ރާއްޖެ އަށް ކިރިޔާ ވެސް ނޭވާލެވެން އޮތީ މި އަހަރު ނިމުމުގެ ކުރިން ފަސް ލައްކަ ޓޫރިސްޓުން ގެނެސްގެން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ވެބްކޮންފަރެންސްކޮށް ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ ސިނާރިއޯތަކުގެ ތެރެއިން، ތިނެއްގައި އޭޕްރީލް މަހު 881 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައިވާ ކަމަށެވެ.

އެކަމަކު، އޭޕްރީލް މަސް ނިމުނު އިރު، އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 527 މިލިއަނަށް ވުރެ ގިނަ ރުފިޔާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"އެހެންވީމަ ސިނާރިއޯ ތިނެއްގައި ތިބެވޭ ކަމަށް ދެކެން އުނދަގޫ ވާނެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މެއި 17 ވަނަ ދުވަހާ ހަމައަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 109 މިލިއަނަށް ވުރެ ގިނަ ރުފިޔާ ކަމަށާއި ސިނާރިއޯ ތިނެއްގައި މެއި މަހު 598 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެން މިހާރު މިތިބީ ސިނާރިއޯ ހަތަރެއްގައި. އަޅުގަނޑުމެން މިދަނީ ފަހަކާ ހަމައަށް،" ނަޝީދު ވިދާޅުވިއެވެ.

ސިނާރިއޯ ފަހެއްގައި ޓޫރިޒަމް ސިނާއަތުން ގައުމީ އުފެއްދުންތެރިކަމަށް އަސަރު ކުރާ މިންވަރު ފަސް ޕަސަންޓު ދަށްވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އެހެންވެ، ސިނާރިއޯ ތިނެއްގައި ތިބުމަށް ރާއްޖެ އަށް އަށް ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން އަންނަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މިހާރު ކަންތައް ދިމާވި އިރުގައި ތިން ލައްކައެއްހާ ޓޫރިސްޓުން އައިސްފައިވޭ. އެހެންވީމަ، ބާކީ އަދި ފަސް ލައްކަ ޓޫރިސްޓުން ގެނެސްގެން އަޅުގަނޑުމެންނަށް ކިރިޔާ ވެސް ނޭވާލެވެން ތަނެއްގައި އޮތީ،" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޓޫރިޒަމް ހުޅުވާލުމާބެހޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ ގައިޑްލައިނަށް ރައްޔިތުންގެ މަޖިލީހުގެ ލަފައެއް ހޯދުމަށް އެދި ޓޫރިޒަމް މިނިސްޓްރީން މަޖިލީހަށް އެ ގައިޑްލައިނަކީ އެ އަމާޒަށް ވާސިލްވާން ފޮނުވި ދެލިކޮޕީއެއް ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

 1. ކައްކާ---

  އިއ އްޔެގަ ބުނީ މި އަހަރު ޓޫރިސްޓުން ނަ އަންނާ ނެ ވާހަކަ@ މި އަދު ބުނަނީ ނޭވާ ނުލެވިގެން އުޅޭ ވާހަކަ ހިސާބު ޖަހާދޭނެ މީހަކު ނެތީތަ؟

  73
  2
 2. ކާފަ

  ކަލޭ ދޭބަލަ ދޮންކުދިން އުޅޭ ގައުމަކަށް..... ތި ނުބޮވިގެން އުޅޭ އެއްޗެހި އެތާހުންނާނެ...

  73
  1
 3. މާމިގިލީ މީހާ

  މިވަގުތު ރާއްޖޭގަ ހުރީޔާ ހުރި ވެންޓިލޭޓަރެއް ސަރުކާރަށް ގުޅާ ބަލަ. އޭރުން ނޭވާލެވޭނެ. ޓުއަރިސްޓްން ނުގެނަސް. ސަރުކާރުގެ ހުރީޔާ ހުރި ލާރިއެއް. ސިންގާތައް މަސްގަނޑު ކާހެން. އެކި ދިމާލުން ދަމައި ވީދައި ކައި ހުސްކޮއްފި. ދެން ރައްޔިތުން މަރުވިޔަސް، ޓުއަރިސްޓުން ގެންނާނެ...

