ރާއްޖޭގައި މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީގެ ދަށުން ރިޔާސީ ދައުރެއް ފުރިހަމަ ކުރެއްވި ފުރަތަމަ ރައީސް، އަބްދުﷲ ޔާމީންގެ 61 ވަނަ އުފަން ދުވަސް، މިއަދު ފާހަގަކުރައްވާ އިރު، އެމަނިކުފާނު މިވަގުތު ހުންނެވީ އާއިލާއާ ދުރުގައި މާފުށީ ޖަލުގައެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ ސިއްހީ ހާލުކޮޅު ދަށް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނަމުންދާ އިރު، އެމަނިކުފާނު ގެއަށް ބަދަލު ކުރަން އެ ކޯލިޝަނުން ތަކުރާރުކޮށް ދަނީ ގޮވާލަމުންނެެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެމަނިކުފާނު މިއަދު އޮންނެވީ މާފުށީ ޖަލުގެ ހާއްސަ ޔުނިޓެއްގައި ގިނިކަންޏާއެވެ. ސިއްހީ ހާލަތާ މެދުގައި އެފަރާތްތަކުން ކަންބޮޑުވެއެވެ.

އެކަމަކު، ޔާމީނަށް ތާއީދު ކުރާ ގިނަ ސަޕޯޓަރުން އުންމީދު ދޫކޮށެއް ނުލައެވެ. އެމީހުން ތިބީ ރައީސް ޔާމީން މިނިވަން ވާނެ ކަމުގެ އުންމީދާ އެކުގައެވެ. އަދި ޔާމީން ކިތަންމެ ދުވަހަކު ޖަލުގައި އޮތަސް، އެމަނިކުފާނުގެ ހިތްވަރަށް ބަދަލެއް ނާންނާނެ ކަމަށް ގަބޫލު ކުރާ ބަޔަކު ވެސް އެބަތިއްބެވެ. ޔާމީން ހިދުމަތަށް ނުކުންނަވާނެ އިރަކަށް އެމަނިކުފާނުގެ ގިނަ ސަޕޯޓަރުން ތިބީ ކެތްމަދުވެފައެވެ.

ޔާމީން ޖަލަށް ގެންދިއުމުގެ ކުރިން ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. --- ވަގުތު އިމޭޖަސް

 

ޔާމީނަށް 61 އަހަރު ފުރުނު ދުވަހުގެ މުނާސަބަތުގައި ގިނަ ބަޔަކު އެމަނިކުފާނަށް ތަހުނިޔާ ފޮނުވީ ފޭސްބުކާއި ޓުވިޓާ މެދުވެރިކޮށެވެ. އަދި ބައެއް މީހުން ފޯނުން ވީޑިއޯ ކުރުމަށް ފަހު، ޗެނަލް 13 އަށް ފޮނުވައިގެން ވެސް އުފަން ދުވަހުގެ ތަހުނިޔާ ޔާމީނަށް ފޮނުވިއެވެ.

އިދިކޮޅު ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޔާމީނަށް 61 އަހަރު ފުރޭ އިރު، ޖަލުގައި އޮންނެވުމަކީ ޕީޕީއެމާއި ޕީއެންސީ އަށް ލިބޭ ވަރަށް ބޮޑު ހިތްދަތިކަމަކާއި ހިތާމައެއް ކަމަށެވެ. އިންސާފުވެރިކަމެއް ނެތި ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން ޔާމީން ޖަލުގައި އޮންނެވީ ނުހައްގު ހުކުމެއްގައި ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެދެނީ ރައީސް ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ލިބޭނެ ދުވަހަކަށް. އަދި ހަމައެއާ އެކީގައި މިވަގުތު މިއީ ރައީސް ޔާމީންގެ ހިދުމަތަށް ދިވެހި ގައުމު އިންތިހާ އަށް ބޭނުންވެފައި އޮތް ވަގުތެއް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ޔާމީން ދަނގެތީގައި ސަޕޯޓަރުންނާއި ބައްދަލު ކުރަނީ – ފޮޓޯ: ޕީޕީއެމް
ޔާމީން ދަނގެތީގައި ސަޕޯޓަރުންނާއި ބައްދަލު ކުރަނީ – ފޮޓޯ: ޕީޕީއެމް

