އެމީހަކު ބޭނުން ކޮންމެ ހިޔާލެއްވެސް ފާޅު ކުރެވިދާނެ ކަމަށާއި ނަމަވެސް މީހުން ދައްކާ ވާހަކަތަކާއި ފާޅުކުރާ ހިޔާލުތަކަށް ރައްދު ދޭން ބޭނުން ނުވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

"ރާއްޖެޓީވީ" ގެ ކޮވިޑް-19 ލައިވް ކަވަރޭޖް އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ އެމީހަކު ބޭނުންވާ ކަމެއްގައި ބޭނުން ގޮތަކަށް ހިޔާލުފާޅު ކުރުމުގެ އިހުތިޔާރު ކޮންމެ މީހަކަށްވެސް އޮންނާނެ ކަމަށެވެ. ނަމަވެސް ސަރުކާރުގެ އަމާޒު ހުރީވެސް ހުދު އޭނާގެ އަމާޒު ހުރީވެސް މީހުން ދައްކާ ވާހަކަތަކަށް ރައްދު ދިނުމަށް ނޫން ކަމަށް އަމީން ވިދާޅުވިއެވެ.

ނަމަވެސް އަމީން ވަނީ ސަރުކާރުން ކުރާ ކަންކަމަށް ފާރަވެރިވެ ފާޑު ވެސް ކިޔަންޖެހޭނެ ކަމަށެވެ. އަދި ސަރުކާރުން ކުރާ ކަމެއްގައި ގޯހެއް އުޅޭ ނަމަ އެކަމުގައި ހުށަހަޅަންޖެހޭ މުއައްސަސާތަކަށް މައްސަލަވެސް ހުށަހެޅުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. އަމީން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކޮވިޑް-19 އިން ދިވެހި ރައްޔިތުން ސަލާމަތް ކުރުން ކަމަށެވެ.

"ސިޔާސީ އުއްމީދުތަކާއި ސިޔާސީ ކަންކަމުގައި ނުވަތަ ސަރުކާރަށް ފާޑުކިޔުމުގެ ތެރެއިން ކުރިއެރުން ހާސިލުކުރަމުންދާ މީހުންނަށް، އެކަމުގައި ތިބުމަކީ އަޅުގަނޑުމެން ކޮންމެހެން ވިސްނާ ކަމެއް ނޫން" އަމީން ވިދާޅުވިއެވެ.

އަމީން މިފަދައިން ވިދާޅުވެފައި މިވަނީ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ސިޔާސީ ހަޔާތުގައި ވެސް އަދި އާއްމު ދިރިއުޅުމުގައި ވެސް އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި ފެނިވަޑައިގެންނެވި ހެލްތު މިނިސްޓަރު އަމީނަށް ރައްދު ކުރައްވާ ޖަމީލް ހިޔާނާތްތެރިއެކޭ ވިދާޅުވެފައި ދަނޑިވަޅެއްގައެވެ.

ހެލްތު މިނިސްޓަރު އަމީން ހުންނެވި ފޮޓޯއެއް ޓްވީޓާގައި ޕޯސްޓު ކުރައްވާ ޖަމީލް ވިދާޅުވީ ދުނިޔޭގެ ނިސްބަތުން އެންމެ ބޮޑު ހަރަދެއް ކޮވިޑް-19 އަށް ކުރުމަށްފަހު އެންމެ ނަތީޖާ ދަށް ގައުމަކީ ދިވެހިރާއްޖެ ކަމަށެވެ.

"ޕޯސްޓްމޯޓަމް އިން ފެންނަނީ މުޅީންވެސް ހިޔާނާތްތެރީން. މަންޒަރު ސާފުވެއްޖެ،" ޖަމީލް ވިދާޅުވިއެވެ.

އިތުރަށް ޖަމީލް ވިދާޅުވީ އެއްވެސް ގާބިލްކަމެއް ނެތް ކަމަށެވެ. އަދި ލީޑާޝިޕެއްވެސް ނެތް ކަމަށެވެ. ދިވެހި ރައްޔިތުންނަށް ދެން އޮތީ ސަލާމަތްތެރިކަން ހޯދަން ނުކުތުން ކަމަށް ޖަމީލްގެ ޓްވީޓުގައި ވިދާޅުވިއެވެ.

