ކޮވިޑް-19އިން އިން ފުލުުހުން ރައްކާތެރިވާން ބޭނުންވާ މިންވަރަށް ސަލާމަތީ އާލަތްތައް ނެތްކަމަށް މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއިން ހާމަކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ޤައުމީ ސަލާމަތަށް އިތުރު ނުރައްކަލެއް އޮތްތޯ ބެލުމަށާއި ޓޫރިޒަމް ސިނާއަތަށް ކޮށްފާނެ އަސަރު ދެނެގަތުމަށް ސަލާމަތީ ޚިދުމަތްތަބާހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ދެއްވަމުން އެ ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ ފުލުހުންގެ ޚިދުމަތްތަކާއި މެދު ފާހަގަކުރެވުނު ކަންކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ކޮމިޓީން ބެލި ބެލުމުން ކޮވިޑް-19 އިން ފުލުހުން ރައްކާތެރިވުމަށް ބޭނުންކުރާނެ އެކަށީގެންވާ ޢަދަދަށް "ޕްރޮޓެކްޓިވް އިކުއިޕްމަންޓް" އާއި ބޭނުންވާ ބައެއް ޢާލާތްތައް އެ ސަރވިސްގައި ނެތްކަން ފާހަގަކުރެވޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން ޤައުމީ ލެވެލްގައި ހިންގަމުންދާ އޮޕަރޭޝަންގެ ތެރޭގައި ފުލުހުންގެ ގިނަ ބަޔަކު ޝާމިލްވަމުން އަންނާތީ، ކުށްކުރާ ފަރާތްތަކުން މި ޙާލަތުގައި ބޮޑެތި ކުށްތައް ހިންގުމަށް ރާވާ މަސައްކަތް ކުރުމަކީ މިފަދަ ކުށްތަކަކުން ޤައުމު ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެން ހިނގައިދާނެ ކަމެއްގެ ގޮތުގައި މޯލްޑިވް ޕޮލިސް ސަރވިސްއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

"ކޮވިޑް-19 ރޯގާ ގާއަށް ޙާއްޞަކޮށްފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބައެއް ޓީމްތައް އެހެން މުވައްޒަފުންނާއެކު އެއް ބެރެކްސްގައި ދިރިއުޅެން ޖެހިފައިވާކަން. ސަލާމަތީ ޚިދުމަތްތަކުން ފޯރުކޮށްދޭންޖެހޭ އެކިއެކި ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެކަށީގެންވާ ވަރަށް އެއްގަމު އުޅަނދާއި ކަނޑުގެ އުޅަނދު މޯލްޑިވްސް ޕޮލިސް ސަރވިސްގައި ނެތްކަން" އަސްލަމް ވިދާޅުވިއެވެ.

އަދި މިދަނޑިވަޅުގައި ފުލުހުންގެ ފޯކަސް ކޮވިޑް-19އަށް ހުރުމާއި އެކު އެކި ކުށްތައް ކުރުމަށް މަސައްކަތް ކުރާކަން އެ ކޮމިޓީއިން ފާހަގަކުރައްވައެވެ.

މިގޮތުން، ބައެއް ފަރާތްތަކުން ކަނޑުމަގުންނާއި ފުރުޞަތު ލިބޭ އެހެނިހެން ގޮތްތައް ބަލައިގެން ރާއްޖެއަށް ގިނަ ޢަދަދުތަކުން މަސްތުވާތަކެތި އެތެރެ ކުރުމަށް މަސައްކަތް ކުރާކަމަށާއި ޖަލުން ފިލުމަށާއި ޖަލުގައި ތިބެގެން ކުރާ ކުށްތައް ކުރުމަށް މަސައްކަތް ކުރާކަމަށް ފާހަގަކުރެވޭކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ނުރައްކާތެރިކަން ފެތުރިފައިވާ މިދަނޑިވަޅުގައި މާލޭގައި، ވަންނާނެ ގެދޮރު ނެތި ގިނަ ބަޔަކު އުޅޭއިރު، މަގުމަތީގައި އުޅުން މަނާ ގަޑިތަކުގައި ވަންނާނެ ނުވަތަ ވައްދާނެ ތަނެއް ނެތި ގިނަ ބަޔަކު މަގުމަތީގައި އުޅޭ ކަމަށާއި، އެގޮތުން، ބައެއް މީހުން ސަލާމް ޖެހުމުގައި މަގުމަތީގައި އުޅޭއިރު އޭގެތެރޭގައި ގަވާއިދާއި ޚިލާފަށްއުޅޭ ބިދޭސީންވެސް ހިމެނޭ ކަން އެ ރިޕޯޓްގައި ފާހަގަކުރައްވާފައިވެއެވެ.

