ރާއްޖެ ހުޅުވާލީމަ ކޮވިޑް-19 ޖެހޭ މީހުން އިތުރުވާނެ ކަމަށާއި އެހެންނަމަވެސް ކަންކަން ކުރާނެ ރަނގަޅު ގޮތްތައް ހޯދައިގެންވިއަސް ރާއްޖެ ހުޅުވާލައިގެން ކާން ބޯނެ ގޮތެއް ހޯދަން އެބަޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޤައްފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ވާހަަކަދައްކަވަމުން ގަޕޯ ވިދާޅުވީ ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމަކީ ނުރައްކާ އޮތް ކަމަކަށްވީ ނަމަވެސް އެ ނުރައްކަލާއި ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި އެ ވާހަކަ ނުދައްކާ ވިޔަފާރިވެރިން ތިއްބަވާ ސަބަބެއް ވިސްނިވަޑައި ނުގަންނަވާ ކަމަށާއި ރާއްޖެ ހުޅުވާލުމުގެ ޒިންމާ އުފުލަންޖެހޭނީ ވިޔަފާރިވެރިން ކަމަށް އޭނާ ވިދާޅުވިއެވެ. ގަޕޯ ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރަން ފުރުސަތު ދީ އާ އިންވެސްޓްމެންޓްތައް ގެނައުމަކީ މިހާރު ވަކިން މުހިންމު ކަމެއް ކަމަށެވެ.

"ހުޅުވާލުމަކީ ބޮޑު ރިސްކެއް، ހުޅުވާލުމުގެ ސަބަބުން އިތުރަށް މި ބަލިމަޑުކަން އިތުރުވެގެން ދާނެ. ކޮވިޑް-19 ޖެހޭ މިންވަރުވެސް އިތުރުވެގެންދާނެ. އެއީ އެންމެންވެސް ދެނަހުރި ހަޤީގަތެއް އިއްޒަތްތެރި ރައީސް. އެހެންނަމަވެސް އަޅުގަނޑުމެން އެބަ ޖެހޭ މިކަން މިއަދު ކުރަން. ކޮށްގެން ގަދަވެ ހެޔޮ ހާލުގައި ކައިގެން ތިބެގެން އަޅުގަނޑުމެންނަށް ރައްކާތެރިކަން ހޯދެން އޮތީ އިއްޒަތްތެރި ރައީސް. ކާނެ ގޮތެއްވެސް ހޯދައިގެން އަޅުގަނޑުމެން ރައްކާތެރިވާން ޖެހޭނީ." އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދުގެ ހާލަތު އިތުރަށް ދަށްވެއްޖެ ނަމަ ދެން ވާނެ ގޮތެއް ނޭނގޭ ކަމަށާއި އެއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ބަލި ފެތުރުމުގެ ނުރައްކަލާއި ކުރިމަތި ނުލާ ކާމިޔާބު ލިބޭނެ ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ފަތުރުވެރިަކަން އަލުން ހުޅުވާލުމަށް އެކުލަވާލި ހާލަތްތަކުގެ ދެލި ކޮޕީއެއް މަޖިލީހަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ މިއަދު ހުށަހަޅާފައެވެ. އެ ދެލިކޮޕީ ދިރާސާކުރަން މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފޮނުއްވާފައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ދެޮންބެ

  ކަލޯ ޤަފޫރު ކޮބާ އިންޑިޔާއާއި އެކިއެކި ގައުމުތަކުން ލިބޭ ބައިވަރުތައް. މިހާރުވެސް ލިބުނު ބައިވަރު ގަނޑަށް ބަލާއިރު 3މަހަށް ވާވަރަށް ލިބިފައި އެބަހުރި

 2. އަފޭ

  ކާަނެ އެެއްޗެހި ލި ބުނަސް ކެވޭނީ ކާން އިންސާނުން ނައް ދިރި ތިބެވިގެން ނޫންތަ؟ އިންާސާނުންް ނަައް ވުރެން މިމީހުން ވިސްނަނީ އަބަދު ވެސް ފައިސާއާމެދުތަ؟

