ފުލުހުންގެ ހާއްސަ އޮފަރޭޝަންތަކުގައި ކޮންޑަކްޓެޑް އިލެކްޓްރިކް ވެޕަން (ސީއީޑަބްލިއު) ނުވަތަ ޓޭޒާ ގަން ބޭނުން ކުރަން އުޅޭތީ އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ރައްދު ދެއްވައިފިއެވެ.

ފުލުހުންގެ އޮޕަރޭޝަންތަކުގައި ޓޭޒާ ގަން ބޭނުން ކުރަން ފަށަން ނިންމިކަން ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އިއުލާން ކުރައްވައިފައެވެ. މިފަދަ ހަތިޔާރެއް ބޭނުން ކުރަން ނިންމީ ފުލުހުން ހިންގާ އޮޕަރޭންޝަން ތަކުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.

މިހާރު ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒު ކުރީ ފުލުހުން އެފަދަ ހަތިޔާރެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފާނެ ކަމަށް ބަލައިފައެވެ.

އެކަމާ ގުޅިގެން އެސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވަނީ ފުލުހުންގެ ބާރު އޮތަސް، ގޭންގާއި ޓެރަރިޒަމުގެ ނުރައްކަލާ ކުރިމަތިލުމުގެ ބާރު ފުލުހުންގެ ނެތް ތަން ދެކެން ބޭނުންވޭތޯ ސުވާލު ކުރައްވައިފައެވެ.

"ބާރު އޮތް ފޯހެއް. އެކަމަކު ގޭންގުތަކުން ދޭ އިންޒާރާއި ޓެރަރިޒަމްގެ ނުރައްކަލާ ކުރިމަތިލުމުގެ ބާރު ނެތުން. އެއީތޯ ދެކެން ބޭނުންވާ ގޮތަކީ؟" ޓުވީޓުގައި ފައިރޫޝް ވިދާލުވިއެވެ.

ފައިރޫޝް ވިދާޅުވި ގޮތުގައި އެ ހަތިޔާރު ބޭނުންކުރާނީ އޭގެ ތަމްރީންތައް ރަނގަޅަށް ލިބިފައި ތިބި ފުލުހުންނެވެ.

އޭސީޕީ ކުރެއްވި ޓުވީޓާ ގުޅިގެން ގިނަ ބަޔަކު ވަނީ ފައިރޫޝް އަށް ފާޑު ވިދާޅުވެފައެވެ.

ބައެއް މީހުން ވަނީ އަނިޔާވެރިކަމާއެކު މައްސަލަތާކައި ކުރިމަތިލުމަކީ ރަނގަޅު ގޮތް ކަމަށް ފައިރޫޝް ދެކިވަޑައިގަންނަވާނަމަ ފުލުހުންގެ ވަޒީފާއިން އޭނާ ވަކި ކުރަން ޖެހޭ ކަމަށް ބުނެފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، ޓޭޒަ ބޭނުން ކުރާ ފުލުހުން، އެ ހަތިޔާރު ބޭނުން ކުރާ ގޮތް ބަލަން ބޮޑީ ކެމެރާ ބޭނުން ކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ޖޯން

  މިގައުމަގި މަރާފައިވާ ނިކަމެތި އެތައްއާއިލާއެއްގެ ތަހުގީގުނުނުމިގެން ތިޔައުޅުއްވަނީ ފުލުހުންއަތުގައި މެސިނުބަޑިޔާއި ފައިޓަރޖެޓްތައްނެތިގެންތޯ. ދިވެހިރައްޔިތުންގެ 95% ދިވެހިފުލުހުންނަށް އިތުބާރުނުކުރާނެ.

  17
 2. ހަރަކި

  ހާދަހާ ކިބުރުވެރި މީހެކޭ! އިންކޮމްޕިޓަންޓް. ރޫޑް. މިސްޓަރ އީގޯ. ކޮންތާކުން ކޮން އެއްޗެއް ކިޔަވައިގެން ހުރި މީހެއް؟ ގޭންގުސްޓާރުންނާ ފުރެންޑުވެފަ. ބުރަކަށި ފިރުމާލާފަ ދޫކޮށްލަނީ އާދައިގެ ނިކަމެތި މީހާ ހަމަ ވަގުތުން ޖޫރިމަނާ ކުރަނީ ހަމަ އެކުށަށް ހަމަ އެތާނގައި . ޓޭރަޒަށްވެސް ވާނީ ހަމައެހެން. ގޭންގުސްޓާރުން ދޫކޮށްލާނީ ނިކަމެތި މުސްކުޅި ހާޓްޕޭޝަންޓް ބުރަކައްޓައް ޓޭޒަރ ޖަހާނީ.

