ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކޮޅަށް ހުންނަވައިގެން ނަމާދު ނުކުރެއްވޭ ކަމަށް އިދިކޮޅު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމާ ގުޅިގެން އެމަނިކުފާނު މިވަގުތު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ މާފުށީ ޖަލުގައި ހުންނަ ހާއްސަ ޔުނިޓެއްގައެވެ. މާފުށީ ޖަލުގައި ޔާމީން ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އިރު، ސިއްހީ އެކިއެކި މައްސަލަތަކުގައި މީގެކުރިން އެމަނިކުފާނު މާލެ ވަޑައިގެން ފަރުވާ ވެސް ހޯއްދެވިއެވެ.

ޗެނަލް 13 އިން ގެނެސްދިން ޕްރޮގްރާމެއްގައި އަބްދުއްރަހީމް ވިދާޅުވީ ޔާމީންގެ ސިއްހީ ހާލުކޮޅު ރަނގަޅު ކަމަށް ވާހަކަ ދެކެވުނަސް، އެމަނިކުފާނުގެ ސިއްހީ ހާލަތު ރަނގަޅު ނޫން ކަމަށެވެ. އެމަނިކުފާނަކީ މައިބަދައިގެ މައްސަލަ އާއި ހިތުގެ އާލާސްކަންފުޅެއް ހުރި ކަން ޑޮކްޓަރުން ލިޔުން ދެއްވާފައި އޮތް ބޭފުޅެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެކަމަކު، ޔާމީނަކީ "ފޭކް" ކަންތައްތަކެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށް ވިދާޅުވިއެވެ.

"ރައީސް ނަޝީދުމެން ޖަލަށްލީމަ ވެއްޓޭހެން މައިބަދަ ބިންދައިގެން ހިނގައްޖެ ކަމަށް ހަދައިގެން، އެގޮތަށް މަކަރު ހީލަތް ހަދައިގެން ރައީސް ޔާމީން ޝަކުވާއެއް ނުކުރައްވާނެ. އެމަނިކުފާނު އަމިއްލަފުޅަށް ކަންތައްތައް މެނޭޖް ކުރަން އެނގިވަޑައިގަންނަވާ. ކެތްތެރި ސާބިތު ލީޑަރެއް ރައީސް ޔާމީނަކީ،" ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބްދުއްރަހީމް ވިދާޅުވިއެވެ.

"ނަމަވެސް އެމަނިކުފާނު މިއަދު ޖަލުގައި އެ ހޭދަކުރައްވަނީ ވަރަށް ހިތްދަތި ކަމާ އެކީގައި. ވަރަށް ހިތާމަވެރިކަމާ އެކީގައި. އަދި ސިއްހީ ގޮތުން އަޅުގަނޑު ދަންނަވާނީ މިވަގުތު އެންމެ ރަނގަޅެއް ނޫނޭ.

"މިވަގުތު ވެސް އަމިއްލަފުޅަށް ކޮޅަށް ހުރެގެން ނަމާދު ނުކުރެވޭ ހާލަތުގައި ހުރީ. އަޅުގަނޑަށް އެކަން އެނގޭތީ މި ދަންނަވަނީ،"

އަބްދުއްރަހީމް ވިދާޅުވީ ޔާމީންގެ ސިއްހީ ހާލުކޮޅު ރަނގަޅު ނުވާތީ އެކަމުގެ ކަންބޮޑުވުން އިދިކޮޅު ފަރާތްތަކުގެ އެބަހުރި ކަމަށެވެ. އެހެންވެ، މިހާރުން މިހާރަށް އެމަނިކުފާނު ގެއަށް ބަދަލުކޮށް ދިނުމަށް ވެސް އަބްދުއްރަހީމް ގޮވާލެއްވިއެވެ.

