މާލެ އާއި ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ބެހުމަށް ލިބިފައިވާ ކަދުރު ހޯދުމަށް ނަންނޯޓު ކުރުމަށް އެއް ދުވަހުގެ މުހުލަތެއް ދީފިއެވެ.

މިކަން ހާމަކޮށް މާލޭ ސިޓީ ކައުންސިލުން މިއަދު ވިދާޅުވީ، މާލޭ ސިޓީގައި ދިރިއުޅޭ ފަޤީރުންނަށް ކަދުރު ބެހުމަށްފަހު، ބާލީ 2903 ކަދުރު ޕެކެޓް އެ ކައުންސިލަށް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެ ކަދުރު ޕެކެޓްތައް ބެހުމަށް ނިންމާފައިވާ ކަމަށް ކައުންސިލުން ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ، ބާކީ ހުރި 2903 ކަދުރު ޕެކެޓް ބެހުމަށް ނިންމާފައިވަނީ އެންމެ ކުރިން ނަންނޯޓް ކުރާ 2903 ފަރާތަކަށް، ތަރުތީބުން ކަމަށެވެ.

އެ ކައުންސިލުން ވިދާޅުވީ، ނަން ނޯޓު ކުރުމުގެ ސުންގަޑިއަކީ 21 މޭއި 2020 ގެ ރޭ 21:00 ކަމަށެވެ. އަދި ނަންނޯޓު ކުރުމަށް އެސްއެމްއެސް ކުރާނީ 9955788 ނަމްބަރު ފޯނަށް ކަމަށް އެ ކައުންސިލުން ވިދާޅުވިއެވެ. ކަދުރަށް އެދި ނަންނޯޓު ކުރަން އެސްއެމްއެސް ފޮނުވާއިރު، ފުރިހަމަ ނަން، އައިޑީކާޑް ނަމްބަރު، މިހާރު އުޅޭ އެޑްރެސް، އަވަށާއި މަގު އަދި މޯބައިލް ނަމްބަރު ހިމަނަންވާނެ ކަމަށް ކައުންސިލުން ވިދާޅުވިއެވެ.

ރޯދަމަހާއި ދިމާކޮށް އެހެން އަހަރުތަކެކޭވެސް އެއްފަދައިން ސައުދީ އަރަބިއްޔާއިން ރާއްޖެއަށް މިއަހަރުވެސް 50 މެޓްރިކް ޓަނުގެ ކަދުރު ހަދިޔާކޮށްފައި ވެއެވެ. އެއީ 25000 ކަދުރު ޕެކެޓެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. އަލަމާރި

    ޢެތްކަމެތްވެސް ކުރެވޭ ......ރެއްނޫން. ކަމެއްކުރަންޔާ މާލޭގަ އުޅޭހާބުޅާ ހިފާ މާލެ ސާފުކަޮއްބަލަ. މަގުމަތީކުނިހާވާވަރުން ބިރުގަނޭ. ކޮވިޑުން ސަލާމަތްވާންވާއިރަށް ބުޅަލުން ނުބައިބައްޔެތް ފެތުރިދާނެ.
    މިކަންވެސްވާނީ ހަމަ ނަށީދާ ހަވާލުކުރަންތަ

    12
    2
  2. ދުންތަރި

    ކަދުރުކޮޅު ސިޓީކައުންސިލްގެ މޭޔަރު ފަރިއްކުޅުވާލައްވާ އަޅުގަނޑު ބޭނުމެއްނޫން ބަރަކާްތްތެރި ރަމަޟާންމަހަށް ސަޢޫދީން ކޮންމެ އަހަރަކުދެއްވާ ހަދިޔާ މިއަހަރު ރަމޟާންމަސްވެސް އަލްވަރާޢުކިޔަނީ އެހެންވީމާ މޭޔަރު ތިކަމާއުލޭ އަޅުގަނޑު ސަލާމް