  16
 3. ބެއްޔާ

  ބަނގުރާ ބޯމީހުންގެ މައްސަލަތައް މިހާރު ނުބަލީތޯ

  20
  1
 4. ވިސްނާލުމަށް އެދެމޭ

  ކޮންޓެރަރިޒަމެކޭ ކިޔާކަށް..ބަލަ މިގައުމުގަ ކަލޭމެން ސިފަކޮއްދޭންތިއުޅޭވަރުގެ ޓެރަރިސްޓުންނެނެތް..ދެން ގޭންގްތަ ރޫޅާލުމަކީ ސްޓާފޯސްގެ ދިހަމީހުން އެކަނިވެސް ނިންމާނެ ކަމެއްކަން އިގޭނެ މަސްއޮޑި ގްރޫޕު މައިތިރިކޮއްލި ފުރިހަމަކަމުން...ފުލުހުންނަ ހަތިޔާރު ދިނުމަކީ ޓެރަރިސްޓުންނަ ހަތިޔާރު ދިނުމެކޭ އެއްވަރުގެ ނުރައްކަލެ..ފުލުހިންގެ އިސްވެރިންނަ މިހާރުތިބީ ގައުމަށް ހިޔާނާތްތެރި ބައެއް..ދަށުން މަސައްކަތް ކުރަން ތިބިމީހުންގެތެރޭގަ ކުށުގެ ރިކޯޑު ސާފުނުވާ އެތައްބައެއް..

  22
  1
 5. އެކްޓަރ

  ކޮއްކޯ މިއީ އޮސްޓްރެލިއާއެއްނޫން..300 އަހަރުވީ ތަހުޒީބީ ޑިމޮކްރެސީއެއް އެއީ..ސްޓަން ގަން ޖެހުމުން މަސަލް ތަކުގެ މަސައްކަތް ހުއްޓުވާލާ އަދި މީހާގެ ނަވަރ ސިސްޓަމް ހައިޖެކް ކޮށްލާ..އަދި މީހާގެ ސިކުޑި ފަންކްޝަން ކުރަނީ 1 ގަޑިއިރުފަހުން... ރާއްޖޭގެ ރައްޔިތުންނަކީ ވަރަށް ކިޔަމަންތެރި ބަޔެއް...އަދި ފުލުހުންގެ އަގަބަހުގެ އަމުރަށް 99% މީހުން ކިޔަމަންވޭ ނުވަތަ 100% .. ކޮންތާކު ތިބި ގޭންގްތަކެއްތޯ ނުވަތަ ކޮންތާކު ތިބި ޓެރަރިސްޓުންތޯ...ރާއްޖޭގެ މަސްތުވާތަކެތި ފެތުރީ ބާރުގަދަ މީހުން އަޑީގަތިބެގެން؛ ގިނަ ކުދިންވީ ޖަލުގަ ... އެއީ މަވަތުގެ މުސްތަގްބަލް. .ހަމީދަކަސް ފައިރޫޒަކަސް މުސްކުޅިވާނެ...އެދުވަހުން ޤައުމަށް ޚިދުމަތްކުރާނެ ތިފަދަ ދަރިން ބޭނުންވޭ..ބައެއް ފުލުހުންގެ އަނިޔާވެރި ސިޔާސަތު ބަދަލެއްނުވޭ ރ. މައުމޫނު ދަސްކޮށްދިން ސަގާފަތް...ރައްޔިތުން ބިރުގަނޭ ފުލުހުން ހަތިޔާރު ގެންގުޅުނީމަ... އެކަކު އަނެކަކު ގަޔަށްވެސް ޖަހާފާނެ...

 6. ހައްޕު

  މައްސަލައަކީ ބާރެއްނޫން. މައްސަލައަކީ އިތުބާރު.

