ކޮވިޑް-19 ގެ ސަބަބުން ސްކޫލްތައް ބަންދު ކޮށްފައިވާތީ، އަންނަ ހަފްތާގައި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) މެދުވެރިކޮށް ޓެލި ކިލާސްތައް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން "ވަގުތު" އަށް ވިދާޅުވީ، މީގެ ކުރިންވެސް ކޮވިޑް-19 އާއި ގުޅިގެން އެކި ޗެނަލް މެދުވެރިކޮށް ފިލާވަޅުތައް ނަގަމުން ގެންގޮސްފައިވާ ކަމަށެވެ. އެހެން ނަމަވެސް މާލެއިން ފެނުމާއި ގުޅިގެން ޓެލި ކްލާސްތައް ވަގުތީ ގޮތުން މެދުކަނޑާލެވިފައިވާ ކަމަށެވެ.

ޓެލި ކިލާސްތައް ޕީއެސްއެމް މެދުވެރިކޮށް ފަށާނެ ޗެނަލެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް އިހުސާނު ވިދާޅުވިއެވެ.

ފައުންޑޭޝަނުން ފެށިގެން ގްރޭޑު 12ގެ ދަރިވަރުންނަށް އަންނަ ހޯމަ ދުވަހު ޓެލިކިލާސް މެދުވެރިކޮށް ކިޔަވައިދޭން ފަށާނެ ކަމަށާއި މިފަހަރު ރާއްޖެގެ އެކި ހިސާބުތަކުގައި ތިއްބަވާ ޓީޗަރުން ޕްރޮގްރާމް ގައި ބައިވެރިވާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

"ފައުންޑޭޝަން ކުދިންނަށް ކުރިއަށް ގެންދާނީ އެނިމޭޝަން ކަހަލަ ޕްރޮގްރާމްތައް. މިފަހަރު އެކި ހިސާބުތަކުން ޓީޗަރުން ކްލާސްތައް ނަގައިދިނުމަށް ބައިވެރިވާނެ" އިހުސާނު ވިދާޅުވިއެވެ.

އިހުސާނު ވިދާޅުވީ، ކިޔަވައިދޭ ޓީޗަރުން ފިލާވަޅުތައް ތައްޔާރުކުރުމަށް ފަހު އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވުމުން މިނިސްޓްރީގެ ޓީމާއި ޕީއެސްއެމް ގުޅިގެން އެ ފިލާވަޅުތައް ޓީވީން ދައްކާނެ ކަމަށެވެ.

އިހުސާން އިތުރަށް ވިދާޅުވީ، ޓެލިކިލާހުގެ ފިލާވަޅެއް ނުބެލި ދިޔަޔަސް، އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުކޮށްފައިވާ ފިލާ ޕޯޓަލް މެދުވެރިކޮށް އެ އެޕިސޯޑެއް ފަހުން ބަލައިލެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ދެރަކަމެއް

    އަހަރުންގޭގަ ޓީވީ އެއް ނުހުރޭ. ފުރަތަމަ ޓީވީ އެއްދީ

    17
    4
    • Anonymous

      ތީވީއެއްނެތް ގެއެއް ދިވެހިރާއްޖެއަކު މިހާރަކު ނުހުންނާނެ. ޓީވީ އެއްނެތް. =/25000 ގެ ސޮމާޓް ފޯނަކާ ހައިސްޕީޑު އިންޓަނެތު އެބަހުއްޓެއް ނޫންތޯ؟ ދޮގުނުހަދާ.