"މި މީހުންނަކަށް އަޑެއް ނީވޭ. އަޅުގަނޑުމެން ވެރިކަމުގައި ތިބިއިރު ޖަމިއްޔާއަކުން ރިޕޯޓެއް ނެރެފިއްޔާ އެއަށް އަމަލުނުކޮށްގެން ހެސްކިއާފައި މީހުން ޕްރެޝަރު ކުރޭ. ކޮބައިތޯ އދ. މަޖިލިހުގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތުން ގޮވާލި ގޮވާލުން. އެ އިލްތިމާސް އަށް ކިހާ ވަރަކަށް އަމަލު ކުރިތޯ؟ ޖަމިއްޔާ އިން އެބައޮތް ގޮވާލާފައި ކޮވިޑްގެ ނުރައްކާތެރިކަމާ ގުޅިގެން ޖަލުތަކުގައި ތިބި މީހުންނަށް ލުއިދޭށޭ. ހާއްސަކޮށް ސިޔާސީ ހައްޔަރީން ދޫކޮށްލާށޭ. އަޅުގަނޑުމެން މި ދަންނަވަނީ ރައީސް ޔާމީނަކީ ސިޔާސީ ހައްޔަރީއެކޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޔާމީން ޖަލުގައި ހުންނެވީ ޖިނާއީ ކުށެއް ކުރައްވައިގެންނެއް ނޫނެވެ. މިއީ ސަރުކާރުން ނުފޫޒު ފޯރުވައި ޔާމީންގެ މައްޗަށް އިއްވި ހުކުމެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

53 ކޮމެންޓް

 1. މޯޑް

  ކޮޅަށް ހުރެގެން ނަމާދު ނުކުރެވޭނަމަ އިށީންދެ އިނދެގެން ނަމާދު ކުރެވޭކަން ޓިނުއަދުރޭއަށް ނޭނގެނީތަ!

  109
  40
  • ބޯހަލާކު

   އޮށޯވެއޮވެ ނަމާދުކުރެވޭކަންނޭނގިގެންނޫންހެންހީވަނީ..ބުނެލަންބޭނުންވަނީ ލާދީނީ ނަސީދުމެންހެން އޮޅުވާލައިގެން ގޮނޑިދުއްވަން ނޫޅޭނެކަން..
   ޔާމީން ސަލާމަތްވެދާނެތީ ހާދަބިރެއްތިގައްނަނީ

   18
   5
   • ފާތުމަ

    އަޅެ އެ އެއީ ވަގެއްތަ

    6
    1
   • އައޮސް

    ވައްކަން ކޮށްފަ ސާބިތު ވީމަ އަދަބު ލިބޭނެ.

    7
    3
 2. އާދަނު

  ދެން އިށީނދެ އިނދެ ނަމާދު ކުރާނީ.

  98
  11
 3. އަސޭލާ ކ

  ސަރުކާރަށް ހިތިރަހަ އެބަފެނޭ

  45
  72
  • ބުލާކި

   އެމަނިކުފާނުގެ ވެރިކަމުގައި ކުރެއްވި ކަންކަމުގެ ހިތިރަހަ އެއީ. އަދުރޭ ހަނދާނެއް ނެތް އިދިކޮޅު އެއްމެން ޖަލަށް ލައިގެން އުޅުނުއިރު މުޅި ދުނިޔެއިން އެމީހުން ދޫކޮށްލު މަށް ގޮވަމުން ދިޔަކަމެއް. ޔާމީނު ދޫކޮށްލާކަށް އެއްވެސް ފަރާތަކު ގޮވައެއް ނުލާ.

   21
   11
 4. ލޮލްލޮލް

  އެހެންތަ އެހާވަރުވީ؟ އެހެންވެ ރައްޔިތުންގެ ލާރި ނުކާށޭ ބުނަނީ. އިންސާނާގެ ނުހުރޭ ބޮޑާވެ ގަންނާނެ ލައު ކަމެއް. ވައްކަން ކުރީ އަތް ބުރި ކުރަން އޮންނަނީ. ޝުކުރު ކޮއްބަލަ ޖަލުގަ އޮވެވޭ ކަންވެސް...

