ސިވިލް ސަވިސް ކޮމިޝަން (ސީއެސްސީ) ވަނީ ފެއިލްވެފައިވާ ކަމަށާއި އެ ކޮމިޝަނުން މަސައްކަތް ކުރަނީ ސަރުކާރާއި ދިމާ އިދިކޮޅަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ގަމު ދާއިރާގެ އެމްޑީޕީގެ މެމްބަރު ވިސާމް އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގައި ވާހަކަ ދައްކަވަމުން ވިސާމް ވިދާޅުވީ ސީއެސްސީގައި ތިއްބެވި ބޭފުޅުންނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކެމްޕެއިންގައި އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ ކަންކަމުގައި އެހީތެރިވެ ދެއްވި ބޭފުޅުން ކަމަށެވެ.

ސީއެސްސީގެ މެމްބަރުން މަސައްކަތް ކުރައްވަނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުވިޔަ ނުދިނުމަށް ކަމަށް ވިސާމް ވިދާޅުވިއެވެ. އެހެންވެ، ސަރުކާރުގެ އުސޫލާ ދެކޮޅަށް މަސައްކަތް ކުރާ މީހުން ވަކިކުރުމަކީ މަޖިލިހުގެ ޒިންމާއެއް ކަމަށް ވެސް ވިސާމް ވިދާޅުވިއެވެ.

ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރައަށް ބަދަލު އަންނަ ގޮަތަށް ސާކިއުލާ ނެރޭ އިރު، ސިވިލް ސާވިސް މުވައްޒަފުން އެކަމުގެ ޒިންމާ ނަންގަވަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ހަގީގަތަކީ ސިއްހީ ޚިދުމަތްތެރިންގެ ތެރެއިން 19 ގިންތިއަކަށް ނިސްބަތްވާ ވަޒީފާ އަދާކުރަމުން މިހާރުވެސް ދާ މީހުންނަށް، ހެލްތް މިނިސްޓްރީންނާއި ސިވިލް ސަވިސް ކޮމިޝަނުން މި އޮނިގަނޑު ނުހެދިފައިވާ ކަމީ އަޅުގަނޑުމެން ފާހަގަކުރަން ޖެހޭ ކަމެއް. މީގެ ތެރޭގައި ލެބޯޓްރީގައި މަސައްކަތް ކުރާ މީހުންނާއި އެކި އެކި ފަރާތްތައް އެބަ ހިމެނޭ. ހަގީގަތުގައި މިފަދަ ކަންތައްތައް ނުވެ ހުރުމަކީ މިއީ ސިވިލް ސާވިސް ކޮމިޝަންގައި ތިބި މީހުން ފެއިލްވެފައިވާކަން،" ވިސާމް ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން މުސާރަައަށް ބަދަލު ގެނައުމަށްޓަކާ އޮޑިޓެއް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އަދި ބޮޑު މުސާރަ ލިބޭ ފަރާތްތަކުގެ މުސާރަ ކުޑަ ކުރަން ދެ ފަހަރެއްގެ މަތިން ނިންމާފައިވާއިރު، 20،000 ރުފިޔާ އާއި 30،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުގެ މަގާމުތަކުން 20 ޕަސެންޓު 30،000 ރުފިޔާ އާއި 60،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުގެ މަގާމުތަކުން 30 ޕަސެންޓު ކުޑަ ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ނިންމައިފައެވެ.

މީގެ އިތުރުން 60،000 ރުފިޔާއިން މަތީގެ މުސާރަތަކުގެ މަގާމުތަކުން 35 ޕަސެންޓު ކުޑަ ކުރުމަށާއި، ކުޑަ ކުރާ މުސާރަ ކުޑަ ކުރާނެ މުއްދަތަކީ، މި މެއި މަހަށާއި އަންނަ ޖޫން މަހާއި ޖުލައިކަމަށް ކޮމިޓީން ނިންމެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. ާއަލީ

    ޕާޓީގެ އެކްޓިވިސްޓެއް ނެތް ކޮންމެ ތަނެއް ކަލޭމެނަށް އެއީ ފެއިލްވެފައިވާ ތަނެއް. ޢެކްޓިވިސްޓަކު ސުޕްރީމް ކޯޓަށް ލެވުމުން މިހާރު އިންސާފުވެސް އުތުރި އަރަނީ.