  2. ފަށާ

    އަންނަ ހަފްތާގެ ހޯމަދުވަހު ކިޔެވުން ފަށަނީ އެކަމަކު ވަކިޗެނަލެއް އަދިހަމަނުޖެހޭ މީކޮންވާހަކައެއްބާ ކުރިޔައް އޮތީ ޢީދުބަންދު

  3. ބީރުބޭ

    ކިޔަވައިދޭން ތިހިރީ ފެށިފަ؟ 3 މަސް ފާއިތުވެގެން ދިޔައީ. މާވެވަށް ވެއްޓުނު ގެރިއެކޭ ތަފާތަކީ ކޮބާ. "އޮންލައިން ތޯ، ޓީވީ ތޯ، ވައިބަރގަތޯ" ސައްލާގަ ގޮސް އަލުން ހުޅުވާ ހިސާބަށް ދަނީ. ޓީޗަރުނަށް އޮންލައިން ކޮށް ކިޔަވައިދޭން އެނގިގެންތާ ކިޔަވައި ދެވޭނި. އެމީހުންނަކަށް ނޭގެޔޭ. އަދި ކިރިޔާ ދެހަފްތާ މިވީ ކިރިޔަ ކިރިޔާ ފިލާވަޅެއް ދެވޭތާ. އޭގެ ކުރީގެ ހުރިހާ ދުވަހެއް ދިޔައީ ތޮޅިއަށް.

    10
  4. Anonymous

    ތީ ގެންލުބޭ ފައިދާއެއް ހަރާން، ކޮންމެ ކަމެއްވެސް ތި ކުރަނީ ކަންދާ އުސޫލުން. މާޗް މަހުން ވެށިގެން އެޕްރީލް 15 ޔައް ކިތައް ކްލާސް ކިތަން ދުވަހު ގެންދެވުނުބާ! އެފަހަރު ވެސް ފުރަބަނދު އޮވާލަން އުޅޭހެން ހީވީމަ މިނިސްޓަރާ ދެތިން ރ

  5. ރަދީފް ހުސެން

    ކުރިންވެސް ފުރަބަނދު އޮވާލަން އުޅޭހެން ހީވީމަ މިނިސްޓަރާ ދެތިން ރީނދޫ ޓީޗަރުން ޓީވީ ތަކައް އަރާ ވަރައް ޓެލި ކްލާސް ވެގެން އުޅުނު، އޮމޯ ބޮއްކ ކެއްހެން ދެދުވަހެއްގެ ތެރޭ ހިނދިއްޖެ. ދެން އަޑު އިވުނީ އިންޓަރނެޓޭ ކޮންމެ ކުއްޖަ ކައް ޑޮނގުލް އެކ ކޭ މާލެ ފުރަބަންދޭ ކިޔާފަ ހޮރައްވަންތަން. ޓިޗަރު ގޭގަ އިނދެ ޓީވީ ޗެނަލަކައް ފިލާވަޅެއް ރެ ކޯޑު ކޮއްފަ ނުފޮނުވެންޔާ ؟ދެން އިސް ކަނދަރު ސް ކޫލްގަ އެހަދާހެން، ޓީޗަރު ގޭގަ އިނދެފަ ވައިބަރ އެ ކުރަނީ މިއަދުގެ މަސައް ކަތަ ކީ މިވެނި ޓެ ކްސްފޮތެއްގެ މިވެނި ޕޭޖުން މިވެނި ޕޭޖަ ކައް ކިޔާފަ އޭގަ ދީފަހުރި ސުވާލު ތަ ކުގެ ޖަވާބު މިއަދުގެ މިވެނި ގަޑިއެއް ކުރިން ޓީޗަރައް ފޮނުވާ. ދެން މައިންބަފައިން ދަރި ގުދައް ބާއްވައިގެން ވެސް އެނގުނުގޮތަކައް އެހަދާފަ ޓީޗަރައް ނުފޮނުވިގެން ތެޅި ފޮޅެންވީ. ޖެހިގެން އަންނަ ދުވަހު ޓީޗަރު ވައިބަރ ގްރޫޕްގަ ޖަހާނެ، ކޯބާ ހުރިހާ ކުދިން ކިހިނެއްތަ، މިސް ވަރައް ކުދިންގެ މަތިން މިސްވޭ އިންގޭ! ރޯނު އެދުރު ވެގެން އުޅު މޮޅު ސަރު ކާރައް ކަމެއް ނުވާއިރު، މިވަރުވެސް ރަނގަޅު.

  6. ރައްޔިތުން ނިކަމެތި

    މިގެ އަކު ޓީވީއެއް ނުހުރެ