އޮސްޓްރޭލިޔާ ފަދައިން އެއްޗިހި ރައްޔިތުންނަށް އަނިޔާ ކުރާ ހަތިޔާރު ހޯދަނި. އެކަމު ހަރާމޭ އެމީހުން ކުއްވެރިންގެ މައްޗަށް ތަހުގީގުކޮށް ހެކި ހޯދާގޮތަށް ހެކި ހޯދާކަށް ނޭނގެއެ މިމީހުންނަކަށް ކިތަންމެ މޮޅެތި ވަސީލަތްތައް ދިނަސް. އަދިވެސް މިއުޅެނީ އަފްރާޝިމާއި ރިލްވާނު މަރާލި މީހުންނަކީ ކޮބައިކަން ނޭނގި އެމީހުންނަށް އިންސާފު ނުލިބި. ސީޕީ ހަމީދުމެން ލަދުގަތިއްޔާ މާރަނގަޅެއްނު. ފުރަތަމަ އެއްވެސް ކަމެއް ނުކޮށް އެއޮށް އުޅޭ ވީޑިއޯތަކާ ފުޓޯތަކުތެ ކަންތައް ތަހުގީގުކޮށް ބަލައިބަލަ ތިމާމީހާ މިހާރު ސީޕީ ކަމަށް ޝަރުތު ހަމަވޭތޯ؟؟؟

    71
    4
    • ކުލް

      ހާދަ މޮޔައޭ. އަނިޔާއެއް ނުވާނެ އެޔަކުން.

      3
      1
  6. ހުސޭނުބޭ

    ތިއީ ޔާމީނުގެ ވެރިކަމުގައި ކުރަން ރޭވިކަމެއްނަމަ ރީނދޫހުން ޖެހިފައި ތިބި މީހުން ހަތަރެސްފާގައި ގިތިޔޮ އުނގުޅައިގެން ދުވާނެ!

    110
    6
  7. މަނިކ

    ސުބުހާނަﷲ އަނިޔާވެ ރި ވެ ރިއެއްގެ އައްދަަށުން މިގައުމު މިނޖުކުރައްވާށި...ަަަަަަameen

    98
    12
    • ހ

      އާމީން

      6
      1
    • އަހްމަދު

      آمين

      4
      1
    • ކޮއްކޮ

      آمين. އަނިޔާވެރިންގެ ކިބައިން އަޅަމެން ސަލާމަތް ކުރައްވާށި. آمين

  8. އަހްމަދު

    ކަރަންޓްސޮކެއްދެވޭނަމަ އޭގެންކޮންމެވެސްވަރެއްގެގެއްލުމެއް މީހާޔަށްފޯރުންއެކަށީގެންވޭ ކަރަންޓްސޮކުންގެއްލުންމެއްލިބޭތޯ ނުވަތަ ނޫންތޯ ބެލުންމުހިންމު ނުކިޔަމަންތެރިކަންދައްކާމިހުން ނުކިޔަމަންތެރިކަންދައްކަނީވެސް ކޮންމެވެސް ސަބަބެއްއޮތީމަކަމަށް ގަބޫލުކުރެވެނީ

    50
    7
  9. މާޑު

    ރާބޯ މީހުން ވެސް ތީގެން އޮބިކުރޭ

    77
    2
    • ފ

      ވަރަށް ބޮޑު ތެދެއް

  10. މާމީ

    ބަޚާވާތެެއް ކުރަން ކާރިވަނީ.