އަބްދުއްރަހީމް ވިދާޅުވީ ކޮވިޑް-19 ގެ ހިތްދަތިކަމާ ދިވެހިން ކުރިމަތިލާން ޖެހިފައިވާ އިރު، ސަރުކާރުން މިކަމަށް އެކަށީގެންވާ ވަރަށް ތައްޔާރުވެފައި ނެތް ކަން ބަލާލި ކޮންމެ ދިމާލަކުން ފެންނަމުންދާ ކަމަށެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސަރުކާރު ވަނީ ނުކުޅެދިފައިވާ ކަމަށާއި މިފަދަ ކަމެއް މެނޭޖް ކުރުމުގެ ކެޕޭސިޓީ އާއި ހިތްވަރެއް ސަރުކާރުގައި ނެތް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެހެންވެ، ޔާމީންގެ ހިދުމަތުގެ މުހިންމު ކަން ރައްޔިތުންނާއި ގައުމަށް ބޮޑުވެފައިވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ އޭނާގެ ސިޔާސީ ހަޔާތް ފެއްޓެވުނީ ޔާމީންގެ ސިޔާސީ ތަޖުރިބާގެ ތެރެއިން ކަމަށެވެ. އަދި ޔާމީނަށް ދެވޭނެ ހަދިޔާއަކީ އެމަނިކުފާނު މިނިވަން ކުރުމުގެ މަސައްކަތް އެންމެ ފަހު މީހާއާ ޖެހެންދެން ކުރުން ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެ މަސައްކަތުގައި ދެމި ހުންނަވާނެ ކަމުގެ ޔަގީން ކަން ޔާމީނަށާއި ދިވެހި ރައްޔިތުންނަށް ޝުޖާއު ދެއްވިއެވެ.

"މި ހިތްދަތި ވަގުތުގައި އެމަނިކުފާނު ތަހަންމަލު ކުރަމުންދާ ވޭނާއި ހިތްދަތިކަމުން އަރައިގަތުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޯލިޝަންގެ ތެރެއިން ކުރުމުގައި އެންމެ އިސް ދައުރެއް އަދާ ކުރާ އެކެއްގެ ގޮތުގައި ހުންނާނެ ކަމުގެ ޔަގީން ކަން ވެސް ރައީސް ޔާމީނަށާއި އާއިލާ އަށް ދެން،" ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ މެމްބަރު ކަން ވެސް ކުރެއްވި ޝުޖާއު ވިދާޅުވިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ޔާމީންގެ އުފަން ދުވަސް ފާހަގަ ކުރާ އިރު، އެމަނިކުފާނު ޖަލަށްލެވިފައި ވަނީ ނުހައްގުން އަދި ނާއިންސާފުން ކަމަށެވެ. މީގެ ހަ އަހަރު ކުރިން 2013 ގައި ޔާމީންއާ އެކުގައި ސިޔާސީ ހަޔާތް ފެށިއިރުގައި އޭނާ އަށް ޔާމީންގެ އުފަން ދުވަހަކީ ހާއްސަ ދުވަހެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މިއަދު ވެސް ޔާމީންގެ އުފަން ދުވަސް ވަރަށް ހާއްސަ. ނަމަވެސް ވަރަށް ހިތާމަވެރި. ގައުމު އޮތް ހާލަތާއި އެމަނިކުފާނުގެ އުފަން ދުވަހު އެމަނިކުފާނު އޮންނެވި ހާލަތަކީ އަޅުގަނޑުމެން ހިތާމަ ކުރާ ކަމެއް،" ޝިޔާމް ވިދާޅުވިއެވެ.

ޔާމީންގެ ސަޕޯޓަރަކު، އެމަނިކުފާނަށް ހެޔޮ ދުއާ ކުރަނީ. --- ވަގުތު އިމޭޖަސް

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ވަރަށް ކައިރި މުސްތަގުބަލެއްގައި ޔާމީން ގައުމަށް ހިދުމަތް ކުރުމަށް ވަޑައިގަންނަވާނެ ކަމަށެވެ.

"ޔާމީނާއި އެމަނިކުފާނުގެ އާއިލާ އަށް ލިބެމުންދާ ހިތްދަތިކަމަކީ މިއަދު ހަމަގައިމުވެސް އަޅުގަނޑުމެންނަށް ވަރަށް ފުން އަސަރެއް ކުރާ ކަމެއް. އެތައް ހާސް ދިވެހި ލޮބުވެތި ރައްޔިތުންނެއް އެދިއެދި ތިބީ ޔާމީންގެ ހިދުމަތްތެރިކަން އަލުން ދައުލަތަށް އަނބުރާ ލިބުމަށް،" ޕީއެންސީގެ ނައިބު ރައީސް ކަން ވެސް ކުރައްވާ ސައީދު ވިދާޅުވިއެވެ.

