ކޮވިޑް-19 ޖެހިގެން ނިޔާވާނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް މީހުން ނިޔާނުވެ، އަދަދުތައް މަދު ކުރެވުނީ ސަރުކާރުންނާއި، އަމިއްލަ ފަރާތްތައް ގުޅިގެން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ޓްއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ހަތަރު ލައްކަ އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ރާއްޖެ އިން މިހާތަނަށް 1186 މީހެއްގެ ގައިން ބަލި ފެނިފައިވާ އިރު، މިހާތަނަށް ނިޔާވެފައި ވަނީ ހަތަރު މީހުންނެވެ. އަދި މި ބަލިން މިހާތަނަށް ޝިފާ ލިބިފައިވަނީ 91 މީހުންނެވެ.

ކޮމަންވެލްތުގެ އެންޓަރޕްރައިޒް އެންޑް އިންވެސްޓްމެންޓް ކައުންސިލުން އިންތިޒާމުކުރި ޓުއަރިޒަމާއި ބެހޭ ވެބިނާއެއްގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ރާއްޖެއަކީ ކޮވިޑް-19 ގެ އަސަރު އެންމެ ބޮޑަށް ކުރި ޖަޒީރާ ގައުމު ކަމަށެވެ. ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން މިހާރު ރާއްޖެއަށް އައި ބޮޑު މުސީބާތުން ސަލާމަތުގެ އައްސޭރިއަށް ދަތުރު ކުރަމުންދާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި މި ބަލިމަޑުކަމުގެ ސަބަބުން 47 އަހަރު ކުރިއަށް ގެންދިޔަ ފަތުރުވެރިކަމުގެ ސިނާއަތް ވަނީ ހުއްޓިފައެވެ. އަދި މިކަމުން އެނގެނީ މިފަދަ ކަންކަމަށް ކުރިޔާލައި ތައްޔާރުވެ އޮތުމުގެ މުހިންމު ކަން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އަލުން ފަތުރުވެރިކަމަށް ރިސޯޓުތައް ހުޅުވާލާ އިރު، ރިސޯޓުތަކުގައި ސިއްހީ ގޮތުން ސަލާމަތްތެރިކަން ޔަގީން ކުރުމަށް ނިންމާފައިވާ ކަމަށެވެ.

"ކޮވިޑް-19 އާއި ކުރެވެމުންދާ މަސައްކަތްތަކަކީ މަރުނުވާ ދުޝްމަނަކާ ހަނގުރާމަ ކުރުން ފަދަ ކަމެއް، މިކަމުން އަވަހަށް އަރައިގަނެވެން އޮތީ މިކަމުގެ ތެރެއިން އިތުރު ފުރުސަތުތަކެއް ހޯދައިގެން މިކަމުގެ ތެރޭގައި ދިރިއުޅެން ދަސްކޮށްގެން" އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން މިހާރު އަންނަނީ ރާއްޖޭގެ ބޯޑަރު ހުޅުވާލުމުގެ މަސައްކަތްތައް ކުރަމުން ކަމަށެވެ. އަދި މި ބަލިމަޑުކަމުގެ ސަބަބުން ދިރިއުޅުން ހުއްޓާނުލެވޭނެކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފައެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަގާމާއި ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއެއްގެ މަގާމު ކުރިން އަދާކުރެއްވި ޑރ. ޝީނާ މޫސާ އެންމެ ފަހުން ދެއްވި ޕްރެޒެންޓޭޝަންގައިވާ ގޮތުން ކޮވިޑް-19 ގެ ވޭދަނަ (ކޭސްތައް) އެއް ދުވަހެއްގެ ތެރޭގައި އެންމެ މައްޗަށް އަރާނީ މި މަހު ފަހުކޮޅު، ގާތްގަނޑަކަށް 1،500 މީހުންނާ އެކުގައެވެ. ނަމަވެސް ދުވާލަކު އެންމެ 400 ސާމްޕަލް ޓެސްޓް ކުރެވޭތީ އެ އަދަދު ފެންނާނެ އެއްވެސް ގޮތެއް އަދި ނެތެވެ. ނަމަވެސް ސަރުކާރުން މަސައްކަތް ކުރަނީ ދުވާލެއްގެ މައްޗަށް 1،000 ޓެސްޓް ކުރެވޭނެ ގޮތް ހެދުމަށެވެ.

އާއްމުންގެ ތެރޭގައި ކޮވިޑް-19 ފެތުރެމުންދާ މިންވަރަށް ބަލާއިރު މި މަހުގެ 31 ގައި ރާއްޖެ ޕީކަށް އަރާނެ ކަމަށް ލަފާކުރައްވައި ބަލި ޖެހިފައި ތިބި ގާތްގަނޑަކަށް 300 މީހުން ދުވާލެއްގެ މައްޗަށް ފައްސިވާނެ ކަމަށް ސަރުކާރަށް އެހީތެރިވަމުން އަންނަ ކޮންސަލްޓަންޓް ޝީނާ ލަފާ ކުރައްވައެވެ.

ޝީނާ އެގޮތަށް ވިދާޅުވި އިރު، މެއި 31 ގައި ޕީކަށް އަރާ އިރު، 6،000 މީހުންނަށް ބަލި ޖެހިފައި ތިބޭނެ ކަމަށް ވެސް ލަފާ ކުރައްވައެވެ.

މާލެ ފުރަބަންދަކަށް ނުދަނީސް، ޝީނާ ހެއްދެވި ޕްރޮޖެކްޝަންސްގައި ލައްކަ އަށް ވުރެން ގިނަ މީހުންނަށް ރާއްޖެ އިން މި ބަލި ޖެހޭނެ ކަމަށް ލަފާކުރެއްވިއެވެ. އެކަމަކު އެ އަދަދު ވެސް ފަހުގެ ޕްރޮޖެކްޝަންސްގައި އޮތީ ދަށްވެފައެވެ. ޝީނާ މިހާރު ލަފާކުރައްވަނީ މި ބަލިމަޑުކަމުގައި ރާއްޖެ އިން ފައްސިވާނީ 77،000 މީހުން ކަމަށެވެ.

ފުރަބަންދަކަށް ނުދަނީސް، ޝީނާ ހެއްދެވި ޕްރޮޖެކްޝަންގައި 2،000 މީހުން ބަލީގައި ނިޔާވާނެ ކަމަށް ލަފާ ކުރެއްވި ނަމަވެސް، މިހާރު ލަފާ ކުރާ ގޮތުގައި މި ބަލީގައި ނިޔާވާނެ ކަމަށް ބެލެވެނީ 700 އެއްހާ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

86 ކޮމެންޓް

 1. އިސްމާއިލް

  އެކަނލާނގެ ކުޅަދުން ވަންތަ ކަމުން

  263
  1
  • Anonymous

   އަލީ ވަހީދަކީ ބޮޑާ ބަސްބުނާ ވިތާނުދާ މީހެއް. މިގައުމުގެ ހަލާކަކީ މުސްލިމުންގެ އަހީދާ ނެތް މީހުން ވެރިންގެ ގޮތުގައި ހިޔާރުކޮށްގެންތިބުން.

