ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ދޭ "އިންކަމް ސަޕޯޓް އެލަވަންސް" 300 ފަރާތަށް ކުރިޔަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ދިނުމަށް ސަރުކާރުން ތައްޔާރުވެއްޖެއެވެ.

ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ދިނުމަށް ނިންމާފައިވަ "އިންކަމް ސަޕޯޓް އެލަވަންސް" އުސޫލުގައި ބުނެފައިވަނީ ސަރުކާރުން ކުރިން އިއުލާން ވެސް ކޮށްފައިވާ ފަދައިން 5000 ރުފިޔާގެ އެލަވަންސެއް އާމްދަނީއަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް ދޭނެ ކަމަށެވެ. މިއީ އޭޕްރީލް، މޭ އަދި ޖޫން މަހަށް ދިނުމަށް ހަމަޖެހިފައިވާ އެލަވަންސެއް ކަމަށާއި، އެލަވަންސް ކޮންމެ މަހެއްގެ 15 ވަނަ ދުވަހުގެ ކުރިން ދޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައި ވެއެވެ.

ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ، ނުވަތަ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވައިފައިވާ ފަރާތަކާއި މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވާ ފަރާތްތަކަށް މިއުސޫލުގެ ދަށުން އެލަވަންސް ލިބޭނީ މާޗް މަހުގެ 01 ވަނަ ދުވަހާއި ހަމައަށް ވަޒީފާގައި ހުރިނަމައެވެ. އޭގެ އިތުރުން އެލަވަންސް ލިބޭނީ ސަރުކާރުން ހިންގާ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކުގެ ތެރެއިން ކަނޑައެޅޭ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރުމަށް އެއްބަސްވުމުން ކަމަށް ވެސް އުސޫލުގައި ވެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ކިނބިދޫ ދާއިރާގެ މެންބަރު އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރު މުހައްމަދު ނާޝިޒް ވިދާޅުވީ މިހާތަނަށް 3،138 ފަރާތެއް އެލަވެންސް ހޯދުމަށް ޖޮބް ސެންޓަރުގައި ރަޖިސްޓްރީ ވެފައިވާ ކަމުގެ މައުލޫމާތު އޭނާ އަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި ލިޔެކިއުންތައް ހަމަވެފައިވާ 300 ފަރާތަކަށް އެލަވަންސް ދިނުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

އޭނާ ވަނީ މިފަދަ ހާލަތެއްގައި ސަރުކާރުން ހަރަދު ކުރުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި މިފަދަ ހާލަތެއްގައި ސަރުކާރުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަސަރު ނުކުރާ ކަމަށްވާ ނަމަ ސަރުކާރެއް ދެމި އޮތުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތް ކުރާ ދިވެހި ރައްޔިތުންގެ ތެރެއިން އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ދިނުމަށް ނިންމާފައިވަ "އިންކަމް ސަޕޯޓް އެލަވަންސް" އުސޫލުގައި ބުނެފައިވަނީ ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް ޝައުޤުވެރިކަން ހުރި، އަދި ސަރުކާރުގެ ޖޮބް ސެންޓަރ މެދުވެރިކޮށް ވަޒީފާއެއް ނުވަތަ މަސައްކަތެއް އެ ފަރާތަށް ހޯދައިދެވިއްޖެނަމަ، އެ ވަޒީފާއެއް އަދާކުރުމަށް ނުވަތަ މަސައްކަތެއް ކުރުމަށް ވެސް އެއްބަސްވާން ޖެހޭނެ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ.

އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ވެސް 5000 ރުފިޔާގެ އެލަވަންސެއް ދިނުމަށް މިއުސޫލުގެ ދަށުން ހަމަޖެހިފައި ވެއެވެ. އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ކަމަށް އުސޫލުގައި ބުނެފައި ވަނީ މިނިވަން ކޮންޓްރެކްޓަރުންނާއި، ވިޔަފާރި އުސޫލުން މަސައްކަތްކުރާ ފަންނާނުންނާއި، އާމްދަނީއެއް ހޯދުމުގެ ގޮތުން އަގު ލިބޭގޮތަށް މަސައްކަތްކުރާ އެނޫންވެސް ފަރާތްތަކެވެ.