ޔާމިންގެ އުފަން ދުވަހާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ޔާމީނު ޖަލުން ސަލާމަތްކޮށް އެ މަނިކުފާނު ރާއްޖޭގެ ވެރިކަމަށް އަލުން ގެންނަން ކުރާ މަސައްކަތްް އިތުރަށް ވަރުގަދަކޮށް އެ މަސައްކަތުގައި ދެމިތިބޭނެ ކަމަށެވެ. ޔާމީންގެ 61 ވަނަ އުފަން ދުވަސް މިއަދު ފާހަގަކުރާއިރު ގައުމު އެދި ގޮވަނީ އެމަނިކުފާނުގެ ހިދުމަތަށް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި އެ މަނިކުފާނު ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ އިސްތިއުނާފް ކުރުމުން، ބައެއް އަޑުއެހުންތައް ހައި ކޯޓުން ކުރިއަށް ގެންދިޔަ ނަމަވެސް މިހާރު އެ މައްސަލަ ކޯޓުގައި އޮތީ ހުއްޓިފައެވެ.

ކިޔުންތެރިންގެ ހިޔާލު

45 ކޮމެންޓް

  1. ތެދު

    މިކަމުން އެނގެނީ އަތްކަނޑަންޖެހޭވަގުން ގިނަކަން.

    19
    117
    • ޙައްގުބަސް

      ތެދުއޭ މިކިޔާ މީހަކު ވަރަށް ހަޖަމު ނުވެގެން އުޅޭހެން ވަރަށް ހީވޭ!! ހެޔޮ ކަލޭ ކޮންމެ އެއްޗެއް ކިޔަސް!! ރަގަނޅު ވާހަކައެއް ތިބުނީ!! ރައިސް ޔާމީންގެ ދައުރުގައި މިރާއްޖޭގައި ހިންގި އެންމެބޮޑު އެއް ވައްކަން ސަރުކާރުތެރޭ ހިނގާފައިވޭ!! އެއީ އެމްއެމްޕީއާރުސީގެ ވައްކަން!! އެވައްކަމުގެ މުގުލުގައި ހުރި ޕޫބެއަރ ވަޒީފާއިން ވަކިކޮށް އެކަމުގައި ބައިވެރިވި މީހުންގެ މައްސަލަ ބަލަންކެރުނީ ހަމަ ރައިސް ޔާމީންއަށް!! އެކަން ކުރި!! އަދި ޕީބެއަރ އެފައިސާއިން ވަނީ ކަލޭމެންގެ ރީނދޫ ބޮޑު ފާދިރީއަށާ ކަލޭމެންގެ ރޯނުއެދުރު ފިނިހަކަ ކިނބުލަށްވެސް ބައި އަޅާފަ!! އަދި ރީނޑު ބޮޑުންނަށް ބަހާފަ!! އެކަން އަދި ބަލާނެ!! ޔާމީނުގެ ޝަރީޢަތް ހިންގީ ދިވެހި ރައްޔިތުން ކުރިމަތީ!! ކަލޭމެންގެ ޖޭއެސްއެސްސީއޭ ކިޔާ ރީނދޫ މުއްލާއިން ތިބި ތަނަކުން ކަންތައްތައް ކުރަމުންދިޔަގޮތް އެންމެނަށް ފެނުނު!! އެމައްސަލަ ބެލި ފަނޑިޔާރު ފަހުވަގުތު ބޭރުކޮށްލާ ކަލޭމެންގެ ތިން ސޮހަލުން ލައިގެން ހޭވި ހަޑި އަދި ކަލޭމެންނާއި ބައްދަލުކުރާނެ!! ކަރުބުޑުން ހިތިރަހަ ލައްވާލާނެ!! މާގިނަ ދުވަހެއްނެތް!! މިހާރު ކަލޭމެން ކުރާ ވައްކަން މަދުތަ؟ ދައުލަތުގެ މާލިއްޔާ ދަވާލަމުން އެދަނީ ބަދަލުގެ ގޮތުގައޭ ކިޔާފަ!! ކޮވިޑް ކަންތަކަށް ދެމަސްތެރޭ 850 މިލިޔަން ރުފިޔާ ޚަރަދުކޮށް ފައިސާކޮޅު ދަވާލައިފި!! މިހުރީ ވައްކަން ނޫން ދެން ކޮންކަމެއް؟