  75
  1
  • ޢަހޮމަދު

   ތިބުނާގޮތަށް ސިންގާތަށް ބިލިއަން ރުފިޔާކާލައިގެން ބޮޑުސިންގާ އެއޮތީފިލާ ޖަލުގަ ހަހަހާ.

   6
   48
   • ރައްޔިތުން

    އޭނަ ކެއީ .. އޭނަ ޖަލުގަ އޯކޭނު.. މި ބައިގަނޑު ކެޢީމަ އެއީ މައްސަލައެއް ނޫން ދޯ؟ ހަމަ ހަމަ ވާންޖެހޭނެ.. ވައްކަން ވާނީ ވައްކަމަށް.. ތިމާ ސަޕޯޓު ކުރާ ބަޔަކުވެސް ގޯސް ކަމެއް ކުރަންޔާ އެވާހަކަ ޖެހޭނެ ދައްކަން..

    50
 4. ކައްޒާބު

  ނަޝީދު ދައްކާ ދެއުޅިއެއްނުވާ ވާހަކަ ގަބޫލުކުރަންދަތި . ކިތަންމެ ބޮޑު ތެދެއް ނަޝީދު ހެދިޔަސް ގަބޫލުކުރަންދަތި . މީގެ ކުޑަދުވަސްކޮޅެއްކުރިން ބުނީ ރާއްޖޭގެ އެންމެނަށް ކޮވިޑްޖެހޭނެއޭ. މިހާރު ތިއުޅެނީ 5 ލައްކަ ޓޫރިސްޓުން ގެނެސްގެން ކޮވިޑް ބޮޑަށް ފަތުރަންތަ . 5 ލައްކަ ޓޫރިސްޓުން ގެނައުމުގެ ވާހަކަ ދެއްކުން އަދި މާއަވަސްކަން ބުއްދިސަލާމަތުން ހުރި ކޮންމެ މީހަކު ގަބޫލުކުރާނެ .

  68
  2
 5. ހުސޭނުބޭ

  ބުއްޅަބެޔަކީ ރާއްޖޭގެ ޓޫރިޒަމް ބޮއިކަޓްކުރުމަށް ގޮވަމުން ދެފައިއެއްތާނުޖަހައި ދުވުނު މީހެއް! މިއަދު ކޮން ފަސްލައްކައެކޭ ފަސްކުޅަދެކޭ ކިޔާކަށް! ކަލޭ ތިއީ ޑެންމާކަށް ގޮސް އިސްލާމްދީނަށް ފުރައްސާރަކުރި މީހާނު! ކަލެޔަށް ޑެންމާކު މީހުން އެހާ ހެޔޮވީމާ ފޯނުކޮށްލާފައި ހަމަ މާދަމާ ފަސްލައްކަ ޓުއަރިސްޓުން ގެންނަންވީނު!

  66
  4
 6. އަންމަޑޭ

  އަދި ވެސް ތަންތަން ބަންދުކުރޭ ، މީހުން ބަންދު ކުރުން އަދި ބޯދަރު ބަންދުކުރުން އެއީ ހައްލެއް ނޫން

  8
  31
 7. އެމަންޖެ

  ތީ ހުސްދޮގު ކަލެޔަކައް ހަމަނޭވާއެއް ނުލެވޭނެ މިގައުމު ހަލާކުގެ ތެރެއައް ވައްޓާލެވިގެން ނޫނީ ، މީނާ މިގައުމުން ބޮއިކޮޓް ކުރަން ގޮވާލަން.

  60
  3
 8. ސީދީ

  ޢަޅުގަނޑު ތަޢީދު. ޥަރަށް ރަގަޅު ވާހަކައެއް. ޢަންނި ހަމަ މޮޅީ އޭ. ހަމަ މާ ތަފާތު ކޮށް މޮޅީ.