  79
  42
 5. ނަކް

  އިށީނދެ އިނދެގެން ކުރެވޭނެ.. އެވަރުވެސް ނުވަންޏާ އޮށޯވެ އޮވެގެން ވެސް ކުރެވޭނެ އެވަރު ވެސް ނުވަންޏާ ލޮލުގެ އިޝާރާތުންކުރެވޭނެ.. މިއީ ލުއި ފަސޭހަ ދީނެއް.. ބަހަމާ ދައްކައިގެން ނުރެކެވޭނެ

  97
  11
 6. ސައީދު ފިނިފެންމާ

  ޖަލުގައި ތިއަށްވުރެއް މާއުމުރުން ދުވަސްވީ މާބަލި މީހުން އެބަތިބި. އެކަމަކު އެއީ ގައިދީން ވީމަ ހުކުމް ތަންފީޒު ކުރަންޖެހޭނެ. ޚޮޅަށްހުރެ ނަމާދު ނުކުރެވާ މީހުނަށް އިށީނދެ އިނދެ ނަމާދު ކުރެވޭނެ. ޢިށީނދެ އިނދެ ނަމާދު ނުކުރެވޭ މީހުނަށް އޮށޯވެ އޮވެ ނަމާދު ކުރެވޭނެ..އިތުރު ތަފްސީލް ޑރ. ޝަހީމް ކައިރީ އަހައިގެން އޮޅުން ފިލުވިދާނެ.

  87
  15
  • ސުންބުލި

   ސައީދުގެ ވާހަކައަށް ތާއީދު

   13
   1
 7. ޓިނު

  Tinu vagu

  21
  2
 8. އައްޑޫދޫ

  އަދުރޭ ކަލޭ ހިތަކައްނާރާތަ ރައީސް މައުމޫނު ރޯދަމު ޖަލުގަ ބަހައްޓާގެން ދިންއަނިޔާ މިއަދު ރައީސް ޔާމީން ޖަލުގަހުންނާކައް ނުޖެހުނީސް މައުމޫންއާ ދޭތެރޭ ރަނގަޅައް ކަންތައްކުރިނަމަ ރައީސް ޔާމީންގެ ވެރިކަން ގެއްލުނީ މައުމޫންއާ ދޭތެރޭކަންތައްކުރި ގޮތުން އިދިކޮޅުން ކޯލިށަނެއް ހެދިޔަސް ރައީސް މައުމޫން އާރައީސް ޔާމީން އެކީކުރިޔައް ދިޔަނަމަ ވެރިކަން ނުގެއްލުނީސް

  34
  7
 9. ޕޮގުބާ

  މިސަރުކާރުގަ ހުސްވަގުން ކިހިނެއް ހަދަނީ

  16
  28
  • ފިކުރު

   މިއީ މައުމޫނު ވެސް ހިމެނޭ ވެރިކަމެއް. މި ރަމަޟާންމަހު މައުމޫ ހަނދުމަފުޅު ވާނީ ކޮއްކޯފުގެ ވެރިކަމުގައި ޖަލުގައި ހުންނެވި ހަނދާން. ކުރެއްވި ހިތިހިތާމައިގެ ހަނދާން.

   16
   1
 10. އަލީ

  އަބްދުރަހީމު މެންނާ ހެދި ޔާމީނު ހަލާކުވަނީ. މި ފަހުންވެސް ކީ ޔާމީނު ހިކި އަނަރޫފަ ވިއްޔޭ. އެކަމަކު ފެނުނުއިރު ހުރީ ފިޓުކޮށް. ދެން ތެދަށް ބުންޏަސް ކިހިނެއް ގަބޫލުކުރާނީ ދޮގުވެރި ސާއިރެއްގެ ވާހަކަ.

  31
  4
 11. ސްޓުޕިޑް

  ހެހެހެހެ އަދުރޭ މޮޔަ ފުޅު ވީތޯ.....އަހަރުންވެސް ނަމާދު ކުރަން ޖެހެނީ އިށީނދެ އިނދެގެން....މާ ޔަންގް އޭޖް އިނގޭތޯ....އިށީނދެ އިނދެގެން ނަމާދު ކުރަނީ....