އަދި ރާއްޖޭގައި ގަވާއިދާ ޚިލާފަށް ގިނަ ޢަދަދަކަށް ބިދޭސީން އުޅޭއިރު މީގެތެރެއިން، ބައެއް މީހުން އެކަށީގެން ނުވާވަރުގެ ކުދިޖާގައާއި ކޮޓަރިތަކުގައި އުޅޭކަމަށާއި، މިތަންތަނުގައި ދިރިއުޅުމުގެ އަސާސީ ކަންކަން ފުރިހަމަކުރާނެ ޖާގަވެސް ނެތްކަމަށް އެ ރިޕޯޓްފައިވެއެވެ.

ބޮޑެތި މައްސަލަތަކާ ގުޅޭ މަސައްކަތްތައް މިހާރުވެސް ކުރިއެކޭ އެއްގޮތަށް ހިނގަމުންދާކަމަށާއި، މިގޮތުން، މަސްތުވާތަކެތި ދިވެހިރާއްޖޭއަށް ޓްރެފިކްކުރުން ހުއްޓުވަން ހިންގާ އޮޕަރޭޝަންތައް ކުރިއެކޭވެސް އެއްގޮތަށް މިހާރުވެސް ހިންގަމުންދާކަމަށް އެ ރިޕޯޓްގައި ވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހުސޭނުބޭ

  ގައިމު އެންމެ ނުރައްކާތެރި ހާލާތްތަކަށްވެސް ތައްޔާރޯ! މިވަރުވާއިރުވެސް ސްޕަމެޖޯރިޓީ ތި އޮންނަނީ ނިދާފައެއްނު!

  10
 2. ކާފަބޭ2020

  އެކިފާޑުފާޑުގެނަންކިޔާފަ ކީއްކުރަންތިބިހާ މިނިސްޓަރުންނެއްތޯ؟ ހުރިހާކަމެއްވެސްމަޖިލީހުންބަލާހިންގާގޮތަށް ހަދަންވީނޫންތޯ؟

 3. ކާކުބާ

  ކާކުބާ ހުރިހާ ކަމެއް ފުދިގެން ވަޒީފާއަދާކުރަނީ އޭތިނެތީމަ މީތި ހަންމަތަ ނުކުރެވޭ ކިޔާފަ ދެއަތް އުރާލައިގެން މޮޅުކޮއްތު ކާލައިގެން ކަރަންޓީނުވެގެން ތިބެނީ. ދެން ޖަޒުބާތުގަ ވެރިކަން ވައްޓާން ނިކުންނަނީ. އެލެކުސް މިބައިގަނޑުގެ ކަންކަން ހައްލުވާނީ ފުލުހުން އުވާލުމުން ސިފައިން އެކަނި ތިބޭންވީ

 4. ޢާދަނު

  އާދޭސްކޮށްފަ ބުނަން އެއްރަށުން އަނެއްރަށަށް ދާ ފުލުހުން އެންމެންގެ ސަލށމަތަށް ޓަކައި ސާދަ ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަކޮށްފަ ރަށުތެރެއަށް ނުކުންނަ ގޮތަށް ހަމަޖައްސަބަލަ. ފުލުހުންގެ ފަރާތުންވެސް ބަލި ފެތުރިދާނެ.