    96
    3
  2. މޮންދު

    ތީ މާކުރިންވެސް ފެއިލްވެފަ އޮތްތަނެއް.ސިވިލް ސާވިސްގެ އެކި މީހުންނާދޭތެރޭ އެކިގޮތްގޮތައް ކަނަތއްކުރަނީ.އަހަރުމެން ރަސްމީބަންދު ތަކުގެ ކިތެންމެގިނައިން މަސައްކަތް ކުރި ނަމަވެސް އެކައްޗެއްވެސް ނުލިބޭ، އޮފް ދުވަހެއްގަ މަސައްކަތް ކުރިޔަސް އެކައްޗެއްވެސް ނުލިބޭ.މީބާ މިކަން އޮންނަ ގޮތަކީ؟

    27
    2
  3. ނަންނުގަތި

    މިސަރުކާރާ މަޖިލިސް އޮތީ ފެއިލް ވެފަ.

    66
    2
  4. ފިރުޝާން

    މި މަޖިލީހަކީ މިހާރު އުވާލަން ވެފައިވާ ތަނެއް.. މިހާރު އެއްކަމެއްވެސް މިމީހުންގެ އުދަގުލާ ހެދި ނުވޭ..

    ޤާނޫނު އަސާސީން މިމީހުންނާ މަތިކޮށްފައިވަނީ ގާނޫނު ހެދުމަށް ފާޑުކިއުމާއި ދައުލަތް ހިންގުމަށް އުދަގޫކުރުމަކަށް ނޫން

    ތިންބާރު ވަކި ނުވެގެން އުޅު ކަލޭގެއަށް މިހާރު ތިންބާރު އޮޅުނީ ތޯ؟

    އެލެކްސް އޭރުވެސް އެއުޅުނީ ވެރިކަން ހޯދަން މިހާރުވެސް ތިއުޅެނީ ވެރިކަމާހެދި..

    ރައިޔަތުންގެ ކަރަށް ފިތާފަވެސް މީނާ އަންބޮނޑި ބޮޑުކުރެވޭތޯ..؟

    52
    2
  5. ފެންވަރު

    ސިވިލް ސާވިސް ކޮމިޝަން ވަނީ ފެއިލްވެފަޔޯ ކާކުތަ މިހެން މިބުނަނީ ހަމަގައިމުވެސް އެނގޭކަމަކީ އެހެން އެބުނާ މެމްބަރަކީ ޕޕއެމް މީހެއްނޫން ކަން ދެންވެސް އެކަމާ އިދިކޮޅުމީހަކު އެއްޗެކޭ ބުނެފިނަމަ ގޯސްވާނީ އެހެން ބުނި އިދިކޮޅު މީހާ މިއީ މިމީހުންގެ ފެންވަރަކީ!

    38
    2
  6. ކަމާލު

    މަޖިލީހުން ލަދެއްނުގަންނާނެ މީހުންގެ މުސާރަ ކުޑަކުރާކަށް މި މީހުން އަމިއްލައަށް މި މީހުންގެ މުސާރަ ބޮޑުކޮށް މިޙާލަތުގައި ކުޑަކުރަން އެދުނަސް އޭގެން ފުކެއްވެސް ކުޑަކުރަން ބޭނުންނުވާނެ މީ ރައްޔިތުންނަށް ހެޔޮއެދޭބައެއްނޫން