   138
   1
 2. ޢަލީބެ

  މާތްﷲގެ ކުޅަދުންވަންތަ ކަމުން އަދި އެކަލާންގެ ރަޙްމަތުން ފުރާނަ ސަލާމަތްވީ. ސަރުކާރުގެ ކުޅަދާނަ ކަމެއް ނޫން

  320
  3
  • ވާނުވާ

   މާތްﷲ އަޅެމެން މުސްލިމުންގެ ދުއާ އިޖާބަކުރެއްވީމަ...

 3. ކާފަ

  ޢަދި ބަލިތަހަންމަލް ކިރަމުންދާ 1000 އައްވުރެން ގިނަމީހުން އެބަތިބި ދުވަހެއް ދުވަހަކަށް އަދަދުތައް މިދަނީ މައްޗަށް. މަރުނުވެ ސަލާމަތް ވަނީ ﷲގެ ރަހުމަތުން. ކުފުރު ބަސްތަށް ބޭނުން ނުކުރައްވާ

  273
  2
  • ބަނޑު

   ސަރުކާރު ކާލިލެއް ކުޅަދާނަވީމަ!

   70
 4. މޫސަ

  ބޮޑާ ބަސްތަ އް ބުނުން ހު އްޓާލާ އަހަރުމެންނަކީ އެ އްވެސް ބާރެ އް އޮތް ބަ އެ އްނޫން.

  337
  1
 5. މުޞްޠަފާ

  ސަރުކާރުގެ ކުޅަދާނަކަމުން ދެއްތޯ ޖަޒީރާ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް ބަލި ފެތުރުނު ގައުމަކަށޤ ދިވެހި ރާއްޖެ ވީވެސް. ދުރާލާ ތައްޔާރުވިލެއް ބޮޑުކަމުން އަދިވެސް ތައްޔާރީތައް ހުރީ ނުނިމި ގެންނަންވާ އެއްޗެހި ވަނީ ނުގެނެވި، ދިޔަ ލާރިގަނޑު އިންތިހާއަށް ބޮޑު ހަމަ ސަރުކާރުގެ ކުޅަދާނަކަން ދެއްތޯ؟ ބަލި ވަދެވޭ އެންމެ ގޭޓެއް ހުރި އިރު އެ ގޭޓު ހުރަސްކޮށް ބައްޔަށް ވަދެވުނީވެސް ސަރުކާރުގެ ދޯހަޅި ސިޔާސަޔިގެ ހަރުދަނާ ކަމުން މޮޅުކަމުން ދެއްތޯ؟ އަނެއްކާ މަނިކުފާނު މިހާރު ހައްދަވާފައިވާ އުސޫލުވެސް އެހާމެ މޮޅު ލާރި ނެގުމާ ކެއުމުގައި ވަރަށް ކުޅަދާނަ ކަމަށް ފެނޭ

  171
 6. މުހައްމަދު

  ސަރުކާރުން އެޅު އްވި ހަރުދަނާ ފިޔަވަޅަށް ތާ އިދު

  12
  230
 7. ރެންޗް

  الة ގެ ކުޅަދުންވަންތަކަން ކަރާ!

  172
  1
 8. ާްއައި

  ސަރުކާރުގެ ނުކުޅެދޭކަމުން ރާ އްޖެ އަށް ފެތުރުނީ.

  181
  4
 9. ސަމީ

  ބަލަ.ބޮޑާ ބަސް ބުނަން ފެށީތަ. ބަލަ ތީ ކުރިންވެސް މީހުން ނަށް އިނގިފަ އޮތް ކަމެ އް ބޮޑު އަދަދު ތަކެ އް ކިޔާފަ އެކަމެ އް ނުވީމަ އެއ އީ ތިމަންނަ މެން ގެ މޮޅުކަމުން ވީ ކަމެކޭ. އަދަދު ތަ އް ކީލެ އް މަދީ އަދިވެސް

  128
  1
 10. ހުސޭނުބޭ

  މީތި މިއޮއް ރޯދަމަހު ކުފުރުގޮވަނީ! ކަލޯ ފެންކަރާޔާ! ފުރާނައަޅުއްވާ މަރުގަންނަވަނީ ރީނދޫ ސަރުކާރުންތަ؟ ކަލޭގެ ބޮލަށް ބޭސްކޮށްދޭށޭ ބުއްޅަބޭ ކައިރީގައި ބުނެބަލަ!

  143
  • ފުރެންޑު

   ސަރުކާރުން ކުރެވުނުކަމަކީ ލާރިތައް ތަޅާބުރުވާލީ

 11. ޢަލީ

  ﷲ ގެ އިރާދަފުޅުން އެކަން އެހެން އެވަނީ..

  169
 12. ރޯދަ މުބާރިކް

  ހަމަ އެހެންތޯ؟! މިނިސްޓަރު ތި ވި ދާޅުވީ ހަމަ ރަންގަޅަށް ތޯ؟! ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކުޅަދުންތަވެރިކަމާއި ޢޯގާވަންތަވެރިކަން މާ ބޮޑު!

  މިނިސްޓްރު ކުރެއްވެވި ކަންކަން ދެކެ ދެނެ ވޮޑިގެންވަނީ އެކަލާނގެ! މީ ބައިވަރު ބަސް!

  140
  2
 13. ޝާދޑް / މ.ދިއްގަރު

  ގަދަބަސް ނުބުނެ ﷲ އަށް ޝުކުރުކުރުން މާރަގަނޅުވާނެ!! ވަގުތު ޖެހުނީމަކާއެއް ސަރުކާރަކަށް އަދި ޓްރަންޕަކަށްވެސް ކުރެވޭނެ ކަމެއް ނޯންނާނެ،

  134
 14. އަސޭލާ ކ

  ﷲ މަތިން ހަނދާން ނެތުނީ

  120
  2
 15. ތާރަބޭ

  ކަލޭވެސް ހަމަ ގިތެޔޮ ވިއްސާ ގިރޫޕުގެ މީހަކަށް ވެއްޖެޔޭ. ﷲ އެމީހުންގެ އަޖަލު ލިޔުއްވާފަ ނެތީ އަދި. ށަރުކާރރާ ޓޫރިޒަމް މިނިސްޓަރާ އެޢީ މީހުންގެ ފުރާނަ ސަލާމަތް ކުރާ ބައެއްނޫން.

  98
 16. އެމަންޖެ

  ކަލޯ ދިރުއްވުންވެސް މަރުހިއްޕެވުންވެސް އެއީ ސަރުކާރަކައް ކުރެވޭނެ ކަމެއްނޫ.