      56
      3
      • ދޮގު ބަސް

        ރަނގަޅު .. މާދަމާ ކަލޭ ބަލި ޖެހުނީމަ ނުޖެހޭނެ ބޭސް ކުރާކައް ... ތިކަހަލަ ދެލޮލައް ފުސް ބުރާފަ ތިބޭ ޗޮއްޗޮޅޭ ތަކާ ހަދާ ހިންގަން ތިބޭ މީހުންނައް ބަލާޔާ ހަމަ ... އެކަމު ކަލޭމެންގެ ބަލަދުވެސް 850މ އައް އަރައޭ

        5
        4
    • Anonymous

      އަތް ކަނޑަށް އަޮތީ އިސްލާމް ދީނުގައި. އިސްލާމް ދީނުގައި ޘާބިތު ކުރުން ހުއްދަނޫން ގޮތަށް ފާސިގުންގެ ހެކިބަހުން ކުއްވެރިކުރުމަކީ އަތްކަނޑާ ވާހަކަ ދައްކާ ޖަމާއަތުގެ މީހުންގެ ގޮތެއްނޫން. ދީނެއް މިއްލަތެއް ނޭނގޭއިރު އަތްފައި މަޑުން ބާއްވާ ނަމަ.

      10
      • ނ

        ފާސިގުން ކަން ކަނޑައަޅާނީ ކަލޭތަ.

        • ދދދދ

          ނޫނޭ ކަލޭ އެކަން ކަނޑައަޅާނީ. ކެކެކެ ދިމާއަށް ފެންނަ ކަބްތައްވެސް ނުފެންނަ ބީތާއެއް.

    • އެމްޑީޕީ ބުރޯ

      ޔާގުންޑާ އަށް ތަހުނިޔާކިޔަނީ މިއުޅޭ ރާއްޖެތެރޭ ބޮންދުންތަށް! ކުޅަނދު ހަމަނުވާ ގަމާރުންތަށް!

      15
  2. ތާކިހާ

    ރައީސް ޔާމީނުގެ އުފަންދުވަހަކީ އެއީ މިޖީލުގެ ތަރައްޤީގެ އުފަންދުވަސް -

    154
    14
    • ޢަހޫ

      މިޖީލުގަ އެންމެގިނަފައިސާ ވަގައްނެގިބޭފުޅާނޫންތޯ. ޢޮޅުވާލެވޭނީ މޮޔައިންނަށް.

      17
      139
      • ސަލާމްބެ

        ހެހެހް ކޮސްގޮވޭގޮތްވަނީ. ދައުރުނިމޭހިސާބުން ވަގުންނަކީ ކޮބާކަން ފިސާރި ރަންގަޅައް ފެންނާނެ. މިފަހަރާއި އެފަހަރުގެ ވެރިކަމަުގަ ކުރިހާވައަކަމެއް ބޭޒާރުވެ ފިލަންދުވާތަންފެންނާނެ.
        ޜ ޔާމީން ވެރިކަން ނިމުނުއިރައް އެމަނިކުފާނު ފިލަންއުޅުއްވާކަމައްދައްކަން ކުޅުނުޑްރާމާގަނޑު ތޮޅިޔައްގޮސް އެވެސްވީފްލޮޕް. އެންމެފަހުން ޝަރީއަތްތައް ލައިވްކުރީމަވެސް ސޯޓުބޭލި ޖަނގިޔާގަނޑުވެސްބޭލި ބޭޒާވެދާނެތީ ބުއްޅަބޭ ގެ ނުފޫޒުން ޔާމީންޖަލައްލީ ބަދަލުހިފުމުގެ ރޫހުގަ. އެކަންއެނގެނީ މާކުރީއްސުރެ ވައްކަމޭ ފޭރުމޭ ކިޔާގެން ރައްޔިތުން ވާވައްދަންފެށީ. މޮޔަވަގުނުކުޅެދޭ މީހުން ފެންނާނެވަގުތު މިހާރުވެމިއޮތީ ކުޑަތަންވެފަ. ޕޮހ ޕޮހ ޕޮހ

        43
        1
      • Anonymous

        ދެރައީ ދައުވާ ކުރާފަރާތަށް ރައީސް ޔާމީނާ ދެކޮޅަށް ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅާލާނެ ލިޔުމެއްވެސް ނުލިބުނީމަ. ޖިނާއީ ކުށް ޘާބިތު ކުރުމުގެ މިންގަނަޑަކީ ޝައްކެއްނެތް މިންވަރު. އެކަމަކު ޘާބިތު ކުރީ މަދަނީ މިންގަނޑަށްވެސް ނުފެތޭ ގޮތަށް. ވައްކަމުގެ ކުށް ޘާބިތުވެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ދެ ފާސިގުންގެ ހެކީބަހަށް އެކަނި. އެހެންވީމަ އޮޅިގެން އުޅެނީ ކޮންބަޔަކަށް ކަމާ ވަގުން ނަކީ ކޮބައިކަން ކޮއެފުޅަށް ތިހުރީ ވަރަށް މައްޗަށް އެނގިފަ.