    25
  3. ހިޔާލް

    ތިޔަ ކަދުރު ޕެކެޓް ވެސް ޝިފާއަށް

    16
    1
  4. ސިކަންދަރު

    އަޖައިބު އަންތަރީސްވެދާނެ

    11
  5. ބޭޗާރާ

    ރޯދަމަހެއް ހުސްވިއިރު ކަދުކޮޅެއް ބަހާލާކަށް ނޭނގުނު. އިހަށް ކިޔަނީ ތީމުގެއަށް ރާއްޖެއިން ބޭރަށް ދާން ޓިކެޓް ހޯދަން ސަލާންޖަހަނީއޭ. މިހާރު ސަލާން ނުޖަހައި ލިބޭނެ އެއްޗެއް ކޮބައިތަ؟ ކަދުރު ހޯދަންވެސް މިޖެހުނީ ސަލާންޖަހަން. އެންސްޕާއަށް ސަލާންޖަހަން ޖެހޭ. އާސަންދައަށް ސަލާންޖަހަންޖެހޭ. ޒަކާތު ފަންޑަށް ސަލާންޖަހަންޖެހޭ. މިހެން ގޮސް ކިތަންމެ ކުޑަކަމެއްވެސް ބޮޑުކަމެއްވެސް މި ނިމެނީ ސަލާންޖެހުމަކުން. އިހަށްވިއްޔާ ތީމުގެއިން އެކަނި ނިމޭ. މިހާރު ތަނެއް ހުރިއްޔާ ހުރިތަނަކަށް އަދި ކަމެއް ބޭނުމިއްޔާ ދަންނަހައި މީހަކަށް ސަލާންޖަހަން ޖެހޭ. ޑިމޮކްރަސީގެ އެބުނާ ފޮނިމީރުކަމަކީ މިއީ ބާ؟ ވަލްހަމްދުލިއްލާހި.

    26
    • އަހަން

      އެކަމަކު ނަންވާނީ ޔާމީން އާއި ފާތުމާ.
      މިވެރިން ނުކުރާނެ ވައްކަމެއް.

  6. ސީނު

    ސިފާ އޭނީ ދެން އޮތް ދައުރުގެ މޭޔަރުކަން ނުލިބޭނެތީ ހިތާމަކޮށްކޮށް ހިކިފަ. ހުރިހާ ކަދުރެއް ސިފާ ކާލާ.

    17
  7. ރޯދަ މުބާރިކް

    ހަ ރޯދަވެރިންނަށް ތޯ؟! އަލްފާލިލާ މޭޔަރ!

    14
  8. ޙަަދިސަ

    އެހެއްވަނެ އަދި އަވަސް ނަންނޯޓްކުރަން ކާނެވަރަކަންކާފަ ބަހާނެވަރަކަން ބަހާފަ ދެއް ދޭނެ މީހެއް ނެތީކަމަށްވާނި

    17
  9. ރައްޔިތުން

    މިފަހަރު ކަދުރު ގެ ރަހަ ވެސް ނުލިބުނު.. ކުރިން ވާ އެ ލިބުނުތާ.. ބަޔަކު ވަރަށް ފޯރި އެރުވި މީހުން ދޯ މީ

    13
  10. ކަމަނާ

    ތީ ކާލާ ތިކުދިން ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ ޢަހަރެމެން ގަނެގެން ކަ އިފާނަން

    16
  11. ބޯހަލާކު

    ރޯދަމަސްނިމުނީމަތޯ ކަދުރުބަހަނީ..ފެންބޮޑުވެނިމުނީމަދޯ ކާނުތަ އްސާފުކުރާނީ..!؟ސުބުހާނަﷲ..
    ކޮވިޑްނިމުނީމަ ކޮވިޑްސެންޓަރ ނާޅާތި...!!

    13
    1
  12. ހުސޭނުބޭ

    މާލޭ ސިޓީ ކައުންސިލަށް ހީވާކަހަލަ މާލޭ ރައްޔިތުންނަކީ ރޮބަޓުތަކެކޭ! އެއްދުވަސް މާ ގިނަ! އެއް މިނިޓް ދޭންވީނު!