  110
 17. އެސޮރު

  މިގައުމު ހަލާކުގެ ތެރެއައް ވެއްޓެމުން މިދަނީ މި ނުކުޅެދޭ ސަރުކާރުގެ ސަބަބުން.

  94
  2
 18. ބުއްޅަ އެކްސް

  ދޮންކަލޯ ތިހެން ބުނިއިރު ހަދާނެއް ނެއްދޯ ހެއްދެވިފަރާތްވެސް ތިގޮތަށް ފޮނި ބަސްތަށް ނުބުނުމަށް ނަސޭހަތްތެރިވެވަސީޔަތް ކުރަން

  97
 19. ޙަލީި

  މިހިރަ ކިޔޭނުކިޔޭ ނޭގިގެން އުޅޭ މީހާ.. ކަލޯމެން ކިތަންމެ ކުޅަދާނަޔަސް ތިހިޔަހެން ނުބުނެވޭނެ ﷲ ސުބްޙާނަހޫ ވަތަޢާލާ އެމީހަކަށް ކަނޑަ އަޅު އްވާފަ އިވާ ވަގުތު ހަމަވުމުން ކަލޯމެންނަކަށް ނުހިފެހެއްޓޭނެ މޮޔަ ނުގޮވާ ހުރޭ

  95
 20. ކޮރުގޮވުން

  ކަރާބޭ މިއަދު ޓީވީއަށް އަރައިފަ ބުނަންވީ މާދަމާ ކޮވިޑް ޖެހިގެން ރާއްޖޭން މަރުވާނެ ކަމަށް ލަފާކުރަމޭ 200 މީހުން. އަނެއްދުވަހު އަރައިފަ ބުނަންވީ ސަރުކާރުގެ ކުޅަދާނަކަމުންނޭ ހުރިހާއެއްމެންގެ ފުރާނަ ސަލާމަތް ކުރެވުނީ. ތީ އެގޮތަށް ދައްކާ ވާހަކައެއް. ރާއްޖޭން ބޭރުގެ އާބާދިތަކާ ބަލިޖެހޭ ނިސްބަތާ ބަލިޖެހިގެން މީހުން މަރުވާ އުމުރު ފުރަޔާ ފަރުވާ ލިބެމުންދާ މިންވަރާ މީގެން އެއްވެސް ވަރަކަށް ރިއާޔަތް ކޮށްގެން ހަދައިފަ އޮތް އެއްޓިމޭޓް ތަކެއް ނޫން ރާއްޖޭން ކޮވިޑާ ގުޅޭ ގޮތުން ރައްޔިތުން ބިރުދައްކަން ހަދައިގެން އުޅުނީ. މޮޔަގޮބު އެ ޕްލޭނަށް ބަލައިފަ ގައުމުގެ ހުރިހާ ފައިސާއެއް ތަޅާބޭލީ އައިސީޔޫ ގަންނަށް. އެއް އައިސީޔޫ ގަންނަށް ހޭދަކުރި ފައިސާގަ ހުސް މާސްކް ގަނެފަ ރައްޔިތުންނަށް ބެހި ނަމަވެސް މިބަލިމަޑުކަމުން މިތަން މާރަނގަޅަށް ސަލާމަތްވީސް. ދުނިޔޭގަ ހަމަ ބުއްދި ހުރި ބަޔަކު މިމީހުންގެ ޕްރޮޖެކްޝަންއެއް ގަބޫލެއް ނުކުރާނެ. ފަހަރެއްގަ ކިނބޫ އެގާބޫލުކޮށްގެން މިއުޅެނި.

  70
 21. ކަރާ

  މީނާއަށް ކިޔޭއެއްޗެއް އިނގޭބާ

  70
 22. މޮންދު

  ސަރުކާރުގެ ކުޅަދާނަކަމުންބާ؟ހެއްދެވި ފަރާތުގެ ހެޔޮރަހުމަތްފުޅާއި މިންވަރުފުޅުންބާ؟

  68
 23. ލޮލް

  ސަރުކާރު ކުޅަދާނަ ކަމުން 1186 މީހުންނަށް ތިއެއް ޖެހުނީ

  64
 24. ރައްގާއަލީ

  ނިޔާވާނެ މީހުންގެ އަދަދާ އެމީހުންގެ އެމީހުންގެ ނަންތައްވެސް އަލީވަހީދައް އެންގޭހެން ހީވަނީ ތިމާމެންގެ ދުލުން ކުފުރުގެ ބޮޑާބަސްތައްބޭރުކޮއް ބޮޑާވެގަންނަނީ ތިމީހުންގެ ދޯދިޔާސިޔާތަގެ ސަބަބުން އެތައްބަޔަކައް މިވަނީ އެތައްއަނިޔާއެއްލިބިފަ އެއްވެސް ހިންގުންތެރިކަމެއްނެތުމުގެ ސަބަބުން ގައުމުމިވަނީ ދަރާވިކި އަންދަވަޅަކައް ވެޓިފަ ކަމުގެ ހަގީގަތަ ފޮރުވަން ކުފުރުގެ ބަދުބަސްތައް ތިގޮވަނީ

  70
 25. މާމީ

  މީ ހަމަ ނަތަންޔާހޫ އަދި ގެރިމޯދީ ކަހަލަ ކުފުރުގެ ބަސްތައް ބުނާ ކަރައެއް.

  35
 26. ާރަސީދު

  ސުބުހާނަ އްލާހު މި އީ ހަމަ އިސްލާމުންތަ، މަރު އޮތީސަރުކާރު އަ އްމަތީގަތޯ؟

  38
 27. އއއސ

  ސަރުކާރުގެ ކުޅަދާނަކަމުން ތިބޭފުޅާ ދުނިޔޭގަ ކިތަން ޤަރުނު ވަންދެއް ދުނިޔޭގަ ހުންނަވާވެތޯ. ކަރަޔާ ކުފުރު ނުވެބަލަ.

  36
 28. އަހްމަދު

  ސަރުކާރުގެ ކުޅަދާނަކަމުން ކީއްވެބާ މިބަލި ރާއްޖެއަށް އަޔަނުދިނީ. މީހުންގެ މަރު ހިއްޕަވަނީ މިސަރުކާރުންތޯ؟ ދިރުއްވުމާއި މަރު ހިއްޕެވުމަކީ ހަމއެކަނި ﷲސުބްޙާނަހޫ ވަތައާކާއަށް މިލްކު ވެގެންވާކަމެއް. ސަރުކާރުގެ ކުޅަދާނަކމުންވާކަމެއްނޫން. މީހާ ކުފުރުވެ މުރުތައްދު ވެގެންދާއިރުވެސް ނޭގޭ. އަވަހަށް ތައުބާވެ. މިފަދަކުފުރުގެބަސްތަކުން މިބަލީގައި ތިންހަރަތުސަތޭކަ މީހުން މަރުވުމީވެސް ވެދާނެކަމެއް.

