ހުއްދަ ނުހޯދައި އއ. ފެރިދޫން ފުރައިގެން ދިޔަ ދެ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތް އަންގާފައިވާ އެންގުމާއި ޚިލާފަށް އިއްޔެ ރޭ އއ.ފެރިދޫ ކައުންސިލް އިދާރާ އަދި ޓާސްކް ފޯރސްގެ ހުއްދަ ނެތި ދޯންޏަކަށް އަރައިގެން ފުރައިގެން ދިޔަ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި ދެމީހުން ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ އުމުރުން 37 އަހަރާއި 20 އަހަރުގެ ދިވެހިން ފިރިހެން ކަމަށް ފުލުހުން ވަނީ ވިދާޅުވިއެވެ.

މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޯއޯކޭ

    ކިއްކުރަންހޭ ތި ހައްޔަރު ކުރަނީ. ރައްޔިތުންގެ ފަހަތުން އަބަދު ދުވެ އެމީހުން އަބަދު ނުހާރުވާށޭ. ކޮވިޑަށް ބެލިއްޖެ. ބަންދުވެސް ކުރެވިއްޖެ. ބޯވެސް ލަބައިފިން. ޚޮންމެ ކަމެއްގަ ވެސް އޮންނާނެ. ޙައްދެއް ހުދޫދެއް.

    4
    1