  26
  1
 12. ުއުނދުޅި

  ﷲގެ އިރާދަފުޅުން ނިކަމެތިރައްޔިތުންނައް ކުރިއަނިޔާއާ ކުރިދުއްތުރާތަކުގެ ރަހަ ޔާމީނައަށް ދައްކަވާންދޭން
  ޖަލުގަ އެއޮތީ ވައްކަމުގެ ހުކުމް ތަންފީޒުކުރަން އެ

  28
  16
 13. ޓިނޭ

  ކޮޅަށް ނުހުރުވޭމީހުން އއއއ އިށީންދެ އިނދެ ނަމާދު ކުރާނީ..

  28
  1
 14. އާދަމް

  އޭ އަދުރޭ. ޖާހިލުކަމަކީ ވެސް ބައްޔެއް. އެބަލީގެ ފަރުވާޔަކީ ތަންދޮރު ދަންނަ ޢިލްމުވެރިންގެ އަރިހުން ސުވާލުކުރުން.
  މަށާ ކަލެޔާ ހަނުހުރެއްޖެނަމަ ޖާހިލުކަން ކިޔަވައިދޭނެ މީހެއް ނޫޅޭނެކަން ޢަބްދުއް ރަހީމް ދަންނާށެވެ.
  ދުލާއި ހިތް ނުބައިވެއްޖެނަމަ އެޔައް ވުރެ ނުބައި ދެތަން ނުވާނޭ ކަމަށާ އަދި އޭަގެ އިދިކޮޅު ވެސް ވާނެ ކަމަށް އަދުރޭ ދަންނައްޗެވެ.

  14
  4
 15. ކާފަބޭ2020

  އަދުރޭތިޔަދިނީ އީދުހަދިޔާއެއްތަ! ތަންދޮރުނުފިލާމީހެކޭބުނަނީތަ! ނޫނީކޮންމެގޮތެއްވެސް.........

  12
  3
 16. ޢަލީ

  ޔާމީނަކީ އޯގަތެރި ރައީސެއް، އެކަން އެނގެނީ ރަމްޟާންމަސް ކައިރިވުމުން ޝޭޚް އިމްރާނުމެން އަދި އެހެން ބައެއް ބޭފުޅުންވެސް ގެއަށް ބަދަލުރައްވާ ހެއްދެވި، ހެއްދެވުން މިނޫންވެސް ގޮތްގޮތަށް އެބޭފުޅުންނަށް އޯގާތެރިވެ ވަޑައިގެންނެވެ. ހަޤީޤަތުގަ އެމީހުން އެއީ ބޮޑެތި ކުށްތަކެއް ކޮށްފައި ތިބިބައެއް މިއަދު މަތިފަޑިތަކުގައި ތިއްބެވިއަސް، އެކަމަކު މިހާރު މިތިބީކީ އެކަހަލަ ވެރިންނެއްނޫން، މީ ބަދަލުހިފުމެއް. ﷲ އިރާދަކުރެއްވިއްޔާ މި މީހުންގެ ނިމުން ހިތިވާނެ،

  24
  22
  • ފިކުރު

   އޯގާތެރިކަމުން ވެރިކަން ހޯދައިދިން ބޭބެ ނިކަމެތިކަންމަތީ ރަމަޟާންމަހު ޖަލުގައި ހުރީ. ކުރެއްވި ކުށުގެ ބޮޑުކަމުން.

   9
   9
 17. ދޮންކެޔޮ ބުރޯ

  ތިހެންކަމައްވާނަމަ އެމަނިކުފާނަށް ދައްނަވާ އިށީދެއިނދެގެން ނަމާދުކުރަން، ނަމާދަކަށް ބަހަނާއެއް ނުދެއްކޭނެ