  3
  39
 9. ޞީޓާ

  ޢެލެކްސް ބުނި ލާރިހުރިވާހަކަ. ދަވާލީދޯ

  34
 10. އިސްމާލް

  އަހަރުމެންނަށް މިނުބައި ދަހިވެތި މީހާ ކިބައިން މިގައުމު ސަލާމަތް ކުރައްވާޝި. އާމީން

  42
  2
 11. ދަރަނި ދަންތުރަ

  ގަމާރުވެ ބޯގޮވާ ބީތާވިޔަސް މީ ބޮޑުވަރުދޯ އަންނާނެ ފަތުރުވެރިޔަކުނެތި 5ލައްކަ ފަތުރުވެރިން ގެންނާނިކިހެތެއްތޯ ބުރާންތި ނަސީދޫ ހަނދާންވޭތޯ ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓު ކުރަންގޮވާ ކުރި މަސައްކަތްތަށް ކެރަފާ ނަސީމު ދަންނަންތޯ ގައުމާ ރައްޔިތުންނަށް ހެޔޮއެދެނީ ތިގޮތަށްތޯ ، ﷲ ގެ ކުޅަދުންވަންތަކަން ގަބޫލުނުކޮށް ސުވަރުގެ ވަންނަން ނޫޅުއްވާ އިނގޭތޯ...

  34
  3
 12. Alibe

  ކޮންމެވެސް ބަޔަކު ވެއްޖެއެއްނު ބޭކާރު އަނގަތަޅާ މީހުންގެ އަނގައިގަ ޓޭޕްއަޅަން.

  34
  1
 13. މާމީ

  ޔޫރަޕުގަ އުޅޭ ކަލޭގެ އައުވާނުންކާރި ބުނަންވީނު ތިމަންނަ މެނަށް ނޭވާލެވޭ ގޮތެއްހަދާށޭ. ޙަމަލާރިއެއް ލިބުނީ ބަދަލުދިނީ

  27
 14. ހޮރުން

  ބަރަވެލި!

  16
 15. ވާނުވާ

  ބަލަ ކަލޭމެނަކަށް ނޭނގޭތަ މަނީނީ ވާނުވާގަކަމެއް މަށަށް ނޭނގޭ މަށަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް މަށަށް އެނގޭހާވެސް ކަމަކީ ބޯން އެބަޖެހޭކަން!

  17
 16. ރައްޔިތުން

  މިތަނަށް ޓުއަރިސްޓުން ނުގެންނަން ވަކާލާތުކޮށް ބޮއިކޮޓް ހަދާ ހެދި މީހުން ދޯ މީ..

  18
 17. ރައިޔަތު އަހުމަދު

  ރައިޔަތުންގެރިސޯޓުތައް ރައިޔަތުންނަށް އަބުރާދީ. ޕަބްލިކަށް 50% ޝޭއަރ ދީ. ދައުލަތަށް 20% ހިންގާ ފަރާތަށް (ޗަންޕާ/ކޮލިގެެ/ވިލާ/ސަން..) އަނެއް 30%

  މާލޭގެ ބޮޑުންނަށް ދައުލަތުގެ މުދަލުން މުއްސަނދިވާން ފުރުސަތު ދެވެިއްޖެ..ޓޫރިޒަމް ބާނީންގެ ނަމުގައި ނާޖާއިޒު ފައިދާ ނެގިއްޖެ..

  ދެން ވޯޓު ހޯދަން ބޭނުންނަމަ މިކަން ކޮށްފަ އާދޭ ވޯޓު ހޯދަން.. ރައިޔަތުންނަށް މަންފާ ނުވާ ގޮތަށް 99 ރަށްދޫކޮށްގެން ނުތިބެވޭނެ..

  މަޖިލީހާށް ދެންފުރުސަތު އޮތީ ރިސޯޓު ޝެއަރ ދީފިނަމަ

  16
 18. ރައިޔަތު އަހުމަދު

  ހުސް ދޮގު ހަދާ ބަޔެއް.. ދައުލަތުގެ ނަމުގައި ލޯނުނަގައިގެން ދައުލަތުގެ ބަޖެޓުން މަހަކު ކުރާ ޚަރަދު އަންދާސާކޮށްލީމަވެސް މިދަނީ ފިއްކަޑައިގެން..

