ދައުލަތުގެ ހަރަދު ކުޑަ ކުރުމަށް އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ވައްކަން ކުރުން ހުއްޓާލުން ކަމަށް އެމްޑީޕީއަށް ނިސްބަތްވާ ގދ.ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ހަރަދު ކުޑަ ކުރުމަށް އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ވައްކަން ކުރުން ހުއްޓާލުން ކަމަށް ވިދާޅުވި ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ޒާހިރު ނުދެއްވައެވެ. އަދި އެެހެން ވިދާޅުވި ސަބަބެއް ވެސް ހާމައެއް ނުކުރައްވައެވެ.

ނަމަވެސް ޒާހިރު މިހެން ވިދާޅުވިއިރު ކޮވިޑް-19 އާއި ގުޅިގެން ސަރުކާރަށް ވަނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައެވެ. އެތުހުމަތުތައް ކުރައްވާ ފަރާތްތަކުގެ ތެރޭގައި އެމްޑީޕީ އަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ ގިނަ މެންބަރުން ވެސް ހިމެނެއެވެ.

ހާއްސަކޮށް ކޮވިޑް-19 އާއި ގުޅިގެން ވެންޓިލޭޓަރުތަކާއި ބައެއް އެހެން ސިއްހީ ސާމާނުތައް ގެނައުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިނގާފައިވާ ކަމަށް އެމްޑީޕީ އަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެފައި ވެއެވެ.

ދައުލަތުން ކުރާ ހަރަދުތަކާއި ދަރަންޏާއި އެހީގެ ގޮތުގައި ލިބޭ ފައިސާ ހަރަދުކުރާ ގޮތް އަހަރުގެ ކޮންމެ ކުއާޓަރެއް ވަކިވަކިން ފައިނޭންޝަލް އޮޑިޓެއް ކުރަން ރައްްޔިތުންގެ މިޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވެސް މިހާރު ވަނީ ހުށަހަޅުއްވާފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ މެޑިކަލް ސަޕްލައިސް ގަތުމުގައި އެސްޓީއޯ މެދުވެރިކޮށް ހަރަދުކުރި ގޮތުގެ ހާއްސަ އޮޑިޓެއް ކުރަން އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފައެވެ. އެސްޓީއޯ މެދުވެރިކޮށް ހަރަދުކޮށްފައިވާ ގޮތުގެ އޮޑިޓެއް ކުރަން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތަށް އަންގަން އެ ކޮމިޓީ އަށް ހުށަހެޅުއްވީ ކޮމިޓީގެ މެމްބަރު، ދާންދޫ ދާއިރާގެ ޔައުގޫބް އަބްދުﷲ އެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ދަރަނި ދަންތުރަ

    މިސޮރުމެން މިހެންކިޔާނީ ކިހާވަރެއްވީމަ ، ލޯލާރިއެއްގައި ނުޖެހޭނަމޭބުނީ ރަނގަޅު ، މިލިޔަނުން މިލިޔަނުން ފަރިއްކުޅުވާލަނީ އިރާ ވީދާ ނޮޅާ ކައިހުސްކޮށްފި ދަވާލާ ދަވާލާ...

    29
    1
  2. ގަބުރު

    އަބަދުބެސް ވައްކަން ވައްކަން މިނޫން އަޑެއްނީވޭ!

    27
  3. Anonymous

    Heyday

  4. ފުނަދޫ

    00000000 ޓޮލެރެންސް ސަރުކާރު މޑޕ ކުދިން ވައްކަމެއްނުކުރާނެ ސިއްރުން ކުދިކުދި ރުފިޔާ ކޮޅުކޮޅު ނަގާނެ އެއީކީ ވައްމެއްނޫ އެއީ ނަޒާހަތްތެރި ވުމުގެ ގޮތުން ކުރާކަމެއް

