ރާއްޖޭގައި އޮތީ އިގްތިސާދީ އަދާލަތު ހަނިކޮށް، ފައިސާ ތާށިކުރުމުގެ ސިޔާސަތެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑިޕީގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އިއްޔެ ވިދާޅުވެއްޖެއެވެ.

ވެބްކޮންފަރެންސްކޮށް ބޭއްވި ޖަލްސާގައި ޔާސިރު ވިދާޅުވީ މިވަގުތަކީ ރާއްޖޭގެ އިގްތިސާދުގެ މާޒީން އިބުރަތް ހާސިލް ކުރަންވީ ވަގުތު ކަމަށެވެ.

އިގްތިސާދު ކުރިއަރުވަން މުއްސަނދި ޚިޔާލުތަކާ އެކު ތިބި ދިވެހި ޒުވާނުން އެބަ ތިބި ކަމަށާއި ބޭނުންވަނީ މަސައްކަތް ކުރެވޭނެ ރަނގަޅު މާހައުލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޔާސިރު ވިދާޅުވީ މަސްވެރިކަމާއި ދަނޑުވެރިކަން ނަގާ ކޮޅަށް ޖެހޭނީ އެ ވިޔަފާރިތައް ކުރަން މިހާރަށް ވުރެ ރަނގަޅު ގޮތެއް ފަހިކޮށްދެވިގެން ކަމަށެވެ.

"ރާއްޖޭގައި އޮތީ އިގްތިސާދީ އަދާލަތު ހަނިކޮށް، ފައިސާ ތާށިކުރުމުގެ ސިޔާސަތެއް. ވިޔަފާރިތައް ފެށުމަށް ބޭނުންވާ ސިޔާސަތު އިންތިހާއަށް ތާށިކުރުމުގެ ސިޔާސަތެއް. ބޭންކްތަކުން ދަރަންޏަށް ނަގާ އިންޓްރެސްޓް އޮތީ ކުރާ މަސައްކަތާއި ލިބޭ އާމްދަނީއާ އަޅާ ބަލާއިރު، އަތް ނުފޯރާ ފަށެގައި. ހަމައެއާ އެކު ދަރަނި ނެގުމަށް އެތައް ޝަރުތު ކުރުމާ އެކީގައި ކުދި ދަރަނިތަކަށް ވެސް ރަހުނު ބަހައްޓަން ޖެހުމަކީ އެއީ އަދި އެއް ކަމެއް." ޔާސިރު ވިދާޅުވިއެވެ.

ރާއްޖޭގައި ބޭންކްތަކަށް ބޮޑު ފައިދާއެއް ލިބުނު ނަމަވެސް ދިވެހި އިގްތިސާދަށް އެކަމުން ފައިދާ ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ބޭންކްތަކަށް މަސައްކަތް ކުރަން ދިމާވާ ދަތިތައް ހައްލުކުރަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، ވިޔަފާރިތައް ފަށަން ލިބެންޖެހޭ ފައިސާ ތާށިކުރުން ހުއްޓުވަން ޖެހޭ ކަމަށް ވެސް ޔާސިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖޯން

    ވަރަށް ރަނގަޅުވާހަކައެއް. 4000ޑޮލަރު ވިޔަފާރީގެބޭނުމަކަށް އަހަރެން ބީއެމްއެލް މެދުވެރިކޮށް މަސައްކަތް ކުރާތާ 2ހަފްތާ ވަނީ. އެކަންކުރަންވެސް ބޭންކަށް އަމާގެ ފައްޓަރުބައިވެސް ހުށަހަޅަން އެބަޖެހޭ. އެބުނާއެކައުންޓެއް ހުށަހަޅާއިރަން ރިޖެކްޓްކޮށްލަނީ. މިގައުމުގައި ވިޔަފާރިކުރުމުގެ ހައްގު އޮންނަނީ ކޮއްޔަކާ ބުރުމަލާ ޗަންޕާޔަށް.

    16
  2. ސާބަހޭ ދަރިޔާ

    ބަރާބަރު ތެދެއް. ތާށި ކޮށް ބަހައްޓާފަ ހުރިހާ މޮޅެއް ހަމަ މަހުޖަނުންނަށް. މިހާރު އަނެއްކާ ހަމަހުގެ ރިސޯޓު ކުލިވެސް ހިލޭ ޖައްސަައިލީ

    13
  3. ބެއްޔާ

    ތިވަރުވީ އިންސާނަކުނެތް މަޖްލިހަކު. މަޖްލިހުގެ މެމްބަރުން މެމްބަރުކަމަށް ހޮވޭ ހިސާބުން 5 އަހަރު ދުވަހުގެ ތެރޭގައި އުމުރުގެ ބާކީބައި ވަޒީފާއެއް އަދާނުކޮށް ދިރިއުޅެވޭނެ މަގެއް ފެނޭތޯ ވިޔަފާރިވެރިންގެ އަތުންނާއި ދައުލަތުން ކަޓުނެގުމުގައި އަވަދިނެތި. ރައްޔިތުންނާއިމެދު ވިސްނާލާނެ އެންމެ ހިނދުކޮޅެއްވެސް ނުލިބޭ. މަޖްލިހަށް އަންނައިރު ފެންވެރިކަމެއް މޫނު ދޮވުނުކަމެއްވެސް ހަނދާނެއް ނުހުރޭ އަވަހަށް ގޮނޑިއަށް އެރޭތޯ. އެހެންނޫނީ އެދުވަހު ބަހާ އެއްޗަކުން ބައެއް ލައްވާނުލާނެކަމަށް. މިކަމުހެ ހެއްކެއް ރީކޯ ތެޅިގަނެގެން ހުށަހަޅާފާސްކޮށްފައިވާ ތާރޑްޕާޓީ އިންޝުއަރެންސް. ރައްޔިތުން ފެލައިގެން ކުންފުނިތައް އިންތިހާއަށް މުއްސަނދިވަނީ ބަދަލުގަ އެކްސިޑެންޓެއްވުން އެމީހުން ދެނީ ބީރުކަންފަތެއް.

    17