  މަހެއްގެ މުސާރަ 80 ހާހުގެރޭޓްުން = 6,640,000 ހަ މިލިޔަން ހަސަތޭކަސާޅީސް ހާސް
  މަހެއްގެ ކޮމިޓީ އެލަވަންސް 20 ހާހުގެރޭޓްުން = 1,660,000 އެއް މިލިޔަން ހަސަތޭކަ ފަސްދޮޅަސް ހާސް
  މަހެއްގެ ކެއުމުގެ ޚަރަދު ދުވާލަކު 750 ބޮލަކަށް = 1,867,500 އެއް މިލިޔަން އަށްސަތޭކަ ފަސްދޮޅަސް ހަތްހާސް ފައްސަތޭކާ

  ޖުމުލަ ބޭކާރު ޚަރަދު : 122,010,000 ސަތޭކަ ބާވީސް މިލިޔަން އަހަރަކު އެބަހިނގާ..

  30,000 އަށް މުސާރަ ކުޑަކޮށް ކޮއްތު ކަނޑާލުމުން 92 މިލިޔަން ދައުލަތަށް ސޭވުކުރެވޭ..

  17
 19. ޢަހަރެން

  މިއައްވުރެން ބޮޑު މޮޔައެއް މިރާއްޖޭގަ ނެއް.

  21
 20. Mahujanu

  ތިޔަ އޮތީ މުޅި ދުނިޔޭގަ ރާ އްޖެ އަށް ޓޫރިސްޓުން ނަ އުމަށް މީގެ ކުރިން ތިޔަ ބީތާތަށް ގޮވިގޮވުން ތިޔަ ބީތާތަކަ ކުރިމަތިވެފަ، ދެން ބޮލާފޮށާ އަޅަ އިގެންތިބޭ،

 21. ކައުންސެލަރު

  ދިވެހިންނަށް ނޭވާލެވެންއޮތީ ކަލޭ މިގައުމުން ފެއްސުނިއްޔާ! އެކަން ވާނެނަމަ ކިހާރަނގަޅު+

 22. ޢަބްދުއްލަޠީފު

  ފެންފޮދަކާނުލާ ލިބުނުހާ އެއްޗެއް ދިރުވާލި އިރު ހިތަކަށްނާރާދޯ ކަހަރުވަކެކޭވެސް. ލައްކަ ހަމަވާނީ ހާސް ހަމަވެގެން އޭގެ ފަހުން. ޓެކްސް ނަގައިގެންވެސް ވާނީ ވަކިވަރެއް. ރައީސުލްޖުމްހޫރީއްޔާ އިން ފެށިގެން އެއްހަމައެއްގާ މުސާރަފުޅު ލިބޭ ކިތައްވަގުން މަތީފަޑީގަ އެބަތިބިބާ؟ ލަދެއްވެސް ނުގަނޭ ފެންފޯއްބެ.

 23. އަޙްމަދު ޢަލީ

  ކިހާ ދެރަ ކަމެއްތޯ؟ މި މީހުނެއް ނޫންތޯ ޔޫރަޕާއި އެހެން ޤައުމު ތަކުގައި މި ރާއްޖެއަށް ގެސްޓުން ނާންނަން ގޮވަމުން ދުވީ. ގެސްޓުންވެސް އަންނަންވީ މި މީހުންގެ ވެރިކަމުގައި، ޑޮލަރުވެސް ލިބެންވީ މި މީހުންގެ ވެރިކަމުގައި، ނޫނީ ހެޔޮ ގެސްޓަކު ނަޔަސް ބަނޑަށް ޖެހުނަސް. ކަލޭމެން ދުނިޔޭގެ ކަންކޮޅުގައި އެދެމުން ދިޔަ ހުރިހާ ކަމެއް މިހާރު ތިޔޮތީ ޙާސިލު ވެފަ. ގެސްޓަކު ނާދެ، ކުދިން ކިޔަވާކަށް ނުގެންދޭ،، ހުރިހާ ސިވިލް ސާވަންޓުން ގޭ ބަނދުގާ، ކުރުކޮށް ބުނާނަމަ އަމިއްލައަށް ފޭއްސި އިލުށިގަޑު މިހާރު ތިއޮތީ އަމިއްލަ ލޮލަށް ހެރިފަ!