ތ. ގުރައިދޫގައި އިތުރު މީހަކަށް ވަޅިން ހަމަލާދީފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ކަމަށް މަޢުލޫމާތު ލިބެއެވެ.
މިމީހާއަށް ވަޅިން ހަމަލާދީފައި މިވަނީ، މިރޭ 1:00 ހާއިރު އެރަށުގައި ބިދޭސީއަކަށް ތޫނުއެއްޗަކުން ހަމަލާދީ މަރާލާފައި ވަނިކޮށެވެ.
މިރޭ އެރަށުގައި ހިނގި ދެވަނަ ހާދިސާގައި ވެސް ތޫނު އެއްޗަކުން ހަމަލާދީފައި ވަނީ ބިދޭސީއަކަށެވެ. އޭނާއަށް މިހާރު އަންނަނީ އެރަށު ސިއްޙީ މަރުކަޒުގައި ފަރުވާދެމުންނެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.
މިރޭ ގުރައިދޫގައި ފުރަތަމަ ހިނގި ހާދިސާގައި ބިދޭސީ މީހާ މަރުވެފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅޭ ތަނުގެ ތެރެއިންނެވެ. ޒަޚަމްތަކާއެކު އެތަނުން އޭނާ ފެނިގެން ސިއްޙި މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައެވެ.
ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުޤީޤު ކުރަމުންނެވެ. ނަމަވެސް މިހާތަނަށް މި މައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ޕިސް ޕިސް..ރޯދަމަހުގެ ފަހުރޭ..ހަސަދަ އެއް ފިލުވާލަނީ ކަމަަށްވެސް ވެދާނެ..އެކަމަކު ވާދޯ..މިއޮއްފަދަ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެރޯދަމަހު
މިބޭފުޅުން ހަމަލާދޭނީ ކޮންމެވެސް ލާރިއެއްގެ މައްސަލާގައި. ޢެމީހުންގެ ވިސްނުން ހުންނާނީ ރާއްޖޭގެ 1 ރުފިޔާ ، ބަންގްލަޑޭސް 5 ޓާކާ. ޢަަބަދު ތިބޭތީ ސިކުޑިން މިހިސާބު ހަދަ ހަދާ