އައްޑޫއިން ކަރަންޓް ކެނޑިއްޖެއެވެ.

އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިގް "ވަގުތަށް" ވިދާޅުވީ، ކަރަންޓް ކަނޑައިގެން ގޮސްފައި ވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން ކަމަށެވެ. އަދި ވަރަށް އަވަހަށް ކަރަންޓްގެ ޚިދުމަތް އަލުން ދޭން ފަށާނެ ކަމަށެވެ.

އައްޑޫގެ ކަރަންޓްގެ މައްސަލަ މި ރޯދަ މަހުގެ ތެރޭގައި ވެސް ދިމާވެފައިވާ ކަމަށާއި މިއަދު ކަރަންޓް ކަނޑައިގެން ދިޔައީވެސް އެގޮތުން ދިމާވި މައްސަތައް ހައްލު ކުރަން މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މި ދުވަސްވަރަކީ މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހެމުންދާ ދުވަސްކޮޅަކަށް ވެފައި އައްޑޫ އަކީ އެ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާ އެއްތަނަށް ވީނަމަވެސް ކަރަންޓް ކަނޑައިގެން ދިއުމާއި ވިއްސާރަ އާއި ގުޅުމެއް ނެތް ކަން ސޯބެ ފާހަގަކުރެއްވިއެވެ.

" ވާރޭ ވެހުމުން ސޯލާ ޕެނަލްއިން އުފައްދާ ކަރަންޓް ނުއުފެދުމުން އިންޖީނަށް ބާރުބޮޑު ވާނެ. އެކަމަކު ކަރަންޓް ކެނޑުމަކާއި އެކަމާއި އެއްވެސް ގުޅުމެއް ނެތް. ކަރަންޓްގެ މައްސަލަ ރޯދަ މަހު ދެ ފަހަރަކަށް ދިމާވެ މައްސަލަ ހައްލުކުރަން ޓެކްނީޝަނެއް ވެސް އައިސްފައި ވަނީ. އެ މަސައްކަތް ކުރުމުގެ ތެރޭގައި ކަރަންޓް ކެނޑުނީ. ދެން އެއްކޮށް ޝަޓް ޑައުން ވެއްޖެއްޔާ، އިރުކޮޅެއް ނަގާ. ގަޑިއެއްހާރު ނަގާފާނެ. މައްސަލަ ހައްލު ކުރަމުންދަނީ،" ސޯބެ ވިދާޅުވިއެވެ.

އައްޑޫގައި ކަރަންޓްގެ މައްސަލަ ދިމާވެފައި ވާއިރު، އެ ސިޓީއަށް މިހާރު ރާއްޖެ އަށް ކުރާ ވިއްސާރައިގެ ސަބަބުން އެތައް ގެއްލުމެއް ލިބުނެވެ.

އެގޮތުން އައްޑު އަށް މިދިޔަ ބުދަ ދުވަހުގެރޭ ފަތިހުން ފެށިގެން ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެ ސިޓީގެ އެތައް ސަތޭކަ ގެއަކަށް ވަނީ ގެއްލުން ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޏިހާ

    މިވެސް ހައްލު ނުކުރެވުނު ކަމެއް އަދިވެސް އައްޑޫ ސިޓީ އޭކިޔާ

  2. Anonymous

    ދެން އަތްޖަހާ

  3. ދުންތަރި

    އަވަހަށް ސްޓެލްކޯގަ ހުރި ޖަނަރޭޓަރުތައް އައްޑުއަށް ފޮނުވަންވީ