ކޮވިޑް-19 އާއި ގުޅިގެން މިދަނޑިވަޅުގައި ރާއްޖެއިން ބޭރުގައި ތިބެގެން ޕާސްޕޯޓު އާ ކުރުމަށް، މިހާރު އޮޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ރާއްޖެއިން ބޭރުގައި ތިބެގެން ޕާސްޕޯޓަށް އެދުމަށް އެޕްލިކޭޝަން ހުށަހަޅާނީ [email protected] އަށް ކަމަށެވެ.

އިމިގްރޭޝަނުން ބުނީ އެޕްލިކޭޝަން ފުރިހަމަ ކުރުމުން ޕޭމެންޓު ލިންކް އެމީހެއްގެ މެއިލް އައިޑީއަށް އީމެއިލް ކުރާނެ ކަމަށެވެ. އަދި ފައިސާ ދައްކާތާ 24 ގަޑިއިރުގެ ތެރޭގައި ޕާސްޕޯޓު ނެގޭނެ ގޮތުގެ މައުލޫމާތު އިމިގްރޭޝަނުން އެމީހަކަށް ހިއްސާ ކުރާނެ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު ފުރަބަންދު ކޮށްފައިވީ ނަމަވެސް އިމިގްރޭޝަނުން ވަނީ މިދިޔަ ހަފްތާގައިވެސް ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތާއި އަދި ވިސާ އަށް އެދުމުގެ ފުރުސަތުވެސް ފަހިކޮށްދީފައެވެ.