ސިއްހީ ހިދުމަތްތެރިންގެ އިތުރު ގަޑީގެ ފައިސާ ނުލިބޭ މައްސަލައިގައި އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅު ކޮށްފިއެވެ.

މިކަމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސިއްހީ މުވައްޒަފުންނަށް އާމްދަނީގެ ގޮތުގައި ލިބެމުން ދިޔަ އެއްޗެއް އުނިވާ ގޮތަށް އުސޫލުތަކަށް ބަދަލު ގެނެސް އެއަށް އަމަލު ކުރުމަށް ލާޒިމް ކޮށްފައިވާ ކަމުގެ މައުލޫމާތު އެ ކޯލިޝަނަށް ލިބިފައިވާ ކަމަށެވެ.

އާންމު އުސޫލެއްގެ މަތިން ރަމަޟާން މަހު ދައުލަތުގެ މުވައްޒަފުންގެވެސް ރަސްމީ މަސައްކަތުގެ ގަޑިއަކީ 4 ގަޑިއިރު ކަމަށްވާއިރު، އެ ގަޑިއަށްވުރެ އިތުރަށް މަސައްކަތް ކުރަން ޖެހިއްޖެނަމަ، އޮންނަ އުސޫލުގެ ތެރެއިން އިތުރު ގަޑީގެ ފައިސާ އެމުވައްޒަފުންނަށް ހައްގުވާނެ ކަމަށް އިދިކޮޅުން ފާހަގަ ކުރިއެވެ.

"އެހެން ކަމުން ދިވެހި ރާއްޖެއަށް ދިމާވެފައިވާ ކޮވިޑް-19ގެ ސިއްހީ ކާރިސާގައި ގައުމުގެ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމާއެކު، އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހަޅައިގެން، އެންމެ އިސް ސަފުގައި ތިބެ، އެހާމެ ބުރަ މަސައްކަތްތަކެއް ކުރަމުން ގެންދާ ސިއްހީ ހިދުމަތްތެރިންނަށް ލިބެމުންދާ އާމްދަނީން އެއްވެސް އެއްޗެއް އުނިވާ ގޮތަށް އެ ފަރާތްތަކުގެ މަސައްކަތުގެ ގަޑިއަށް ބަދަލު ގެނެސް ސަރުކާރުގެ އުސޫލުތައް ބަދަލު ކުރުމަކީ ހިތާމަ ހުރި ކަމެއް" ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތަށް ސަރުކާރުން ކަންތައް ކުރެއްވުމުން ހާމަވެގެން ދަނީ އެފަރާތްތަކުން ކުރަމުން ގެންދާ ގައުމީ މަސައްކަތުގެ އަގު ވަޒަން ނުކުރުން ކަމަށް އިދިކޮޅު ކޯލިޝަނުން ފާހަގަ ކުރެއްވިއެވެ.

އިދިކޮޅުން ވަނީ ސިއްހީ ހިދުމަތްތެރިން ހިމެނޭ ގޮތުން، މި ދަނޑިވަޅުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެފަރާތްތަކުގެ އާއިލާތަކާއި ވަކިން އަމިއްލަ ނަފްސަށް ބެލުމެއްނެތި އިސް ސަފުގައި މަސައްކަތް ކުރައްވާ އެންމެހާ މުވައްޒަފުންގެ އަގު ވަޒަން ކުރުމާއެކު، އެފަރާތްތަކަށް ލިބެމުންދާ އާމްދަނީން އެއްވެސް އެއްޗެއް އުނި ނުވެ ލިބޭނެ ގޮތަކަށް އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލާފައެވެ.

މީގެ އިތުރުން އިދިކޮޅުން ވަނީ އާންމު އުސޫލުގެ ބޭރުން އެއްވެސް މުވައްޒަފަކު މަސައްކަތް ކުރަން ހަމެޖެހިފައި އޮންނަ ރަސްމީ ގަޑި އިތުރު ނުކުރުމަށާއި، އިތުރު ގަޑީގައި ކުރާ މަސައްކަތުގެ ފައިސާއިން އެއްވެސް އެއްޗެއް އުނި ނުކުރުމަށްވެސް ގޮވާލާފައެވެ.