  21
  1
 18. ލޮލްލޮލް

  ކަލޭޔަގީން ކޮށްދީބަލަ ރައީޔާމީން ވަކަންކުރިކަން ރައީސްޔާމީން ޖަލަށް ލާފަވެސް ކަލޭމެނަކަށް ކަމެއް ނުކުރެވުނުތާ ރައީސްޔާމީންއަށް ވަގަށް ގޮވާކޮންމެ ހަމަކޮންމެ ހީހަކީ ބޮޑު ވަގެއް ހަމަޔަގީ ވަގުންނަށް ހީވާނެ ފުޅަށް ބުޑުން ދައްޏާ ކެޔޮގަނޑު ކަޑާނެހެން އެއީ ތިވެގެން އުޅޭގޮތަކީ ވަކަން ކުރާ މީހުންތައް ފެންނާނެ މިސަރުކާރު ބަދަލުވީމަ ރާއްޖެދޫކޮށް ފިލަންދުވާތައް މިހާރުފެނޭތަ ގަޓުހުރި ހިތްވަރުގަދަ ލީޑަރުން 5އަހަރުކީއްކުރަން އަދިއިތުރަށް 15 އަރުހުންނަން ޖެހުނަސް ރައީސްޔާމީންގެ ނުގުޑާފަދަ އަޒުމަކަށް ބަދަލެއްނާބްނާނެ މާތްﷲ ވަގުންނަކީ ކޮންބައެއްކަން މިދިވެހިރާއްޖޭގެ ރައްޔަތުންނަށް ދައްކަވާށި ﷲރައީސްޔާމީނުއަށް ހިތްވަރާއި ކެއްތެރިކަން ދެއްވައި އުމްރުދިގުކުރަށްވާށި ރައީސްޔާމީން އަކީ ހިތްވަރުގަދަ ކެރޭ އަޒުމްވަރުގަދަ ތެދުވެރި އަމާނާތްތެރި ދަރިޔެއް ކަމުގައި ލައްވާށި އަނިޔާވެރިންގެ މަކަރުވެރި ރޭވުމާއި ވަކިތަކުން ރައީސްޔާމީން ސަލާމަތް ވާނެމަގު މާތްﷲ ފަހިކޮން ދެއްވާށި އާމީން

  22
  13
  • ޢަމްރު

   އާމީން ޔާރައްބުލް އާލަމީން.. 😢

   15
   5
 19. އަޙްމަދު

  އަދުރޭ އެބުނަނީ ޜ ޔ ހާލުކޮޅު ރަނގަޅު ނޫން ވާހަކަ \ކުރިއައްދިވެހިގައުމް]

  11
  14
 20. Anonymous

  ޓިނު އަދުރެެެެެ ެ 2 ވަގު

  15
  9
 21. އަސުރުމާ

  "ޔާމީންގެ ސިއްހީ ހާލުކޮޅު ރަނގަޅު ނުވާތީ އެކަމުގެ ކަންބޮޑުވުން އިދިކޮޅު ފަރާތްތަކުގެ އެބަހުރި ކަމަށެވެ. އެހެންވެ، މިހާރުން މިހާރަށް އެމަނިކުފާނު ގެއަށް ބަދަލުކޮށް ދިނުމަށް" ވެސް އަބްދުއްރަހީމް ގޮވާލެއްވިއެވެ. މީގެ މާނައަކީ މިވެރިންސް ޤަބޫލުކުރެޔޭ ޔާމީނަކީ ކުއްވެރިއެއް ކަމަށް. އެހެންނޫން ނަމަ ދޫކޮށްލަން ދޯ ބުނާނީ....

  14
  9
 22. Anonymous

  ޥަގު އަދުރެ

  14
  3
 23. ހަގީގަތް

  ނަމާދަކައް ނޯންނާނެ ޣުޒުރެއް،،ދޫކޮއްލާއިރައް ތެދުވެގެން ދުވާނެ

  19
 24. އަޖާއިބު

  ވަގަށްނެގިގެހާއުސްނުވިޔަސް ޖަލުގޮޅީގެ ފުރާޅު ޔަމީނުގެބޯޖެހޭހާ ތިރިއެއްނުވާނެ. އެހެންނޫނަސް އަމުދަކުން ނަމާދުކުރާވެސްމީހެއްނޫން..

  11
  10
 25. އަދުރޭބުނި....

  މީގެ ދުވަސްކޮޅެ އް ކުރިން ވެސް އަދުރޭ ބުނި، ރަ އީސް ޔާމީން ގެ މޫނުފުޅުގަ އި ހުރީ ހުސް ބިހި ނަގާފަ އޭ، ވަރަށް ހި އްކޭ، އެކަމަކު ކޯޓަށް ވަޑަ އިގެންނެވި އިރު، އެމަނިކުފާނުގެ ސިފަފުޅު ރީތިކަމުން މީހުންތަ އް އާޝޯހްވި! އެހެންވީމަ، އަދުރޭ ދަ އްކާ ވާހަކަ ގިނަބަޔަކު ޤަބޫލެ އް ނުކުރާނެ އެވެ.