    27
  5. ނަސްރީނާ

    ބަލަ ކަލޭމެންގެ ޕާޓީ މީހުން ތި ބުނާ ވަޢްކަމެޢް ކުރަނީ ވަގު ސަރުކާރު

    27
  6. ޡަބީބު

    ޒާހިރު އަށް ެެނގިވަޑައިގަންނަވާތޯ ތިޔަ ބިދާޅުވާ ވައްކަން ކުރަމުނދަނީ އަދި އެކަން ކުރަނީ ހަމަ ސީދާ އެމްޑީޕީ އިން ސަރުކާރުގެ މަތީ މަޤާމުތަކަށް ލާފައި ތިބި އެމްޑީޕީގެ އިސް މީހުން ކަން. ޢެހެންވީމާ މަނިކުފާނު ތިޔަ ދައްކަވަނީ އަމިއްލަ ގައިނ ދުވާ ނުބައި ވަހުގެ ވާހަކަ އެހެން ނޫންތޯ.؟

    25
  7. މުރުސީ

    އަޅުގަޑުމެން މާލޭގަޢި ތާށިވެފަތިބިމީހުން އަވަހަށް
    ރަށަށްފޮނުވާލަދީ އަހަރެމެން މާލޭގަ އި ހަލާކުވަނީ
    ޢަވަސްކޮ އްދެ އްވާ .

    16
  8. ކޮއްކޮބެ----

    ނިމި ދިޔަ ސަރުކާރު ގަ އި ތިބެއ ތިބުނާ ކަމެ އްވަނީ އުނގެނިފަ އި! މިހާރު ކުރަނީ ލޮކްޑަ އުންގަ އި ތިބެ ޕޮރޮފެޝަނަލްކޮށް

    13
    1
  9. އެމް ޝަމް

    ޢޭމްޑީޕީ ކުދިން އަދިވެސް ގަބޫލު ކުރާކަށް ނުވޭތޯ؟ ޕާޓީ ގެ މަޖްލިސް މެމްބަރެއް އެ ބުނެލީ

    20
  10. ހުސޭނުބޭ

    މި މީހުން ގޮވާންކޮށް ހެއްދި ގަހުގައި އެޅި މޭވާ ހިތިވެ އެންމެފަހުން މި މީހުން މި މީހުންނާ ދިމާލަށް ވަގަށްގޮވަންފެށީ! ބާރަށް ގޮވާ! ގިނަގިނައިން ގޮވާ! ތިތިބީ ހުސް ވަގުން!

    21
    • ގޮލަދޫމިލަ

      ބަނބުކެޔޮސަރުކާރުގައި ތިބީ ހަމަހުސްވަގުން.

      14
  11. މާމީ

    ތިތާ އުޅޭ މާލޭ މީހާއަކީ އެންމެބޮޑު ވަގު.

    12
  12. އަހްމަދު

    100% ވާހަކައެއް.

    11
  13. މިނިސްޓަރ އޮފް އެސެޓް ރިކަވަރީ

    ﷲ ގެ އިރާދަފުޅާއެކު 20 ނޮވެމްބަރ 2023 ވަނަ ދުވަހު ، ދައުލަތުގެ އެސެޓް ރިކަވަރީ ކޮމިޝަންއެއް ހެދިގެންދާނެ. މިހާރު މިކުރާ ހުރިހާ ހޭދަތަކަކީ ދައުލަތުގެ ފޮތްތަކުން ފެންނަން ހުންނާނެ ކަންކަން. ސުވާލުވެސް ކުރެވޭނެ. ތަހުޤީގުވެސް ކުރެވޭނެ. އަތުގަ އޮތް އެއްޗެއް އަނބުރާ ދައުލަތަށް ނެގެންވެސް ނެގޭނެ. ނެތް އެއްޗެއްގެ ބަދަލުގަ އޮންނަނީ ކުޑަގޮޅި. އެވެސް ކޮނމެ 1000 ރުފިޔާއަކަށް މަހެއް

    12
    1
    • ޢަހޫ

      މިހާރުވެސް އެސެޓް ރިކަވަރީ ކަމިސަނެއް ހުރޭ .ތިބުނާ އެސެޓް އެއޮތީ ޖަލުގަ އެއެއް ރިކަވައެއްނުވާނެދެން.

