ކުޅިވަރުގެ ދާއިރާ އިން ޚަބަރާއި މައުލޫމާތު ގެނެސްދޭނެ ނޫސްވެރިން ހޯދަން "ވަގުތު" އިން އިއުލާން ކޮށްފިއެވެ.

"ވަގުތު" އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކުޅިވަރު ދާއިރާ އިން ޚަބަރާއި މައުލޫމާތު ގެނެސްދެއްވުމަށް "ވަގުތު" ގައި މަސައްކަތް ކުރަން ބޭނުންވާ ނޫސްވެރިން މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން އެމީހެއްގެ ސީވީ "ވަގުތު" ގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވުން އެދޭކަމަށެވެ. އަދި އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން "ވަގުތު" ގެ ނަމްބަރު 7999681 އަށް ގުޅުއްވުން އެދޭކަމަށެވެ.

ކުޅިވަރުގެ ދާއިރާގެ ނޫސްވެރިން ހޮވުމުގައި "ވަގުތު" އިން ބަލާނީ ނޫސްވެރިކަމުގެ ދާއިރާ އިން ކުރިއަށް ދިއުމަށް ޝައުގުވެރިވާ ޒުވާނުންނަށް ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ. ނޫސްވެރިކަމުގެ ދާއިރާ އިން ތަޖުރިބާ އާއި ތައުލީމް ހޯދާފައިވާ ފަރާތްތަކަށް އިސްކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކުޅިވަރު ދާއިރާގެ ނޫސްވެރިންނަށް ދޭނެ މުސާރަ އާއި އިނާޔަތްތައް ހަމަޖައްސާނީ ދެފަރާތުގެ ދެމެދުގައި މަޝްވަރާ ކޮށްގެން ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.

"ވަގުތު" އަކީ ރާއްޖޭގެ އެންމެ ގިނަ މީހުން ޒިޔާރަތް ކުރާ ނޫހެވެ.