    55
    4
  11. ޢަނނި

    މަސްތުވާ ތަކެއްޗާއި އެކު ޕާޓީ ކުރާ މީހުން ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު ހައްޔަރު ކުރަން ވަރަށް ރަނގަޅުވާނެ

    80
    2
  12. ހަމީދު

    ފުރަތަމަ ހަައްޔަރަންވީ ލީކުވި ފޮޓޯ ތަކުގަ އުޅޭމީހުން. ހާދަ ބިރެއްގަނެގެން މިއުޅެނީ ވެރިކަން ވެއްޓި ދާނެތީ. އެހެންވަނީ ރައްޔިތުންނަށް ހިދުމަތްނުދެވޭތީ އޭ. އަދިވެސް ދަސް ނުވޭ ދޯ؟

    63
    1
  13. ޖޯން

    ރައްޔިތަކަށް އނިޔާއެއް ދޭފަދަކޮންމެކަމެއް ގައި ތިޔަ ދިވެހިފުލުހުން ތިބޭނެ އެންމެ އިސްސަފުގައި. ހެއްދެވިހާ ނުލަފާކަންތަކުގެ ތެރޭގައި އުޅޭ މީހުން އިސްވެރިންނަށް ލީމާ ވާނެގޮތް މިވަނީ.

    12
    3
  14. ދޮންކަލޯ

    ތިހަތިޔާރުން ކާޅު މަރުވާނެތަ؟

    9
    2
  15. އެންސީސި

    މިވެރިންނަށް ދޭންވީޔޯ ބަޑިޔާ ފިސްތޯލަވެސް އެކަމަކު އެއްވެސް ޑިސިޕްލިންއެއް ހުންނަވެސް ބަޔެއް ނޫން. ތިޓޭސަރ ނަގައިގެން މީހުންގެ ގަޔަށް ޖެހީމަ ވަރަށް ގިނައިން މަރުވެފަ އެބަހުރި. މަގޭ ގޭ މީހެއް އެގޮތަށް މަރުވެއްޖެނަމަ ކަރަންޓްގަ ޖައްސާނަން

    13
    3
  16. ދަންމަރު

    މެރިދެލޯދާއިރު ވެރިން އަނިޔާގެ ދަންމަރު ރޯކުރާ ވެރިކަމެއް މިކަލަދުށީމުތަ ރައްޔަތުން ހިތްދަކުރާ!

    11
    1
  17. Mmprc

    މިއީ ތޯ mmprc ގެ ތަހުގީގަށް އިތުރު ކުރި ވަސީލަތް ?

    13
    1
  18. އައްޑޫ ލެއި

    ކޮންމެ އެއްޗެއް ބޭނުން ކުރިޔަސް ކަލޭމެންނައް މުޅި މިޤައުމުގެ މަގުމަތީގަ ވާނުވާވެގެން ހޭބަލިވެގެން އުޅޭ މީހުން ހައްޔަރެއް ނުކުރެވޭނެ.

    14
  19. ހިޔަމި

    ނުކިޔަމަންތެރިވާނީ ބަލަގަ ޤޭންގު މީހުން ނޭ ދެން ކޮބާ މައްސަލައަކީ

    13
    1
  20. ޙHd

    ތިޔަ ބެނުން ކު ރަން ހެޔޮނުވަނެ ޖިސްމަނި ގޮތުން ވެސް އަނިޔަ ވަނެ ތިޔަ ގެ ގަން އެމެ ރިކަ ގަ ބެނުން ކު ރެ މުސްލިމް އެހެން ގައުމެއްގައި ބެނުންކު ރަތަނެއް ނުފެނެ

    9
    2
  21. Anonymous

    މިހާރު ވެރިކަމުގައި ތިބި މީހުން އިނދިކޮޅުގައި ތިބި އިރު މިހުރިހާ ކަމަކީވެސް ލާއިންސާނީ އަނިޔާކަމަށްބުނެ ދުނިޔޭގެ ހުރިހާ ފަރަންޖީ ގައުމުތަކުގައި އާދޭސްކޮށްގެން މިކަންކަން ހުއްޓުވި. ނަމަވެސް މިހާރު ވެރިކަމަށް އައީމަ މިކަންވެސް އޯކޭ ވެއްޖެ. މާދަމާ ފުލުހުން ލައިވް ވަޒަން ވެސް ޖަހަން ހުއްދަދޭނެ. ކުރިންވެސް މިބައިމީހުންގެ ވެރިކަމުގައި 7 ފެބްރުވަރީގައި ސިފައިންގެ ކައިރީގައި ފުލުހުންނާއި އާންމުގެ ގަޔަށް ބަޑިޖަހަން ބުނި ބައެއް އެމްޑީޕީ މީހުންނަކީ. އެކަމަކު އޯގާތެރި ކަމޯ. ނަމުން އޯގާތެރި ކަމުން ހަރުކަށި ނުބައި ނުލަފާ.

