ދިވެހި ސިފައިންނަކީ ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ކުރީ ސަފުގައި ހިދުމަތް ކޮށްދިނުމުގައި ދެމިތިބޭ ބައެކެވެ. އެބޭފުޅުން ކުރައްވަމުން އަންނަ ދިވެހިންގެ ޝުކުރު ހައްޤު މަސައްކަތްތަކެކެވެ.

ރާއްޖެއަށް ދިމާވެފައިވާ ކޮވިޑް-19ގެ ބަލިމަޑު ކަމުގެ ތެރޭގައިވެސް ޑޮކްޓަރުންނާއި ނަރުހުން ފިޔަވައި އެންމެ ކުރީ ސަފުގައި މިހާރު ހަރަކާތްތެރި ވަމުން އަންނަނީ ސިފައިންނެވެ. އެ ބޭފުޅުންނަކީ ދިވެހިންނާއި ގައުމަށްޓަކައި ކޮންމެ ކަމެއް ކުރަން ތައްޔާރުގައި ތިބި ބައެއްކަން ވަނީ ސާފުވެފައެވެ.

މިފަދަ ކަންކަމުން ދިވެހިންނާއި ގައުމު ސަލާމަތް ކުރުމަށް ސިފައިން ހަރަކާތްތެރިވާއިރު ގިނަ ބަޔަކު އެބޭފުޅުން ކޮށްދެއްވަމުން އަންނަ ކަންތައްތަކަށް ވަނީ ޝުކުރު އަދާކޮށްފައެވެ. މިއީ އެބޭފުޅުން ކޮށްދެއްވަމުން އައި ބުރަ މަސައްކަތުގެ އަގު ވަޒަން ކުރެވެން ދިވެހިންނަށް ކޮށްދެވޭނެ ހަމަ އެކަނި ކަމެވެ.

މިފަހަރު ފެނިގެން ދިޔައީ ތަފާތު މަންޒަރެކެވެ. ދިވެހި ކުޑަ ދެ ކުއްޖެއްގެ ޝުކުރާއި ލޯބި ދިވެހި ސިފައިންނަށް ދައްކުވާފައިވާ މަންޒަރެކެވެ.

ހެރެތެރެ ކަރަންޓީން ފެސިލިޓީގައި ތިބި އެދެކުދިން ވަނީ އޯގާތެރި ކަމާއި ލޯތްބާއި އެކީ ހިދުމަތް ކުރި ސިފައިންގެ އަގު ވަޒަން ކުރުމުގެ ގޮތުން ސިޓީއެއް ލިޔެ ނަމޫނާ ދައްކާފައެވެ. މި ކުދިން އަބޭފުޅުން އަގު ވަޒަން ކޮށްފައިވަނީ ކުރެހުމަކާއި އެކީއެވެ.

ކުރެހުމާއި އެކީ އެކުދިން ވަނީ 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީންގައި ތިއްބާ ސިފައިން ފޯރުކޮށްދެއްވި ހިދުމަތަށް ހިތުގެ ފުންމިނުން ޝުކުރު އަދާކޮށްފައެވެ.

"އަޅުގަނޑުމެން އުފަލާއި ސަލާމަތުން ބޭތިއްބުމަށް ކުރެއްވި ހިތްވަރު ބޭބެމެންނަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން. މި ގައުމަށް ބޭނުންވާ ހަޤީޤީ ހީރޯއިންނަކީ ތިއީ" ސިފައިންނަށް ހަދިޔާ ކޮށްފައިވާ ކުރެހުމުގައި ބުނެފައިވެއެވެ.

ކަރަންޓީން މުއްދަތުގައި އެއްވެސް ވަރުބަލިކަމެއް ނެތި އެކުދިންނާއި މެދު އޯގާތެރިވެ، އަބަދުވެސް އެކީގައި ތިބި ސިފައިންގެ ބޭފުޅުންނަށް އެކުދިންގެ ސިޓީގައި ޝުކުރު އަދާކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ސިފައި ންގެ އަގުވަޒަ ން ނުކުރި ބަޔަކީ އެމްޑީޕީއަށް ނިސްބަތްވާ މީހު ން، ވަރަށް މޭކަރާ ނެކަ ންވެސް އި ނގޭ

    29
    2
  2. އިބްރާހީމް

    މި ސަރުކާރުގެ ކަންކަމުގަ ކޮރަޕްޝަން ކިޔާ ކަންކަމެއް ނުހިނގާނެ މީ އުމަރުގެފާނުގެ ޚަލީފާކަން ނުވަތަ އުމަރބިން އަބްދުލް އަޒީޒުގެ ވެރިކަންފަދަ ސީދާ ވެރިކަމެއް

    6
    14
  3. ކަލޯގަޔާ

    ސާބަސް! މިކަން ވެސް ޕޮލިޓިކްސް އާ ގުޅުވާލައިފި.?

    9
    1
    • ޢަހަރެން?

      ޢާނ ކަލޯ..