ތ. ގުރައިދޫގައި ބިދޭސީއަކު މަރާލައިފިއެވެ.

އެރަށުގައި ބިދޭސީއަކު މަރާލާފައިވާކަން ފުލުހުންނާއި، އެ ބިދޭސީ މީހާ އާއި ޙަވާލުވެ ހުންނަ ފަރާތުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ބިދޭސީ މީހާ މަރާލާފައި ވަނީ، ތޫނު އެއްޗަކުން ހަމަލާދީގެންނެވެ.

ފުލުހުން ވިދާޅުވީ، ތ، ގުރައިދޫގައި ބިދޭސީން ދިރިއުޅޭ ގެއެއްގެ ތެރޭގައި ތޫނު އެއްޗަކުން ބިދޭސީއަކަށް ހަމަލާދީފައިވާ ކަމަށް މިރޭ 1:00 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ގިނަ ޒަޚަމްތަކާއިއެކު އޭނާ ފެނިގެން ސިއްޙީ މަރުކަޒަށް ގެންދިޔައިރު ވެސް އޭނާ މަރުވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

އެނގިފައިވާ ގޮތުން މަރުވެފައި އޮއްވާ ފެނުނީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހެކެވެ. ޒަޚަމްތަކާއެކު އެމީހާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ތަނުގެ ތެރެއިން ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލަ މިހާރު އެ އިދާރާއިން ތަހުޤީޤު ކުރަމުން އަންނަ ކަމަށާއި، ނަމަވެސް މިހާތަނަށް މި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ދެރަކަމެއް

  ރޯދަމަހުގެ ފަހު ދިހައެއްގެ މާތް ރޭތަކުގައި ކިހިނެއް މިއުޅެނީ އިންސާނުން. ވަރަށްވެސް ދެރަ.

  200
  1
 2. ދަވާލި19

  ތިކަން ކޮށްފަ އޮންނާނީ ބަންގާޅީ އެއް ކަމަށް ފެނެލޭ

  53
  13
 3. ބަކުރުބެ

  ބަންގާޅިން އުޅޭ ފާޑެއްދޯ، އަޅުކަމާ ގެން އުޅެބަ

  59
  9
 4. ކަހުރަބު

  ފުލުހުން ތަހުޤީގް ކުރަމުންނޯލަ ދަނީ

  59
  2
  • ނިމުނީ

   ދެން ތިނިމުނީއެއްނެ.

   11
   1
 5. ކިބިލާ

  މަހީކުރީ ޔާމީންގެ ސަރުކާރާއިއެކު މީހުން މެރުމާ، ވައްކަމާ، ކޮރަޕްޝަނާ، ފަސާދަޔާ، ދީނަށް ފުރައްސާރަކުރުންވެސް ފަސްދާނުލެވުނީކަމަށް. ކޮންމެވެސް މީހަކު ބަލާދީބަލަ ކާކުތޯ ވެރިކަމުގަހުރީ!

  34
  14
  • މީހެއް

   ވެރިކަމުގައި މިހާރު ހުރީ ހިންނަވަރު މާމޮޅު ލާދީނީ ޞާލިހެކޯ?

   3
   2
 6. ޢަންސާރު

  ކޮމެންޓް ޑިސްލައިކް މިކުރަނީ ލާދީނީ ބުއްޅަބެ އެއް

  23
  4
 7. ޝައްކު

  މަށަށް ހަމަ ހީވަނީ ދިވެއްސެއްގެ ކަމެއް ހެން

  8
  16
 8. އަލިބެއްޔާ

  މި ގައުމަށްވެސް ރައްޔިތުންނަށްވެސް ޖެހިފަ އޮތް މުސީބާތެއް..

  14
  2
 9. ކ

  މަރާލީ ވަކި ކާކު ކަމެއް ނޭނގޭ ހާލު ވާހަކަ ނުދެއްކުން ރަނގަޅުވާނެ ނޫންތޯ؟

  21
  1
 10. ހުސައިން

  ގުރައިދޫ ބިދޭސިން ތިބޭތޯ

  1
  1
 11. އެންދެރި

  ކައުންސިލްތަކުން ހައްދު ފަހަނަ އެޅި މީހުން ރަށުން ބޭރު ކޮށް ބަލާށެވެ.

  2
  1