އެލަވަންސް ހޯދުމުގެ ބޭނުމުގައި ދޮގު މައުލޫމާތެއް ދީފިނަމަ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 520 ވަނަ މާއްދާ ނުވަތަ 521 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ ކުށުގެ ދަޢުވާ އުފުލުމަށް ކުރަންޖެހޭ ޖިނާއީ ތަޙުޤީޤު ކުރުމަށް ޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މައްސަލަ ހުށަހަޅާނެ ކަމަށް ވެސް އުސޫލުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ބޯގޯސް

  300 އެމްޑީޕީ މީހުންބާ އަނެއްކާ ވާނުވާ ނޭންގޭތީ އަހާލީ ތީގެންވެސް ވައްކަމެއް ނުކޮއްފިއްޔާ މަ އޮންނާނީ އެކޮޅުކޮޅުން

 2. ކޮތަރު

  ހޭބުއްދިއަށް އަސަރު ކޮށްފައި މަޖިލީހުގައި ތިބި އެމް.ޑީ.ޕީ މެމްބަރުންނަށް ދޭ އެލަވަންސް ވާނެ ރޯދަމަސް ނިމުމުގެ ކުރިން ދޭން. އެލަވަންސް ބަހަންވާނީ މަޖިލީހުގައި ކޮސް ގޮވާފައިވާ ރޭޓުން. ބޮޑުގޮނޑީ ގައި ވެޑުވިފަ އެއިންނަ ކަފާލާތު ޖަލުބޯއީ އަށް ރަނގަޅު މިންވަރެއް ދޭންވާނެ.

 3. ނަައީމް

  ތިޔަވެސް ތިދެނީ ހަމަގޭކުދިންނަށް މާޗްމަހާ ހަމައިށް ވަޒީފާގައުޅުނު ފަރާތްތަކަށް އާދައިގެ މީހަކަށް ތިޔަފޯމުގަނޑުވެސް ނުފުރުނު ބޭންކޮ ސްޓޭޓް މެއްޓް ލިބެން ދަތިވެގެން .....

 4. މަންޖެ

  ކޮބާ އަޅުގަޑަކީވެސް ތިކަމަށް އެދި ފޯމް ހުށަހަޅާފައިވާ އެކަނިވެރިކޮއް އުޅޭމީހެއް އަޅުގަޑު ދިރިއުޅެން ކުރަމުން އައި މަސެއްކަތަކީ ގޭގެޔަށްގޮސް ގުރުއާން ކިޔަވާދިނުން ނަމަވެސް ހިތާމަޔަކީ ކޮވިޑު 19 އައުމާއިއެކު މީހުން ބޭމުންވީ މިސް ނައައިސް މަޑުކޮަށްލުމައް އަޅުގަޑަކީވެސް ތި ރުފިޔާ ހައްގުވާމީހެއްކަމުގައި އަޅުގަޑުދެކެނީ އަޅުގަޑު ޖޮބުމޯޑްވިއްސައް ވަރަށް ގުޅާއިފިން ފޯންވެސްނުނަންގަވާ ވަރައް ފެރަވި އަޅުގަޑުވެސް އުޅެނީ ވަރައްހާލުގައި އަޅުގަޑަށް ވެސް ތި ދީލެތިއެހީ އަޅުގަޑައް ދެއްވާނެކަމަށް ހީކުރަމެވެ ސަލާމް

 5. ޑެޑީ

  ޖަވާބުނައާދޭ

 6. މަންދި

  އަޅުގަޑަކީވެސް ދިރިއުޅުމައްޓަކާ ގޭގެއައް ގޮސް ގުރުއާން ކިޔަވާދީގެން ރުފިޔާ ލިބިގެން ދިރޮއުޅެމުން އައި ނިކަމެތި އަންހެނަކީމުއެވެ ނަމަވެސް ހިތާމަޔަކީ ކޮވިޑު އައުމާއިގުޅިގެން ކިޔަވާދިނުން ވަނީހުއްޓިފަ އަޅުގަޑަށްވެސްވަނީ އެއްވެސް އެއްޗެއް ލިބޭގޮތްނުވެފަ ސަރުކާރުން ޖޮބޮސެންޓާ އައުމާއިގުޅިގެން އަޅުގަޑުވެސް ފޯމް ހުށަހެޅިން ޖަވާބެއްވެސްނުލިބޭ އަދިގުޅީމަފޯނެއްވެސް ނުނަގާ 300 މީހުނަށް ރފ ޔާދޭޙަބަރު ލޮބުމުން ވަރައް ިއުފާވި ނަމަވެސް ހިތާމަޔަކީ ތިޔަފަރާތުން އެއްވެސް ޙަބަރެއްނުވުމުން އަދި ޙަބަރެއްވެސްނުވާކަން އުމްމީދުކުރަން ޙަބަރެއް ވާނެކަ،މަށް ސަލާމް