  17
  2
 3. ދުންތަރި

  ރައްޔިތުން ބަނޑަށް ޖެހުނަސް ކަލޭމެން ތިތިބީ ދައުލަތުގެ ފައިސާއިން ފުރާލައިގެނެއްނު ތިޔަ ހިންގާ ގޮތްނޭނގޭ އަނދިރި ވިޔަފާރިން އެވަރަށް އެބަ ހޯދާ ކަލޭމެނަށް ހެޔޮތާ ރައްޔިތުން ބަނޑަށް ތިއްބަސް ބަލަ ގަފޫރޫ ކަލޭ ކަހަލަ މީހުން އަނގަހުޅުވަން ލަދެއް ނުގަނޭތަ؟

  11
 4. ޗާލު

  އިންޑިޔާ އޮންނާނެނުން.

  10
 5. އުސައިދު

  ހުރިހާ އެންމެން ބަލިޖެހި މަރުވީމަ ކޮން ކާއެއްޗެއް ކޮން އިގްތިސޯދެއް. ކަލޭމެންގެ ހުރި ނުބައިކަން މިދަނީ ފެންނަމުން. ކަލޭތީ ބޮޑުވަޒީރު އެޅިހާ ބަތަކަށް ރިހަ ކިޔަާ މީހެއް.

  11
 6. ާައަހަރެން

  މެމްބަރުންނަށް މުސާރަ ނުލިބެނީތޯ؟ނޫނީ ލިބޭވަރު މަދުވަނީތޯ؟
  ތިބޭފުޅުންގެ ވިޔަފާރިތަކާމެދު އެކަނިތޯ ސަރުކާރުން ވިސްނަންވީ؟
  ކޮބައިތޯ ކުލީގައުޅޭ އާންމު ރައްޔިތުން؟
  މިދަނޑިވަޅު ގައިވެސް ކޮބައިތޯ ތިޔަބޭފުޅުން ރައްޔިތުންގެ ޙައްގުގައި ކޮއްދެއްވި މަސައްކަތަކީ؟
  ދެންތިބުނުއް ވަނީ ބަލިޖެހުނަސް ހެޔޮކަމަށް މަގުމައްޗައް ނިކުންނާށޭތޯ؟
  ތިޔަ މެމްބަރުން ބައްލަވާލެއްވީމުތޯ ތިޔަ ބޭފުޅުން ހޮވި ރައްޔިތުންގެ ޙާލު؟
  ސަރުކާރައް ލިބުން އެހީއާއި ލޯންތަކުން ކުލީގައި އުޅެމުންމިދާ ނިކަމެތި ރައްޔިތުންނަަށް ކުރި އެއްވެސް މަންފާއެއް އެބަ އޮތްތޯ

 7. އަހަންމަ

  މިމީހުންނަށް ކަމެއްނޫނެއްނު.. މަގުމައްޗައް ރޮނޑާލިގަނޑެއްހެން ރައްޔިތުން ނެރެފަ މިމީހުންތިބޭނީ ފިނިކޮޓަރީގައި ކުޅިސަމާގައި.. މިހާރު ތިއުޅެނީ ކޮންމެވެސް ލާދީނީ ބައިގަނޑެއް ނުގެނެވިގެންތަ ކޮންމެވެސް ފޮނިނަމެއް ކިޔާފަ..

 8. ރަބަރޭ

  ކާންބޯން ނުލިބުނަކަސް މަޑިސީލައެއް ލިބިއްޖެއްޔާ ވަރިހަމަ

 9. ރީދޫގެރި

  ބީތާއާ ކާންބޮނީ ރަލާ އޫރުމަސް ވިއްކައިން ލިބޭލާރިއަކުން ނޫނޭ

 10. އިބްރާހިމް

  ޑޮލަރުޖަހަންއުޅޭ ހަރުގެއިން. ދެންމުޒާހިރާއަށް ނުކުމެ ގައުމު ހަލަބޮލިކުރޭ ތިކަމާ.

 11. އއ

  ފޭިލވެފަތިތިބީ. އިސްތިއުފާ ދެއްވާފަ ގެއަށް ވަޑައިގަންނަވާ