ކޮވިޑް-19 އާ ގުޅިގެން އާ އާއްމު ހާލަތުގައި އަންނަ މަހު ހުއްދަ ދެވޭ ރިސޯޓްތަކެއް ހުޅުވާލަން "ސޭފް ޓުއަރިޒަމް ގައިޑް ލައިން"ޑްރާފްޓުގައި ހިމަނައިފިއެވެ.

އެ ގައިޑްލައިންގައި ބުނެފައި ވަނީ އަންނަ މަހު ހުޅުވާލާނީ ޕްރައިވެޓް ޖެޓްތަކަށާއި، ޗާޓަރު ފްލައިޓްތަކުގެ އިތުރުން، ސުޕާރ ޔޮޓްތަކަށެވެ.

އަދި މި އަހަރުގެ އޮގަސްޓް މަސް ތެރޭގައި ގެސްޓް ހައުސްތައް ހުޅުވާނެ ކަމަށް އެ ގައިޑް ލައިގައި ބުނެފައި ވެއެވެ. އަދި ކޮމާޝިއަލް ފްލައިޓްތަކަށް ރާއްޖެ ހުޅުވާލާނީ ޖުލައި އެކެއްގައި ކަަމަށް އެ ގައިޑްލައިންގައި ބުނެފައި ވެއެވެ.

އަންނަ މަހު 1 ގައި ޕްރައިވެޓް ޖެޓްތަކަށާއި، ޗާޓަރު ފްލައިޓްތަކުގެ އިތުރުން ސުޕަރ ޔޮޓް ތަކަށް ރިސޯޓުތަކެއް ހުޅުވާއިރު، ކޮންމެ ޕްރައިވެޓް ޖެޓް އަކާއި ޗާޓަރު ފްލައިޓަކުން 50,000 ޑޮލަރު ނަގަން "ސޭފް ޓުއަރިޒަމް ގައިޑް ލައިން"ގެ ޑްރާފްޓްގައި ވަނީ ހިމަނާފައެވެ.

މި ފީ އަކީ އެ ފްލައިޓްތަކެގެ ލޭންޑިން ފީ ކަމުގައި ގައިޑް ލައިންގައި ވަނީ ބުނެފައެވެ.

މީގެ އިތުރަށް ސުޕާ ޔޮޓުތަކުން ރާއްޖެ އެތެރެވުމަށް 10,000 ޑޮލަރު ދައްކަން ޖެހޭއިރު، ކްރޫޒް ޝިޕްތަކުން އާ އާއްމު ހާލަތުގައިވެސް ރާއްޖެ އައުން މަނާ ވާނެއެވެ.

އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ގެސްޓް ހައުސްތައް ހުޅުވޭނެ ކަމަށް ގައިޑް ލައިންގައި ބުނެފައިވާއިރު، ކޮވިޑް-19 އާއި ގުޅިގެން މި ތާރީހު ބަދަލުވެގެންވެސް ހިނގައިދާނެ ކަމަށް ވަނީ ބުނެފައެވެ. ސޭފް ޓޫރިޒަމް ލައިސަންސް ލިބި ގެސްޓް ހައުސްތައް ހުޅުވޭނީ އެ ގެސްޓް ހައުސް ހިމެނޭ ދާއިރާއެއްގެ ކައުންސިލް އިން ހުއްދަ ހޯދުންނެވެ.

އެއާޕޯޓުން ފަތުރުވެރިންނަށް ގެސްޓް ހައުސްތަކަށް ދިއުމަށް ހުއްދަ ދެވޭނީ ރާއްޖެއައިސް ހަދާ ޕީސީއާރުގެ ޓެސްޓްގެ ނަތީޖާ ލިބުމުންނެވެ. އަދި ބޯޓުން ދަތުރު ކުރާއިރު އާއި ތަންތަނަށް ދާއިރު ކޮންޓެކްޓް ޓްރޭސިން ހެދުމަށް ވަނީ އަންގާފައެވެ. އަދި އާންމުގެ ތެރޭގައި އުޅޭއިރު އިޖުތިމާއީ ގައިދުރުކަމަށް ފަތުރުވެރިން ވިސްނަން ޖެހޭނެ ކަމަށްވެސް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޙިޔަޅު

  ހަހަހަ.ހޭ ބަލިވަނީ..