  27
 29. ބިރަކާނުލައި މަޖާކުރުން

  އެޖެންޑާ 19- ފަތުން ކޮވިޑް-19 ރާއްޖެ އައީ ވެސް ސަރުކާގެ ކުޅަދާނަކަމުން ނެއްނު ވަކިމީއް ނޫން މިސްރުކާރުގެ ހުރިހާ ވަގުން ވެސްތިބީ ވާނުވާގަ އަނގައިން ކިއޭނުކިއޭ އެއްނޭގެ!

  24
 30. ސަމި

  ބޮޑާ ބަސް ބުނާނެ ކަމެ އް ނެތް ޢަޅުން ނަށް އޮތީ މަސައްކަތް ކުރުން ނަތީޖާ ދެއްވާ ފަރާތަކީ ހަމަ އެކަނި ﷲ . ބަލަ ލޮލަށް ނުފެންނަ ވައިރަސް.އެއް އައިސަ އެންމެން ކުޑަ ކަކޫ ޖައްސުވާފަ ގޭ ބަންދު ކުރީ ވެސް ހަމަ އިންސާނުން ގެ މޮޅު ކަމުންބާ. އެކަމުންވެސް އިނގެނީ އންސާނުންގެ ބަލި ކަށިކަން. ބޮޑާ ބަސް ބުނުމުގަ ފޫގަޅާފަ ތި އުޅެނީ
  ކަރާ އޮށް އިންދިދާނެ އެކަމކު އޭގެ ނަަަަަަަތީޖާ.ދެއްވާނީ ހަމަ އެކަނި ﷲ ތަޢާލާ

  27
  1
 31. Ainthu

  subuhaanallah. Meena dhen mibunanee Allah ah vure meenage sarukaaru molhuvaahathaa. Heyo nuvaane thihen bunan. Thiothee sarukaareh libifa. Dhulun baheh beyruvaairu mibunevenee keekeykanves mi bai meehunah neyngey.

  16
 32. ސަމީ

  މިރޭ ޓީވީ އަށް ތިޔަ ބުނާ މީހަކު އަރުވާފަ ބުނުވާ މާދަން 10000 މީހުން މަރުވާނެއޭ. ދެން އަނެއް ދުވަހު އެކަމެއް ނުވީމަ ތިޔަކަހަަލަ މީހުން ބުނަން އޮންނާނެތާ ތިމަންނަ މެން ގެ މޮޅުކަމުންނޭ. ޖާހިލު އިއަސް ތީ ބޮޑު ވަރު

  23
 33. އަހްމަދު

  ބޭފުޅާ ނޫން!!! ﷲގެ ކުޅަދުން ވަންތަކަމުން! ނަސީބެއްނުން ނަޝީދުގެ ގަދަކަމުންނޭ ނުބުނިކަން!

  24
 34. ޜީނދޫ

  NOVOTEFORMDP2023

  11
  1
 35. Anonymous

  ސުބުހާނަﷲ. ކޮންފަދަ ބޮޑާ ބަހެއް. ތިކުޅަދާނަ ސަރުކާރުން ﷲބސުބުހާނަހޫ ވަތައާލާގެ އިރާދަފުޅާ ލައިގެން ނޫން ގޮތަކަށް، ނިކަން ބަލިޖެހުން ހުއްޓުވާ 2020 ޖެނުއަރީ ގެ ހާލަތަށް ރާއްޖެ ގެނެސްބަލަ،

  19
 36. ރައްޔިތުމީހާ

  ކުފުރުވެފަ ތިބޭ މީހުންނަކަށް ނޭނގޭނެ ކުފުރުގެ ބަސްތައް ބުނެވުނަސް

  18
 37. Anonymous

  އަލީ ވަހީދު ތިބުނާ ބަސްތަކީ މޫސާގެ ފާނުގެ ފިރުޢައުނު ބުނިފަދަ ބަސްތަކެއް. މިމީހުންގެ ސަބަބުން އަޅަމެން ހަލާކު ނުކުރައްވާނދޭވެ. އާމީން.

  27
 38. ނުކުޅަދާނަ

  އެހެންވެއްޖިއްޔާމު މިސަރުކާރުއައިފަހުން ކަނޑުވެ ގެއްލި ދަންޖެހި ވަޅިހަރާ ގޭގޭ ގައާއި ވައިގޮޅިތަކުގައި ރިސޯޓުތަކުގައްޔާއި މިހުރިހާތަންތަނުގައި މަރުވި މީހުންނަކީ ވެސް މިސަރުކާރުގެ ކުޅަދާނަ ކަމުންތާ ކިތައްމީހުން ކަންއެގޭތަ މިސަރުކާރު އައިފަހުން ވީނުވީއެއް ނޭ ގިގެއްލިމަރުވީ ކޮވިޑް ޖެހުނުމީހުނަށް ވުރެގިނަ މިސަރުކާރު އައިފަުުން މަރުވިމީހުން ހާދަ ކުޅަދާނަ ސަރުކާރެކޭ ދޯ !

  13
  1
 39. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

  ކިހާބޮޑު މުސީބާތެ އްދެންމީ ތިމާހަށިގަޑުގަށް ވަރުގަދަ އަށް މަސްޖަހާފަހު އްޓަސް ކުރެވޭނެހަމަ އެ އްކަމެ އްވެސްނެ އް ބާރަކީ ﷲސުބުހާނަޙޫވަތަ އާލާގެ ބާރުކަލޭގަދަބަސް ބުނަން ބިރެ އްނުގަނޭތަ ޔާﷲމިނުބަ އިމީހާގެ ކިބަ އިން އަޅަމެން ހުރިހާމުސްލިމްތަކުން ސަލާ އްމަތް ކުރަ އްވާދޭ އާމީން

  19
 40. ކާފަދ

  ސަރުކާރުން ފުރާނަ ސަލާމަތްުކުރަންވެސް ފެށީތަ؟ އަހަންނެއް ތިކަން ޤަބޫލެއް ނުކުރާނަން. ފުރާނަ ގެންދަވަނީ ﷲ.

