އާ އާއްމު ހާލަތުގައި ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކުވެސް 100 ޑޮލަރު ވިސާ ފީއެއްގެ ގޮތުގައި ދައްކަން ޖެހޭނެ ކަމަށް "ސޭފް ޓުއަރިޒަމް ގައިޑް ލައިން"ޑްރާފްޓްގައި ބުނެފިއެވެ.

އެ ގައިޑްލައިންގައި ބުނެފައި ވަނީ، ކޮންމެ ފަތުރުވެރިއަކުވެސް ރާއްޖެ ވަނުމުގެ ހުއްދަ ދެވޭނީ ރާއްޖެ އައުމުގެ ހަތް ދުވަސް ކުރިން ހަދާފައިވާ ޕީސީއާރް ޓެސްޓުގެ ނަތީޖާ ނުވަތަ އެންޓި ބޮޑީ ޓެސްޓުގެ ނަތީޖާ ދެއްކުމުންނެވެ.

މިގޮތަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން ކޮވިޑް-19ގެ ޓެސްޓް ހެދުމަށް 100 ޑޮލަރު ނެދިގާނެ ކަމަށް ގައިޑްލައިންގައި ވަނީ ބުނެފައެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުގައި ޓްރެވެލް އިންޝޫރެންސް އޮންނަން ޖެހޭ ކަމަށްވެސް ގައިޑްލައިންގައި ވަނީ ބުނެފައެވެ.

އާ އާންމު ހާލަތުގައި ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކު އެއާޕޯޓް އަށް ފައިބާ ތަނުން ޕީސީއާރު ޓެސްޓް ހެދުމަށް ވަނީ ނިންމާފައެވެ. އަދި ރިސޯޓަށް ގެންދާގޮތަށް ޓެސްޓް ހަދައި ނަތީޖާ ނައްސި ވުމާ ހަމައަށް ކޮޓަރިން ބޭރަށް ނުދެވޭނެއެވެ.

ރާއްޖެ އަންނަން ބޭނުންވާ ފަތުރުވެރިންނަށް މަދުވެގެން 14 ދުވަހު ރާއްޖޭގައި މަޑު ކުރާ ގޮތަށް ބުކިން ހައްދަން ޖެހޭނެއެވެ.

މީގެ އިތުރުން ފަތުރުވެރިން ރިސޯޓަށް ދާ ހިސާބުން އެ ރިސޯޓެއްގައި ހުންނަން ޖެހޭނީ ސެލްފް ސާވިސް ޗެކިން ކަމަށް ގައިޑް ލައިންގައި ވަނީ ބުނެފައެވެ.

ރާއްޖެ އަންނަ ފަތުރުވެރިން ރިސޯޓަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ހާލަތުގައި ދަތުރުކުރުމަށް އެންމެ އެކަށީގެންވާ ހާއްސަ އުޅަނދަކުންނެވެ. އަދި ގްރޫޕުތަކުން ރިސޯޓުތަކަށް ދާނަމަ ވަކިންވަކިން ދިއުމަށް ވަނީ އެދިފައެވެ. ބޯޓަށް އެރުމުގެ ކުރިން މާސްކު އަދި ސެނިޓައިޒާ ބޭނުން ކުރުމަށްވެސް ގައިޑްލައިންގައި ވަނީ ހިމަނާފައެވެ.

އެއާޕޯޓުން ފަތުރުވެރިން ރިސޯޓަށް ގެންދާއިރު މިފަދަ ކަންކަމަށް ފުލުހުން ބަލާނެ ކަމަށްވެސް ގައިޑްލައިންގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢައިސް

    ކާކު ތިގޮތަށް އަންނަނީ.... ހިނި އަންނަނީ

  2. މުހައި

    މި ދަނޑިވަޅުގައު އިންސެންޓިވްސް ދީގެން ދިނަ ފުލައިޓާއި މީހުން ގެންނަން އަމާޒު ހިފުމުގެ ބަދަލުގައި މި ފެންނަނީ އަގުބޮޑުކޮއް ޑިސްއިންސެންޓިވް އުފައްދާތަން. އޭރުން އެމީހުން ދާނީ ރާއްޖެއާއި ވާދަވެރި އަގުހެޔޮް ދިމާތަކައް ނޫންތޯ. އޭރުން ހައްތަހާވެސް ޓޫރިސްޓުން އަންނަލެއް މަދުނޫންތޯވާނީ. މި ދުނިޔޭގައި ޓުއަރިޒަމް އޮތީ ރާއްޖޭގައި އެކަނި ނޫންކަމާއި ވާދަވެރީންގިނަ މާކެޓެއްކަން ވިސްނުމުގައި ބަހައްޓައިގެން މެނުވީ ވަޔަބަލް ޕޮލިސީއެއް ނެހެދޭނެ ނޫންތޯ. ސަހަރޯއޭ ހިތައް ނާރާތޯ.

    5
    1
  3. ކޮޅުމަޑުލު

    ހާދަ ކަޑުކޮސް ބައެކޭދޯ މީ ދޯ ! މުޅިދުނިޔެ އިގުތިސާދީ ގޮތުން ދަތި ދުވަސްވަރެއްގަ ޓެކުސް ތަކުގެ އިތުރުން ވިސާ ފީ ގެގޮތުގަ އިތުރު 100 ޑޮލަރު ދައްކައިގެން ކިހިނެއް މިގައުމައް ފަތުރުވެރިން އަންނާނީ.

    3
    2
  4. ކޮކްޓޭލް އަލ

    މިއުޅޭ ބަންގާޅިންނެއް ނުދޭނެ އެއް ރުފިޔާވެސް ބަލަންތިބޢޭ ފޮނުވާލިމީހުންގެ ހަގުނަ އަރުވާނެ

    1
    1
    • ބޮންދު

      100 ޑޮލަރު ދީފަ އައިސް ގައުމު ކާލައިގެން ރަށަށް ނުގޮސް ހުންނާނީ.....

  5. ބީރުބޭ

    ހުޅުވަންވީ. މީހުން އަންނާނެ.

    3
    3
  6. ބޮއްބެ.

    އަވަސް ކުރޭ ފަހަތު ފަޔަށް ބަރުވެގެން ތިބެވޭކަށް ނެތް. ކޮރޯނާޔާ އެކީ ދިވެހިން ދާނީ ކުރިޔަށް. ދިވެހިން ނަށް ވާނެ. ކުރެވޭނެ. ކުރާނެ. ކުރިޔަށް ދިވެހި ޤައުމު. ޒިންދާބާދު.

    1
    4