  60
  6
 2. ޡޒޒ

  ލާރި ކެއުމަައިގެން ހޭކެޑިފަ. ކީކޭ ބުނާނީ ދޯ

  11
  1
 3. ދައްޖާލު އާބިދާ

  ރައްރަށައް މިބަލި ފަތުރާނުލެވިގެން މި ލާދީނީންތައް މި އުޅެނީ

  13
  2
 4. ތަކުރު

  ބޮނޑިއެއް ބޯން އެއުޅެނީ

  13
 5. މާލެ

  ތިއުޅެނީ ރާތަޖެ އައްނަ ޓުއަރިސްޓު މީހާ ފެލާލަން ތިހާކަންތައް

  16
  1
 6. މާލެ

  ތިހާކަންތައް ފަލަވެގެން ގެސްޓުން މިތާކައްނާންނާނެ އެމީހުން މިތަނައް އައްނަނީ އަގުހެޔޮކޮން ހިންހަމަޖައްސާލަން ގިނަމީހުން އައްނަނީ ހަފުތަޔަކައް ނުވަތަ ދެތިންދުވަހައް ތިޓެސްޓުގެ ނަތީޖާލިބޭނީ މަސްދުހުން ތިހާކަންތައް ފަލަވެގެން ގެސްޓުންނަޔަސް ދެރަވާނީ މިރާއްޖޭގެ ރައްޔިތުންނައް

  12
  1
 7. ކޮންކޮން

  ރަށަށްދާން ހުއްދަ ނުދެވިގެން ތިއުޅެނީ ކީއްވެ؟؟؟؟ ރަށުގައި އަދި އެއްވެސް ކޭސް އެއްވެސް ނެތް!! ސަރުކާރުން ރިސްކް ނަގަން ބޭނުން ނުވަނީރަށްރަށުގައި ވައިރަހުގެ ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އޮތުމުން ކަމަށްވާނަމަ، އަހަރެންނަށް އަހަރެންގެ އާއިލާ މީހުން ކަރަންޓީނު ކުރެވޭނެ އިންތިޒާމު ހަމަޖެއްސޭނެ ރަށުގައި އެކަމަކު ސުވާލަކީ ސަރުކާރަށް އެކަން އެގޮތަށް ކުރަން ހުއްދަ ދެވިދާނެތޯ ؟ ރަށަށް ދިޔައިމަ 14 ދުވަސް ފަހުން މީހަކު ފޮނުވާ ޓެސްޓް ސާމްޕަލް ނަގަން. އަހަރެން މިހުރީ 1 މަސް ދުވަހު ރަށުގައި ކަރަންޓީނު ވާންޖެހުނަސް ތައްޔާރަށް.... ފަރުދީ ޒިންމާ އަށް މިވަރުން ފުދޭނެތަ؟ ސަރުކާރުގެ ބޮޑުންގެ މިހާރުވެސް ޖީބުގައި ހުންނާނެ ވަރަކަށް ރުފިޔާ، މަޖްލިސް މެމްބަރުންވެސް ހަމަ އެ ގޮތް.... ވޯޓު ހޯދަންވެސް ހަމަ އަންނަން ޖެހޭނީ މިހާރު ރަށަށްދާން އާދޭސް ކުރަމުން މިދާ ރައްޔިތުން ކައިރިއަށް އެކަން ހަނދުމަފުޅު ބަހައްޓަވައި!!!!!! އަހެރެމެން ވައިރަސް ފަތުރާކަށް ބޭނުމެއް ނޫން، ބޭނުމަކީ އާއިލާ ކައިރިއަށް ދިއުން. ނިއު ނޯމަލް ކިޔާފައި ޓުއަރިޒަމް ހުޅުވައި އޮފީސްތައް ހުޅުވައި ހަދަން ޕްލޭން ކުރާއިރު އާންމުންގެ ތެރޭގައި އާއިލާ ކައިރިއަށް ދާން ބޭނުންވާ މީހުންވެސް އުޅެ، ސަރުކާރުން ކުޅެން ގެންގުޅޭ ބަޔެއް ނޫނޭ.... ސަރުކާރުގެ ބޮޑުން މަޖްލިސް މެމްބަރުންވެސް ގިނަމީހުން އުޅެނީ އާއިލާއާއި އެކު، އާންމުންނަށް އެ ފުރުސަތު ނޯންނަންވީ ކީއްވެ؟؟؟

  11
 8. މަ

  ނަފްސު ތަކަައް ވުރެން ލާރި

  20
  1
 9. ކެޔޮޅު

  ރައްޔިތުންލޮކްޑައުންގަ

 10. ކާފަ

  އަވަސް އަރުވާލާއިފިނަމަ މިކުރި ހިރިހާއި މަސައްކަތެއް އަދި މިވީ ހުރިހައި ްުރުބާނީއެއް އަދި ހަރަދެއް ވާނީ ބޭކާރުކަން ހަނދާން ކުރާތި. ޥައިރަސް ބަލިވަނީކޫންނޭ ލޮކްޑައުންގެ ސަބަބުން ފެތުރުން ކޮންޓްރޯލްވަނީއެވެ. ވީމާ ލޮކްޑައުން އުވާލީމާ ހަމަ ބާރު ސްޕީޑްގައި ފެތުރިގަންނާނެ. ދިވެހިންނަކީ ކެއްތެރި ބަޔަކު ކަމުގައި ލައްވާށި.

  10