  19
  2
 26. ވަގު ޔާނު

  އަހަރެންގެ މާމަޔައްވިސް ކޮއްޅައްހުރެގެން ނަމާދެއް ނުކުކެވެޭ މިހާރަކު އެއީ އިލާހީ ގާނޫން އުމުރުންދުވަސްވުން މުސްކުޅިވުން ގައިބާރު ދެރަވުން ކަކުލުހުޅުން ނުލެބުން ދެން ތިބުނާޔާމީން ވެދާނެ ކުޑައިރު ބައިސް ވަގައްނަގައިގެން ދުވަނިކޮން ކަކުލުހުޅައްތަދުވީކަމައް

  10
  2
 27. އަދުރޭ

  އަނިޔާ ވެރިކަަމަކިީ ބެކްފަޔާރ ކުރާއެއްޗެއް. އަނިޔާ ކުރެވުނު ވަރު ހަނދާން ކޮށްލަބަލަ. މައުމޫނުގެ ވެރިކަމުގަ ވީހުރިހާ ދުވަހެއްގަ ޔާމީނަށް އަބަދުވެސް އެންމެ ވަރުގަދަ އެއްމިނިސްޓްރީ ދެއްވާފަ ހުރީ. ޔާމީނަށް ދެވުނީ އެބޭބެ 80 އަހަރުގެ އުމުރުގަ "ޖަލު". ބާބަކަރި ގަނޑެއްހެން މުޅމާލޭދަ ދެމީ. އިންސާނިއްޔަތުކަން ކޮބާ ކަލޭގެ. ދެން އެހެންމީހުނަށް ހަދާނެގޮތް ހިތަށް އަރުވާލުމެއްނު އޮތީ. ލަދުގަނެބަލަ ޔާމީނު ކަލޭ.

  17
  8
 28. ޥަގު

  ކޯޓުންހުކުން ކުރީ ސިޔާސީ ހައްޔަރީކިޔާފަކަނޫން ވަގެއްކަމައްބުނީ އ ދ އަކުންނުބުނެ ޖަލުގަތިބި ވަގުން ދޫކުރާކައް ޅޭ އިނބަމޮޔަވީތޭ

  12
  8
 29. ތިމަންނަ

  މިއީ ހަމަ ފައްކާ ގަމާރެއް …. ދީނީ ތަޢުލީމިގެ ކުޑަ މިންވަރެއްވެސް ހަމަ ނޭގެނީ….

  20
  1
 30. ހުސެން

  މުސްކުޅިވީ ހެންހީވަނީ

  18
  1
  • ކާފަބޭ2020

   މުސްކުޅިނުވާނެކަމަށްބުނާމީހުނަށްވެސް ދުނިޔޭގަލަހަ އްޓަވާ ހުރި އްޔާ ތިޔަތަންދެކޭނެ

   2
   1
 31. އަލްޖިބްރާ

  އަދުރޭ ! ކަލެއަކީ ތަންދޮރުވެސް ދަންނަ މީހެއް ނޫންތަ ؟ ކޮޅަށް ހުރެގެން ނަމާދު ނުކުރެވޭ މީހާ އިށީދެ އިދެގެން ނަމާދު ކުރާނީ! އެކަމަކާ ޖަލުގަ ހުނަން ޖެހޭ ސަބަބާ ހުރީ ކޮން ގުޅުމެއްތަ؟ ޖިނާއީ ކުށަކަށް ވަނީ ކިހާވަރެއްގެ ކަމެއް ކުރީމަތަ ؟ޖަލުގައި ހުންނަން ޖެހުނު މީހަކު މާއުފާވެރި ކަމުގައި ހުރި މީހަކު ބުނެދީބަލަ ؟ އާނ! އޭނާ ފޭކެއް ނުޖައްސާނެކަން މަޅާލި ލާރިގަޑުން ސާބިތުވޭ ! ޖަލުގައި އެހެރީ އެހެންވެގެން !