    11
  13. ޙހހ

    ޢަދިމާއަވަސް

  14. އުސައިދު

    ތިހުރިހާ ކަދުރެއް ޝިފާއަށް ހަދިޔާއަކަށް ދީފީމެވެ.

  15. ސީދިބޭ

    މާލޭގެ މޭޔަރަށް. ވެދުން ސަލާމަށް ފަހު ދަންނަވަމެވެ. ރައްތިތުން މިތިބީ ގޭބަންދުގަ. ކަމަނާއަށްވެސް އެނގިވަޑައި ގަންނަވާނެ. އެކުން މީހުންލައްވާ ސަލާމާ ހިންގުވަން އުޅުއްވާނެ ކަމެއްނެތް. ދެއްވަންޔާ ދެއްވަންވީ. ދިނިއްޔާ ބޭނުންކުރާނަން. ކަމަނާ އަތްޕުޅުގަ މާލޭގެ މީހުންގެ ރަޖިސްޓްރީ އޮންނާނެ. ގުލޭނެ ނަމްބަރުތަށް ހުންނާނެ. ކަމަނާއަށް އެހީތެރިވާން (ހަނދާން ބަލިނޫނިއްޔާ) އަށާރަވަރަކަށް ކައުންސިލަރުން ތިއްބަވާނެ. އެކުން ރޯދަމަހު ހަޔާތް ގޮއްވަން އުޅުއްވާނެ ކަމެއްނެތް. ހަޔާތް ގޮވައިފިއްޔާ ކޮމެންޓު ޖަހައެއްނުދޭނެ. ވަރަށް ވެދުން. ޢީދުމުބާރިކް. ވާހަކަ ނިމުނީ

  16. އ

    މާތްކަލާކޯ މަށަ އް ހެޔޮ ތި ނުދިނަސް ތިވެސް ދިރުވާލާ،

  17. ސެލް

    ދެން ނޯޓު ނުކުރެޔޭ ކިޔާފަ މަގޭ ކަދުރުކޮޅު ވަަގައް ނަގާނީ. މިހާރުވެސް ބަހައި ހުސްވެއްޖެޔޯ ކިޔާފަ. ކަދުރު ވަގު

  18. ވަހީދު

    އައްޗި...ބޭނުމެއްނޫން...ކަދު ރު ޝިފާ..

  19. އައްޑޫ ލެއި

    މި ޝިފާ ފެނުނަސް މަ ރުޅިގަދަވަނީ

  20. ވިސްނޭ

    ކަދުރު ބަހަން ހަވާލުވީ މީހާ 28 ދުވަހައް ގޭގަ ބަންދުވެފާ..ކަދުރު މަހޭ...ކޮވިޑް މަހޭ..

  21. ނުލިބޭ..

    ކަދުރު ބަހަން ހަވާލުވީ މީހާ 28 ދުވަހައް ގޭގަ ބަންދުވެފާ..ކަދުރު މަހޭ...ކޮވިޑް މަހޭ..

  22. އިލްޔާސް

    މިހާރު ވަަރައް ގިނަމީހުން ސިފާ އައް ކަދުރުދީފި އެއްނު ދެން ލިބުނު ކަދުރުކޮޅުވިއްކާލާފަ ލިބޭލާރިން 2 ކުދިން ބުރުގާ އަޅާލަ .

  23. ވާންސް

    ކަދުރު ކަލޭކާލައި މީގެކުރިން ދުވަހަކުވެސް ކަދުރު ހޯދަން ސަލާން ޖަހަން ނުޖެހޭ މިފަހަރު ކަދުރު ކޮޅުވެސް ގެއްލުނީ

    • ޢަހާ

      އެކަމަކު ނަންވާނީ ޔާމިންއާއި ފާތުމާ.ދެން ކީއްކުރާނީ ކަންކަމަށް ޤާބިލު ބޭފުޅުން ހޮއްވެވީމަ ވަމުންދާގޮތް ފެންނަމުން މިދަނީ.