    11
    1
  22. އަހުމަދު

    މިއަށް އެއްވެސް ވަރަކަށް ތާއީދެއް ނުކުރަން.

    11
    5
  23. މުހަންމަދު

    ޓޭސާރ އަކީ މާސް އެއްވުންތަކުގަ ބޭނުން ކުރަން ހަދާފަ ހުންނައެއްޗެއް ނޫންހެން ހީވަނީ. އެއީ ލީތަލް ވެޕަން ހިފައިގެން ހުންނަ ކުރިމިނަލުން ސުޕޮޓުގަ އެރެސްޓު ކުރަން ބޭނުން ކުރެވޭ އެއްޗެއް ނޫންތޯ. ވީމާ ރާއްޖޭގެ ތީތި ބޭނުން ކުރަންޖެހޭތޯ. ފުލުންއެންޓި ސުޓެބް ވެސްޓު އަޅުވާފައި ރަނގަޅައް ތަމްރީނު ކުރީމަ ނިމުނީ ނޫންތޯ. އަދި ކޮބާތޯ މި ހަތިޔާރުގެ ދީނީ ލަފާ.. މިއީ ކަރަންޓު ޖައްސާ އެއްޗެއް. ކަރަންޓުން އަނިޔާ ކުރުމަކީ ދީން ހުއްދަ ކުރާކަމެއްތޯ..؟

    9
    3
  24. އަލިބެ

    ހަޤީޤަތުގަ ދިވެހި ކޮންމެ ފުލުހަކީ ބަޑިޖަހަން ޖެހިއްޖެ ހާލަތެއްގަ އެކަންވެސް ކުރެވެން ޖެހޭނެ ބަޔަކައް ވާންޖެހޭ.. ވަކިން ޚާއްސަކޮށް ފުލުހުންގެ ޚާއްސަ ޔުނިޓް އަތުގަ އަބަދުވެސް ބޭނުން ކުރެވޭ ހާލަތުގަ ލީތަލް ވެޕަން ހުންނަންޖެހޭނެ ކަމީ ޝައްކެއް އޮތްކަމެއްނޫން. މިޤައުމުގަ މިހާރު މިއޮތީ ފުލުހުންގެ ފައުޖުތަކުން ލީތަލް ހަތިޔާރު ކެރީކޮށްގެން އުޅެންޖެހޭ ހާލަތުގަ. ދުނިޔޭގަ ކުރިއަރާފައިވާ ޤައުމުތަކުގަވެސް އަދި އަވައްޓެރި ޤައުމު ތަކުގަވެސް އެންމެ އާދައިގެ ކުއްތައް ހުއްޓުވަން ވެސް ލީތަލް ހަތިޔާރުގެ ބޭނުން އެބަކުރޭ ހާލަތާ ގުޅިގެން. ކިހިނެތްތޯ މިރާއްޖޭގަ މީހަކު ގަޔައް ވަޅިޖަހާ މަރާލާއިރު ފުލުހުންނަށް އެމަންޒަރު ފެނުނަސް އެކަން ހުއްޓުވާނީ ލީތަލް ހަތިޔާރަކާ ނުލާ.. ހުއްޓުވަން އުޅުނަސް އެއީ އެފުލުހެއް ފުރާނަ ނުރައްކަލައް ހުށައެޅިގެންދާނެ ކަމެއް. ތަނެއްގަ ބަޑިން ހަމަލަދެނީ އެފަދަ ހާލަތެއްގަ އެންމެ ފުރަތަމަ އެތަނަކަށް ދެވޭނީވެސް ޕެޓްރޯލްމަނުންނަށް ނުވަތަ ފުލުހުންގެ ކޮންމެވެސް އެހެން ފައުޖަކައް.. އެހެންވީމަ އެފަދަ ހާލަތުގަ ފުލުހުން އަތުގަ ލީތަލް ހަތިޔާރު ނެތްނަމަ ކޮންކަމެއްތޯ ކުރެވޭނީ.. ކިތައް ފުރާނަތޯ މަދު ސިކުންތުކޮޅެއް ތެރޭގަ ގެއްލިގެންދާނީ. މިޒަމާނުގަ ވަރަށް ނާދިރުކަމެއް ބޭރުން ބަޔަކު އަރާ ޤައުމު ހިފަން ހަނގުރާމަ ކުރުމަކީ. އެހެންނަމަވެސް އެފަދަ ހާލަތެއްގަވެސް ގައުމުގެ ދިފާއުގަ އަސްކަރިއްޔާ އައް އެހީތެރިވާން އޮންނާނީ އެޤައުމެއްގެ ފުލުހުން. އެހާލަތުގަވެސް ފުލުހުންނަަށް ހަތިޔާރު ބޭނުން ނުކުރެވޭނަމަ ކިހާބޮޑު ގެއްލުމެއްތޯ އެލިބިގެން ދަނީ.. ކުރާ ކޮންމެ ކަމެއްވެސް އެކައުންޓްބަލް ކުރެވޭނެ ގޮތައް ނިޒާމްތައް އޮތީމަ އެނިމުނީ..