ނަމަވެސް މިކަމާއި ގުޅޭ ގޮތުން މިހާތަނަށް އެއްވެސް ބޭފުޅަކު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަޙްމަދު

    ބަނބުކޭލުގެޢަގު ވ މަތި 100ރ 80ރ

    21
    • ޙައްގުބަސް

      ސިޔާސީ މީހުން ދައްކާ ވާހަކަވެސް އަޑުއަހާނެ ކަމެއްނެތް އަދި ދިވެހި ރައްޔިތުން ދައްކާ ވާހަކަވެސް އަޑުއަހާނެ ކަމެއްނެތް!! ވައްކަން ކޮށްފަ ބަހައްޓާ!! ކޮރަޕްޝަން ހިންގާފަ ބަހައްޓާ!! ބަދަލު ދިނުމުގެ ނަމުގަ މާލިއްޔާ ކައި ހުސްކުރަންވީ!! މިއޮތީ ފުރުސަތު ލިބިފަ!! މި ފަސް އަހަރު ކެވުނު ވަރަކަށް ކާންވީ!! ފަހަރެއްގަ ފަސް އަހަރު ފުރިހަމަ ނުކުރެވިވެސްދާނެ!! އެހެންވީމަ ހަމަ ގައުމު ދަވަންވީ!! ދެން ފައިސާ ގަނޑު ހިފައިގެން ރާއްޖެއިން ބޭރުގައި އާއިލާ ގޮވައިގެންގޮސް ދިރިއުޅެން ފަށާ!! ދެން އެހެން ބަޔަކު ވެރިކަމަށް އައިސް އެވެރިކަން ނުނިމެނީސް ސިޔާސީ ޕްލެޓް ފޯމެއް ހަދައިގެން އެވެރިކަން ވައްޓަން މަސައްކަތްކުރާނީ! އޭރުން ހުންނާނީ ރަގަނޅަށް!! މިއީ މިހާރު ވެރިކަމުގައި ތިބި މީހުންގެ ޢަމަލުތައް ފެންނަ ގޮތަކީ!! ހަމަ ދައުލަތުގެ މާލިއްޔާ ދަވާ ހުސްކުރަނީ!! އެއްގޮތުން ނުވިއްޔާ އަނެއްގޮތުން!! މިގައުމަކީ ސިޔާސީ މީހުން ލޫޓުވަން އޮތް ތަނެއްގެ ގޮތުގައި އޮތްހާ ދުވަހަކު މިކަން ހިނގާނީ މިމަގުން!! ރައްޔިތުން އެންމެން އެކައްޗެއް ކިޔައިގެން ނިކުމެ އެމީހުން ދައްކާ ޓެކްސް ފައިސާއަށް ހަދާގޮތް ބަލަން ނޫޅެއްޏާ ވަގުން ކުރާނީ ވައްކަން!! ފޭރޭ މީހުން ފޭރޭނީ!! ލޫޓުވާ މީހުން ލޫޓުވާނީ!! ޝަރީޢަތުން ވައްކަން ކުރާ މީހުން ވައްކަން ކުރާނީ!! ބޯ މީހުން ބޯނީ!! ދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުން ހަމަ އެގޮތުގައި ދާނީ!! މިއީ ދިވެހިން ވިސްނަން ވެއްޖެކަމެއް!!

      8
      2
    • ހައްގުބަސް

      ޖަމީލު ތި ވާހަކަ ދެއްކީމަ ވަރަށްވެސް ހުތުރު. ޖަމީލަށް ތިހާ ހިސާބަށް އާދެވުނީ އަމީންގެ ވިސްނުމުން. އެކަން އެނގޭ ވަރަށް ރީތިކޮށް މިހާރު މަންޒަރު ބެލީމަ. އަމީންއާއި މަލީހުއާއި ޖަމީލު ވަކިވި ފަހުން ޖަމީލު ތި ކުޅޭ ސިޔާސީ ގޭމުގަވެސް އެއްވެސް ސްޓްރެޓެޖީއެއް ނެތް. ފެންވަރެއް ނެތް. އުރައްޕެއް ނެތް. މަލީހަށް ބަލާއިރު އޭނާއަކީ ސަރުކާރުގެ ވަޒީރުންގެ ތެރެއިން އެންމެ ނާގާބިލު އެކަކު. އެންމެ ކަމެއް ކުރަން ހަވާލުކޮށްގެން މި އުޅެނީ އެކަމެއް ނުވެގެން. ދެން އަމީންއަށް ބަލާއިރު، ހަގީގަތަކީ މިއަދު ރާއްޖޭގައި ކޮވިޑް ކަންތަށް ކޮންޓްރޯލް ކުރެވިފައި މިއޮތް މިންވަރަށް އެކަން ކުރެވުނީ އަމީން އެ މަގާމުގައި ހުރެގެން. މީހުންގެ ތެރޭގައި އަމީންގެ މަގުބޫލުކަން އިންތިހާއަށް ބޮޑުވެގެން އުޅެނީ ސަބަބުތަކެއްވެސް ނެތިއެއް ނޫން. ޖަމީލަށް މިހާރު އެކަން އެނގިގެން ތި އުޅެނީ އެކަން ހަޖަމުނުވެގެން. ޖަމީލުގެ ބޮޑާކަމާއި ކިބުރުވެރިކަމަކީ އާ ކަމެއް ނޫން. ޖަމީލަށްވެސް އެނގޭ މިހާރު އަމީންއަށް އެ ލިބިފައި ލޯތްބެއް ޖަމީލަށް ނުހޯދޭނެކަން. އެހެންވީމަ އެކަމުގެ ދަހިވެތިކަން ބޮޑުވެގެން ޖަމީލު ކުޅޭ ސިޔާސީ ޗަރުކޭސް ތިޔައީ. އެކަމަކު ޖަމީލު ތިޔައީ ދުވަހަކުވެސް ވިކޭނެ ޕްރޮޑަކްޓެއް ނޫން. ރައްޔިތުން ނަފްރަތު ކުރާ މީހެއް ތިޔައީ. ދެންވެސް ރައްޔިތުން ރުޅިއަރުވަން ނޫޅެ މައިތިރިވެގެން ގޭގައި އޮވެބަލަ.

      3
      2
  2. ތާކިހާ

    އިތުރަށް މިޤައުމު އަދި ލޮކްޑައުންގައި މަދުކުރަންޖެހޭ، އެކަންނުކޮށްދެވިއްޖެނަމަ ތިޔަ މިނިސްޓަރަށް އެކުރެވުނީ ކޮންމަކެއްތޯ، އާދެ އެކުރެވުނުކަމަކީ ފިނޑިވެ ރައްދުދީ އަދި ބިރުވެސް ގަތުން ކަމަށް އަޅުގަނޑުދެކެން- ޝުކުރިއްޔާ މިނިސްޓަރ

    26
    1
  3. އެކްޓަރ

    އަމީނު ހިންގުމުގެ ތަޖުރިބާ އަކީ އެކަމުގައި އުޅެ ހާސިލްވާކަމެއް..އަމީންގެ އެންމެބޮޑް ބަލިފަޔަކީ ކިބުރުވެރިކަން... އަހަރަމެން ދުވަހަކުވެސް ހިތަށް ނާރާ ޤައުމެއްގެ މިނިސްޓަރ ކަން އަމީނަށް ލިބިދާނެހެން... ފުރަރަމަ ތިކަން ކޮށްދެއްވީ ރ.ޔާމިނުގެ ސަރުކާރުގައި ޑރ.ޖަމީލް... މީހުންނާއި ގުޅިގެން ރައީސް އާއި ތަޖުރިބާތިބި އަރިހުގައި އުޅުއްވާ ސިވިލް މީހުންނާއި ގުޅިގެން ތިކަންވޭތޯ ބައްލަވާ...

    6
    3
    • ލަލަލާ

      އަމީންއަކީ ހިތްތިރި އުޅުން ރީތި މީހެއްކަން މުޅި ރާއްޖެއަށް މިދަނީ ފެނި އެނގި ހާމަވަމުން. ހަމަ އެގޮތަށް ޖަމީލަކީ އެއްވެސް އުރައްޕެއް ނެތް ކިބުރުވެރި ބޮޑާ މީހެއްކަން މުޅި ރާއްޖެ ދަނޭ. މިހާރުވެސް ތި އުޅެނީ އަމީންގެ ހިންގުންތެރިކަން ފެނި ހަޖަމު ނުވެގެން. ތިފަދަ ހަސަދަވެރިންނަށް ދެންވެސް މީހުން ބުނާނީ ނޫނެކޭ. ހަމަ ބޮޑު ތަނުން ނޫނެކޭ.

      3
      1
  4. ސޯދިގު

    ޖަމީލު ވިދާޅުވީ ތެދެއް. 1000 މިލިޔަނާ ( 1 ބިލިޔަން) ގާތަށް މިހާރު ކޮވިޑަށް ޚަރަދުކޮށްފި. ކޮވިޑް އަދަދު ދަނީ މައްޗަށް. މިއަދުވެސް 50. ބިރުވެރިކަނަށް ހައްލެއްނެތް. ދެން އޮޅުވާލަންވެގެން މިބުނަނީ ދުނިޔޭގެ ހާލަތުވެސް އޮތީ މިހެނޭ. 1 ބިލޔަނާ ގާތަށް ހަރަދު ކުރިއިރު ޓެސްޓުކުރާ މެޝިންގަޑެއް ނެތް. ލަދު ކޮބައިބާ މިސަރުކާރުގެ ކުރީ ސަރުކާރަށް ވަގަށް ގޮވަން. މީ ހަމަ ފޭރޭ ސަރުކާރު.