  17
 41. ހަގީގަތް

  ސުބުހާނައްﷲ ކުފުރު ވަނީ. ސަރުކާރުގެ މޮޅުކަމެއް ނޫން އެއީ. ﷲ ސުބުހާނަހޫ ވަތައާލާ ކުޅަދުންވަންތަ ކަން. މީހުންގެ ފުރާނަ ގެންދަވަނީ ﷲ ސަރުކާރެއްނޫން. އަވަހަށް ތައުބާވޭ

  16
  1
 42. ފަޒީލް

  އެއްވެސް އިންސާނެއްގެ ފުރާނަ ސަރުކާރަކަށް ނުހިފެހެޓޭެ.މާތް ﷲ ޝުކުރުދެނެވުން ނޫން ގޮތެތް ނެތް.ސަރުކާރުގެ ބައެއް މީހުން މިދަޏޑިވަޅު ބޭނުން ކުރަނީ ރައްޔިތުންނަށް އިޅުވާލާ ފައިސާ ތަކުންމުއްަަނދިވާން .މާތް ﷲ މިދިމާވެފާ ވާ ބަލިމަޑުކަމުން އަޅަމެން މިންޖު ކުރައއ ވާންދޭވެ. ޢާމީން

  13
 43. އިބޫ

  އަލީވަހީދު ކުފުރުބަސްބަސްނުބުނުއްވާ އެއްވެސްބަޔަކަށް
  އެއްވެސްމީހަކަށް ފުރާނަ ސަލާމަތެއްނުކުރެވޭނެ ފުރާނަ
  ޔަކީﷲގެމިލްކެއް މަރުގަންނަވަނީﷲ ދިރުއްވަނީﷲ
  އެއީއަޅުގަނޑަކަށް އަލީވަހީދަކަށް އެއްވެސްމަޙުލޫގަކަށް
  ބާރުލިބިގެންވާކަމެއްނޫން އެހެނެއްނޫންއަޅުންނަށް މަސަ
  އްކަތްކުރެވިދާނެ މިކަމުގެވެސްހުރިހާބާރެއްވަނީﷲގެމިލްކު
  ވެރިކަމުގެދަށުގަ އެއީއެކަމަށް ތަޥްފީޤު ދެއްވުމާއި
  ނުދެއްވުން އެއީހަމައެކަނިﷲއަށްމިލްކުވެގެންވާކަމެއް

  13
 44. ށަރީ

  ކުފުރު ނުވެ މަޑުން ތިބެވޭތޯ ބައްލަވާ.
  އަލީ ކުރާކަންތައް މާމޮޅައް ދެކެދެނެވޮޑިގެންވާ
  ފަރާތެއްވޭ.

  14
 45. ޢަލީ ވަހީދު

  ޢަދި ސަލާމަތެއްނުވޭ އަލީ ވަހީދު. ޢަދި ސަލާމަތެއް ނުވޭ

 46. މައިސް

  މިކަހަލަކުފުރުބަސްބުނާމީހުން މިގައުމްގެ މިނިސްތަރުންނައް ތިބޭހާހިދަކު ގައުމައް ފައިދާއެނުކުރާނެ. ރައިތުން ހޭލާންވެއްޖެ. މިބައިގަޑު ގެ ކިބައިން ރާއްޖެ ސަލާމަތް ކުރަންވެއްޖެ. ރައިތުްނ ވޯޓްދިން ރައީސް އޮތީފިލާ ، ރައިތުން ގެ ހަގުގަ އެވެސް ކަމެއްނުކުރޭ، ގެރިމޯދީއައް ސަނާކިޔުން ނުކަމެއްނުކުރޭ

  12
  1
 47. މަރީ

  ޑރ ސީނާ އަށްވުރެ މާމޮޅުވާނެ ރޫހާނީ ލީޑަރ ނަސީދު.

 48. ޤައުމް

  ބޫން ބޫން ތިބުނާ ހާ ކުޅަދާނައެއް ނޫން. ހޮޅި ބައެއް

 49. ޙސބަބ

  އަދިވެސް ކުފުރުގެ ބަސް މިބުނަނީ ސާބަސް ކަލޭމެންނަށް ޔާﷲ މި ކުފުރުގެ ބައިގަނޑުގެ ކިބައިން މި ދިވެހި ޤއުމު ސަލާމަތް ކުރައްވާށި

  22
 50. ކަރާދަނޑު

  ނިޔާވާނެކަމަށް ލަފާކުރެވުނު މީހުންގެ ލިސްޓް ހާމަކޮށްދެއްވުން އެދެން.

 51. ފެންކަރާ

  ނިޔާވާނެކަމަށް ލަފާކުރެވުނު މީހުންގެ ލިސްޓް ހާމަކޮށްދެއްވުން އެދެން.

 52. ނަބާ

  ބަލިޖައްސަވަނީވެސް އަދި އެބައްޔަށް ޝިފާ ދެއްވަވަނީވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ، އަހަރެމެން އިންސާނުންނަށް އޮތީ އެކަމުން ސަލާމަތްވޭތޯ މަސައްކަތް ކުރުން، ( ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން) ޝިފާދެއްވަނީ އެކަލާންގެ އިރާދަކުރެއްވި އަޅަކަށް!! މީކޮންމެހެން ސަރުކާރުގެ ކުޅަދާނަކަމުން ވީކަމެއް ނޫން!! އެހެން ނޫންނަމަ ބޮޑެތި މުއްސަދި ޤައުމުތައް ކުޑަކަކޫމައްޗަށް އެހެރަ ތިރިވަނީ ކީއްވެ؟؟؟ އެމެރިކާ ، އިޓަލީ، ފުރާންސް، ބުރެޒިލް ފަދަ ޤައުމުތައް ހެއްކަކަށް ނުފުދޭތޯ!!! ދެންވެސް ތިކަހަލަ ކުފުރުގެ ބަސްތައް ނުބުނެ ދޫރައްކާތެރި ކޮށްގެން ހުރެވޭތޯބަލާ !!

 53. ނަޒޫ

  އޭ ކުފުރުނުވޭ ބޮޑާނުވޭ އެއީކުޅަދުންވަންތަކަން ވިސްނާބަޔަކަށްއިބުރަތެއް

 54. ހިޔާލު

  ސަރުކާރުން މިހާރު އަންނަނީ ރާއްޖޭގެ ބޯޑަރު ހުޅުވާލުމުގެ މަސައްކަތްތައް ކުރަމުން ދެން މާލޭގައި ތާށިވެފައި ތިބި މީހުންނަށް ގޮތެއް ނެތްތަ؟ އަލުން ފަތުރުވެރިކަމަށް ރިސޯޓުތައް ހުޅުވާލާ އިރު، ރިސޯޓުތަކުގައި މަސައްކަތް ކުރާ ސްޓާފުން ދާންޖެހޭނެ ރިސޯޓަށް އަހަރެން މިއުޅެނީ އަދި މާލޭގައި ތާށިވެފައި ހުރުމުން ފިރިމީހާ ކައިރިއަށް ނުދެވިގެން... ފުރަބަންދު އުވާނުލާ މިހެން ބަހައްޓައިގެން ރިސޯޓުތައް ހުޅުވާނަމަ ދިމާވެސް ނުވާނެ.... ސަރުކާރަށް ބަލި ޖެހޭމީހުން އަވަހަށް ދެނެގަނެވޭނެ ގޮތެއް ނެތުމާއި ވަައިރަހަށް ޕޮސިޓިވްވާ މީހުން އަވަހަށް ރަނގަޅު ކުރެވޭނެ ގޮތެއް ނެތުން އެއީ ސަރުކާރުގެ ނުކުޅެދުންކަން! މާތް ﷲ ގެ ކުޅަދާނަކަމުން ފުރާނަ ސަލާމަތް ވަނީ.... ޝީނާ އަށްވެސް ވަސީލަތަކުން މީހުން ޕޮސިޓިވް ވާނެ އަދަދު ލަފާކޮށް ބުނަން އިގުނުއިރު މިބަލިން ސަލާމަތް ވެގެން އަވަހަށް އާއިލާ ކައިރިއަށް ނުދެވި ތިބި މީހުންނަށް ދެވޭނެ ގޮތެއް ބުނެދޭކަށް ނޭންގުނު......