    6
    7
    • Anonymous

      ކަލޯ މީ އެމެރިކާތަ

  25. ޖަލާބި

    ހާޓު މައްސަލަ ހުންނަ އެންމެ މީހަކަށް ޓޭޒަރުން އެއްފަހަރު ހަމަ ދެވޭނީ. އޭނަ ވެއްޓޭނީ އެޓެކު ޖެހިގެން މަރުވެގެން. އެވަރު ނޭނގެނީތަ؟

    12
    5
    • ކަސް

      ހާޓު މައްސަލަ ހުންނަ މީހުން އެހެން މީހުންނަށް ހާޓުވާހެން ވައްކަންކޮށް ފޭރި މާރާމާރީ ހިންގާ އަމުރަށް ނުކިޔަމަންތެރިވެ ނޫޅޭނެ.

      4
      1
  26. ބެެއްޔާ

    ހަޤީޤަތުގަ ދިވެހި ކޮންމެ ފުލުހަކީ ބަޑިޖަހަން ޖެހިއްޖެ ހާލަތެއްގަ އެކަންވެސް ކުރެވެން ޖެހޭނެ ބަޔަކައް ވާންޖެހޭ.. ވަކިން ޚާއްސަކޮށް ފުލުހުންގެ ޚާއްސަ ޔުނިޓް އަތުގަ އަބަދުވެސް ބޭނުން ކުރެވޭ ހާލަތުގަ ލީތަލް ވެޕަން ހުންނަންޖެހޭނެ ކަމީ ޝައްކެއް އޮތްކަމެއްނޫން. މިޤައުމުގަ މިހާރު މިއޮތީ ފުލުހުންގެ ފައުޖުތަކުން ލީތަލް ހަތިޔާރު ކެރީކޮށްގެން އުޅެންޖެހޭ ހާލަތުގަ. ދުނިޔޭގަ ކުރިއަރާފައިވާ ޤައުމުތަކުގަވެސް އަދި އަވައްޓެރި ޤައުމު ތަކުގަވެސް އެންމެ އާދައިގެ ކުއްތައް ހުއްޓުވަން ވެސް ލީތަލް ހަތިޔާރުގެ ބޭނުން އެބަކުރޭ ހާލަތާ ގުޅިގެން. ކިހިނެތްތޯ މިރާއްޖޭގަ މީހަކު ގަޔައް ވަޅިޖަހާ މަރާލާއިރު ފުލުހުންނަށް އެމަންޒަރު ފެނުނަސް އެކަން ހުއްޓުވާނީ ލީތަލް ހަތިޔާރަކާ ނުލާ.. ހުއްޓުވަން އުޅުނަސް އެއީ އެފުލުހެއް ފުރާނަ ނުރައްކަލައް ހުށައެޅިގެންދާނެ ކަމެއް. ތަނެއްގަ ބަޑިން ހަމަލަދެނީ އެފަދަ ހާލަތެއްގަ އެންމެ ފުރަތަމަ އެތަނަކަށް ދެވޭނީވެސް ޕެޓްރޯލްމަނުންނަށް ނުވަތަ ފުލުހުންގެ ކޮންމެވެސް އެހެން ފައުޖަކައް.. އެހެންވީމަ އެފަދަ ހާލަތުގަ ފުލުހުން އަތުގަ ލީތަލް ހަތިޔާރު ނެތްނަމަ ކޮންކަމެއްތޯ ކުރެވޭނީ.. ކިތައް ފުރާނަތޯ މަދު ސިކުންތުކޮޅެއް ތެރޭގަ ގެއްލިގެންދާނީ. މިޒަމާނުގަ ވަރަށް ނާދިރުކަމެއް ބޭރުން ބަޔަކު އަރާ ޤައުމު ހިފަން ހަނގުރާމަ ކުރުމަކީ. އެހެންނަމަވެސް އެފަދަ ހާލަތެއްގަވެސް ގައުމުގެ ދިފާއުގަ އަސްކަރިއްޔާ އައް އެހީތެރިވާން އޮންނާނީ އެޤައުމެއްގެ ފުލުހުން. އެހާލަތުގަވެސް ފުލުހުންނަަށް ހަތިޔާރު ބޭނުން ނުކުރެވޭނަމަ ކިހާބޮޑު ގެއްލުމެއްތޯ އެލިބިގެން ދަނީ.. ކުރާ ކޮންމެ ކަމެއްވެސް އެކައުންޓްބަލް ކުރެވޭނެ ގޮތައް ނިޒާމްތައް އޮތީމަ އެނިމުނީ..

    4
    4
  27. ޖައްލާދު

    ﷲ އަކްބަރު. މިއަނިޔާވެރި ވެރިކަމުން މިޤައުމު ސަލާމަށް ކުރައްވާށި! އާމީން

    14
  28. މާޑު

    ރައްޔިތުންނަށް އަނިޔާ ކުރާ ބައިގަޑެއް. ރައްޔިތުންގެ ފައިސާއިން ދައުލަތުން ބޮޑު ހަރަދެއްކޮށްގެން ގެންގުޅެނީ ހިތަމަޔަކީ ދުވަހަކުވެސް ބޮޑެތި ޖަރީމާ ތައް ހުއްޓުވި އިންސާފު ހޯދައި ދިނުމާއި ހަމަޔަށް ނުދެވޭ ކަން އޭގެ ކުޑަ މިސާލެއް 7 ފެބުރުއަރީ، ޔުނިވާސަލްގެ ބޮޑު ވައްކަން، ރިޞުވާން އަށް ވީ ނުވީ އެއް ނޭގުން، ޔާމިން ރަޝީދު ކޭސް، އެންމެ ކުޑަ މިނޫން އިހަކަށް ދުވަހު އެޕޯލޯ ތިޖޫރީ ފަޅާއި އެކަމަކު އަދިވެސް އެއީ ކޮން ބަޔަކު ކަމެއް ދޭނޭ ނުގަނެވުނު. މީ ޙަޤީޤަތަކީ. މުދަލެއް ގައި އަލިފާން ރޯ ވެއްޖިއްޔާ އެ ރޯވި އަލިފާން އޭގެ އަމިއްލަ ޒާތުގައި އަދައި އަލިޔަށް ވެގެން ނިވެނީ... ދެން ބުނާނެ ކޮންޓްރޯލް ކޮށްފީމޯ. އެހެން ބުނާއިރު އިތުރަށް އަނދާނެ އެއްޗެއް ނެތިގެން ނިވެނީ. ރެސްޕޯޑް ލަހީ. ޕޮލަޓިކްސް މާ ބޮޑީ އެތަނުގައި.