      1
      3
  14. މޮންދު

    ރަނގަޅު ވާހަކައެއް.

  15. ޢާދޭސް

    ވާގޮތަކީ މިބޭފުޅާއަށްވެސް ލިބޭނެކަމަށް ހީވި ފައިދާ ގަނޑެއް އެހެން މީހަކަަށް ލިބުނީތި ، އެހެން ނޫނީ ނުދައްކާނެ

  16. 0ޓޮލަރެންސް

    ވައްކަމޭތޯ ނޭނގޭނެ ކުރާކަށް ނުވެސް ދަންނާނެ މިސަރުކާރު ގެއެއްވެސް ހަމަ އެއްވެސް މީހަކު އެއީކިނެއް ކުރާކަމެއް ކަންވެސް ނޭނގޭނެ ހައްހައްހާ ނޫނޭވާ އެބަހުރިތާ ކުޅިވަރު ސާބަސް އެމީހަކަށް ކެވުނު ވަރަކަށް ކައިފަބަހައްޓާތި ވާވާ ދެން ނޭނގެ ދުވަހަކުވެސް ތިފަދަ ފުރުސަތެއް ލިބޭނެކަމެއް ދަތް ހުރިދުވަހު ކާށިކެވޭނީ ވާވާވާ ދެން ތިމާމެން ނޫން ބަޔަކު ވެރިކަމަށް އައިސް ތިމާމެން ކުރިވައްކަން ތައްބަލައި ތަހުގީގު ކޮށް ހުރިހާ ވަގުން ނާއިދޭތެރޭ ފިޔަވާޅު އަޅަން ފެށީމަ ބުނާނެ އަނިވެރިކަމޯ ހިގާށޯ ރައްޔަތުން ނިކުމެ އަނިޔާވެރިކަން ނިންމަން ކޮބާކަލޭމެން ގެލަދުހަޔާތް ތިއީ ރައްޔަތުން ކައިރީ ކީކޭކިޔާފަ ވެރިކަމަށް އައި ބައިގަނޑެއްތަ އެހެންނުވާނީ ތީގެތެރެއިން އެއްވެސް މީހަކަށް ކުފޫހަމާ ހިސާބަކަން ނޫނޭ އާދެވިފަތިތިބީ ގުއިނުދެކޭ ކާޅަށް ގުފެނުނީމަ އުޅޭހެން ތިއުޅެނީ ދުވަހަކު ލާރިނުދެކޭ ބައިގަޑެއް ލާރިފެނުނީމަ ހޭކުޑަވެ ހޭބުއްދި ފިލައިގޮފަސް ތިތިބީ އަސްލުވަގުން އެބަފެނޭތަ ނިކަމެތި އިންސާނަކު ވަގަކަށް ހަނދާފަ ނުހައްޤުން ޖަލަށްލާފަ ބަލާބަލަ ހުރިހާވަގުންތައް ކުރާވައްކަން ނިކަން ދެކިބަލަ
    ރައީސްޔާމީން ނަންވާނީ ކަންކުރާނީ އަސްލު ރީނދޫ ވަގުން ރީނދޫވަގުން ނަށް ވެރިކަން ހޯދަދޭން މަސަކަތްކޮށް ވޯޓުދިން ހުރިހާމީހުނަށް ބުނެލާނީ އަދިވެސް ހޮވަންވާނީ ހަމަ ރީނދޫ ވަގުންދޯ އޭ!

    2
    1
    • ނިކަމެތިވަގު

      ނިކަމެތިންގެ އެކައުންޓްގަ މިލިއަން މިލިއަން ޑޮލަރު ހުރޭތަ. ކީއްކުރާނީދޯ ބުއްދިހަމަނޫނިއްޔާ ކޮންމެކަހަލަ ވާހަކައެއްވެސް ދެއްކިދާނެ.

  17. ސުވޭސް

    ޒާހިރުމެން ތަފްޞީލްނުދެނީ ބައިވެރިވާތީ ، އަދި މިވީހާތަނަށް ހިފުނީ އެއްމެ ވަގެއް.