 55. ޚޮވިދް

  ސަރުކާރުގެ ނުކުޅެދޭކަމުން މަރުވާނެކަމަށް ލަފާކުރީ. ދެންވެސް ގަދަބަސް ނުބުނެ ހަމްދުކުރޭ.

 56. Anonymous

  سبحان الله. ސަރުކާރުގެ ކުޅަދާނަކަމުން ވީކަމެއް ނޫން. ﷲގެ ރަޙްމަތްވަންތަކަމުން ވީކަމެއްވީ.
  މަރުވުމާއި ދިރުއްވުންވަނީ ހަމައެކަނި ﷲށް.
  أَيۡنَمَا تَكُونُواْ يُدۡرِككُّمُ ٱلۡمَوۡتُ وَلَوۡ كُنتُمۡ فِي بُرُوجٖ مُّشَيَّدَةٖۗ وَإِن تُصِبۡهُمۡ حَسَنَةٞ يَقُولُواْ هَٰذِهِۦ مِنۡ عِندِ ٱللَّهِۖ وَإِن تُصِبۡهُمۡ سَيِّئَةٞ يَقُولُواْ هَٰذِهِۦ مِنۡ عِندِكَۚ قُلۡ كُلّٞ مِّنۡ عِندِ ٱللَّهِۖ فَمَالِ هَٰٓؤُلَآءِ ٱلۡقَوۡمِ لَا يَكَادُونَ يَفۡقَهُونَ حَدِيثٗا

  އުސްވެގެންވާ ގަދަފަދަ ކިއްލާތަކެއްގެ ތެރޭގައި ތިޔަބައިމީހުން ތިބިކަމުގައިވިޔަސް، ތިޔަބައިމީހުން ތިބި ކޮންމެ ތަނަކުން މަރު، ތިޔަބައިމީހުން އަތުލާނެތެވެ. އެއުރެންނަށް ހެޔޮގޮތެއް މެދުވެރިވެއްޖެނަމަ، މިއީ، اللَّه ގެ حضرة ން އައިކަމެކޭ އެއުރެން ބުނެތެވެ. އަދި، އެއުރެންނަށް ދެރަގޮތެއް މެދުވެރިވެއްޖެނަމަ، މިއީ، ކަލޭގެފާނުންގެ ފަރާތުން އައިކަމެކޭ އެއުރެން ބުނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކޮންމެކަަމަކީވެސް، اللَّه ގެ حضرة ން އަންނަ ކަމެކެވެ. ފަހެ، މިބައިމީހުންނަށް އެއްވެސް ވާހަކައެއް ވިސްނޭން ގާތްވެސްނުވެ އެތިބީ ކީއްވެފައި ބާވައެވެ؟

  -Surah An-Nisa', Ayah 78

  12
 57. ޟ

  ފޮޮނި ކަޑަން ފެށީ..ބލ ރާއްޖޭގައ ބަލި މައިލްޑްކޮށް ޖެހުނީމަ އެެހެން ވީ..

 58. އަލި

  ޤުދުރަތީ ގޮތުން އައިސޮލޭޓްވެފައި އޮތް މި ޤައުމު ދުނިޔޭގައި އާބާދީގެ ނިސްބަތުން އެންމެ ގިނަބަޔަކަށް ކޮވިޑު ޖެހުނީ ސަރުކާރާއި ޓޫރިޒަމްގެ ހިތްވަރުން

 59. Anonymous

  ނަމްރޫދު އިބްރާހީމްގެފާނާ ޖަދަލުކުރިފަދައިން
  أَلَمۡ تَرَ إِلَى ٱلَّذِي حَآجَّ إِبۡرَٰهِـۧمَ فِي رَبِّهِۦٓ أَنۡ ءَاتَىٰهُ ٱللَّهُ ٱلۡمُلۡكَ إِذۡ قَالَ إِبۡرَٰهِـۧمُ رَبِّيَ ٱلَّذِي يُحۡيِۦ وَيُمِيتُ قَالَ أَنَا۠ أُحۡيِۦ وَأُمِيتُۖ قَالَ إِبۡرَٰهِـۧمُ فَإِنَّ ٱللَّهَ يَأۡتِي بِٱلشَّمۡسِ مِنَ ٱلۡمَشۡرِقِ فَأۡتِ بِهَا مِنَ ٱلۡمَغۡرِبِ فَبُهِتَ ٱلَّذِي كَفَرَۗ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلظَّٰلِمِينَ

  اللَّه، އޭނާއަށް ރަސްކަންދެއްވާފައިވާތީ، إبراهيم ގެފާނުގެ ވެރިރަސްކަލާނގެއާމެދު އެކަލޭގެފާނާ جدل ކުޅަ މީހާޔަށް ކަލޭގެފާނު ވިސްނައި ފިކުރު ނުކުރައްވަމުތޯއެވެ؟ (އެއީ) إبراهيم ގެފާނު ވިދާޅުވިހިނދެވެ. ދިރުއްވައި މަރުގަންނަވަނީ ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. އޭނާ ދެންނެވިއެވެ. އަހަރެންވެސް ދިރުވައި އަދި މަރަމެވެ. إبراهيم ގެފާނު ވިދާޅުވިއެވެ. ފަހެ، ހަމަކަށަވަރުން، اللَّه، އިރުމަތީފަރާތުން އިރު ގެންނަވައެވެ. ފަހެ، ކަލޭ، އެ އިރު ހުޅަނގުފަރާތުން ނިކަން ގެނެސް ބަލާށެވެ! ދެން، އެ كافر ވި ކަލޭގެ حيران ވެ ބަސްހުއްޓިއްޖެއެވެ. އަނިޔާވެރިވެގެންވާ قوم އަކަށް اللَّه ތެދުމަގެއް ނުދައްކަވައެވެ.