    7
    3
    • ޖައްލެ

      ފުލުހުން ސިފައިން އަލިފާން ނިވާމީހުން މިއީ ވަކި ބައިތަކެއްކަމެއް ނޭނގޭ ތަ؟ ކޮމެންޓްކުރެވޭތޯ ބަލާ

  29. ދިވެއްސެއް

    ކަލޯ ނުކިޔަމަންތެރި ވަނީ ސަބަބެއް ނުއޮވެ އެއް ނޫން . ކުށެއްކޮއްފަވެސް ގެންނަމީހާބޭނުންވަނީ ގޮޅީގައޮވެގެންވެސް 3 އިރު ބިޓާއަނގަތަޅަން.ފުލުސް މީހާ އެބުނާގޮތަކަށް ކަންތައްނުކޮއްފިނަމަ،އެގޯސްވީ. ޢެޔައްފަހު އަމާބަފާ ގެޅޭނެ. މީހާލަތު،މީހަކުމަރާފަ ގެންނަ މީހާވެސް ޖެހޭއިއްޒަތުގަ އުޅެން.އަދިވެސް ތިކަހަލަ ހަތިޔާރުތައްބޭނުންކުރަން ވީ

    5
    4
  30. Anonymous

    ރައްޔިތުންނަށް އަނިޔާ ކުރާ ބައިގަޑެއް. ރައްޔިތުންގެ ފައިސާއިން ދައުލަތުން ބޮޑު ހަރަދެއްކޮށްގެން ގެންގުޅެނީ ހިތަމަޔަކީ ދުވަހަކުވެސް ބޮޑެތި ޖަރީމާ ތައް ހުއްޓުވި އިންސާފު ހޯދައި ދިނުމާއި ހަމަޔަށް ނުދެވޭ ކަން އޭގެ ކުޑަ މިސާލެއް 7 ފެބުރުއަރީ، ޔުނިވާސަލްގެ ބޮޑު ވައްކަން، ރިޞުވާން އަށް ވީ ނުވީ އެއް ނޭގުން، ޔާމިން ރަޝީދު ކޭސް، އެންމެ ކުޑަ މިނޫން އިހަކަށް ދުވަހު އެޕޯލޯ ތިޖޫރީ ފަޅާއި އެކަމަކު އަދިވެސް އެއީ ކޮން ބަޔަކު ކަމެއް ދޭނޭ ނުގަނެވުނު. މީ ޙަޤީޤަތަކީ. މުދަލެއް ގައި އަލިފާން ރޯ ވެއްޖިއްޔާ އެ ރޯވި އަލިފާން އޭގެ އަމިއްލަ ޒާތުގައި އަދައި އަލިޔަށް ވެގެން ނިވެނީ... ދެން ބުނާނެ ކޮންޓްރޯލް ކޮށްފީމޯ. އެހެން ބުނާއިރު އިތުރަށް އަނދާނެ އެއްޗެއް ނެތިގެން ނިވެނީ. ރެސްޕޯޑް ލަހީ. ޕޮލަޓިކްސް މާ ބޮޑީ އެތަނުގައި. އެތަނުގެ ބޮޑު ހަމީދު އެއޮތީ ރަބޮއިގެން ނަސިގޭގައި ނަޝަން. އޭނާ ގައިގާ ތި ޖައްސަބަލަ