    37
    1
  7. ށަރީ

    ވެރިކަމުފުއްމާލަން މަޖުބޫރުވި މަގުން ނުހިންގަވާ
    ބެއިތެލް މާލުހުސްވެ ޖެހިގެން އައިމަހުމުސާރަ
    ނުދެވިގެން ގަމާރު ފުއްމާލީ.
    އެފަހަރުވެސް ސިވިކްސާވަންޓުން ބޮލުނާށިގަބްޑާ
    ޖެހެންދެން ކޮށާހުސްކުރި ނުވިތާކައް ކޮމެޓީތަކުގެ
    ބަޖެޓުވެސް ހުސްކޮއްލީ

    24
    1
  8. ހައްގު ތެދު

    މިކަހަލަ ކިޔެވި ތަނެއް ނޭނގޭ، ހޯދި ތަޖްރިބާއެއް ނެތް، ކިރު ތުނބުން ނުވީއްލޭ ކުޑަ ކުދިން ބޮޑެތި ގޮނޑިއަށްލީމާ، ދެން ޖެހޭނީ ފިލާ ތިބޭ ބޮޑުން ބުނާ ކޮންމެ ކޮހެއް ގޮވަން،، މިފެންނަނީ މަޖިލިސް ތެރެއިން އެމަންޒަރު

    39
    2
  9. ޥާރޭ

    ލ. ގަމު ދާއިރާ މެންބަރ ވިސާމް އަކީ މިހާތަނަށް، 19 ވަނަ ރަތްޔިތުންގެ މަޖިލިހުން ފެނުނު އެންމެ ނާގާބިލް މެންބަރ ތީ ފައްޔާޒު އިސްމާއީލްގެ ޕަޕެޓެއް ދެން އަތްޖަހާ!

    42
    2
  10. ހުސޭނުބޭ

    އަވަހަށް ސިވިލް ސާވެންޓުންގެ މުސާރަކޮޅުވެސް ދިރުވާލަ! ކަލޭމެންގެ ދަތްދޮށަށް ނުވަދެ އޮތް އެއްޗަކީ އެއީ!

    31
    1
  11. ަސދަސ

    ތަނެއް ދޮރެއް އުޑެއް ބުޑެއް ނޭނގޭ އަސާސީ ތައުލީމު ފެންވަރުގެ މީހުންނަށްވުރެ ބޮޑަށް ފެއިލްވެފައި އަދި ކޮލިޓީއެއްނެތި ޕާރފޯރމެނަސެއް ނުދެއްކި ތިހާބޮޑު މުސާރަ ލިބޭ މީހުން އުޅޭތީ ލަދުގަނޭ.
    ފާޑުކިޔަން އުޅޭތި

    30
    2
  12. ރާވެރިބެ

    އެތާ ތެރެއަށް އަތްބާނާ ގަނބަގިރުވާހާ ހިނދަކު އެކަހަލަ ހުރިހާ މުއައްސަސާއެއްވެސް ދާނީ ފެއިލްވަމުން

    22
    1
  13. ޙާލަތު

    އަހުރެން މިހުރީ ރޯދައަށެވެ.

    19
    1
  14. ޕޮގުބާ

    ހުސްވަގުން

    19
    1
  15. ކުޑޭ

    މަޖްލިސް ކުރާގެއަށް ވުރެ ބޮޑަށް ފެއިލްވެފާއޮތް ތަނެއް އަދި މަޖްލިސް މެމްބަރުންނަށްވުރެބޮޑަށް ފެއިލްވެފައި ތިބިބައެއް މިދުނިޔެމަތީގައި ނުތިބޭނެ ބޮޑު ފެއިލިއަރ???