        15
    • ހ

      އެހެންތަ. ނާ ރަނގަލަށް؟

      3
      1
  3. Anonymous

    "އެމަނިކުފާނު މިވަގުތު ހުންނެވީ އާއިލާއާ ދުރުގައި މާފުށީ ޖަލުގައެވެ." ލޮލް

    19
    83
  4. ހެޕީ ބާރތުޑޭ!

    ބާރްބާރް ދިން ޔޭ އާ އޭ، ބާރްބާރް ދިލް ޔޭ ގާ އޭ،
    ތޫ ޖިޔޭ ހަޒާރޯ ސާލް ޔޭ މެރީ ހޭ އާރުޒޫ
    "ހެޕީބާރތުޑޭ ޓު ޔޫ! ހެޕީ ބާރތުޑޭ ޓު ޔޫ!"

    81
    3
  5. އެޖެންޑާ ކަންނެލި

    ހެޕީ ބާތުޑޭ އަވަރ ހީރޯ. ވީ މިސްޔޫ

    129
    13
  6. ޔ

    ޔާމީނުގެ ބޭބޭ މައުމޫނު ޔާމީނަށް ތަހުނިޔާ ވިދާޅު ވެއްޖެބާ. ޔާމީނު އަކީ އަހަރެންގެ 50އަހަރުގެ ޙަޔާތުގަ ދުށް އެންމެ ހަރުކަށި، އަނިޔާވެރި، ބޮޑާ، ކިބުރުވެރި ރައީސް. މޫނު މަތިން ހިނިތުންވުމުގެ އަސަރެއްވެސް ނުފެންނަ ކުނި މޫނެއްގެ ވެރި ރައީސެއް.

    21
    133
    • ޏ

      ޢިންސާނުން ހެއްދެވީ ﷲ ސިފަޔަށް ކިރެވޭ މަލާމާތްތި ރައްދުވަނީ ﷲ. ހަމަމިހާރު ﷲ މާފައްއެދި ތައުބާވޭ. ﷲ ހުރިހާކަމަކަމެއް ކުޅަދުންވަންތަ.

      106
      2
      • ޔ

        އެހެންވީއިރު އޯގާތެރި، ހިތްހެޔޮ ޚުލްޤުހެޔޮ މިވެސް ވާނީ ހެއްދެވި ސިފަތަށް ކަމަށްތާ؟ އަހަރެން ލިޔުނީ "އަނިޔާވެރި، ބޮޑާ، ކިބުރުވެރި" މީގެންހެއްދެވި ގޮތަކީ ކޮބާ؟ މީގެން ކޮންމެ ސިފައަކީ ﷲ ނުހަނު ލޯބިވޮޑިގެން ނުވާ ސިފަތަށް. ޚާއްޞަކޮށް "އަނިޔާވެރިކަން" އެކަމަކީ ﷲ އެކަލާނގެ ޒާތުފުލަށް "ޙަރާމް" ކުރައްވާފައިވާ ކަމެއް. ދެން ކިހިނެއް އިންސާނަކަށް އަނިޔާ ވެރިކަން ކުރިޔަށް ނެރެން ހުއްދަ އޮންނާނީ. "ދެންއިނީ މޫނު ކުނިކޮށްގެން ހުރުން" އެއީ ހެއްދެވި ގޮތެއްނޫން ޖައްސައިގެން ހުންނަ ސިފައެއް. ބޭނުމިއްޔާ ހިނިތުން ވެގެންވެސް ހުރެވޭނެ. ނޭގެންޏާ ދަސްކުރޭ. ކޮޔާ ކަލޭ ކޮންތާކުން ކިޔަވައިގެން ތި އުޅެނި. ޔާމީނޭ ބުނާއިރަށް ދުނިޔެ އެއް އާޚިރަތެއް ނޭގިގެން ދުނިޔެ ރަން ވެގެން ދޯ ތިޔަ އުޅުއްވަނީ.