    6
    3
  31. އަަނިޔާވެރިކަން

    މާތްކަލާކޯ އަނިޔާވެރިކަން އިސްނުކުރައްވާ. ތިޔަ ހަތިޔާރުން އިންސާނަކަށް ހަމަލާ ދެވޭއިރު ކާރީގައި އެމްބުލާންސްއެއް ހިތުގެ ޑޮކްޓަރަކާއިއެކު އޮންނަން ޖެހޭކަމަށް ތިކަމުގެ މާހިރުން ވިދާޅުވެފައިވޭ. އެއީ ހަމަލާ ދެވޭމީހާގެ ސިއްހީހާލަތާއި އެމީހަކު ބޭނުންކުރާ ބޭހެއްގެ ސަބަބުން ހަލާދެވޭވަގުތު ހިތް ހުއްޓުމަކީ ވަރަށް ގާތްކަމަކަށް ވާތީ. ސިފައިންނަށް ތިޔަ ހަތިޔާރުން ހަމަލާ ދޭއިރު ހަަަމަލާ އަމާޒުވާ ފަރާތަކީ ފުރިހަމަ ސިއްހަތެއްގައި ހުރިމީހަކުކަން އެނގޭނެގޮތަކީ ކޮބާތޯ. ތިޔަ ހަތިޔާރަށްވުރެން އުނަގަނޑުން ތިރިއަށް ބަޑިޖެހުންވެސް މާރައްކާތެރިކަން ބޮޑު.

  32. ހުއްޓުވާ

    އޯގާތެރިސަރުކާރުން ރައްޔަތުން ކަރަންޓުގަ ޖައްސައިގެން މަރަން ނިންމަނީ ރައްޔަތުން ކޮންކުށެއް ކޮށްގެންތޯ؟؟؟؟؟؟؟؟؟

    12
    2
  33. ކިނބޫ

    މި ރަމަޟާން މަހު 27 ވިލޭރޭ އާ ދިމާކޮށް މި ބުރާޗަށް މިކަހަލަ ޓްވީޓެއް ދޯ ކުރަން އެނގުނީ.

  34. ޙަގީގަތް

    ކޮންމެ މީހެއް ގަޔަށް ނުޖަހާތި ތިހެން އުޅެން އުޅެނިކޮން ބޮނޑިޔެއް ލިބިދާނެ ފުލުހުންނަށް ވުރެން ބާރުގަދަ މީހުން ތިބިކަން ހަނދާން ބަހައްޓާތި ބިރުކުޑަ މީހުންވެސް ތިބިކަން ހަނދާން ނަށްތާނުލާތި

  35. އަހްމަދު

    އަޅެ ހާދަ ރަނގަޅޭ. ވިހަލާފަ ޗޮކުލެޓު ވެސް ކާންދީ ބަސްނާހަނިއްޔޭ ކިޔާފަ. ކުޑަކުޑަ ކޮށް މަރުވާނީ އޭރުން ދޯ.
    ކުށެއް ނުކުރާ މީހުންނަށް ތި ޓޭޒަރު އެންމެ ގިނައިން ބޭނުންކުރާނީ. ބަލަން ތިބޭތި. ޒޯނުން ބޭރުގަ ޕާކު ކުރާމީހާ އަށް ވެސް ތީގެން އަނިޔާ ކުރާނެ ކަލޭމެން.
    ބޮޑެތި މުޖުރިމުންނަށް އަރާމު ކޮޓަރިކޮޅުތަކުގަ ސަރުކާރު ޚަރަދުގަ ކާންދީފަ ސީނު ކުކުޅެއް ހެން ފަލަ އަރުވާލާފަ ބައިތިއްބާ

  36. މޯޑު

    މި ޓޭޒަރ އަކީ ފެންނަ ކޮންމެ މީހެއް ގަޔަށް ޖަހާ އެއްޗެއް ނޫނޭ. އެ މީހެއްގެ ސަބަބުން މުޖުތަމައަށް ނޫނީ އެ ފުލުސްމީހާ ނުރައްކަލަށް ހުށަހެޅިއްޖެ ނަމަ ބޭނުން ކުރާ އެއްޗެއް. ހައްޔަރު ކުރަން އައިމަ ދެކޮޅުހަދާ ހަމަލާދޭން އުޅޭ މީހުން ނުވަތަ ވަޅިފަދަ ހަތިޔާރު ހިފައިގެން ހުރެ ފުލުހުންގެ އަމުރާ ހިލާފުވާ މީހުން ގަޔަށް އެ ޖަހާނީ.