ރާއްޖޭގެ އުތުރާއި މެދު ތެރޭގެ ބައެއް އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފިއެވެ.

ށ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ހަަމައަށް ނެރުނު އެ ސަމާލުގައި ބުނެފައިވަނީ، ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ގަޑިއަކު 25 މޭލާއި، 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އަދި އުދަ އެރުން އެކަށީގެންވާ ކަމަށްވެސް ބުނެފައި ވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. މި ވިއްސާރާގައި ރަށްތަކަށް ދަނީ ބޮޑެތި ގެއްލުންތައް ވަމުންނެވެ.