        2
        10
  7. މުލު

    އެއްވެސް އިންސާފެއްނެތި ޖަލައްލައި ޙާލުގަ ޖައްސަން މަސައްކަތް ކުރިއަސް ތެދުވެރިއަކަށް ލިބޭނެ ގެއްލުމެއް ނޯންނާނެއެވެ.

    117
    7
  8. ހެޕީ ބާރތުޑޭ ޓު ޔޫ

    މިސް ޔޫ

    106
    6
  9. ނޮޅިވަރަންފަރުގެ ދަރިއެއް

    ރައީސް ޔާމީނުގެ އުފަންދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ނޮޅިވރަންފަރުގެ ލޮބުވެތި ތައްޔިތުންގެ ނަމުގައާއި އަދި އަޅުގަނޑާއި އާއިލާގެނަމުގައި ރައީސްޔާމީނަށާއި އެމަނިކުފާނުގެ އާއިލާއައް އަރިސްކުރަމެވެ. މިކޮމެއްޓް ހިމަނައިދެއްވާއްޗެވެ.

    41
    • ބ

      ކަލެއާ ކަލޭގެ އާއާއިލާގެ ނަމުގަ ކިޔާ. ނޮޅިވަރަންފަރު ރައްޔިތު އެންމެނެއް ނޫޅެ މޮޔަވެގެނެއް.

      1
      12
  10. ނަޖްވާ

    އުފަންދުވަހުގެ ތަހުނިޔާ ފޮނުވުމަކީ މައްސަލައެއް ނޫން! އެކަމަކު، އޭނަ އަކީ މާ ބޮޑު ބަތަލަކަށް ހަދަން އުޅޭނެ ކަމެއް ނެތް! ބޮޑު ޚިިޔާނާތްތެރިއަކަށް ވެގެން އެހެރީ ޖަލަށްލާފަ ކަމަށް ބެލެވެނީ!

    4
    45
    • ހޫރު

      އެއީ ހަމަ ބަތަލެއް. އިންޑިޔާއިން މިގައުމުގައި ހިންގަން މަސައްކަތް ކުރި ނުފޫޒަށް ނޫނެކޭ ބުނި. ދިވެހި ގައުމަކީ މިސަރަހައްދުން އެނމެ ބާރަށް ތަރައްގީވަމުން ދިޔަ ގައުމަށް ހެދި. ދައުލަތުގެ ބައިތުލް މާލުގައި ހުރި 400 މިލިއަން ޑޮލަރު 954 މިލިއަން ޑޮލަރަށް އިތުރު ކުރި. ދައުލަތުގެ އެސެޓް 800 ގުނަ އަށް އިތުކޮށްދިން. ރައްޔިތުންގެ އެއްވެސް މުދަލެއް ހަލާކެއް ނުކުރޭ. ރައްޔިތުންގެ މުދާ އިތުރުކޮށްދިން. އެގޮތުން އެއާޕޯޓްތަކާއި. ބަނދަރުތަކާއި ސްކޫލްތަކާއި، ރިސޯޓް ތަކާއި، ބިންހިއްކޔމާ، ހުޅުމާލެ 2، އައްޑޫ ހޮސްޕިޓަލް ދަރުމަވަންތަ ހޮސްޕިޓަލް، ހުޅުލޭ އައަރޕޯޓް، ބްރިޖް. މިހެން ގޮސް ލިޔެ ކޮޅުންނުލާހާ މުދާ ރައްޔިތުންނަށް ހޯއްދަަވައިދެއްވި. ވެރިކަމާ ހަވާލުިއިރު ރައްޔިތުންގެ ހަޒާނާގައި ހުރި ފައިސާއިން އުނި ނޮކޮށް އެއީވެސް. މިހާރު އެހަޒާނާގައި ހުރީ 300 މިލިއަން. ވަގުންނާއި އިހްލާސްތެރިންވެސް އެނގެނީ ހިތުގައި ނަފްރަތާއި ހަސަދަވެރިކަން ނެތް ﷲ އަށް ތަގުވާވެރިވާ ޞާލިހު އަޅުންނަށް. ހާމާނާ ގަރޫނާ ފިރުއައުނަށް ތަބާވާ ބަޔަކަށް އެނގޭނެ އެއްޗެއް، ވިސްނޭނެ އެއްޗެއް ނޯންނާނެ.