  2
  1
 7. ސައްބެ

  ފައިރޫޒު ސީޕީއަކަށް ލާން ފެނޭ. މަސްތުވާތަކެތި ބޭނުންކުރާ މީހަކު ނުވަތަ ބަޔަކު ފުލުހުންގެ ތެރޭ އުޅުމަކީ ލަދު، އަދި ދެރަކަމެއް. ފައިއްޓޭ ތީ ވވވ ހިތްވަރުގަދަ ބޭފުޅެއްކަން ބުނެލަން

  1
  3
 8. ސްމިތޮ

  ތީތި ރާއްޖޭގައި ބޭނުން ކުރުމަކީ ބުއްދިވެރި ވެރިކަމަށް ނުފެނޭ ސަބަބަކީ އެ އިރެއްގައި އޮން ސަރުކާރުން މުޒާހަރާ ތައް ކޮންޓްރޯލް ކުރުމުގެ ނަމުގައި ތި ހަތިޔާރު ބޭނުންކޮށްގެން ރައްޔިތުންނަށް ގެއްލުން ދޭނޭ ކަން ޔަގީން ވާތީ. 7 ފެބުރުއަރީ އެއީ ކުޑަ މިސާލެއް. މީ ސަރުކާރުން މިފަދަ ޅައެއްޗެއް ހަދާފިއްޔާ ހިތި ފެންނަނީ ފުރަންޓުލައިނުގައި މުޒާހަރާ ކުރާ އެމްޑީޕީ އެކްޓިވިސްޓުންނަށް

 9. މުކި

  ކޮންހާ މޮޅު ވަހަަކައެއް؟ ފުރަތަމަ ކަމަކަށްފުލުހން ޑިސިޕްލިން ދަސްކޮއްދީބަލަ

 10. ރައްޔިތުން

  ދޭންވީ ތޯ ނުދޭންވީތޯ ތިޔަ ސުވާލު ކުރުމުގެ ކުރިން 7 ފެބްރުއަރީ 2012 ގަ ބައެއް ފުލުހުން އެދުވަހު އަމަލުކޮށްފަ ވާގޮތުގެ ވީޑިއޯ އެއް އާކައިވް އިން ހޯދައިގެން ބަލައިލި ނަމަ ތިޔަ ސުވާލެއް ނުއުފެދުނީސް. ތިޔަ ހަތިޔާރު ފުލުހުންނަާް ދޭތީ ރައްޔިތުން ކަންބޮޑުވަނީ ހަމަ ވާންވެގެން.

 11. ޙަސަނު

  އެޓޮމް ބޮމް ގެންނަން ވީ ނުންތަ ޖެހިގެން މިއޮށް ކަރަ އިން ފުލުހުން ބާރުވެރި ކުރުވުމުގެ ނަމުގަ

 12. ޢަންސާރު

  ކަލޭ ވަރު ކޮސް މީހެއް ނުދެކެން..ގޮސް ކެނެރީގެ ޓެރަރިސްޓް ގަޔަށް ތި ޖަހާބަލަ.ޓެރަރިސަމް ކަލެއާއި ހަމީދަކަށް ނޭނގޭނެ.އެކަން އެނގޭނީ ފުރިހަމައަށް ﷲ އަށް އީމާންވާ އެކަލާނގެ ވަލިއްޔުންނަށް.އަދި ކަލޭމެން ތީ އުއްމަތައް ފައިދާ ހުރި ބައެއްވެސް ނޫން.މުޖާހިދުންނެއްވެސް ނޫން.ﷲ އައްލަމް

 13. ޖަޒީރާމަނިކު

  ލޮކްޑައުން ނިމޭ އިރަށް ރައްޔިތުން ބޮޑު ހަޅުތާލަކަށް ދާނެކަން އެގޭތީ ރައްޔިތުން ބިރުގަންނަވަން ގެނައި އެއްޗެއް. ތިޔަ ބޭނުންކުރާއިރު ބޮޑީ ކެެމެރާ އިންނާނީ ނިއްވާލާފާ.

 14. ޣޮފި

  ތތތތިޓޭޒާކުރީގަވެސްބޭނުންކުރިއެކަމަކުއެދުވަހުފުލުހުންވީޓެރެރިސްޓުންނަށް

 15. ނަންނުގަތި

  ސިޔާސީ ތަނެއް

 16. ޙެޔޮ

  މީހުން މަރާމީހުންނާއި ބޮޑެތި ޑްރަގް ޑީލަރުން ދޫވެގެންދަނީ ތިޔަބުނީ ހަތިޔާރު ނެތިގެންބާ ، އަދި މިހާރުގެ ސީޕީ އާއި ޑީސީޕީ ރިޔާޒް އޭރު އޮތްސަރުކާރު އަނިޔާވެރިޔޭކިޔާ ފުލުހުންގެ ވަޒީފާގަތިބެ ސަރުކާރާއި ދެކޮޅަށް ކުރެއްވި ޓްވީޓްތައް ހަނދާންނެތީބާ؟