މި ދަނޑިވަޅުގައި ބޭކާރު ހަރަދުތައް ކުރުން ހުއްޓާލުމާއި އެކު "ކޮވިޑް-19 ގެ ނަމުގައި ކުރަމުން ގެންދާ ވައްކަމާއި ކޮރަޕްޝަންގެ އަމަލުތައްވެސް ހުއްޓާލުމަށް" އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލާފައެވެ. އަދި ސަރުކާރުގެ ފަރާތުން ހިންގަމުން ގެންދާ އެފަދަ އަމަލުތަކަށް ފާރަވެރިވުމަށް އުފައްދާފައިވާ މުއްސަސާތަކުގެ ދައުރު ފުރިހަމައަށް އަދާ ކުރައްވާ އެކަންކަން ބަލައި ފިޔަވަޅު އެޅުއްވުން އަވަސް ކުރުމަށްވެސް ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޢަހޫ

    ޔާމީނު ސަރުކާރުން ބިލިއަންރުފިޔާ ވަގަށްނަގަމުން ދިޔައިރު ކަންބޮޑުނުވާބަޔަކު މިހާރު ކަންބޮޑުވަންޏާ ބިލިއަން ރުފިޔާއާއި 5މިލިއަންޑޮލަރ ސަރުކާރާއި ހަވާލުނުކުރާތީވެސް ކަންބޮޑުވުން ފާޅުކުރައްވާ.ފިނިފެންމާ ސައީދުމެންނަށް ވަރަށް ސަލާމް.

    11
    14
  2. ޢާދަނު

    ކަލޭމެންގެ އެއޮށްފަދަ އިގްތިސާދީ މާހިރު އެތައް މިލިއަން ރުފިޔާއެއް ނަގައިގެން ގޮސް ޖަލުގަ އެއޮތީ އެފައިސާ ހުރިނަމަ މިއަދު އިގްތިސާދު މި ވަޅުގަނޑަށް ނުވެއެްޓުނީސް.

    9
    13
    • Anonymous

      ކޮސްވާހަކަ ތިދައްކަނީ، އެމާހިރު ހުރިނަމަ މިއަށްވުރެ ހަރުދަނާ ގޮތްތަކެއް ކަނޑައަޅާނެ، އެއްވެސް އުފެއްދުން ތެރިކަމެއް ނެތް ބަޔަކުވެރިކަމަށް އައިމަ ވާނެ ހައެތިވެފަ މިއޮތީ.

      14
      10
    • Anonymous

      ޔާމީނުގެ ވާހަކަ ނުދައްކާ، މިހާރު ވެރިކަމުގަ ތިބި ކޮހުންގެ ޒިންމާއެއް ގައުމު ހަމަމަގަށް އެޅުވުން.

      13
      4
  3. އަލްޖިބްރާ

    ޔާމީނު ދިރުވާލި ލާރިގަޑު ދިނީމަ ތިކަން ހަމަޖެހޭނެ ! ކަލޭމެނާއި ބެހޭކަމެއްނަމަ އެލާރިގަޑު ސަރުކާރާއި ހަވާލު ކުރޭ ! އެހެންނޫނީ އަގަނާވާ ތިބޭ !

    7
    10
    • ކިންގފިޝަރ

      ޔާމީނު ޖަލުގައި. މމޕއސ ހަވާލުވެގެން ތިބި ވެރިން ގޭގައި. ފައިސާގައި ޖެހުނު ގިނަ ބަޔަކު މިސަރުކާރުގެ ސިޔާސީ މަގާމުތަކުގައި އަދި މަޖްލީހުގައި. ޔާމީނުގެ ސަރުކާރުން ޖެހުނު ފައިސާތޯ މިސަރުކާރުން ރަހުމަތްތެރިންނަށް ދިން ފައިސާތޯ ގިނައި؟ ޞިއްހީ ޚިދުމަތްތެރިންނަށް އިތުރުގަޑި ނުލިބޭ. އެކަމު މަޖިލިސް މެމްބަރުންގެ އަދަދު އިތުރުކުރަނީ ކޮމެޓީ ބާއްވައިގެން އަސްލު އަދަދަށްވުރެ ވެސް ބޮޑު އަދަދެއް ލިބޭގޮތަށް.