    33
    2
  5. އަލްޖިބްރާ

    އިދިކޮޅުމީހުންނޭ ކިޔައިގެން ތިއުޅޭ ބައިގަޑަކީ ހަމައެނި ދޭތެރެ ޖައްސަން ދުވާބައެއް !

    4
    12
  6. މައްލާ

    ރަނގަޅު.ބޭނުމި ކަންކުރުން.ހުސް އަގަތެޅުމެއް ނުން.ވާން ހުރިކަންކަން ކުރޭ. ކޮށްނިންމާލާ ރައްޔަތުން ސަލާމަތް ކުރޭ.ބޭރުން ނާއެތެރެއިން ލިބެން ހުރި ވަސީލަތެއް ބޭނުންކުރޭ.ސިޔާސީ ގޮތުން ފާޑު ކިޔާ ބަޔެއް މީހުންނަކީތަޖުރިބާކުރެވިފަ ވާ ބައެއް. މިއަދުކުރާކަންކަން ގޯސް ވާކަށް ނުޖެހޭ.

    5
    1
  7. ާައަހުމަދު

    މިސަރުކާރުން ކޮރަޕްޝަން ތަހުގީގު ނުކުރިޔަސް ދެންއަންނަ ސަރުކާރަކުން ކޮރަޕްޝަން ތަހުގީގު ކުރާނެ ކަމަށް އުންމީދު ކުރަން.

    14
  8. Anonymous

    ރައްދު ދެވޭނީ އެވަރުގެ ޤާބިލިއްޔަތުކަން ސަރުކާރުގައި ހުރެގެން. މުޅިންވެސް ކޮރަޕްޝަން. ފައިސާ ކައިހުސްކޮށް ދަޢުލަތް ކައިހުސްކޮށް ރައްޔިތުންގެ ފައިސާކޮޅުވެސް ކައި ހުސްކޮށްފި. މިވަރުގެ ބަޔަކަށް ރައްދުދެވޭނެ ގޮތެއް ނޭނގޭނެ.

  9. ައަހުމަދު

    ސަލާމަތް ވުން ބޭނުން ވެޔޭ ކިޔައިގެން ލަދެއްނުގަނޭތަ ބަލަ ކޮވިޑުނޫން ބޮދެތިބަލިތަކަށް ބޭސްކުރާ މީހުން އެބަތިއްބޭ އިހަކަށްދުވަހު މީހަކުނިޔާވެގެން އެދިޔައީ ޓުރީޓޮޕްއިން ފަރުވާދީ ރަނގަޅުވަމުން އައި މީހަކު އައި.ޖީ.އެމް.އެޗް އަށް ބަދަލުކޮށް ނުބައިބޭސްތަކެއް ދީގެން ލިވަރ ފެއިލްވެ 2ކިޑުނީ ފެއިލް ވެގެން އަހެރެން ކިޔަންވާއެތިބޮދުކަމުން ހުއްޓާލީ ﷲއަށް ވަކީލް ކޮށް ފައި .

  10. އެމަންޖެ

    ބޭކާރު ބައެއް ބޭކާރު ވާހަކަތަކެއް ދެއްކުމުގަ ދުވާލުދާ ހަތަރުދަމު.

  11. މަލީހާ

    ޖަމީލަކީ ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތް މީހެއް. އޭނާ ނައިބު ރައީސްކަމުން ޔާމީނު ބޭރު ކުރި ދުވަހު މިނިސްޓަރު އަމީން އިސްތިއުފާދިނީ. އެ ދުވަހު ޖަމީލު ބޭނުން ނުވިޔަސް އަމީން ބަހައްޓަން ބޭނުންވެފައި ޔާމީން ހުރީ. އެކަމަކުވެސް އަމިއްލައަށް އިސްތިއުފާ ދިނީ. އެހެންވީމަ މިއަދު ތި ގޮތަށް އަމީންގެ ޝަހްސު ކަތިލަން ޖަމީލު ތި ދައްކާ ވާހަކައަކީ ހަމަ ހަސަދަވެރިކަމުން ދައްކާ ވާހަކަ. މި ރާއްޖޭގައި ނެތް މިއަދު ޖަމީލްއަކީ އެއްވެސް މީހެއް ކަމަށް ބަލައިގަންނަ މީހެއް. އަމީންގެ ވާހަކަ ބާއްވާފައި ދައްކަބަލަ ދެންވެސް މަލީހުގެ ވާހަކަ. އެއްވެސް ކަމެއްވާ މީހެއް ނޫން އެއީ. ކެބިނެޓުގައި ހުރި އެންމެ ނާގާބިލު އެއް ވަޒީރު.