  -Surah Al-Baqarah, Ayah 258

  10
 60. Anonymous

  ނަމްރޫދު ރަސްގެފާނުގެ ވާހަކަމަތިން ހަނދާންވަނީ އެވާހަކަ
  -Surah Al-Baqarah, Ayah 258 އާޔަތުގައިވޭ.
  މާނަ:
  اللَّه، އޭނާއަށް ރަސްކަންދެއްވާފައިވާތީ، إبراهيم ގެފާނުގެ ވެރިރަސްކަލާނގެއާމެދު އެކަލޭގެފާނާ جدل ކުޅަ މީހާޔަށް ކަލޭގެފާނު ވިސްނައި ފިކުރު ނުކުރައްވަމުތޯއެވެ؟ (އެއީ) إبراهيم ގެފާނު ވިދާޅުވިހިނދެވެ. ދިރުއްވައި މަރުގަންނަވަނީ ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. އޭނާ ދެންނެވިއެވެ. އަހަރެންވެސް ދިރުވައި އަދި މަރަމެވެ. إبراهيم ގެފާނު ވިދާޅުވިއެވެ. ފަހެ، ހަމަކަށަވަރުން، اللَّه، އިރުމަތީފަރާތުން އިރު ގެންނަވައެވެ. ފަހެ، ކަލޭ، އެ އިރު ހުޅަނގުފަރާތުން ނިކަން ގެނެސް ބަލާށެވެ! ދެން، އެ كافر ވި ކަލޭގެ حيران ވެ ބަސްހުއްޓިއްޖެއެވެ. އަނިޔާވެރިވެގެންވާ قوم އަކަށް اللَّه ތެދުމަގެއް ނުދައްކަވައެވެ.

 61. ނާދިރާ

  މޮޔަޔާ...ސަރުކާރުން ވަގައް ލާރިކާން ޖެހި އަދަދުތަކެއް.

 62. ނަސީދު

  ސަރުކާރު ކުޅަދުންވަންތަ ކަމުން އަދި އަދަށްވެސް ބަލި ކޮންޓްރޯލް ނުކުރެވިގެން އެއުޅެނީ. ކުޅަދާނަ ކަމުން ބިދޭސީ 2 މީހިން ފިލައިގެން ނުފެނިގެން އުޅެނީ. ވަރަށް ބަރާބަރު

 63. ވަސްލު

  ﷲގެ އިޒްނަފުޅާއި ލައިގެން މެނުވީ އެކަލާންގެ ހައްދަވައި ފުރާނަ އެޅުއްވި އެއްވެސް މަހުލޫގެއްގެ ފުރާނަ އެ އެއްޗަކާއި ވަކިވެ ނުދާނެކަން އަހަރެން ފުރިހަމަޔަށް ގަބޫލުކުރަން. އަނޭއް ދިވެހިރާއްޖޭގެ މީހުންގެ ކަން ކަން ހުންނާނީ އަލީވަހީދުމެންގެ ކަންކަން ހުންނަ ގޮތް.

  10
 64. ވިއްޓެ

  މީ ވެރިކަމަށް ކުފޫހަމަވާ ބައެއްނޫން، ކިޔޭ ނުކިޔޭ އެއް ނޭނގޭ

 65. ތާކިހާ

  މިނިސްޓަރ ވަހީދު ނުބުނެ، މާތްﷲ ގެ ކުޅަދުންވަންތަ ކަމަކުންނޫނޭ، އިނގޭތޯ ، ބޮލުކަށިކާން ނުއުޅުއްވާ. ބުނީ ސަރުކާރުގެވެސް ކުޅަދާނަ ކަމެއްހުރެގެންނޭ- ޝުކުރިއްޔާ

  1
  5
 66. ޙަސަނާ

  މި ގައުމައް ޖެހެމުންމިދާ ބަލާމުސީބާތްތަކަކީ މިކަހަލަ އިލްމެއް ހިލްމެއް ނެތް ވިހަ އަގަތަކުގެ ނުބައިނުލަފާކަމުން މި ފަސްގަޑުގައި ކުފުރުގެ އަމަލުތައްގިނަވެ ގައްކަމާ ރިބާ އާންމުވުވުމުން ވެރިކަމުގެ ކޮއިލުތެރެ އައް ﷲ އާއި އެއިލާހުގެ ރަސޫލާ އައް ބަދުބަސް ބުނާމީހުން ވަދެ ހިންގަމުންދާފާޝިގު އަމަލުތަކުން އެހަނަސް ﷲސުބުހާނަހޫ ވަތައާލާ ގެ އޯގަވަންތަކަމުން މިމުސީބާތުން ދިވެހިރައްޔިތުން ސަލާމަތްކުރައްވާނެ ސަރުކާރުން ކޮއްފަހުރި ދެއުޅިއެއްނުވާ ކަންތަކުން މިހިސާބައްވެސް ރޯގާ ގިނަވެގެންމިދިޔައީ އެކަންގަބޫލުކޮއްބަލަ ވަޒީފާ އާއިގެންވެސް ތިހުރީ މޮޔަވެފަދޯ...

 67. ޙހހ

  ޠައުބާވޭ

 68. މުހައްމަދު

  ދިރުއްވުމާއި މަރުގެއްނެވުމުގެ ވެރިފަރާތަކީ ﷲ ސަރުކާރަށް އެކަމުގައި އެއްވެސް ބާެރެއްނެތް މިހާލަތުގައި ވެސް ކުފުރުގެބަސް ނުގޮވާ ފުރިހަމައަށް ﷲ އަށް އިމާންވުވަން ނަޞީހަތްތެރިވަން

 69. ދިވެހި ދަރިއެއް

  މި މީހުންނަށް ނޭނގޭނެ ކުފުރުވެވުނަސް އަދި ކަލޭމެންގެ މޮޅުކަމުންނޭ ސުބްޙާނައްﷲ މަރުގެ ކޮންޓްރޯލް ވަނީ ހަމަ އެކަނި ﷲ އަށް، ކަލޭމެންނަކީ ކޮންބައެއް، މަރު އައިސް ޖެހުނީމައި އެކަކަށް ވެސް ނުހުއްޓުވޭނެ. ސަރުކާރުގެ ނާގާބިލް ކަމުން ތިއުޅެނީ 1000 ޓެސްޓް ހަދާ ނުލެވިގެން. މި އަށް ވުރެ މާ ފަޤީރު ގައުމުތަކުން މާގިނަ ޓެސްޓް ހެދޭ

 70. ދިވެހި ދަރިއެއް

  ޔާ ﷲ މިފަދަ ބޮޑާ ބަސް ބުނާ މީހުންގެ ސަބަބުން އާއްމުވެގެން ވާ އަޒާބެއް އަޅަމެންގެ މައްޗަށް ނުފޮނުއްވާ އަޅަމެން ސަލާމަތް ކޮއްދެއްވާންދޭވެ. އަދި މިފަދަ ނުބައި މީހުންނަށް ހެޔޮ ވިސްނުން ދެއްވާ ފާންދޭވެ. އަދި އެމީހުންނަށް ހެޔޮ ނުވިސްނޭނެ ނަމަ، ނުވަތަ އެމީހުންގެ ހިތް ތައް ވަނީ ސީލް ކުރެވިގެން ނަމަ، އެމީހުންގެ ކިބައިން އެންމެހައި ރައްޔިތުން ސަލާމަތް ކުރައްވާން ދޭވެ. ހަމަކަށަވަރުން އިބަރަސްކަލާންގެ އީ އެންމެހައި ކަންކަން މޮޅަށް ދެނެވޮޑިގެންވާ ވެރި ރަސްކަލާންގެ އެވެ. އާމީން

 71. ޙަހަ

  ????