      19
  11. ާއަހުމަދު

    މިގައުމުގައި އެބައުޅޭ ވަގުން ޓެރަރިސްޓިން (ހުކުމް ކޮއްފަ) މާބޮޑުކަމަކަށް ނުވޭ

    21
    1
  12. ނާދިރާ

    އަހަރެމެން މި ކިޔަނީ ރައީސް ޔާމީނަށް މަރުހަބާ އާއި ބާއްޖަވެރި ކަމަށެވެ. އެމަނިކުފާނުގެ ދުޝް.މަނުންނަކާ ނުބެހެމެވެ.

    38
  13. ނާދިރާ

    އަހަރެން ހެޔޮއެދި މި ދުޢާ ކުރަނީ ރައީސް ޔާމީނަށް ހެޔޮ ރަޙްމަތް ލެއްވުމަށެ. އެމަނިކުފާނުގެ ދުޝްމަނުންގެ ވާހަކައެއް އަހަރެން ނުދައްކަމެވެ.

    37
  14. ....

    ވަރަށް ލޯބިވޭ. މިސް ޔޫ

    35
    • ރރ

      ތެދެއް ވަރަށް ލޯބިވެޔޭ. މައުމޫންބޭވެސް ބުނި.

      1
      4
  15. މާވަށު

    ލ. މާވަށު ހުރިހާ ރަ އްޔިތުންގެ ފަރާތުން އުފާވެރި އުފަންދުވަހަކަށް އެދެމެވެ. ރަ އީސް ޔާމިން.

    35
  16. މުހައްމަދު

    މިސަރުކާރުގެ ނިމުން އަވަސް ކުރަ އްވާފާނދޭވެ

    36
  17. މުހައްމަދު

    މިސަރުކާރުގެ ނިމުން އަވަސް ކުރަ އްވާފާނދޭވެ...

    36
  18. ދުއާ

    ރައީސް ޔާމީނަށް ހެޔޮރަހުމަތް ލައްވާށި... އުފަންދުވަހު ތަހުނިޔާ!.

    37
  19. އައްޑޫ ކަލޯ

    ތަރައްގީގެ ބާނީ ގެ އުފަން ދުވަސް ތަހުނިޔާއާއި މުބާރިކުބާދީ ދަންނަވަނީ ހިތުގެ އަޑިން

    39
  20. އައްލާ

    އޭ ލިޔުން ތެރިޔާ! މިވަގުތު ޔާމީން ހުންނެވީ އާ އިލާޔާ އި ދުރުގަ އި މާފުށީ ޖަލުގައެވެ...މިހެން ލި އުމުން ހީވަނީ އެމަނިކު އަމި އްލަ ފުޅަށް ބޭނުން ވެގެން ޖަލެ އްގަ އި ޗު އްޓީ ހޭދަކުރަ އްވަނީ ކަމަށް..ހަ އްހއް: ޔާމީންގެ މަ އްޗަ އް ގަދަކަމުން ނުހަ އްގުން ބޭ އިންސާފުން ފަނޑިޔާރުގެ އައ އް ނުފޫޒު ފޯރުވަ އި ކު އްސާބިތު ކުރުމަށް ފަހު އެމަނިކުފާނު ވަނީ ވަރަށް އަނިޔާވެރިކޮށް ޖަލަށް ލާފަ އެވެ..

    33
    2
  21. ޒައިނަބް އާއި އަހްމަދު

    މިއަދަކީ ތަރަގީގެ އުފަންދުވަހޯ ޔޯލަ އެކަމަކެ ބުނަން އެެއްވެސް މީހަކު ދެރަނުކޮއްބަލަ!

    22
    • ޙައުލާ

      ދެރަވެދާނެ، ގައުމުގެ ދުޝްމަނުންނާއި ގައުމުގެ ތަރައްގީއަށް ހަސަދަވެރިވާ މީހުނާއި އެމީހުންގެ އައުވާނުން. އެކަމަކު ހަމަ ރައަިސް ޔާމީން ވަރެއްނެތް. ތަރައްގީގެ ބާނީ، ގައުމުގެ ހީރޯ. ﷲ ތަޢާލާ ރައީސް ޔާމީނަށް ދިގު އުމުރުފުޅަކާ ފުރިހަމަ ސިއްހަތެއް މިންވަރު ކުރައްވާށި. އާމީން. އަދި މިގައުމުގެ ވެރިކަން އެމަނިކުފާނަށް ދެއްޗާނދޭވެ. އާމީން. ދަމުނަމާދުގައި ގިނަގިނައިން ދުއާކުރަންވީ ގައުމަށް ވަފާތެރި ޔާމީނަށް ވެރިކަން ލިބޭތޯ. އިންޝާ ﷲ ދުޢާ އިޖާބަ ކުރައްވާނެ.

