ކޮވިޑް19 އާއި ގުޅިގެން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ބިލު ދެ ފަހަރުވެސް ބޭރު ކޮށްލުމުން އިތުރު 6 ބިލެއް ހުށަހަޅުއްވައިފިއެވެ.

ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އެހީތެރިކަމުގެ ބިލު ދެ ފަހަރު މަތިން ބޭރުކޮށްލުމުން އިތުރު 6 ބިލެއް މަޖިލީހަށް އޭނާ ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ސައީދު ވަނީ އިޖުތިމާޢީ ބޯހިޔާވަހިކަމުގެ ކުލި ފަސްކުރުމުގެ ބިލަކާއި ދަނޑުވެރިންނަށް ލުއި ދިނުމުގެ ބިލަކާއި އާއްމުން ނަގާފައިވާ ލޯނުތަކަށް ލުއި ދިނުމުގެ ބިލަކާއި ޕެންޝަން ފައިސާ އަށް އެދޭ ބިލަކާއި ގޭގެ ކުލިތައް ކުޑަ ކުރުމާއި ގުޅޭ ބިލަކާއި ޓޫރިޒަމްގެ ކުލީގެ ބިލެއް ހުށަހަޅުއްވާފައެވެ.

ސައީދު ހުށަހެޅުއްވި ބިލް ފުރަތަމަ ފަހަރަށް މަޖިލިހަށް ފޮނުވުމުން، ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އެންގެވީ އެ ބިލް އިތުރަށް ފުރިހަމަ ކުރެއްވުމަށް ފަހު އަލުން ފޮނުވުމަށެވެ. ސައީދު ހުށަހެޅުއްވި އެ ބިލުގައިވެސް ހުރީ ފަހުން ހުށަހެޅުއްވި 6 ބިލުގައިވެސް ބަޔާންކޮށްފައިވާ ކަންކަމެވެ.

ދެވަނަ ފަހަރަށް ސައީދު ބިލު ހުށަހަޅުއްވާ ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވިއެވެ. އެ ސިޓީގައި ޕާޓީއާއި ސިޔާސީ ތައައްސުބުން އެއްކިބާވެ، މިނިވަން އިންސާފުވެރި އުސޫލުން އެ ބިލު ބައްލަވައިގަންނަވާ ވީހާވެސް އަވަހަށް އެޖެންޑާކޮށް ދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

ނަމަވެސް މި މަހުގެ 13ވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ސައީދުގެ އެ ސިޓީއަށް ޖަވާބު ދެއްވާ ނަޝީދު ވަނީ ސައީދު ހުށަހެޅުއްވި ބިލަކީ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ސައީދަށް ހުށަހެޅުއްވޭނެ ބިލެއް ނޫން ކަމަށެވެ. އެހެންކަމުން ދެވަނަ ފަހަރަށް ބިލު ހުށަހެޅުއްވުމުން ވެސް ބިލު ވަނީ ބޭރު ކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ައަސްލު ވެރިޔާ

    ސާބަހެ ސައީދު. ޜައްޔިތުންނައްޓަކަ ތިޔަކު ރައްވާ މަސައްކަތައް ޕޕމ ބޭފުޅުންނައް ސުކު ރު ދަންނަވަން.

    21
    1
  2. ޗާލު

    މެމްބަރުންނަށް ބިލު ނުހުށަހެޅޭ. ދެން ކޮންބަޔަކަށް ބިލު ހުށަހެޅެނީ. މަޖްލިހުގެ ރައީސަށްތަ. ވަރަށް ހުދުމުޚުތާރު.

    16
    1
  3. ސީދީ

    ޙުޅަނގު މޫސުމުގެ ވައި ގަދަވޭތޯ ހާދަ ހިޔްވަރެކޭ ތި ކުރައްވަނީ. ޢެއްތާކަށް ދަނޑި ބާނައިގެން ހަލުވާލަނޭ، އަނެއްތަނެއް ހާވާލާނޭ 6 ބިލުން 10 ބިލުން ތިހިރަ ހުށަހަޅުއްވަނީ. ޜައްޔިތުން ދެކެ ލޯބިން ކުރެވޭ ނުކުރެވޭ ނޭގޭވަރު ވެގެން ތިދަނީ

    6
    9
  4. އަލީ

    ޓި ބިލްތައް ކުރީ ސަރުކާރުގައި ސައީދުމެން އަތުގައި ބާރުއޮތް އިރު ކީއްވެވާ ހުށަނޭޅީ. ތިއީ ކޮނއމެހެން ރައީތުންނަށް ހެޔޮ އެދިގެންނޫން. ސަރުކާރަށް ޖެއްސުން ކުރަންވެގެން.

    3
    19
  5. އިހުލާތެރިން

    ހާދަ ހިތްވަރުގަދަ މެމްބަރެކޭ މަނިކުފާނު ތިކުރަށްވާ މަސައް ކަތަށް ހަމަސާބަސް މާތްﷲ މަނިކުފާނު ތިކުރަށްވަމުން ގެންދަވާ މަސައްކަތުގައި ބަރަކާތް ލައްވައި ކާމިޔާބު ވާނޭމަގު ތަނަވަސް ކޮށްދެއްވާށި އާމީން

    20
    1
  6. މަލިކު

    ސަޢީދުގެ މަސައްކަތަށް މަރުޙަބާކިޔަން

    17
    2
  7. މޮޔަސޮރު

    މާލޭގައި އުޅޭ މީހުންނަށް ފަސޭހައަކަށް ހުށަހެޅި ބިލްތަކެއް

    8
    1
  8. ނައްޓި

    ތިޔައީ ސަރުކާރަށް ޖެއްސުންކުރުން