 32. ވގ ޔ

  އަދިކުޑައީ ލިބޭ އަނިޔާތައް އުމުރުދުވަހު ޖަލުގަބާއްވަންވީ
  ރައްޔިތުންގެ ހަޒާނާ ލޫޓުވާލާފަ ސަލާމަތުން ހުރެވޭނެ ކަމައްތަހީކުރަނީ.

  9
  4
 33. ބޮކި

  ކޮޅަށް ހުރެގެން ނަމާދު ނުކުރެވޭ މީހުން އިށީނދެ އިނދެ ނަމާދުކުރާނީ. އިށީނދެ އިނދެ ނުކުރެވޭ މީހުން އޮށޯވެ އޮވެ ކުރާނީ. އޮށޯވެ އޮވެ ނުކުރެވޭ މީހުން ލޮލުގެ ޙަރަކާތުން ކުރާނީ. އެވަރުވެސް ނެތް މީހެއްގެ ކަންކަން ދެން ވަކީލު ކުރުން އޮތީ އަހަރެމެން އެންމެންވެސް ރުޖޫޢަވާންޖޭ ފަރާތްތަކުގައިވާ ﷲ އަށް.

 34. އަހުމަދު ނީޒް

  ކޮޅަށް ހުރެ ނުވަންޏާ އިށީދެ ކުރާނީ އެވަރު ނުވަންޏާ އޮށޯވެ ކުރާނީ. ބްރޯ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އާއ އި ސަރުކާރުން ވި އެ އްބަސް ވުމުގެ ދަށުން ނެރެދެވެން ނެތް.

 35. އިހްލާސްތެރި ކަމާއެކުދިން ވޯޓް

  ނަމާދުކުރޭތަ؟؟؟؟ މިހެންމިބުނީ މިނިވަނެ ގޮތުގަހުރިއިރުވެސް މިސްކިތުން ނުފެންނާތި

  8
  1
 36. ކަދުރު

  ޢަޓުރެ އަކީ ޕޕމ ގެ ހަލާކު. ޔާމީނަ އް އެ އަނިޔާ ލިބުނީ އަދުރެގެ ސަބަބުން.

 37. ޓިނު

  ދެން އިށީނދެ އިނދެ ނަމާދު ކުރެވޭނެ އެނުން🤔

 38. ދައުލަތް

  މިސަރުކާރަށް ކުރެވުނު ކަމަކޫ ނުހައްގުން ޔާމީން ޖަލަށްލުން. ދެންކުރާކަމަކީ ވަށްކަންކުރުން. ޢޭގެ ހިތި މިފެންނަނީ މިމީހުން ލަހެއްނުވެ ހަލާކުވެ ބަނގުރޫޓުވެދާނެ.