    35
    1
  16. ކުޑޭ

    މަޖްލިސް ކުރާގެއަށް ވުރެ ބޮޑަށް ފެއިލްވެފާއޮތް ތަނެއް އަދި މަޖްލިސް މެމްބަރުންނަށްވުރެބޮޑަށް ފެއިލްވެފައި ތިބިބައެއް މިދުނިޔެމަތީގައި ނުތިބޭނެ ބޮޑު ފެއިލިއަރ

    22
    1
  17. ފެއިލް

    ޙަޤީޤްތުގައި ވޭލިވެފައިވަނީ ސަރުކާރާއި ރޫލިންގ ޕާޓީ

    22
    1
  18. މާމީ

    ރައްޔިތުންގެ މަޖިލިސް ކަމައް އަހަރުމެން ހޮވާފަތިބި މީހުން ބޮޑުތަނުން ފެއިލްވެ މިމީހުން ހޮވަން ވޯޓު 500ރުފިޔާ އަށް ވިއްކި މީހުންނަށް މިހާރު މީ ކިހާވަރެއްގެ ބައެއްކަން ސާބިތުވާނެ މިހާރު ކޮންމެހެން ވީކަމެއްނެއް ވާހަކަ ދައްކާކައް ބޭނުމެެއް ނޫން.

    22
    1
  19. ދިވެހި ދަރިއެއް

    ސަރުކާރުވެސް ވަނީ ފެއިލް ވެފައި

    19
    1
  20. ބޭޗާރާ

    އެންމެ ބޮޑަށް ފެއިލްވެފައި އޮތް މުވައްސަސާއިން އެހެން މުވައްސަސާތައް ފެއިލްވެފައިވާ ވާހަކަ ގޮވުމަކީ ލަދު ހަޔާތުގެ ކަންފުޅެއް ނެތްކަން އަންގައިދޭ ކަމެއް.

    21
    1
  21. ރަބަރޭ

    އެހެލަން ތައްޔާރުވީ

    13
    1
  22. އެލިޝް

    އެސްސީ އިން އަންގާފައިވަނީ މިމަހު 16 ގައި ފިނޭންސުން ނެރުނު މާލިއްޔަތު ސަރކިއުލަރ އެއްގޮތަށް އަމަލު ކުރުމަށް. މެއި މަހުގެ މުސާރަ ޕީރިއަޑުން ފެށިގެން އިތުރު ގަޑީގެ ގޮތުގައި ދެވޭނީ ހަފްތާއަކު 48 ގަޑިއިރުގެ އިތުރުން ކުރާ މަސައްކަތަށްކަމަށް ފިނޭންސް މިނިސްޓަރު ސޮއިކޮށް ނެރުނު ސަރކިއުލަރގައި އަންގާފަވަނީ. މިއީ ސީއެސްސީގެ ނިންމުމެއް ނޫން.

    19
    1
  23. ލީނާބާން

    މަޖިލީސް ބޮޑުތަނުން ވަނީ ފޭލިވެފައި، ރާއްޖޭގެ އެންމެގިނަބަޔަކަށް ފައިދާކުރާނެ ދާއިރާތައްވަނީ ސިވިލްސާވިސްގެ ދަށުގަ އެއީ ތަޢުލީމު ނުވަތަ ސިއްޙީ ދާއިރާތައްކަމަށްވިއަސް

    8
    1
  24. ލޮލް

    ޚިޔާނާތުން ވޯޓު ގަނެގެން މަޖިލީހަށް ވަދެ އެހެން މީހުންގެ ފެއިލިޔާ ގޮވީމަ ވަރަށް މުނާފިޤު

    8
    1
  25. ކެނެރީ

    މިހާރު އެބައޮއްތަ ފޭލިނުވާ މުއްއްސަސާއެއް ހުރިހާ މުއައްސަސާއެއް އޮތީ ފެއިލވެފަ އަދި މި ސަރުކާރުވެސް އޮތީ ފެއިލްވެފަ އަދި މަޖުލީސް އޮތީ ބޮޑުތާކުން ފެއިލް ވެފާ

    4
    1
  26. ބަރޫ

    އޭ މިހިރަ ބުރާންޗާ!!! ކަލެއަށް އިނގޭތަ އެ ސަރކިޔުލަރ ނެރުނީ ސިވިލް ސާވިސް ކޮމިޝަނުން ކަމެއް ނޫނީ ފިނޭންސް މިނިސްޓްރީން ކަމެއް ؟؟؟؟

