ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު އާއި ނައިބު ރައީސް، ފައިސަލް ނަސީމްގެ މުސާރައިން 35 އިންސައްތަ އުނި ކުރުމަށް ނިންމައިފިއެވެ.

މިގޮތަށް ނިންމާފައި ވަނީ، ރައީސް އާއި މެމްބަރުން އަދި ފަނޑިޔާރުން ވެސް ހިމެނޭ ގޮތަށް އިސްވެރިންގެ މުސާރަތަކަށް އަސާސީ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވާ ބައިން 20 އިންސައްތަ އާއި 35 އާއި ދެމެދުގެ އަދަދަކަށް އުނި ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައި ވަނިކޮށެވެ.

މަޖިލީހުން މިއަދު ނިންމާފައިވާ ނިންމުމާއި އެއްގޮތަށް ރައީސް އާއި ނައިބު ރައީސްގެ މުސާރައިން 35 އިންސައްތަ އުނިކުރުމާއެކު ރައީސްގެ މުސާރައިން 35000 ރުފިޔާ އަދި ނައިބު ރައީސްގެ މުސާރައިން 26250 ރުފިޔާ އުނިކުރެވޭނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަސާސީ މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވަނީ 100000 ރުފިޔާ އެވެ. މި މުސާރައިން 35 އިންސައްތަ އުނިކުރުމުން މިހާރު އެމަނިކުފާނަށް އަސާސީ މުސާރައިން ލިބިވަޑައިގަންނަވާނީ 65000 ރުފިޔާއެވެ.

ނައިބު ރައީސްގެ އަސާސީ މުސާރައަކީ 75000 ރުފިޔާ އެވެ. އެމަނިކުފާނުގެ މުސާރައިން 35 އިންސައްތަ އުނިކުރުމުން ލިބިވަޑައިގަންނަވާނީ 48750 ރުފިޔާ އެވެ.

މިއަދު މަޖިލީހުން ނިންމެވި ނިންމުމާއެކު ވަޒީރުންގެ މުސާރައިން ވެސް 30 އިންސައްތަ އުނިކުރެވޭނެއެވެ. ވަޒީރުންގެ އަސާސީ މުސާރައަކީ 42500 ރުފިޔާއެވެ. މި އަދަދުން 30 އިންސައްތަ އުނިކުރުމުން ލިބޭނީ 29750 ރުފިޔާ އެވެ.

ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރަތައް މުރާޖަޢާކުރުމުގެ މައްސަލަ އާއި ގުޅޭގޮތުން އެ ކޮމިޓީން ނިންމެވީ، 20،000 ރުފިޔާ އާއި 30،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުގެ މަގާމުތަކުން 20 އިންސައްތަ 30،000 ރުފިޔާ އާއި 60،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުގެ މަގާމުތަކުން 30 އިންސައްތަ ކުޑަ ކުރުމަށެވެ.

މީގެ އިތުރުން 60،000 ރުފިޔާއިން މަތީގެ މުސާރަތަކުގެ މަގާމުތަކުން 35 ޕަސެންޓު ކުޑަ ކުރުމަށާއި، ކުޑަ ކުރާ މުސާރަ ކުޑަ ކުރާނެ މުއްދަތަކީ، މި މެއި މަހަށާއި އަންނަ ޖޫން މަހާއި ޖުލައިކަމަށް ކޮމިޓީން ނިންމެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފެކްޓް

    ތި ޢަދަދުތަކަކީ އެމީހުންގެ އެލޮވެންސް ތަކާއެކު ލިބެންޖެހޭ ހަމަ އަގު. ތި ޢަދަދުތައް ދާއިމީ ކުރަންޖެހޭ. އެހެންނޫނީ ތި މީހުން މަޤާމުތަކަށް އަންނާނީ ހަމައެކަނި ފައިސާއާއި ޖާހަތައްޓަކާ. ހުސް ދެއްކުންތެރިކަން. އިޚްލާސްތެރިކަމަެއް ހުރެގެން އުޅޭ ހަމަ އެކަކުވެސް ނެތް

    11
    1
  2. ޖައްބޭ

    އިންޖޭނުގޭ ކުދިންގެ މުސާރަ ރައީސްމީހާއައްވުރެ ބޮޑު! މިއީ ކިހިނެއްވާ ކަމެއް؟

    14
  3. ދާރި

    މިހާރު އިންޖީނުގޭ މުގުނީ މުސާރަ ކިހާވަރެއްބާ؟؟؟

    14
  4. ލޯތްބާއި ނަފުރަތު

    މި ހުރިހާ ފަރާތްތަކެއްގެ މުސާރައިން އުނިކުރާ އިރު މަޖުލިސް މެންބަރުންގެ މުސާރައިން އުނިކުރަނީ ކިހާވަރެއްތޯ

    12
  5. ހުސޭނުބޭ

    އަޅެ ރައްޔިތުން އެބަ ހެއްދެވިނެހެއްދެވިއަށް ގޮވާ! ރައްޔިތުން ނުކުމެ ކަށިހަފައި ކާންފެށީމާ ކުޑަކުރީ! މި ހާލުގައި އުޅޭތާ 3 މަސްދުވަސްވީ! އަމިއްލައަށް ކުޑަކުރަންޏާ ކުޑަކުރާނެ ދުވަސް ހިނގައްޖެ!

  6. ޙހހ

    ސިވިލްމީހުންގެމުސާރަކުދަކުރޭ

  7. ޤާނޫނު

    ޤާނޫނު ބަދަލު ނުކޮށް ތިކަމެއް ނުކުރެވޭނެ. މުރައްކަބުޖާހިލުން ތަނަކަށް އެއްވީމާ ކަންކުރާކަށް ނޭނގޭނެ. އަތަށް ގޮވުން ނޫން ކަމެއް ނުވާނެ. ލަދު ކޮބައިބާ؟ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް މިއުޅެނީ ގާ ނޫނު މި ދެއަކުރު ކިޔަންވެސް ނޭނގިގެން.

  8. ަތަޅުމުގެ ލީޑަރު

    އިހައް ދުވަހު ޚަބަ ރަކުން ކީން ކޮންމެވެސްތާކު ވެ ރިޔެއް އޭނާގެ މުޅި މުސާ ރަ ހަދިޔާކު ރިވާހަކަ ކޮވިޑުފަންޑަކައް. މިތާ ރައީސުންނައް ކި ރިޔާ ކުޑަ ޕަސެންޓެއް ކަނޑާލަން ކެ ރުނީ..