  7
  5
 39. ރަނާ

  ޖަލަށްލީއިރު ރައީސް ޔާމީނަކީ މުސްކުޅިވެ ގައިބާރު ދެރަވެފައިވާ ބޭފުޅެއްނޫން، ހަށިކޮޅުގައި ބާރުހުރި ވަރުގަދަ މެދުޢުމުރުގެ ބޭފުޅެއް، ނަމާދަށް ކޮޅަށް ނުހުންނެވޭނީ ، މާނައަކީ އެބޭފުޅާ އެވަނީ ބަލި ޙާލުކޮޅެއްގައޭ، އެހެންވީމާ އެބޭފުޅާއަށްވެސް ފަރުވާޙައްޤުވާނެ، ފަރުވާ ލިބެންޖެހޭނެ، އިންސާނިއްޔަތުކަން ނެތުމަކީ ވަރަށް ދަށުދަރަޖައިގެ ޢަމަލެއް. އެއީ ޖަނަވާރުންގެ ސިފައެއް.
  މައުމޫނު ޖަލަށްލީ ރައީސް ޔާމީނެއްނޫން، ކުށްކުރީމަ ޖަލަށްލީ، ސަލާމަތީ ބާރުތަކުން ޕޯން ދޭން އެދުމުން ފޯން ނުދިނުންވެސް، އެއީ ޙަޤީޤަތުގަވެސް ވަރަށް ބޮޑު ކުށެއް، އެކަން މައުމޫނަށްވެސް ރަނގަޅަށް އެނގޭނެ، ފޯނުބަލައިފިއްޔާ ވަރަށްގިނަ އެއްޗިހި އެނގިގެންދާނެ، އަމުރު ނެރުމަށާ، ރިޝްވަތު ދިނުމަށް ހިންގާފަ ހުރި ހުރިހާކަމެއް އެނގޭނެ ، މައުމޫނަށް އެ ހުރިހާއެއްޗެއް ރަނގަޅަށް އެނގޭތީ، ފޯން ނުދިނީ،، ރައީސްޔާމީން ރަނގަޅުކަމުން ޖަލުގަވެސް ބެއްޓީ ގަނޑުވަރެއްފަދަ ތަނެއްގަ، ލޮލުގެ މައްސަލަ ހުރީމަ . ލޮލުގެ ހޮސްޕިޓަލެއްގަ ހުންނަންޖެހޭ ހުރިހާ ސާމާނަކާއެކު، ލޮލުގެ ޑޮކްޓަރެއްވެސް މައުމޫނަށްޓަކާ، ރައީސް ޔާމީން ޚާއްޞަ ކުރެއްވި، ޤަބޫލުނުކުރެވުނަސް މީ ހަޤީޤަތަކީ،
  ދެންއޮތީ ރައީސްޔާމީންގެ ބޮލުގައި އެޅުއްވި ފައިސާގެ މައްސަލަ، ޕަބްލިކަށް ހުޅުވާލައިގެން ކުރި ޝަރީޢަތެއް، އެއީ ކުރިކަމެއްކަމަކަށް ސާބިތެއް ނުކޮށްދެވުނު، ބަލަންތިބީމަ އެކަން ވަރަށް ރަނގަޅަށް ހާމަވި، އެކަމަކު އެކަމުގަ ޝާމިލްވާ އެތައްބަޔަކު މި ޤައުމުގަ ތިބިކަން ޔަޤީންވީއިރުވެސް ރައީސް ޔާމީނަށް ޙުކުމް ކުރީ ، ޙުކުމުގަވެސް ލިޔަންޖެހުނީ ތުމުމަތު ކުރެވޭތީ ، ތުހުމަތު ކުރެވޭތީ ޖަލަށް ، މީ ސިޔާސީ ގޮތުން ޒާތީވެގެން ބަޔަކު ކުރި ކަމެއް، މާތް ﷲގެ އިރާދަފުޅާއެކު އެބަޔަކަށް މިކަންތައް ދައްކަވާނެ.

 40. ކަޅުފޮށި

  މައުމޫން ޖަލުގައި ހުރީ ކިތައްއަހަރުބާ!

 41. ބޯންއެބަޖެހޭ

  ކެނެރީ ބުއްޅަ ޖަލު ގައި ހުރީ ކިތައްއަހަރުބާ!

  4
  1
 42. ކަލޯގަޔާ

  އެހާވަރަށް ޖަހައިފި؟ (ކަކޫ ދަށު)

 43. ސަޅިބެ

  ކޮޅަށް ނުހުރެވޭނަމަ އިށީދެގެން އިށީންދެގެން ނުކރެވޭނަމަ އޮށޯވެގެން ވެސް ކުރެވޭނެ އަދުރަހީމޫ އެބަރުވެސް ތިޔަ މީހާއަށް ނޭންގޫތާ!

  1
  1
 44. ސަޅިބެ

  ކޮޅަށް ނުހުރެވޭނަމަ އިށީދެގެން އިށީންދެގެން ނުކރެވޭނަމަ އޮށޯވެގެން ވެސް ކުރެވޭނެ އަދުރަހީމޫ އެބަރުވެސް ތިޔަ މީހާއަށް ނޭންގޫތާ! މިވަރުމީހުން ތަނަތަނަށް އަރާ ތިޔަ އަނގަތަޅުވަނީ