      1
      1
  4. ނިހާން

    ނުވާނެ ރަނގަޅެއް. އެމާހިރު ހުރިނަމަ ފާތުމަ ސަދަގާތު ފަންޑުން ބޭސް ދޫކުރާނީ ވެސް ޕާޓީ ކުދިންނަށް އެކަނި..ދެން ތިބޭ މީހުން ފާތުމައްށް ޖަވާހިރާ އަލިމަސް ޖެހި އަނގޮޓިއާ އޭތި މީތި ހަދިޔާ ކުރާނެ. އެހުރިހާ ފައިސާއެއް ވެސް ނެގިގެންދާނީ ރައްޔިތުން ދައްކާ ޓެކްސް އިން. މާހިރު ގޮވާނެ ތިމަންނަ ގެގެއަށް ހަލާލް ނޫން ފައިސާ ވަންނަކަން ތިމަންނައަށް އެނގެއޭ..މުއުމިނެއްގެ ގަޔަށް އެއްހަރުން ދެފަހަރަކު ކައްޓެއް ނުޖެހޭނެ.

    2
    7
  5. ދަރަނި ދަންތުރަ

    ޔާމީނެއްނޫން ވަށްކަންކުރީ ޔާމީނުގެ ދައުރުގައި ރައްޔިތުން ތިބީ އުފަލުންފުރިފައި ގައުމުތިޔާގި ، ވަގުން ވެރިކަމަށް އައިސް ވަށްކަންކުރަން ފެށީމައި މިއޮތީ ގައުމުގެ ހާލަތު ދެލޯހުޅުވައިގެން ބަލާބަލަ ކާޕެޓު ސާހިދު ނާށިގަނޑު ހިފައިގެން އެތަށް ބިލިޔަން ޑޮލަރު ހޯދި ލިބުނު އެއްޗެއްވެސް ހަޒާނާގައިހުރި ރުފިޔާކޮޅު ވެސް ފެންފޮދަކާ ނުލާ ދިރުވާލީ

    9
    4
  6. ހަސަދު

    ފައިސާ، ފައިސާ ނޫން އެއްޗެއް މިމީހުންނަކަސް ނުކިޔޭނެ. މިއީ ހިލޭސާބަހަސް ވެސް ގައުމު ސަލާމަތް ކުރަން ނުކަންނަންވީ ވަގުތު. އަދިވެސް ފައިސާ އޭ ކިޔައިގެން ތެޅިފޮޅެނީ.

  7. ޝުއާއު

    މި އީ އިދިކޮޅެއް ނޫން ، މިތާކު ނެތް ލީޑަ ރެއްގެ ސިފަހު ރި އެކަކު ވެސް ، ހަމަ ބޮލު ރޮދީން ތަކެއް ، ރ ޔާމީން ޖަލަށް ދާން ޖެހުމުގެ އަސްލަކީ މި ވެ ރީން ، މިހާ ރުވެސް އަމާ އަދު ރޭ އެއުޅެނީ 2 ކޮޅުން ކާން ،

    1
    2
  8. ނމލޒ

    އިދިކޮޅުން ވެއިތުވި 5 އަހަރު ހުންނާނީ އެފައިސާ ރއްކާކޮށްފަ. އޭގެން އިތުރުގަޑީ ލާރިދއްކަދޭންވީނުން. ނޫނީ ޞަދަގާތު ފައުންދޭޝަނުން އެފައިސާފޯރުކޮއްދިނިއިޔާކީއްތަވީ. އެއްޗެއް ދިއްކޮށްލަންވީވަގުތު ނުދީ ތިހެން ކަލަ ގޮވަގޮވާ ތިބީމަ ތީތިހަޑިދޯ. ގައިމުން 5 އަހަރު ވެރިކަން ކޮއްފަވިއްޔަތިތިބީ ފައިބާ. ކޮންމެސް އެއްޗެއް އޮންނަންވާނެދޯ ފަހައްރައްކާކުރެވިފަވެސް. އިގްތިޞާދީ މާހިރެއްވިއްޔަ ވެރިކަންކޮށްފަފޭބީ. ގައިމު މުސާރައްވުރެ އިތުރައްލިބުނީމަދޯ ބުރިބުރިއައް ގެ ހެދިފަ ، އެޕާރޓްމެންޓްތައް ގަނެވި އަގުބޮޑެތި މުދާހޯދުނީ. މުސާރައަކުން އެކަމެއްނުވާނެ ގައިމުވެސް. ނޫނީކޮންތާކުން އެއިރުހޯދިފަސާއެއްތޯނުން ބަލަންވީ.

  9. ނމލޒ

    ރައްޔިތުންނަށް ހެޔޮއެދޭބައެއްނަމަ ދެއަތް ފުރަނގަހަށް ލައިގެން ނުތިބެ ރައްޔިތުންނަށް އެހީތެރިކަމުގެ އަތެއްދޯ ދިގުކުރާނީ. ތިހެން ހަޅޭލަވަވާކަށް ނުތިބޭނެ.

    1
    1