  22. ނޯ ބީޑޭ

    މުސްލިމުންނައް އޮންނަ ކަމެއް ނޫން އުފަންދުވަސް ފާހަގަ ކުރުމަކީ

    1
    7
  23. ރިވެތި

    ކުރިޔަށްއޮތްތާގައި އަޅުގަންޑުމެން ބަލައިގަންނާނީ ރައީސް ޔާމީން މިވަރުގެ ވެރިއެއނެތް

    11
    • ބ

      ބަލައިގަނެގެން ތިބޭ. ވެރިކަމަކަށް އިރާދުކުރެއްވިއްޔާ ވައިވެސް ނޭޅެވޭނެ.

  24. ނުހައްޤުން ޖަލުގައި ރައީސްޔާމީން ދޫކޮށްލާ

    މުޅި އުމުރުދުވަހު ޖަލުގައި ބަންދުކޮށް ފައި ބެހެއްޓިޔަސް ރައީސްޔާމީން ވަގަކަށް ނުވާނެ ހަޤީގަތް އެގޭތީވެ މިހެންމުބުނީ ރައީސްޔާމީން އަށް ވަގަށްކޮވާކޮންމެ މީހަކީ ވަގެއް!

  25. ޢަހޫ

    ކަލޭވެސް ތިހިރީ އެލާރިން ބައެއް ކާލައިގެންދޯ އެހެން ވީމަދޯ ތިހާޔަގީން ކަމާއިއެކު ތިހެން ތިބުނީ ދަވާލި-19

    1
    7
  26. މސ

    ލޮބުވެތި ރ ޔާމީންގެ އުފަންދުވަހުގެ ހިޔޮދުޢާއި ވެދުން
    އަރިސްކުރަމެވެވެ. މަނިކުފާން މިގައުމަށް ކޮށްދެއްވި މަތިވެރި
    ޚިދުމަތްތަކުގެ ހަދާންންތައް ތާއަބަށް ދެމިހުންނާނެއެވެ.
    އެ ހަނދާންތަކާ ގުޅިފައިވާ ރައްވެހިކަމާއި އުފެއްދުންތެރި
    ކަން ރައްޔިތުންނަށް ގެނެސްދެނީ ފުދުންތެރިކަމާއި އުފާވެރި
    އިހްސާސް ތަކެވެ ދިވެހިންގެ ދުވާއަކީ މަނިކުފާނަށް ދުޅަހޮޔޮ
    ސިއްޙަތާއި ބާއްޖަވެތިކަން ﷲ މިންވަރުކޮށް ދެއްވުމެވެ.

  27. ދަރަނި ދަންތުރަ

    އުފާވެރި އުފަންދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަން ، ތިޔައީ މިގައުމުގެ ތަރައްގީގެ ބާނީ ، ތިޔައީ ދިވެހިންގެ ކުރިމަގު އުޖާލާކުރުވި ލީޑަރު ، ތިޔައީ އިސްލާމުދީނުގެ ދިފާއުގައި އީޔޫ އަދި ކޮމަންވެލްތާ ހަނގުރާމަކުރި ލީޑަރު ، ﷲ މަނިކުފާނަށް ފުރިހަމަ ސިއްހަތެއްގައި ބާއްޖަވެރި ދުވަސްތަކެއް މިންވަރު ކުރަޢްވާށި އާމީން

  28. މިއަދު

    30 ވެރިކަމުގަވެސް ކެއީ 3 އަހަރުވެރިކަމުގަވެސް ކެއީ 5 އަހަރު ވެރިކަމުގަވެސް ހަމަކެއީ އެކަމު 30 އަހަރާއި އިތުރު 3 އަހަރުން ރާހްޖެއަށް ނުގެނެވުނު ތަރައްގީ އާއި ތަހުޒީބު ގައުމަށް ގެނަސްދީ ރަޢިއްޔަތުން ހެއްވާލަދިނީ ރައިސް ޔާމީން ދުނިޔޭގެ ބޮޑެތި ބިޔަ ގައުމުތައް އާސޯހް ކޮއްލީ ރައިސްޔާމީނުގެ ހިކުމަތުައަމަލީން މިއީ ރަޢްޖެއާއި ދުނިޔެގަބޫލުކުރާ ހަޤީގަތް