 72. ޢަލިފް

  BY THE GRACE OF ALLAH

 73. ސަންތިމަރިޔަބު

  މަރުވުމާއި ދިރުއްވުން ވަނީ ﷲ ސުބްހާނަހޫ ވަތައާލާއަށެވެ.ސަރުކާރުގެ އެއްވެސް ކުޅަދާނަކަމެއް ނެތެވެ.ކީއްކުރަންތޯ އާރެއްބާރެއްވެސް ސަރުކާރަކުނެތެވެ ވަލިއްޔުލް އަމްރުވެސް ވިދާޅުވަނީ ގައިރުމުސްލިމުން ބުނާފަދާއިންނެވެ. ވިދާ ގުގުރަން ފެށީމާ ގައިރުމުސްލިމުން އައިސްބުނާނެ ކަލޭމެންގެ ކަލާގެއަށް ދަންނަވާދޭށޭ ވިދާގުގުރުން ހުއްޓޭތޯ މިގޮތަށް ވަލިއްޔުލް އަމުރުވެސް ވިދާޅުވަނީ މިރޯދަމަހު ހުރިހާ ބޭފުޅުންވެސް ﷲ އަށް ދުއާކޮއްދެއްވާށޭ މިބަލިމަޑުކަމުން ސަލާމަތްވޭތޯ ވަލިއްޔުލް އަމުރުގެ ބައިވެރިވުމެއް ނެތް

 74. ާއާތި

  ޢާޓިކަލް ސުރުހީ ލިޔާއިރުވެސް މީސްތަކުންގެ މެދުގަ ޢޮޅުންނާރާ ފިތުނަ ނޫފެދޭ ގޮތަށް ލިޔުމަށް އިލްތިމާސްކުރަން.. އަލީ ވަޙިދު ހަމަ ތިގޮތަށްތޯ ބުނުއްވީ!!

 75. ޙިދއޣެބސކ

  ޢައްޗީޑި

 76. ނަޖީ

  މިވަތުގެ ޔަހޫދީކަން ބޮޑުމީހަކު މަވާނުދެކެން އަޅީވަހީދު ތައުބާވުމައް ގޮވާލަން

 77. ދުވާފަރު މީހާ

  ފައްސި ނުވެ ނައްސިވެގެން ދެ ފައި އައްސި ނުވަނީސް މައިތިވޭ ކަލޭނޭ

 78. މީހާ

  ވީޑިއޯއާއި އެކީ ނިއުސް ޕޯސްޓް ކޮއްލަދެއްވާ ޕްލީސް ، ވީ ޑޯންޓް ޓްރަސްޓް އެނީ ނިއުސް އިން ދިސް ކަންޓްރީ

 79. Someone

  Kufuru vaairuves neygey

 80. Anonymous

  ކިއްލި ވިއްކައިގެން މުއްސަނދި ވާން ކަލޭ ކުޅަދާނަ ވިޔަސް ބައެއްގެ މަރު ސަލާމަތް ވާނީ ﷲ ސުބުހާނަހޫ ވަތަޢާލާގެ ރަހްމަތުން. ކަލޭތީ ކާކުތަ

 81. މުހައިމިނު

  ސަރުކާރު ކުޅަދާނަ ނަމަ 100 އަށް ވުރެ ކޭސް ގިނަވީ ކީއްވެތޯ. ކީއްވެތޯ މާތް ﷲ ގެ އޯގާވަންތަކަން ދުލުން ކިޔާ ނުލެވުނީ.

 82. މުރާދުބޭ

  އައްޔާ ދެން ތިއީ ތަންފުކެއްބޮޑުވަރު! ޤައުމުތަކުން މީހުން މަރުވީ އަދަދުބަލަމުން އެކަން ހިގައިދިޔަގޮތާމެދު ވިސްނުމެއްނެތި ރާއްޖޭގެ އާބާދީ އަށް ބަލާފަ ހިސާބެއްޖެއްސެވުމަކުންނެއް ނަތީޖާޔަކާ ހަމަޔަށް ވާސީލެއްއަދިނުވޭ! ޤައުމުގެ ރައްޔިތުންނަށް ވުރެންބޮޑަށް މުޅިޤައުމުގެ ހުރި ހުރިހާ ވަސީލަތެއް ބިޒީވީ ބިދޭސީން ފަހައިދުވަމުން. ފިހާރަތައް ކުރިމަތީ އެމީހުން. ކޮންތާކު ނެތީ. އެމީހުންގެ ކިއްލާތަކުން ޒަރޫރީބޭނުންތަކަށް އެހީވެ ޑެލިވަރީވެސް ކުރަނީ. މީހުންތޮައްޖެއްސީ ކެފޭ ރެސްޓޯރަންޓްތަކަށް ހުއްދަދިން ޓޭކްއަވޭ ތަކުން. ޓޭކްއަވޭކުރީ ހުއްދަދިން ތަންތާގެ ކުރިމައްޗަށް، އެހިސާބުން ތިބީ ސިގިރޭޓްބޯން ކޮފީއަކާއެކު. މިއީ އެކަންތައް ހިގައި ދިޔަގޮތް އަދި މިއީ ނިމުމެއް ނޫން. އަދިވެސް ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ތިބި ބިދޭސީން ކަމެއްކުރަންޏާ ޤައުމުން ބޭރުކުރަންވީ. އެމީހުން މިފަތުރަނީ. އެމީހުން ކާއެތިކޮޅުވެސް ކައްކާދެނީ. ރޯފިލާ ވާހަކަދައްކަންވީ. މާސްކެއްނެތް. އެއިވެސް ކުރީ ވިޔަފާރި. ޤައުމުތަކުގައި އެއީ ބަހާލީ އެއްޗެއް. 898 މިލިއަން ރުފިޔާ ޚަރަދުކުރީ ކޮންދިމާލަކަށް ކަމެއް ނޭގޭ. ކޮވިޑް 19 އެއް މިއައީ އިތުރު ކޮރަޕްޝަނެއްގެ ސީދާ ތަސައްވަރަކާއިގެން. ތިތިބީ މުއްސަދިވެފައި. ޝުކުރިއްޔާ