    6
    1
  27. ރައްޔިތުންގެމަޖިލީހުގަތިބެނީރީދޫކުލައިގެގަބުޅިކތީބުންދެންކުރެވޭނީކޮންކަމެއްހުސްވަގުންގަބުޅިކަތީބުން

    ރައްޔިތުންގެމަޖިލީހުގަތިބެނީރީދޫކުލައިގެގަބުޅިކތީބުންދެންކުރެވޭނީކޮންކަމެއްހުސްވަގުންގަބުޅިކަތީބުން

    4
    1
  28. ޜއްޔިތުމީހާ

    ހެލްތުމިނިސްޓަރ އާއެކު ބާ އަޅަޢިގެން ގަމު ހޮސްޕިޓަލް ހަލާކު ކޮށް ސުންނާފަތި ކުރަމުންދާ ވަގު ވިސާމު

    5
    1
  29. ޓައީ

    އަންނަނީ ހިނި ގުދޯ ގުދޯ ގުދޯ ގުދޯ ގުދޯ ގުދޯ ގުދޯ ގުދޯ ގުދޯ ގުދޯ ގުދޯ ގުދޯ ގުދޯ ގުދޯގުދޯ ގުދޯ ގުދޯ ގުދޯ ގުދޯ ގުދޯ ގުދޯ ގުދޯ ގުދޯ ގުދޯ ގުދޯ ގުދޯ ގުދޯ ގުދޯ ގުދޯ ގުދޯ ގުދޯ ގުދޯ ގުދޯ ގުދޯގުދޯ ގުދޯ ގުދޯ ގުދޯ ގުދޯ ގުދޯ ގުދޯ ގުދޯ ގުދޯ ގުދޯ ގުދޯ ގުދޯ ގުދޯ ގުދޯ ގުދޯ

    5
    1
  30. ސަރޭ

    މިމަޖިލިސް މީހުންގެ ފަރާތުން މިފެންނަނީ އެއްވެސް ކަމެއްގެ ޒިންމާނުނަގާކުރީގެ ވެރިކަމުން ސަލާމަތް ނުވެވިގެން އުޅޭ ތަން.ކުރީގެ ވެރިކަމުގަ އެހެން މީހުން ގެ ވާހަކަ އެއްނުދައްކާ. ވީގޮތަކުންކަން ކުރިތަން ފެނުނީ. މިހާރުވެސް ކުރީގެވެރިކަމުގެސަބަބުން ކަމެއް ރަނގަޅު ނުކުރެވޭނަމަ އަވަހަށް އިސްތިއުފާދީފަ ވަޑައިގަންނަވަން ވީ. ގާބިލުކަން ނެތީކަމަށްގަބުލުކުރޭ.

    6
    1
  31. ވިސާމު

    މިވިސާމަކީ ބު ރާނޗެއް

    4
    1
  32. ކަރީނާ

    ހާދަ ބޮޑޭ ވިޝާމޫ. ތިކަހަލަގެ ޢިލްމެއް ހިލްމެއް ބުރާނތީން މިޤައުމުގެ ކަންކަމަށް ފާޑު ކިޔަން ފެށީމަ ހަމަ ހިނިއަންނަނީ

    4
    1
  33. ގުއިދައިތަ

    މިވެސް މެމްބަރެއް؟؟!!!!

    2
    1
  34. ޑސ

    ކަލޭ އެކަނިތަ ރޯދަ ހިފަނީ

    1
    1
  35. ާއަހުމަދު

    މަޖިލިސް ކަމަކިނުދޭ
    - ކުލި ކުޑަކުރުން
    - ހާލުގައި ޖެހުނު މިހުންނައް އެހީވުން
    - ކަރަންޓު ފެން ބިލު
    މިކަންކަމަށް އެހީވިންތަ؟

    4
    1